Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވެނެޒުއެލާ

މަދޫރޯ ހައްޔަރުކޮށް ވެރިކަން ވައްޓާލި ފަހުން، ފުރަތަމަ ފަހަރަށް ޔޫރަޕުގެ ފްލައިޓެއް ވެނެޒުއެލާ އަށް ޖައްސައިފި

އަންގާރަ ދުވަހުގެ ރޭ ވެނެޒުއެލާގެ ގަޑުން ނުވައެއް ޖެހިއިރު، އެ ޤައުމުގެ ވެރި ރަށް ކަރަކަސްގެ ސައިމަން ބޮލިވާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައި ވަނީ ސްޕެއިންގެ އެއާ ޔޫރޮޕާގެ ބޯއިން 787-9 ޑްރީމްލައިނާ ފްލައިޓެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2026 | ބުދަ 06:31
އެއާ ޔޫރޮޕާގެ ބޯއިންގް 787-9 ޑްރީމްލައިނާ މަރުކާގެ ބޯޓެއް މީގެ ކުރިން އިންޓަނޭޝަނަލް އެއާޕޯޓެއްގައި އޮންނަ މަންޒަރު

އެއާ ޔޫރޮޕާގެ ބޯއިންގް 787-9 ޑްރީމްލައިނާ މަރުކާގެ ބޯޓެއް މީގެ ކުރިން އިންޓަނޭޝަނަލް އެއާޕޯޓެއްގައި އޮންނަ މަންޒަރު | ރޮއިޓާސް

އެމެރިކާގެ އަސްކަރިއްޔާ އިން ހިންގި އޮޕަރޭޝަނެއްގައި ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކޮށް، އޭނާގެ ވެރިކަން ވައްޓާލި ފަހުން، ފުރަތަމަ ފަހަރަށް ޔޫރަޕުގެ އެއާލައިނެއްގެ ފްލައިޓެއް އެ ޤައުމަށް ޖައްސައިފި އެވެ. 

ފްލައިޓް ޓްރެކިން މޮނިޓާތަކުން ދައްކާ ގޮތުގައި ވެނެޒުއެލާ އަށް ޖައްސާފައި ވަނީ ސްޕެއިންގެ އެއާލައިނެއްގެ ފްލައިޓެކެވެ، އަންގާރަ ދުވަހުގެ ރޭ ވެނެޒުއެލާގެ ގަޑުން ނުވައެއް ޖެހިއިރު، އެ ޤައުމުގެ ވެރި ރަށް ކަރަކަސްގެ ސައިމަން ބޮލިވާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައި ވަނީ ސްޕެއިންގެ އެއާ ޔޫރޮޕާގެ ބޯއިން 787-9 ޑްރީމްލައިނާ ފްލައިޓެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި، ވެނެޒުއެލާއާ ދެކޮޅަށް އަސްކަރީ ހަމަލާ ތަކެއް ދީފާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ. އެއާ ގުޅިގެން ބައިނަލްއަޤުވާމީ ގިނަ އެއާލައިން ތަކުން ވަނީ ވެނެޒުއެލާ އަށް ކުރަމުން އައި ދަތުރުތައް މެދު ކަނޑާލައިފަ އެވެ. އޭގެ ފަހުން މިއަހަރުގެ ޖަނަވަރީ މަހުގެ ތިން ވަނަ ދުވަހު އެމެރިކާ އިން ވަނީ ވެނެޒުއެލާ އަށް ކުއްލި ހަމަލާ ތަކެއް ދީފަ އެވެ.

އެމެރިކާގެ ރައީސް ޓްރަމްޕްގެ އޯޑަރަކަށް ހިންގި އެ އޮޕަރޭޝަންގައި އެމެރިކާގެ ސިފައިން ވަނީ ވެނެޒުއެލާގެ ރިޔާސީ ގަނޑުވަރަށް ވަދެ، މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރު ކޮށްފަ އެވެ. އެއަށް ފަހު އެމެރިކާގެ ބެލުމުގެ ދަށަށް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ގެނެސް، އެ ދެމަފިރިންގެ މައްޗަށް ވަނީ އެމެރިކާގައި ޝަރީއަތްތައް ފަށައިފަ އެވެ. މަދޫރޯ ހައްޔަރު ކުރުމާ އެކު، އޭނާގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި ޑެލްސީ ރޮޑްރިގޭޒް ވަނީ ވެނެޒުއެލާގެ ވަގުތީ ރައީސް ކަމުގެ ހުވާ ކުރައްވައިފަ އެވެ. އޭގެ ފަހުން ޓްރަމްޕް އަންނަނީ ޑެލްސީއާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. 

މިދިޔަ ޖަނަވަރީ މަހުގެ ފަހު ކޮޅު ޓްރަމްޕް ވަނީ، ވެނެޒުއެލާ އަށް އަލުން ދަތުރުތައް ފެށުމަށް ދުނިޔޭގެ ޤައުމު ތަކަަށް ގޮވާލައްވައިފަ އެވެ. އެ ގޮވާލެއްވުމާ ގުޅިގެން، އެމެރިކާގެ އެއާލައިން ތަކުން ވެނެޒުއެލާ އަށް ދަތުރު ކުރުން މަނާކޮށް، 2019 ވަނަ އަހަރުން ފެށިގެން އަޅާފައި އޮތް ހުރަސްތައް އެމެރިކާގެ ސަރުކާރުން މިހާރު ވަނީ އުވާލައިފަ އެވެ. އޭގެ ބޭނުމަކީ އެމެރިކާގެ އެއާލައިން ތަކުން އެ ޤައުމަށް ދަތުރުތައް ފެށުމަށް ހިތްވަރު ދިނުމެވެ.

އެއާ ޔޫރޮޕާގެ ދަތުރުތައް ފެށި ނަމަވެސް، ސްޕެއިންގެ އަނެއް އެއާލައިން ކަމަށްވާ އިބޭރިއާ އިން ބުނެފައި ވަނީ، ވެނެޒުއެލާ އަށް ދަތުރުތައް ފެށުމުގެ ކުރިން ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށްޓަކައި ދިރާސާތައް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން ޕޯޗުގަލްގެ ޓީއޭޕީ އެއާލައިން އިން ވެސް ވަނީ، ވެނެޒުއެލާ އަށް އަލުން ދަތުރުތައް ފަށާނެ ކަމަށް އިއުލާން ކޮށްފަ އެވެ. 

ސަރަހައްދީ އެހެން އެއާލައިން ތަކަށް ބަލާއިރު، ކޮލަމްބިއާގެ އެވިއަންކާ އަދި ޕެނަމާގެ ކޯޕާ އެއާލައިން އިން މިހާރު ވަނީ ވެނެޒުއެލާ އަށް ކުރާ ދަތުރުތައް ރަސްމީކޮށް ފަށައިފަ އެވެ. މިއީ މަދޫރޯގެ ސަރުކާރު ވެއްޓުމަށް ފަހު، ވެނެޒުއެލާގެ ވައިގެ ދަތުރުފަތުުރުގެ ދާއިރާ އަލުން އާރާސްތުވަމުންދާ ކަމުގެ ނިޝާނެއް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކެ އެވެ. 

މަސްދަރު: އޭއެފްޕީ

އެމެރިކާ-ވެނެޒުއެލާނިކޮލަސް މަދޫރޯޑެލްސީ ރޮޑްރިގޭޒްއެއާ ޔޫރޯޕާއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެނެޒުއޭލާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ "ރަތް ރޮނގު" ތަކަށް އީރާން އިން އަދިވެސް އެއްބަހެއް ނުވޭ: ވޭންސް

ޓްރަމްޕްގެ "ރަތް ރޮނގު" ތަކަށް އީރާން އިން އަދިވެސް އެއްބަހެއް ނުވޭ: ވޭންސް

18 ފެބުރުއަރީ 2026
އެޕްސްޓީންގެ ފައިލްތައް ޓްރަމްޕް ފޮރުވާ ކަމަށް ބުނެ ބޮޑު ތުހުމަތެއް ކޮށްފި

އެޕްސްޓީންގެ ފައިލްތައް ޓްރަމްޕް ފޮރުވާ ކަމަށް ބުނެ ބޮޑު ތުހުމަތެއް ކޮށްފި

18 ފެބުރުއަރީ 2026
އެއްބަސްވުމަކަށް ނުދެވިއްޖެ ނަމަ، ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕްގެ އިންޒާރެއް އީރާން އަށް

އެއްބަސްވުމަކަށް ނުދެވިއްޖެ ނަމަ، ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕްގެ އިންޒާރެއް އީރާން އަށް

17 ފެބުރުއަރީ 2026
ޖެނީވާގައި އީރާނާ އެކު އޮންނަ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ފަރާތުން ބައިވެރިވާނީ ވިޓްކޮފް އާއި ކުޝްނާ

ޖެނީވާގައި އީރާނާ އެކު އޮންނަ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ފަރާތުން ބައިވެރިވާނީ ވިޓްކޮފް އާއި ކުޝްނާ

16 ފެބުރުއަރީ 2026
އީރާން އިން މުއްސަނދި ކޮށްފައިވާ ހުރިހާ ޔުރޭނިއަމެއް ބޭރު ކުރަން ޖެހޭނެ: ނަތަންޔާހޫ

އީރާން އިން މުއްސަނދި ކޮށްފައިވާ ހުރިހާ ޔުރޭނިއަމެއް ބޭރު ކުރަން ޖެހޭނެ: ނަތަންޔާހޫ

16 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު