Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

ޓްރަމްޕްގެ "ރަތް ރޮނގު" ތަކަށް އީރާން އިން އަދިވެސް އެއްބަހެއް ނުވޭ: ވޭންސް

18 ފެބުރުއަރީ 2026 | ބުދަ 05:52

ވޭންސް ވިދާޅުވީ ސިޔާސީ ގޮތުން މައްސަލަ ޙައްލު ކުރުމަށް ކުރަމުން އަންނަ މަސައްކަތް ނިމުމަކަށް ގެންނާނެ ހިސާބު ވެސް އިނގޭނީ، ރައީސް ޓްރަމްޕް އަށް ކަމަށް. އެހާ ހިސާބަށް ނުދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެ ވޭންސް ވަނީ، އެ ހިސާބަށް ގޮސްފި ނަމަ ރައީސް ޓްރަމްޕް އެ ނިންމުން ވެސް ނިންމަވާނެ ކަމުގެ އިންޒާރެއް ދެއްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ފެބުރުއަރީ 2026 | ބުދަ 05:52
ފޮކްސް ނިއުސްގެ ޕްރޮގްރާމް އަކަށް ވަޑައިގެން، އެމެރިކާާގެ ނައިބު ރައީސް ޖޭޑީ ވޭންސް ބައިވެރިވެ ވަޑައިގަންނަވަނީ

ފޮކްސް ނިއުސްގެ ޕްރޮގްރާމް އަކަށް ވަޑައިގެން، އެމެރިކާާގެ ނައިބު ރައީސް ޖޭޑީ ވޭންސް ބައިވެރިވެ ވަޑައިގަންނަވަނީ | ގެޓީ އިމޭޖަސް

އީރާން އާއި އެމެރިކާއާ ދެމެދު ނިއުކްލިއާ މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނައިރު، ސިޔާސީ ގޮތުން މައްސަލަ ޙައްލު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަނޑަައަޅުއްވާފައިވަ "ރަތް ރޮނގު" ތަކަށް އީރާން އިން އަދިވެސް އެއްބަސް ނުވާ ކަމަށް، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވެއްޖެ އެވެ. 

ވޭންސް މިހެން ވިދާޅުވެފައި ވަނީ އަންގާރަ ދުވަހު އެވެ. އީރާން އާއި އެމެރިކާއާ ދެމެދު ކުރަމުން އަންނަ މަޝްވަރާ ތަކުގެ ދެ ވަނަ ބައްދަލުވުން ވަނީ، އަންގާރަ ދުވަހު ސްވިޒަލެންޑުގެ ޖެނީވާގައި ކުރިއަށް ގެންގޮސްފަ އެވެ. އެ ބައްދަލުވުން ނިމުނު ފަހުން ވާހަކަ ދައްކަވަމުން ވޭންސް ވިދާޅުވެފައި ވަނީ، އީރާންއާ އެކު ވާހަކަ ދައްކައި، މަޝްވަރާ ކުރުމަށް އަދިވެސް އެމެރިކާ އިން ޝައުޤުވެރިވާ ކަމަށެވެ. 

ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިޔުއެއްގައި ވޭންސް ވިދާޅުވީ، އީރާން އާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް ކޮންމެ ވެސް ވަރަކަށް ރަނގަޅު ކަމަށެވެ. އަދި ތިން ވަނަ ބުރުގެ ބައްދަލުވުމެއް ބޭއްވުމަށް އީރާން އިން އެއްބަސްވެފައިވާ ކަމަށް ވެސް ވޭންސް ވިދާޅުވި އެވެ. ނަމަވެސް އެހެން ގޮތަކަށް ބަލާއިރު، އެމެރިކާގެ ރައީސް ޓްރަމްޕް ކަނޑަޅުއްވާފައިވާ ރަތް ރޮނގު ތަކަށް އީރާން އިން އަދިވެސް އެއްބަސްވެ، އެކަމަށް މަސައްކަތް ކުރަން ތައްޔާރުވެފައި ނުވާކަން ވަރަށް ބޮޑަށް ސާފުވެގެން ގޮސްފައިވާ ކަމަށް ވޭންސް ވިދާޅުވި އެވެ. 

އީރާންގެ ނިއުކްލޮއާ ޕްރޮގްރާމްއާ ގުޅޭ މައިގަނޑު ކަންބޮޑުވުން ތަކަށް އެ ޤައުމުން އެއްބަސް ނުވާ ނަމަ، ބާރުގެ ބޭނުން ކުރަން ޖެހިދާނެ ކަމުގެ އިންޒާރު މީގެ ކުރިން ޓްރަމްޕް ދެއްވާފައިވެ އެވެ. އެހެން ނަމަވެސް، ވޭންސް ވިދާޅުވެފައި ވަނީ އެމެރިކާ އިން އަދިވެސް އޮތީ ސިޔާސީ ގޮތުން އެ މައްސަލަ ޙައްލު ކުރުމަށް ތައްޔާރަށް ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމުގެ މަސައްކަތްތައް ވެސް އެމެެރިކާ އިން ކުރަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އިތުރަށް ވޭންސް ވިދާޅުވީ ސިޔާސީ ގޮތުން މައްސަލަ ޙައްލު ކުރުމަށް ކުރަމުން އަންނަ މަސައްކަތް ނިމުމަކަށް ގެންނާނެ ހިސާބު ވެސް އިނގޭނީ، ރައީސް ޓްރަމްޕް އަށް ކަމަށެވެ. އެހާ ހިސާބަށް ނުދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެ ވޭންސް ވަނީ، އެ ހިސާބަށް ގޮސްފި ނަމަ ރައީސް ޓްރަމްޕް އެ ނިންމުން ވެސް ނިންމަވާނެ ކަމުގެ އިންޒާރެއް ދެއްވައިފަ އެވެ. 

މެދު ކެނޑުމަކަށް ފަހު އީރާން އާއި އެމެރިކާއާ ދެމެދު މަޝްވަރާތައް ފަށާފައިވާއިރު، ދުނިޔޭގެ ސަމާލުކަން ވަނީ މި މައްސަލަ އަށް ލިބިފަ އެވެ. މަޝްވަރާތައް އަލުން ފެށިއިރު، މަޝްވަރާގެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ އޮމާންގަ އެވެ. އޮމާން މެދުވެރިވެގެން މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނައިރު، ދެ ވަނަ ބުރުގެ ބައްދަލުވުން އޮތީ ޖެނީވާގަ އެވެ. ތިން ވަނަ ބައްދަލުވުމެއް އޮންނާނެ ތަނަކާއި، ތާރީޚު ފަހުން ކަނޑައަޅާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. 

މަސްދަރު: އޭއެފްޕީ

ޖޭޑީ ވޭންސްއީރާން-އެމެރިކާއީރާން ނިއުކްލިއަރ ޕްރޮގްރާމްފޮކްސް ނިއުސްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2026

އެޕްސްޓީންގެ ފައިލްތައް ޓްރަމްޕް ފޮރުވާ ކަމަށް ބުނެ ބޮޑު ތުހުމަތެއް ކޮށްފި

18 ފެބުރުއަރީ 2026
އެޕްސްޓީންގެ ފައިލްތައް ޓްރަމްޕް ފޮރުވާ ކަމަށް ބުނެ ބޮޑު ތުހުމަތެއް ކޮށްފި
17 ފެބުރުއަރީ 2026

އީރާނާއި އެމެރިކާ ގެ މަޝްވަރާތަކުން ކުރިއަށް ދާންވީ ސާފު މަގެއް ފެނިއްޖެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

17 ފެބުރުއަރީ 2026
އީރާނާއި އެމެރިކާ ގެ މަޝްވަރާތަކުން ކުރިއަށް ދާންވީ ސާފު މަގެއް ފެނިއްޖެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ
17 ފެބުރުއަރީ 2026

އެމެރިކާގެ މަނަވަރުތައް ކަނޑުގެ އަޑިއަށް ފައްތާލެވިދާނެ ކަމުގެ އިންޒާރު ޚާމަނާއީ ދެއްވައިފި

17 ފެބުރުއަރީ 2026
އެމެރިކާގެ މަނަވަރުތައް ކަނޑުގެ އަޑިއަށް ފައްތާލެވިދާނެ ކަމުގެ އިންޒާރު ޚާމަނާއީ ދެއްވައިފި
17 ފެބުރުއަރީ 2026

އިރާނުން ހޯމޫޒް ކަނޑުއޮޅީގެ ބައެއް ސަރަހައްދުތައް ބަންދުކުރަނީ

17 ފެބުރުއަރީ 2026
އިރާނުން ހޯމޫޒް ކަނޑުއޮޅީގެ ބައެއް ސަރަހައްދުތައް ބަންދުކުރަނީ
17 ފެބުރުއަރީ 2026

އެއްބަސްވުމަކަށް ނުދެވިއްޖެ ނަމަ، ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕްގެ އިންޒާރެއް އީރާން އަށް

17 ފެބުރުއަރީ 2026
އެއްބަސްވުމަކަށް ނުދެވިއްޖެ ނަމަ، ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕްގެ އިންޒާރެއް އީރާން އަށް
16 ފެބުރުއަރީ 2026

އީރާނުން ހޯމޫޒް ކަނޑުއޮޅީގައި އަސްކަރީ ތަމްރީނުތަކެއް ބާއްވައިފި

16 ފެބުރުއަރީ 2026
އީރާނުން ހޯމޫޒް ކަނޑުއޮޅީގައި އަސްކަރީ ތަމްރީނުތަކެއް ބާއްވައިފި
16 ފެބުރުއަރީ 2026

ޖެނީވާގައި އީރާނާ އެކު އޮންނަ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ފަރާތުން ބައިވެރިވާނީ ވިޓްކޮފް އާއި ކުޝްނާ

16 ފެބުރުއަރީ 2026
ޖެނީވާގައި އީރާނާ އެކު އޮންނަ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ފަރާތުން ބައިވެރިވާނީ ވިޓްކޮފް އާއި ކުޝްނާ
16 ފެބުރުއަރީ 2026

ޓްރަމްޕްގެ ވީޑިއޯ އަށް ނުރުހުން އަމާޒު ކުރައްވައި އޮބާމާ ވިދާޅުވީ، ލަދުވެތިކަން ގެއްލެމުންދާ ކަމަށް

16 ފެބުރުއަރީ 2026
ޓްރަމްޕްގެ ވީޑިއޯ އަށް ނުރުހުން އަމާޒު ކުރައްވައި އޮބާމާ ވިދާޅުވީ، ލަދުވެތިކަން ގެއްލެމުންދާ ކަމަށް
16 ފެބުރުއަރީ 2026

އީރާން އިން މުއްސަނދި ކޮށްފައިވާ ހުރިހާ ޔުރޭނިއަމެއް ބޭރު ކުރަން ޖެހޭނެ: ނަތަންޔާހޫ

16 ފެބުރުއަރީ 2026
އީރާން އިން މުއްސަނދި ކޮށްފައިވާ ހުރިހާ ޔުރޭނިއަމެއް ބޭރު ކުރަން ޖެހޭނެ: ނަތަންޔާހޫ
16 ފެބުރުއަރީ 2026

ޣައްޒާ އަށް ފަސް ބިލިއަން ޑޮލަރު ދިނުމަށް، ބޯޑު އޮޕް ޕީސްގެ މެމްބަރުން އެއްބަސްވެއްޖެ: ޓްރަމްޕް

16 ފެބުރުއަރީ 2026
ޣައްޒާ އަށް ފަސް ބިލިއަން ޑޮލަރު ދިނުމަށް، ބޯޑު އޮޕް ޕީސްގެ މެމްބަރުން އެއްބަސްވެއްޖެ: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް