Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

އެޕްސްޓީންގެ ފައިލްތައް ޓްރަމްޕް ފޮރުވާ ކަމަށް ބުނެ ބޮޑު ތުހުމަތެއް ކޮށްފި

ޖަރުމަނުގެ ބާލިންގައި ހުންނަވައި ހިލަރީ ކްލިންޓަން ދެއްވި އިންޓަވިޔުގައި އެ ފައިލްތައް ހާމަ ކުރުން ލަސް ކުރަމުންދާ ކަމަށް ވިދާޅުވެފައިވާއިރު، އޭނާ ވަނީ އެ ހުރިހާ ލިޔެ ކިޔުން ތަކެއް ވަގުތުން އާންމު ކުރުމަށް ވެސް ގޮވާލައްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2026 | ބުދަ 05:13
އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން

އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން | ގެޓީ އިމޭޖަސް

އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް އަދި ރިޔާސީ އިންތިޚާބުގައި ވެސް ވާދަކުރެއްވި ހިލަރީ ކްލިންޓަން، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ބޮޑު ތުހުމަތެއް ކުރައްވައިފި އެވެ. 

ބީބީސީ އަށް ދެއްވި އިންޓަވިޔުއެއްގައި ހިލަރީ ކްލިންޓަން ވިދާޅުވީ، ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ގުޅޭ މުހިންމު ލިޔުން ތަކެއް ޓްރަމްޕް ގެންދަވަނީ އާންމުވިޔަ ނުދީ ހިފަހައްޓަމުން ކަމަށެވެ. އަދި ޓްރަމްޕް ގެންދަވަނީ އެކަން ފޮރުވުމަށް މަސައްކަތް ކުރައްވަމުން ކަމަށް ވެސް ހިލަރީ ކްލިންޓަން ވިދާޅުވެފައިވެ އެވެ. 

ޖަރުމަނުގެ ބާލިންގައި ހުންނަވައި ހިލަރީ ކްލިންޓަން ދެއްވި އިންޓަވިޔުގައި އެ ފައިލްތައް ހާމަ ކުރުން ލަސް ކުރަމުންދާ ކަމަށް ވިދާޅުވެފައިވާއިރު، އޭނާ ވަނީ އެ ހުރިހާ ލިޔެ ކިޔުން ތަކެއް ވަގުތުން އާންމު ކުރުމަށް ވެސް ގޮވާލައްވައިފަ އެވެ. 

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ވަނީ އެޕްސްޓީންގެ މައްސަލައާ ގުޅުން ހުރި ތިން މިލިއަނަށް ވުރެ ގިނަ ލިޔެ ކިޔުންތަކާއި، ފޮޓޯ އަދި ވީޑިއޯ ހިމެނޭ ފައިލް ތަކެއް އާންމު ކޮށްފަ އެވެ. އެ ފައިލް ތަކުގައި ހިލަރީ ކްލިންޓަންގެ ފިރިކަލުން އަދި އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަންގެ ނަން ތަކުރާރުކޮށް ފެންނަ އޮތެވެ. ނަމަވެސް، ކްލިންޓަންގެ ދެމަފިރިން ޖިނާއީ އެއްވެސް ކަމެއްގައި ބައިވެރިވި ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ފެންނާކަށް ނެތެވެ. މި މައްސަލައިގައި ހައުސް އޮފް އޯވަސައިޓް ކޮމެޓީ އަށް ހާޒިރުވެ، ބަޔާން ދިނުމަށް ކްލިންޓަންގެ ދެމަފިރިންގެ މައްޗަށް ވަނީ އަމުރު ކޮށްފަ އެވެ. 

ކޮމެޓީ އަށް ހާޒިރުވެ ބަޔާން ދިނުމާ ގުޅޭ ގޮތުން ހިލަރީ ކްލިންޓަން ވިދާޅުވެފައި ވަނީ، ސުވާލު ތަކަށް ޖަވާބުދާރީ ވުމަށް އެ ދެމަފިރިން ހާޒިރު ވާނެ ކަމަށާއި، ނަމަވެސް ބައްދަލުވުންތައް ސިއްރު ކުރުމުގެ ބަދަލުގައި އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަކީ އެންމެ ރަނގަޅު ގޮތް ދެކޭ ކަމަށެވެ. އެއާ އެކު އޭނާ ވިދާޅުވީ، އެ ދެމަފިރިން ފޮރުވަން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށާއި، ހުރިހާ އެންމެނާ މެދު ވެސް އިންސާފުން ކަންތައްތައް ކުރެވެން ޖެހޭ ކަމަށެވެ. 

އެޕްސްޓީންގެ މައްސަލައާ ގުޅުން ހުރި އިތުރު ފައިލް ތަކެއް ނެތް ކަމަށް ޖަސްޓިސް ޑިޕާޓްމަންޓް އިން ބުނި ނަަމަވެސް، ސަރުކާރުގެ އެތެރޭގެ މެމޯތަކާއި، އީމެއިލްތައް ހާމަ ނުކުރާތީ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ ކަންބޮޑުން ފާޅުކޮށް، ފާޑު ވެސް ކިޔަމުންނެވެ. 

އިތުރަށް ހިލަރީ ކްލިންޓަން ވިދާޅުވީ، ރިޕަބްލިކަން ޕާޓީ އިން އެ ދެމަފިރިންގެ މައްސަލަ ބަލަމުން ދަނީ ޓްރަމްޕްއާ ދެކޮޅަށް އޮތް ސަމާލުކަން އަނބުރާލުމުގެ މަޤުސަދުގައި ކަމަށެވެ. އެކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، އެޕްސްޓީންގެ ފައިލް ތަކުގައި ޓްރަމްޕްގެ ނަން ވެސް އެތައް ފަހަރު ފާހަގަ ކޮށްފައިވާ ކަމަށެވެ. ނަމަވެސް، ޓްރަމްޕް ވަނީ އެއްވެސް ގޯހެއް ހިނގާފައި ނުވާނެ ކަމަށް ވިދާޅުވެ، ހިލަރީ ކްލިންޓަންގެ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ. ހޯމަ ދުވަހުގެ ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެ ހުރިހާ ކަމަކު އޭނާ ބަރީއަވެފައިވާ ކަމަށެވެ. 

މީގެ ކުރިން ބިލް ކްލިންޓަން ވަނީ، 2000 ވަނަ އަހަރުގެ ކުރީ ކޮޅު އެޕްސްޓީންގެ މަތިންދާ ބޯޓުގައި ދަތުރު ކުރެއްވި ކަމަށް އެއްބަސްވެ ވަޑައިގެންފަ އެވެ. ނަމަވެސް، އެއީ އިންސާނީ އެހީގެ މަސައްކަތް ތަކުގައި ކަމަށާއި، އެޕްސްޓީންގެ އަމިއްލަ ރަށަށް ދުވަހަކު ވެސް ވަޑައި ނުގަންނަވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. ހިލަރީ ކްލިންޓަން ވިދާޅުވި ގޮތުގައި، އޭނާ އެޕްސްޓީންއާ ދުވަހަކު ވެސް ބައްދަލު ކުރައްވާފައި ނުވެ އެވެ. އެހެން ނަމަވެސް، އެޕްސްޓީންގެ ގާތް ރަޙުމަތްތެރިއެއްގެ ގޮތުގައި ހުރި ޖިސްލެއިން މެކްސްވެލްއާ މަދު ފަހަރަކު ބައްދަލުވި ކަމަށް ހިލަރީ ކްލިންޓަން ވިދާޅުވި އެވެ. 

މި މައްސަލައިގައި ޖަވާބުދާރީ ވުމަށް ހިލަރީ ކްލިންޓަން ކޮމެޓީ އަށް ހާޒިރުވާާން އަންގާފައި ވަނީ ފެބްރުވަރީ މަހުގެ 26 ވަނަ ދުވަހު އެވެ. އަދި ބިލް ކްލިންޓަން ހާޒިރުވާން އަންގާފައި ވަނީ ފެބްރުވަރީ މަހުގެ 27 ވަނަ ދުވަހު އެވެ. މި ތަހުގީގަކީ ނުފޫޒު ގަދަ ފަރާތްތަކާއި އެޕްސްޓީންއާ އޮތް ގުޅުންތައް ބެލުމަށް ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ.

މަސްދަރު: އޭއެފްޕީ

ހިލަރީ ކްލިންޓަންޖެފްރީ އެޕްސްޓީންބިލް ކްލިންޓަންބީބީސީއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްބަސްވުމަކަށް ނުދެވިއްޖެ ނަމަ، ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕްގެ އިންޒާރެއް އީރާން އަށް

އެއްބަސްވުމަކަށް ނުދެވިއްޖެ ނަމަ، ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕްގެ އިންޒާރެއް އީރާން އަށް

17 ފެބުރުއަރީ 2026
ޖެނީވާގައި އީރާނާ އެކު އޮންނަ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ފަރާތުން ބައިވެރިވާނީ ވިޓްކޮފް އާއި ކުޝްނާ

ޖެނީވާގައި އީރާނާ އެކު އޮންނަ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ފަރާތުން ބައިވެރިވާނީ ވިޓްކޮފް އާއި ކުޝްނާ

16 ފެބުރުއަރީ 2026
ޓްރަމްޕްގެ ވީޑިއޯ އަށް ނުރުހުން އަމާޒު ކުރައްވައި އޮބާމާ ވިދާޅުވީ، ލަދުވެތިކަން ގެއްލެމުންދާ ކަމަށް

ޓްރަމްޕްގެ ވީޑިއޯ އަށް ނުރުހުން އަމާޒު ކުރައްވައި އޮބާމާ ވިދާޅުވީ، ލަދުވެތިކަން ގެއްލެމުންދާ ކަމަށް

16 ފެބުރުއަރީ 2026
އީރާން އިން މުއްސަނދި ކޮށްފައިވާ ހުރިހާ ޔުރޭނިއަމެއް ބޭރު ކުރަން ޖެހޭނެ: ނަތަންޔާހޫ

އީރާން އިން މުއްސަނދި ކޮށްފައިވާ ހުރިހާ ޔުރޭނިއަމެއް ބޭރު ކުރަން ޖެހޭނެ: ނަތަންޔާހޫ

16 ފެބުރުއަރީ 2026
ޣައްޒާ އަށް ފަސް ބިލިއަން ޑޮލަރު ދިނުމަށް، ބޯޑު އޮޕް ޕީސްގެ މެމްބަރުން އެއްބަސްވެއްޖެ: ޓްރަމްޕް

ޣައްޒާ އަށް ފަސް ބިލިއަން ޑޮލަރު ދިނުމަށް، ބޯޑު އޮޕް ޕީސްގެ މެމްބަރުން އެއްބަސްވެއްޖެ: ޓްރަމްޕް

16 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު