Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލީގު

އެލްޗޭ ބަލިކޮށް، ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް

މޮޅާއެކު ބާސެލޯނާ އިން އެއް ވަަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ 22 މެޗުން 55 ޕޮއިންޓާ އެކު. ބާސެލޯނާ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަަނައިގައި ރެއާލް މެޑްރިޑަށް 51 ޕޮއިންޓު ލިބޭއިރު، މެޗުގެ އަދަދު ހަމަކޮށް ރެއާލް އަށް ފަރަގު ކުޑަ ކުރުމުގެ ފުރުސަތު އޮންނާނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2026 | އާދީއްތަ 05:01
މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

ސްޕެނިޝް ލީގުގައި އެލްޗޭއާ ދެކޮޅަަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

އެލްޗޭގެ އަމިއްލަ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، އެލްޗޭ އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް، އިތުރު ދެ ލަނޑު ޖަހައިގެން ބާސެލޯނާ ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް އެވެ. އެއީ ޑެނީ އޮލްމޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޔަމާލް ޖެހި ލަނޑެކެވެ. އޭގެ ފަހުން މެޗުގެ 29 ވަނަ މިނެޓުގައި އަލްވާރޯ ރޮޑްރިގޭޒް ވަނީ ލަނޑު ޖަހައި އެލްޗޭ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ވެފައި ވަނިކޮށް ދެ ވަނަ ފަަހަރަށް ބާސެލޯނާ އަށް ލީޑު ނަގައިދިނީ ފެރާން ޓޮރޭސް އެވެ. އެ ލަނޑު ޖަހަން ޓޮރޭސް އަށް ފުރުސަތު ތަނަވަސްކޮށްދިނީ ފްރެންކީ ޑި ޔޯން އެވެ. މެޗުގެ ދެ ވަނަ ހާފުގައި ބާސެލޯނާގެ ތިން ވަނަ ލަނޑު ޖަހައި ލީޑު އިތުރަށް ފުޅާ ކުރީ މާކަސް ރަޝްފޯޑު އެވެ.

މޮޅާއެކު ބާސެލޯނާ އިން އެއް ވަަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ 22 މެޗުން 55 ޕޮއިންޓާ އެކު އެވެ. ބާސެލޯނާ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަަނައިގައި ރެއާލް މެޑްރިޑަށް 51 ޕޮއިންޓު ލިބޭއިރު، މެޗުގެ އަދަދު ހަމަކޮށް ރެއާލް އަށް ފަރަގު ކުޑަ ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

ސްޕެނިޝް ލީގުބާސެލޯނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި މޮޅުވެ، ބާސެލޯނާ އިން ގަދަ 16ގެ ޖާގަ ކަށަވަރު ކޮށްފި

ފަހަތުން އަރައި މޮޅުވެ، ބާސެލޯނާ އިން ގަދަ 16ގެ ޖާގަ ކަށަވަރު ކޮށްފި

29 ޖެނުއަރީ 2026
ކޯޕަންހޭގަންއާ ދެކޮޅަށް ކުޅެން ޖެހޭނީ އެންމެ މޮޅު ކުޅުން: ފްލިކް

ކޯޕަންހޭގަންއާ ދެކޮޅަށް ކުޅެން ޖެހޭނީ އެންމެ މޮޅު ކުޅުން: ފްލިކް

28 ޖެނުއަރީ 2026
ބާސެލޯނާ އިން ފާމިން ލޮޕޭޒްގެ އެއްބަސްވުން އައު ކުރަނީ

ބާސެލޯނާ އިން ފާމިން ލޮޕޭޒްގެ އެއްބަސްވުން އައު ކުރަނީ

27 ޖެނުއަރީ 2026
ދެ ވަނަ ހާފުގައި ޖެހި ލަނޑު ތަކުން މޮޅުވެ، ބާސެލޯނާ އަލުން އެއް ވަނަ އަށް

ދެ ވަނަ ހާފުގައި ޖެހި ލަނޑު ތަކުން މޮޅުވެ، ބާސެލޯނާ އަލުން އެއް ވަނަ އަށް

26 ޖެނުއަރީ 2026
ވިޔަރެއާލް ބަލިކޮށް، ރެއާލް އިން އެއް ވަނަ އަށް ޖެހިލައިފި

ވިޔަރެއާލް ބަލިކޮށް، ރެއާލް އިން އެއް ވަނަ އަށް ޖެހިލައިފި

25 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު