Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނޯވޭ

އެމެރިކާ އާއި އީރާނާ ދެމެދު މަސްރަހު ހޫނުވަމުން ދަނިކޮށް މެދުއިރުމަތީގައި ތިބި ނޯވޭ ސިފައިން އަނބުރާ ގެންދަނީ

ނޯވޭގެ އަސްކަރިއްޔާއިން ބުނީ މި ނިންމުމަކީ ސަލާމަތީ ސަބަބުތަކަށްޓަކައި ނިންމި ނިންމުމެއް ކަމަށާއި، މިހާރު އޮތް ހާލަތުގެ ގޮތުން ސިފައިންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްތަކެއް އެބަހުރި ކަމަށް. މީގެ ކުރިންވެސް ބައެއް އެހެން ގައުމުތަކުން ވަނީ މިފަދަ ފިޔަވަޅުތައް އަޅާފައި.

ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2026 | ހުކުރު 18:30
ނޯވޭގެ ސިފައިން "ލެޕަޑް 2" މަރުކާގެ ހަނގުރާމަމަތީ ޓޭންކެއްގެ މަތީގައި މަޑުކޮށްލައިގެން.

ނޯވޭގެ ސިފައިން "ލެޕަޑް 2" މަރުކާގެ ހަނގުރާމަމަތީ ޓޭންކެއްގެ މަތީގައި މަޑުކޮށްލައިގެން. | އޭއެފްޕީ

މެދުއިރުމަތީގައި ހަރަކާތްތެރިވާ ނޯވޭގެ ގާތްގަނޑަކަށް 60 ސިފައިންގެ ތެރެއިން ބައެއް ސިފައިން، ސަލާމަތީ ސަބަބުތަކަށްޓަކައި އަނބުރާ ގައުމަށް ނުވަތަ އެ ސަރަހައްދުގެ އެހެން ގައުމުތަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ހުކުރު ދުވަހު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު އީރާނަށް އިންޒާރު ދެއްވަމުން ވިދާޅުވީ، އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން 10 ދުވަހާއި 15 ދުވަހުގެ ތެރޭގައި އެއްބަސްވުމަކަށް އަންނަންޖެހޭނެ ކަމަށާއި، އެހެން ނޫންނަމަ "ވަރަށް ގޯސް ކަންތައްތަކެއް" ހިނގާފާނެ ކަމަށެވެ. ޓްރަމްޕްގެ މި އިންޒާރާ ގުޅިގެން ތެހެރާނުން ވަނީ، އީރާނަށް ހަމަލާއެއް ދީފިނަމަ އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބަދަލުހިފުމުގެ ހަމަލާތައް ދޭނެ ކަމަށް ބުނެ ރައްދު ދީފައެވެ.

މި ނިންމުމާ ގުޅިގެން ނޯވޭއިން ބަދަލުކުރަނީ ކިތައް ސިފައިން ކަމެއް އަދި އެ ސިފައިން ބަދަލުކުރަނީ ކޮން ތަންތަނަކަށް ކަމެއް ހާމަކުރަން އެ ގައުމުން ވަނީ އިންކާރުކޮށްފައެވެ.

ނޯވޭގެ ޖޮއިންޓް ހެޑްކުއާޓާޒްގެ ލެފްޓިނެންޓް ކާނަލް ވޭގާޑް ފިންބާގް ރޮއިޓާސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ސިފައިންނަކީ އެ ސަރަހައްދުގެ ލޯކަލް ފޯސްތައް ތަމްރީނުކުރުމާއި އެ ނޫންވެސް އެކި މިޝަންތަކުގައި މަސައްކަތްކުރާ ސިފައިން ކަމަށެވެ.

މިހާރު މަސްރަހު އޮތް ގޮތުން ސިފައިންގެ މައިގަނޑު މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސްތަކެއް ހުރި ކަމަށާއި، ސިފައިން އެހެން ތަންތަނަށް ބަދަލުކުރަން ނިންމީ އެ ސަބަބަށްޓަކައި ކަމަށް ފިންބާގް ވިދާޅުވިއެވެ. އަދި ފާއިތުވި ދުވަސްތަކުގައި އެހެން ގައުމުތަކުންވެސް މިފަދަ ފިޔަވަޅުތައް އަޅާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ނޯވޭގެ އަސްކަރީ ފައުޖުތައް އިރާގުގެ އެކި ސަރަހައްދުތަކުގެ އިތުރުން މެދުއިރުމަތީގެ އަވަށްޓެރި އެހެން ގައުމުތަކުގައިވެސް ގާއިމުވެ އެބަތިއްބެވެ.

މަސްދަރު: ރޮއިޓާސް

ނޯވޭމެދު އިރުމަތިޑޮނަލްޑް ޓްރަމްޕްއީރާންއެމެރިކާ-އީރާން

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2026

އީރާނަށް އަމާޒުކޮށް ވަކި މިންވަރެއްގެ ހަމަލާދިނުމާ މެދު ވިސްނަވަމުންދާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

20 ފެބުރުއަރީ 2026
އީރާނަށް އަމާޒުކޮށް ވަކި މިންވަރެއްގެ ހަމަލާދިނުމާ މެދު ވިސްނަވަމުންދާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ
20 ފެބުރުއަރީ 2026

އީރާނަށް ހަމަލާ ދިނުމަށް ޗާގޯސް ބޭނުން ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް އިނގިރޭސިން ބުނެފައިވަނިކޮށް އިނގިރޭސި ޚާރިޖީ ވަޒީރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓާ ބައްދަލުކުރައްވަނީ

އީރާނަށް އަސްކަރީ ހަމަލާ ދޭން ޗާގޯސް ބޭނުން ނުކުރެވޭނެ ކަމަށް އިނގިރޭސިވިލާތުން ބުނެފި

20 ފެބުރުއަރީ 2026
އީރާނަށް އަސްކަރީ ހަމަލާ ދޭން ޗާގޯސް ބޭނުން ނުކުރެވޭނެ ކަމަށް އިނގިރޭސިވިލާތުން ބުނެފި
20 ފެބުރުއަރީ 2026

އެމެރިކާގެ ސުޕްރީމް ކޯޓުން ޓްރަމްޕްގެ ޓެރިފްތަކަށް ހުރަސްއަޅައި, އެއީ ބާރުގެ ނަހަމަ ބޭނުން ހިފުން ކަމަށް ކަނޑައަޅާ ހުކުމް ކޮށްފި

20 ފެބުރުއަރީ 2026
އެމެރިކާގެ ސުޕްރީމް ކޯޓުން ޓްރަމްޕްގެ ޓެރިފްތަކަށް ހުރަސްއަޅައި, އެއީ ބާރުގެ ނަހަމަ ބޭނުން ހިފުން ކަމަށް ކަނޑައަޅާ ހުކުމް ކޮށްފި
20 ފެބުރުއަރީ 2026

އީރާނުގެ އަސްކަރީ ބޯޓެއް ވެއްޓި ޕައިލެޓަކު މަރުވެއްޖެ

20 ފެބުރުއަރީ 2026
އީރާނުގެ އަސްކަރީ ބޯޓެއް ވެއްޓި ޕައިލެޓަކު މަރުވެއްޖެ
20 ފެބުރުއަރީ 2026

ޓްރަމްޕްގެ ނަމަށް ފްލޮރިޑާ އެއާޕޯޓުގެ ނަން ބަދަލުކުރަނީ

20 ފެބުރުއަރީ 2026
ޓްރަމްޕްގެ ނަމަށް ފްލޮރިޑާ އެއާޕޯޓުގެ ނަން ބަދަލުކުރަނީ
20 ފެބުރުއަރީ 2026

އީރާނަށް ހަމަލާއެއް ދީފިނަމަ، އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ވަސީލަތްތަކަކީ ހަމަލާދެވިދާނެ ތަންތަން ކަމަށް ބުނެ އީރާނުން އިންޒާރު ދީފި

20 ފެބުރުއަރީ 2026
އީރާނަށް ހަމަލާއެއް ދީފިނަމަ، އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ވަސީލަތްތަކަކީ ހަމަލާދެވިދާނެ ތަންތަން ކަމަށް ބުނެ އީރާނުން އިންޒާރު ދީފި
19 ފެބުރުއަރީ 2026

އެއްބަސްވުމަކަށް އައުމަކީ ބުއްދިވެރި ގޮތް ކަމަށް ވިދާޅުވެ، އަނެއްކާ ވެސް ޓްރަމްޕް އީރާން އަށް އިންޒާރު ދެއްވައިފި

19 ފެބުރުއަރީ 2026
އެއްބަސްވުމަކަށް އައުމަކީ ބުއްދިވެރި ގޮތް ކަމަށް ވިދާޅުވެ، އަނެއްކާ ވެސް ޓްރަމްޕް އީރާން އަށް އިންޒާރު ދެއްވައިފި
18 ފެބުރުއަރީ 2026

އީރާނުން މުހިންމު އަސްކަރީ ސައިޓުތަކުގެ ދިފާއު ވަރުގަދަކުރަނީ

18 ފެބުރުއަރީ 2026
އީރާނުން މުހިންމު އަސްކަރީ ސައިޓުތަކުގެ ދިފާއު ވަރުގަދަކުރަނީ
18 ފެބުރުއަރީ 2026

ޖަރުމަނުގެ ސަފީރު އީރާނުގެ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފި

18 ފެބުރުއަރީ 2026
ޖަރުމަނުގެ ސަފީރު އީރާނުގެ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު