Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފްރާންސް

ކަނާއަތު ފިޔައިގެ އެކްޓިވިސްޓު މަރުވުމުން ފްރާންސްގައި ބޮޑު މުޒާހަރާ އެއް، މެކްރޮން ގޮވާލެއްވީ ހަމަޖެހުން އިސް ކުރުމަށް

މުޅި ފްރާންސް އަށް ބޮޑު ސިހުމެއް ގެނުވި މި ހާދިސާއާ ގުޅިގެން ބޭއްވި އިހުތިޖާޖުގައި ގާތް ގަނޑަކަށް 3200 މީހުން ބައިވެރިވެފައިވާ ކަމަށް، ކަމާ ގުޅުން ހުރި އިދާރާ ތަކުން ވަނީ ހާމަ ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2026 | އާދީއްތަ 05:33
ހޮނިހިރު ދުވަހު ފްރާންސްގެ ލިއޯންގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން

ހޮނިހިރު ދުވަހު ފްރާންސްގެ ލިއޯންގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން | ގެޓީ އިމޭޖަސް

ފްރާންސްގެ ކަނާއަތު ފިޔައިގެ އެކްޓިވިސްޓެއް ކަމަށްވާ ކުއެންޓިން ޑެރަންކް މަރާލުމާ ގުޅިގެން، އެ ޤައުމުގައި އެތައް ހާސް ބަޔަކު އެއްވެ މުޒާހަރާ ކޮށްފި އެވެ.

ފްރާންސްގެ ލިއޯންގައި ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާގައި ވަނީ އެތައް ހާސް ބަޔަކު ބައިވެރިވެފަ އެވެ. އުމުރުން 23 އަހަރުގެ ޑެރަންކް މިދިޔަ ހަފުތާގެ ތެރޭގައި މަރުވެފައި ވަނީ، ވާއަތު ފިޔައިގެ ހަރުކަށި ފިކުރުގެ ބަޔަކު އޭނާ އަށް ދިން ހަމަލާ ތަަކެއްގައި ލިބުނު އަނިޔާ ތަކަށް ފަރުވާ ހޯދަމުން ގެންދަނިކޮށެވެ. 

މުޅި ފްރާންސް އަށް ބޮޑު ސިހުމެއް ގެނުވި މި ހާދިސާއާ ގުޅިގެން ބޭއްވި އިހުތިޖާޖުގައި ގާތް ގަނޑަކަށް 3200 މީހުން ބައިވެރިވެފައިވާ ކަމަށް، ކަމާ ގުޅުން ހުރި އިދާރާ ތަކުން ވަނީ ހާމަ ކޮށްފަ އެވެ. 

މި އިހުތިޖާޖުގައި ބައިވެރިވި މީހުންގެ ތެރެއިން ގިނަ ބަޔަކު ތިބީ މޫނު ނިވާ ކުރުމަށް ސާޖިކަލް މާސްކު އަދި އަވި އައިނު އަޅައިގެންނެވެ. އެ މީހުން ދިޔައީ ކުއެންޓިން އަށް އިންސާފު ހޯދައިދިނުމާއި، ވާއަތު ފިޔައިގެ "އެންޓިފާ" ގްރޫޕް ތަކަކީ ޤާތިލުން ކަމަށް ބުނެ އަޑު އުފުލަމުންނެވެ.

މި މަރުގެ މައްސަލައިގައި މިހާތަަނށް ހަތް މީހެއްގެ މައްޗަށް ތަޙުގީގު ހިންގަމުންދާއިރު، އޭގެ ތެރޭގައި ވާއަތު ފިޔައިގެ "ފްރާންސް އަންބައުޑް" (އެލްއެފްއައި) ޕާޓީގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ އެހީތެރިޔެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި މީހަކު ވެސް ހިމެނެ އެވެ. ނަމަވެސް، އެ ޕާޓީ އިން ވަނީ މަރުގެ މި ހާދިސާ ކުށްވެރި ކޮށްފަ އެވެ. 

މިކަމާ ގުޅިގެން ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ހޮނިހިރު ދުވަހު ގޮވާލައްވާފައި ވަނީ، ހުރިހާ ފަރާތް ތަކަކުން ވެސް މަސްލަޙަތު ހިފެހެއްޓުމަށެވެ. އަދި ހަރުކަށި ފިކުރުގެ ހުރިހާ ޖަމާއަތްތަކާ ގުޅޭ ގޮތުން އަންނަ ހަފުތާގެ ތެރޭގައި ވަޒީރުންނާ އެކު ޚާއްސަ ބައްދަލުވުމެއް ބާއްވަވާނެ ކަމަށް ވެސް މެކްރޮން ވަނީ ވިދާޅުވެފަ އެވެ. 

ފްރާންސްގެ ކުރީގެ ބޮޑު ވަޒީރު ޑޮމިނިކް ޑި ވެލެޕިން މި ހާދިސާ ސިފަ ކުރައްވާފައި ވަނީ، މިދިޔަ އަހަރުގެ ތެރޭގައި ދިން ހަމަލާއެއްގައި މަރާލި އެމެރިކާގެ ކޮންޒަވޭޓިވް އެކްޓިވިސްޓް ޗާލީ ކާކަށް ދިން ހަމަލާއާ އެއް ފަދަ ހަމަލާއެއްގެ ގޮތުގަ އެވެ. އަދި މިއީ ފްރާންސް އަށް ކުރިމަތިވެފައިވާ ވަރަށް ހިތާމަވެރި ވަގުތެއް ކަމަށް ވެެސް ވިދާޅުވެފައިވެ އެވެ. 

ލިޔޯންގެ މޭޔަރު ގްރެގަރީ ޑޫސޭ ވަނީ މި ހިނގާމުން ހުއްޓުވުމަށް މަސައްކަތް ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ޔޫރަޕުގެ އެކި ހިސާބު ތަކުން ކަނާއަތު ފިޔައިގެ ހަރުކަށި ގުރޫޕުތައް އެ ހިނގާލުމަށް ޖަމާވުމަކީ ސަލާމަތީ ގޮތުން އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. ހިނގާލުން ކުރިއަށް ދިޔަ ވަގުތު މަގުގެ އެއް ފަރާތުގައި ތިބި މީހުން ވަނީ އެންޓިފާ ގުރޫޕް ތަކަށް ތާއީދުކޮށް އަޑު އުފުލައިފަ އެވެ.

މަސްދަރު: ރޮއިޓާސް

ކުއެންޓިން ޑެރަންކްލިޔޯންފްރާންސްއެމަނުއަލް މެކްރޯން

ކޮމެންޓް

އިތުރަށް ކިޔާލަން

މެކްރޮން އިންޑިއާގައި، ފެނުނީ މޯދީއާ އޮންނަ ގާތް ގުޅުން

މެކްރޮން އިންޑިއާގައި، ފެނުނީ މޯދީއާ އޮންނަ ގާތް ގުޅުން

18 ފެބުރުއަރީ 2026
އެޕްސްޓީންއާ މެކްރޮންއާ ދެމެދު ގުޅުމެއް އޮތް ކަމަށް ބުނެ، ރަޝިޔާއާ ގުޅުން ހުރި ބަޔަކު ދޮގު ޚަބަރު ތަކެއް ފެތުރި

އެޕްސްޓީންއާ މެކްރޮންއާ ދެމެދު ގުޅުމެއް އޮތް ކަމަށް ބުނެ، ރަޝިޔާއާ ގުޅުން ހުރި ބަޔަކު ދޮގު ޚަބަރު ތަކެއް ފެތުރި

08 ފެބުރުއަރީ 2026
ގްރީންލޭންޑާ ގުޅޭ ގޮތުން ޓްރަމްޕް އާއި، ނޭޓޯގެ މަޝްވަރާގެ ތަފްސީލެއް ފްރާންސް އަކަށް ނުލިބޭ

ގްރީންލޭންޑާ ގުޅޭ ގޮތުން ޓްރަމްޕް އާއި، ނޭޓޯގެ މަޝްވަރާގެ ތަފްސީލެއް ފްރާންސް އަކަށް ނުލިބޭ

24 ޖެނުއަރީ 2026
މެކްރޮން އައިނު އަޅުއްވައިގެން އުޅުއްވަނީ، އިންފެކްޝަނެއްގެ ސަބަބުން ލޮލަށް ލޭ އަރާފައި ހުރުމުން

މެކްރޮން އައިނު އަޅުއްވައިގެން އުޅުއްވަނީ، އިންފެކްޝަނެއްގެ ސަބަބުން ލޮލަށް ލޭ އަރާފައި ހުރުމުން

21 ޖެނުއަރީ 2026
ޔޫރަޕުގެ ސިޔާސީ ނިޒާމު އޮތީ ނުރައްކަލެއްގެ ތެރޭގައި: ފްރާންސްގެ ފޮރިން މިނިސްޓަރު

ޔޫރަޕުގެ ސިޔާސީ ނިޒާމު އޮތީ ނުރައްކަލެއްގެ ތެރޭގައި: ފްރާންސްގެ ފޮރިން މިނިސްޓަރު

10 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު