Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

އީރާނަށް އަމާޒުކޮށް ވަކި މިންވަރެއްގެ ހަމަލާދިނުމާ މެދު ވިސްނަވަމުންދާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

އީރާނުގެ ނިއުކްލިއާ މަޝްރޫއާ ގުޅޭގޮތުން އެމެރިކާއާއެކު އެކުލަވައިލާ އެއްބަސްވުމުގެ ދެލިކޮޕީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ތައްޔާރުވާނެ ކަމަށް އީރާނުން ވަނީ ބުނެފައި. ނަމަވެސް، ކަނޑައެޅިފައިވާ މުއްދަތުގައި އެއްބަސްވުމަކަށް ނައިސްފިނަމަ އީރާނުގެ ވަކި ސަރަހައްދުތަކަކަށް ހަމަލާދިނުމާ މެދު ވިސްނަވަމުންދާ ކަމުގެ އިންޒާރު ރައީސް ޓްރަމްޕް ވަނީ ދެއްވާފައި. މި މަޝްވަރާތައް ކުރިއަށްދާއިރު، އެމެރިކާއިން ދަނީ މެދުއިރުމައްޗަށް އިތުރު މަނަވަރުތައް ފޮނުވައި އަސްކަރީ ބާރުގަދަކުރަމުން. އެމެރިކާގެ އިންޒާރުތަކާ ގުޅިގެން، އެ ގައުމުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ ބިރު އީރާނުންވެސް ވަނީ ދައްކާފައި.

ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2026 | ހުކުރު 18:09
ރައީސް ޑޮނަލްޑް ޓްރަމްޕް.

ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އީރާނުގެ ނިއުކްލިއާ މަޝްރޫއު ހުއްޓުވުމަށް އެއްބަސްވުމަކަށް އައުމަށް ތެހެރާނަށް ބާރުއެޅުމުގެ ގޮތުން، މެދުއިރުމައްޗަށް އެމެރިކާގެ ކަނޑުގެ ސިފައިންގެ ބޮޑު ފައުޖެއް ފޮނުވުމަށް އަމުރުކުރެއްވުމަށްފަހު، އީރާނަށް އަމާޒުކޮށް ވަކި މިންވަރެއްގެ ހަމަލާދިނުމާ މެދު ވިސްނަވަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިފަދަ އިންޒާރެއް ދެއްވާފައި މިވަނީ، މި ހަފުތާގެ ކުރީކޮޅު ޖެނީވާގައި ދެ ގައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު، ވޮޝިންޓަނާއެކު އެކުލަވައިލާ އެއްބަސްވުމުގެ ދެލިކޮޕީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ތައްޔާރުވާނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެފައި ވަނިކޮށެވެ.

އީރާނުން 10 ދުވަހުގެ ތެރޭގައި އެއްބަސްވުމަކަށް ނައިސްފިނަމަ "ނުރައްކާތެރި ކަންތައްތަކެއް" ހިނގާފާނެ ކަމަށް ބުރާސްފަތި ދުވަހު ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ މުއްދަތު 15 ދުވަހަށް އިތުރުކޮށްދެއްވާފައެވެ.

އީރާނުގެ ވަކި ސަރަހައްދުތަކަކަށް އަސްކަރީ ހަމަލާއެއް ދިނުމަށް ގަސްދުކުރައްވަނީތޯ ހުކުރު ދުވަހު ނޫސްވެރިއަކު ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، އެކަމާ މެދު އޭނާ ވިސްނަވަމުންދާ ކަމަށެވެ.

ޖެނީވާގައި ބޭއްވި މަޝްވަރާތަކަށްފަހު ތެހެރާނުން ބުނީ، އެކުލަވައިލެވިދާނެ އެއްބަސްވުމެއްގެ ދެލިކޮޕީ ހުށަހެޅުމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށެވެ. އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އެމެރިކާގެ މީޑިއާތަކަށް ވިދާޅުވީ މިއީ މިކަމުގައި އެޅޭނެ "ދެން އޮތް ފިޔަވަޅު" ކަމަށެވެ.

މެދުއިރުމަތީގެ ކަންކަމުގައި ޓްރަމްޕް ކަނޑައަޅުއްވާފައިވާ މައި މުޝީރު ސްޓީވް ވިޓްކޮފްއާ ހަވާލާދެއްވައި އަރާގްޗީ ވިދާޅުވީ، ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ދެލިކޮޕީ ތައްޔާރުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އީރާނުގެ މަތީ ފަންތީގެ ވެރިން އެކަން ކަށަވަރުކުރުމުން ވިޓްކޮފްއާ އެ ލިޔުން ހަވާލުކުރެވޭނެ ކަމަށެވެ.

އަދި އީރާނުގެ ޔުރޭނިއަމް މުއްސަނދިކުރުމުގެ މަޝްރޫއު ހުއްޓާލުމަށް އެމެރިކާގެ މަންދޫބުން އެދިވަޑައިގެންފައި ނުވާ ކަމަށް އަރާގްޗީ ވިދާޅުވިއެވެ. މިއީ އެމެރިކާގެ އޮފިޝަލުން މީގެ ކުރިން ދައްކަވާފައިވާ ވާހަކަތަކާ ފުށުއަރާ ވާހަކައެކެވެ.

އެމެރިކާގެ ޓީވީ ނެޓްވޯކެއް ކަމަށްވާ 'އެމްއެސް ނައު' އަށް ހުކުރު ދުވަހު ދެއްވި އިންޓަވިއުއެއްގައި އަރާގްޗީ ވިދާޅުވީ، ޔުރޭނިއަމް މުއްސަނދިކުރުން މެދުކަނޑާލުމަށް އީރާނުން ހުށަހަޅާފައި ނުވާނެ ކަމަށާއި، އަދި އެކަން އެއްކޮށް ހުއްޓާލުމަށް އެމެރިކާ ފަރާތުން އެދިފައިވެސް ނުވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިހާރު މަޝްވަރާ ކުރެވެމުންދަނީ ޔުރޭނިއަމް މުއްސަނދިކުރުން ހިމެނޭހެން އީރާނުގެ ނިއުކްލިއާ މަޝްރޫއަކީ ސުލްހަވެރި ބޭނުންތަކަށް ކުރިއަށްގެންދާ މަޝްރޫއެއްކަން އަބަދަށްޓަކައި ކަށަވަރުކުރާނެ ގޮތްތަކާ މެދު ކަމަށެވެ.

ނަމަވެސް، އަރާގްޗީގެ މި ވާހަކަތަކާ ޓްރަމްޕް ހިމެނޭހެން އެމެރިކާގެ މަތީ ފަންތީގެ އޮފިޝަލުން ދައްކަވާ ވާހަކަތަކާ ބޮޑެތި ތަފާތުތަކެއް އެބަހުއްޓެވެ. ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެއްވެސް މިންވަރަކަށް ޔުރޭނިއަމް މުއްސަނދިކުރުމުގެ ފުރުސަތު އީރާނަށް ދީގެން ނުވާނެ ކަމަށެވެ.

ހުޅަނގުގެ ގައުމުތަކުން ތުހުމަތުކުރާ ގޮތުގައި އީރާނުން މަސައްކަތް ކުރަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށެވެ. އެކަމަކު އީރާނުން އެކަން ދޮގުކުރެއެވެ. އީރާނުން ބުނަމުންދަނީ އާންމު ބޭނުންތަކަށް ޔުރޭނިއަމް މުއްސަނދިކުރުމަކީ އެ ގައުމަށް ލިބިގެންވާ ހައްގެއް ކަމަށެވެ.

އީރާނުން މަސައްކަތް ކުރަމުންދަނީ އެ ގައުމުގެ އިގްތިސާދަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށެވެ.

ވަކި މުއްދަތެއް ނެތް

ދެ ގައުމުގެ ދެމެދުގައި ފުރަތަމަ ބުރުގެ މަޝްވަރާތައް ފެބްރުއަރީ 6 ވަނަ ދުވަހު އޮމާންގައި ބާއްވާފައިވެއެވެ. މިއީ މިދިޔަ ޖޫން މަހު އީރާނާއި އިޒްރޭލާ ދެމެދު 12 ދުވަހަށް ކުރި ހަނގުރާމައިގެ ސަބަބުން މަޝްވަރާތައް މެދުކެނޑުނު ފަހުން ބޭއްވި ފުރަތަމަ ބައްދަލުވުމެވެ. އެ ހަނގުރާމައިގައި އެމެރިކާއިން ވަނީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދީފައެވެ.

މަޝްވަރާތައް ކުރިއަށްދާއިރު، ވޮޝިންޓަނުން ދަނީ އެ ސަރަހައްދުގައި އަސްކަރީ ބާރު ގަދަކުރަމުންނެވެ. އަދި ފާއިތުވި ހަފުތާތަކުގައި ދެ ގައުމުންވެސް ދަނީ އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުތައް ބަދަލުކުރަމުންނެވެ.

ބުރާސްފަތި ދުވަހު ޓްރަމްޕް އަނެއްކާވެސް އިންޒާރު ދެއްވީ، އޭނާ ކަނޑައަޅުއްވާފައިވާ މުއްދަތުގެ ތެރޭގައި އީރާނުން އެއްބަސްވުމަކަށް ނައިސްފިނަމަ އެމެރިކާއިން ހަމަލާދޭނެ ކަމަށެވެ.

ހަނގުރާމައަށްފަހު ޣައްޒާގެ ކަންކަން ބެލެހެއްޓުމަށް ޓްރަމްޕް އުފައްދަވާފައިވާ "ބޯޑް އޮފް ޕީސް" ގެ ފުރަތަމަ ބައްދަލުވުމުގައި އޭނާ ވިދާޅުވީ، މާނަހުރި އެއްބަސްވުމަކަށް އަންނަންޖެހޭ ކަމަށާއި، އެހެން ނޫންނަމަ ނުރައްކާތެރި ކަންތައްތަކެއް ހިނގާނެ ކަމަށެވެ.

އދ. އަށް އީރާނުން ކަނޑައަޅާފައި ހުންނަވާ ސަފީރު އާމިރު ސައީދު އިރަވާނީ އިންޒާރު ދެއްވި ގޮތުގައި، އެމެރިކާއިން އެ ގައުމުގެ އިންޒާރުތައް އަމަލީ ގޮތުން ތަންފީޒުކޮށްފިނަމަ، އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ވަސީލަތްތަކަކީ އީރާނުގެ "ސައްހަ އަމާޒުތަކަކަށް" ވާނެއެވެ.

ނަމަވެސް އަރާގްޗީ ވިދާޅުވީ، އެއްބަސްވުމަކަށް އައުމަށް އެމެރިކާއިން ވަކި މުއްދަތެއް (އަލްޓިމޭޓަމްއެއް) ދީފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ދެ ފަރާތުން މަޝްވަރާ ކުރަމުންދަނީ އަވަސް އެއްބަސްވުމަކަށް އާދެވޭނެ ގޮތްތަކާ މެދު ކަމަށާއި، އަވަސް އެއްބަސްވުމަކީ ދެ ފަރާތުންވެސް ބޭނުންވާ ކަމެއް ކަމަށެވެ.

އަރާގްޗީ އިތުރަށް ވިދާޅުވީ، އީރާނު އޮތީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުގައި ކަމަށްވާތީ، އެ ފިޔަވަޅުތައް ވީހާވެސް އަވަހަކަށް އުވާލުމަކީ އެ ގައުމަށް އެންމެ ފައިދާހުރި ގޮތް ކަމަށާއި، އެކަން ލަސްކުރަންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ވޮޝިންޓަނުން ތަކުރާރުކޮށް އެދެމުންދަނީ ޔުރޭނިއަމް މުއްސަނދިކުރުން އެއްކޮށް ހުއްޓާލުމަށެވެ. މީގެ އިތުރުން އީރާނުގެ ބެލިސްޓިކް މިސައިލް މަޝްރޫއާއި، އެ ސަރަހައްދުގެ ހަނގުރާމަވެރި ޖަމާއަތްތަކަށް އީރާނުންދޭ އެހީތެރިކަން ހުއްޓުވުމަށްވެސް އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ. މިއީ މަޝްވަރާތަކުގައި ހިމެނުމަށް އިޒްރޭލުން ބާރުއަޅަމުންދާ ކަންކަމެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ހުކުރު ދުވަހު ބުނީ، އީރާނުގެ މަސްރަހާ ގުޅިގެން އެ ގައުމުގެ ސިފައިން ތިބީ "ޑިފެންސިވް އެލާޓް" ނުވަތަ ދިފާއީ ގޮތުން ތައްޔާރީ ހާލަތެއްގައި ކަމަށެވެ. ނަމަވެސް އާންމުން އަމަލުކުރަންޖެހޭ އުސޫލުތަކަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

އީރާނަށް ކުރިމަތިކުރާ ފިއްތުންތައް އިތުރުކުރުމުގެ ގޮތުން ޓްރަމްޕް ވަނީ ކަނޑުގެ ސިފައިންގެ ވަރުގަދަ ފައުޖެއް އެ ސަރަހައްދަށް ފޮނުއްވާފައެވެ.

ޖެނުއަރީ މަހު 'ޔޫއެސްއެސް އަބްރަހަމް ލިންކަން' މަނަވަރާއި އެއާ އެކު ހަރަކާތްތެރިވާ ހަނގުރާމަމަތީ މަނަވަރުތައް ގަލްފް ސަރަހައްދަށް ފޮނުވުމަށްފަހު، ޓްރަމްޕް މިހާރު ވަނީ ދެވަނަ މަނަވަރެއް ކަމަށްވާ 'ޖެރަލްޑް ފޯޑް' މެދުއިރުމައްޗަށް ފުރުމަށް އަމުރުކުރައްވާފައެވެ.

އީރާނުގެ ކަނޑުގެ ސިފައިންވެސް ވަނީ އެ ގައުމުގެ ބާރު ދެއްކުމުގެ ގޮތުން މި ހަފުތާގައި ގަލްފް ސަރަހައްދާއި، ސްޓްރެޓިޖިކް ގޮތުން މުހިންމު ހޯރްމޫޒް ކަނޑުއޮޅި ސަރަހައްދުގައި އަސްކަރީ ތަމްރީނުތަކެއް ބާއްވާފައެވެ.

އީރާން-އެމެރިކާޑޮނަލްޑް ޓްރަމްޕްއައްބާސް އަރަގްޗީއީރާން ނިއުކްލިއަރ ޕްރޮގްރާމްއިޒްރޭލްއީރާނުގެ މިސައިލް ޕްރޮގްރާމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީރާނަށް ހަމަލާ ދިނުމަށް ޗާގޯސް ބޭނުން ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް އިނގިރޭސިން ބުނެފައިވަނިކޮށް އިނގިރޭސި ޚާރިޖީ ވަޒީރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓާ ބައްދަލުކުރައްވަނީ

އީރާނަށް ހަމަލާ ދިނުމަށް ޗާގޯސް ބޭނުން ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް އިނގިރޭސިން ބުނެފައިވަނިކޮށް އިނގިރޭސި ޚާރިޖީ ވަޒީރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓާ ބައްދަލުކުރައްވަނީ

20 ފެބުރުއަރީ 2026
80،000 މުސްލިމުން އަލް-އަޤްޞާގައި ރަމަޟާންގެ ފުރަތަމަ ހުކުރު ނަމާދުކޮށްފި

80،000 މުސްލިމުން އަލް-އަޤްޞާގައި ރަމަޟާންގެ ފުރަތަމަ ހުކުރު ނަމާދުކޮށްފި

20 ފެބުރުއަރީ 2026
އެމެރިކާގެ ސުޕްރީމް ކޯޓުން ޓްރަމްޕްގެ ޓެރިފްތަކަށް ހުރަސްއަޅައި, އެއީ ބާރުގެ ނަހަމަ ބޭނުން ހިފުން ކަމަށް ކަނޑައަޅާ ހުކުމް ކޮށްފި

އެމެރިކާގެ ސުޕްރީމް ކޯޓުން ޓްރަމްޕްގެ ޓެރިފްތަކަށް ހުރަސްއަޅައި, އެއީ ބާރުގެ ނަހަމަ ބޭނުން ހިފުން ކަމަށް ކަނޑައަޅާ ހުކުމް ކޮށްފި

20 ފެބުރުއަރީ 2026
ހަމާސް އަށް ލީޑަރަކު އިންތިޚާބު ކުރުމަށް ވޯޓު ލަނީ

ހަމާސް އަށް ލީޑަރަކު އިންތިޚާބު ކުރުމަށް ވޯޓު ލަނީ

20 ފެބުރުއަރީ 2026
ޓްރަމްޕްގެ ނަމަށް ފްލޮރިޑާ އެއާޕޯޓުގެ ނަން ބަދަލުކުރަނީ

ޓްރަމްޕްގެ ނަމަށް ފްލޮރިޑާ އެއާޕޯޓުގެ ނަން ބަދަލުކުރަނީ

20 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު