Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-ޕޮލެންޑު

ޕޮލެންޑުން އީރާނުގައި ތިބި އެ ގައުމުގެ ރައްޔިތުން ވަގުތުން ފޭބުމަށް އަންގައިފި

އީރާނާއި އެމެރިކާ އާ ދެމެދުގައި ވަރުގަދަ އަސްކަރީ ކުރިމަތިލުމެއް ހިނގުމުގެ ފުރުސަތު ބޮޑުވެފައިވާތީ، ކުރިއަށް އޮތް ވަގުތުތަކުގައި މީހުން ބޭރުކުރުމުގެ ފުރުސަތު ގެއްލިދާނެ ކަމުގެ އިންޒާރު ވެސް ބޮޑުވަޒީރު ވަނީ ދެއްވާފައި. އެމެރިކާއިން މިހާރު ދަނީ އީރާނާ ދެކޮޅަށް އަސްކަރީ ބާރުތައް ވަރުގަދަކޮށް، ހަނގުރާމަމަތީ މަނަވަރުތަކާއި ޖެޓުތައް އެ ސަރަހައްދަށް ޖަމާކުރަމުން.

ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2026 | ހުކުރު 18:38
އީރާނުގެ އިސްލާމީ އިންގިލާބަށް 47 އަހަރު ފުރުން ފާހަގަކުރުމަށް 2026 ވަނަ އަހަރުގެ ފެބްރުއަރީ 11 ވާ ބުދަ ދުވަހު ތެހެރާންގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން، އެ ގައުމުގެ އާޒާދީ ޓަވަރު ފެންނަ ގޮތަށް ދައްކާލުމަށް ބަހައްޓާފައި ހުރި މިސައިލްތަކެއްގެ ކައިރީގައި އީރާނުގެ ދިދަ ހަރުކޮށްފައި.

އީރާނުގެ އިސްލާމީ އިންގިލާބަށް 47 އަހަރު ފުރުން ފާހަގަކުރުމަށް 2026 ވަނަ އަހަރުގެ ފެބްރުއަރީ 11 ވާ ބުދަ ދުވަހު ތެހެރާންގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން، އެ ގައުމުގެ އާޒާދީ ޓަވަރު ފެންނަ ގޮތަށް ދައްކާލުމަށް ބަހައްޓާފައި ހުރި މިސައިލްތަކެއްގެ ކައިރީގައި އީރާނުގެ ދިދަ ހަރުކޮށްފައި. | ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅެއް އަޅުއްވަފާނެކަމުގެ އިޝާރާތެއް އަލުން ދެއްވުމާ ގުޅިގެން، އީރާނުގައި ތިބި ޕޮލެންޑުގެ ހުރިހާ ރައްޔިތުން އެ ގައުމުން ފޭބުމަށް އެ ގައުމުގެ ބޮޑުވަޒީރު ޑޮނަލްޑް ޓުސްކް ބުރާސްފަތި ދުވަހު ގޮވާލައްވައިފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ބޮޑުވަޒީރު ވިދާޅުވީ، އީރާނުގައި ތިބި ޕޮލެންޑުގެ ހުރިހާ ރައްޔިތުން ވަގުތުން އެ ގައުމުން ފޭބުމަށާއި، އެއްވެސް ހާލަތެއްގައި އެއްވެސް މީހަކު އެ ގައުމަށް ދަތުރުކުރުމަށް ރޭވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ބޮޑުވަޒީރު ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ވަރުގަދަ ކުރިމަތިލުމެއް ހިނގުމުގެ ފުރުސަތު އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް މަދު ގަޑިއިރުތަކެއްގެ ތެރޭގައި ނުވަތަ ދުވަހެއްހާ ދުވަހުގެ ތެރޭގައި، މީހުން އެ ގައުމުން ބޭރުކުރުމުގެ ފުރުސަތު ގެއްލިގެން ހިނގައިދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއީ ފާއިތުވި މަސްތަކުގެ ތެރޭގައި ޕޮލެންޑުގެ ސަރުކާރުން އެ ގައުމުގެ ރައްޔިތުން އީރާނުން ފޭބުމަށް ގޮވާލި ދެވަނަ ފަހަރެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރު ކުރައްވައިފި ނަމަ، އީރާނާ ދެކޮޅަށް ދިގުދެމިގެންދާ އަސްކަރީ ކެމްޕޭނެއް ހިންގުމުގެ ތައްޔާރީތަކުގެ ގޮތުން، އެމެރިކާއިން ދަނީ އީރާނު ކައިރިއަށް ހަނގުރާމަމަތީ މަނަވަރުތަކާއި، ފައިޓަރު ޖެޓުތަކުގެ އިތުރުން ތެޔޮ އަޅައިދޭ މަތިންދާބޯޓުތައް ފޮނުވައި އަސްކަރީ ބާރު ގަދަކުރަމުންނެވެ.

މަސްދަރު: އޭއެފްޕީ

ޑޮނަލްޑް ޓްރަމްޕްއީރާންޕޮލެންޑުޑޮނަލްޑް ޓުސްކްއެމެރިކާ-އީރާން

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2026

އެމެރިކާ އާއި އީރާނާ ދެމެދު މަސްރަހު ހޫނުވަމުން ދަނިކޮށް މެދުއިރުމަތީގައި ތިބި ނޯވޭ ސިފައިން އަނބުރާ ގެންދަނީ

20 ފެބުރުއަރީ 2026
އެމެރިކާ އާއި އީރާނާ ދެމެދު މަސްރަހު ހޫނުވަމުން ދަނިކޮށް މެދުއިރުމަތީގައި ތިބި ނޯވޭ ސިފައިން އަނބުރާ ގެންދަނީ
20 ފެބުރުއަރީ 2026

އީރާނަށް އަމާޒުކޮށް ވަކި މިންވަރެއްގެ ހަމަލާދިނުމާ މެދު ވިސްނަވަމުންދާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

20 ފެބުރުއަރީ 2026
އީރާނަށް އަމާޒުކޮށް ވަކި މިންވަރެއްގެ ހަމަލާދިނުމާ މެދު ވިސްނަވަމުންދާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ
20 ފެބުރުއަރީ 2026

އީރާނަށް ހަމަލާ ދިނުމަށް ޗާގޯސް ބޭނުން ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް އިނގިރޭސިން ބުނެފައިވަނިކޮށް އިނގިރޭސި ޚާރިޖީ ވަޒީރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓާ ބައްދަލުކުރައްވަނީ

20 ފެބުރުއަރީ 2026
އީރާނަށް ހަމަލާ ދިނުމަށް ޗާގޯސް ބޭނުން ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް އިނގިރޭސިން ބުނެފައިވަނިކޮށް އިނގިރޭސި ޚާރިޖީ ވަޒީރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓާ ބައްދަލުކުރައްވަނީ
20 ފެބުރުއަރީ 2026

އީރާނަށް އަސްކަރީ ހަމަލާ ދޭން ޗާގޯސް ބޭނުން ނުކުރެވޭނެ ކަމަށް އިނގިރޭސިވިލާތުން ބުނެފި

20 ފެބުރުއަރީ 2026
އީރާނަށް އަސްކަރީ ހަމަލާ ދޭން ޗާގޯސް ބޭނުން ނުކުރެވޭނެ ކަމަށް އިނގިރޭސިވިލާތުން ބުނެފި
20 ފެބުރުއަރީ 2026

އެމެރިކާގެ ސުޕްރީމް ކޯޓުން ޓްރަމްޕްގެ ޓެރިފްތަކަށް ހުރަސްއަޅައި, އެއީ ބާރުގެ ނަހަމަ ބޭނުން ހިފުން ކަމަށް ކަނޑައަޅާ ހުކުމް ކޮށްފި

20 ފެބުރުއަރީ 2026
އެމެރިކާގެ ސުޕްރީމް ކޯޓުން ޓްރަމްޕްގެ ޓެރިފްތަކަށް ހުރަސްއަޅައި, އެއީ ބާރުގެ ނަހަމަ ބޭނުން ހިފުން ކަމަށް ކަނޑައަޅާ ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު