Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އީރާނުގެ އަސްކަރީ ބޯޓެއް ވެއްޓި ޕައިލެޓަކު މަރުވެއްޖެ

20 ފެބުރުއަރީ 2026 | ހުކުރު 09:58

މި ހާދިސާ ހިނގީ ބޯޓަށް ދިމާވި ފަންނީ މައްސަލައަކާ ގުޅިގެން ކުއްލި ހާލަތުގައި ޖައްސަން އުޅުމުގެ ތެރޭގައި ކަމަށް ރިޕޯޓުތައް ބުނާއިރު، ބޯޓު ވެއްޓެން މެދުވެރިވި ސަބަބު ކަމާބެހޭ އިދާރާތަކުން ދަނީ ތަހުގީގު ކުރަމުން. ފްރެންޑްލީ ފަޔަރ ގެ ސަބަބުން މި ހާދިސާ ހިނގި ކަމަށް ދެކެވޭ ވާހަކަތައް އީރާނުގެ އަސްކަރިއްޔާ އިން ވަނީ ދޮގުކޮށްފައި.

ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2026 | ހުކުރު 09:58
އީރާނުގެ އަސްކަރިއްޔާއިން ފުރަތަމަ ފަހަރަށް ބިމުގެ އަޑީގައި ގާއިމުކުރި އަސްކަރީ ވައިގެ މަރުކަޒު ދައްކާލުމަށް، 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު އެ ގައުމުގެ އަސްކަރީ އޮފީހުން އާންމުކުރި ފޮޓޯއަކުން ފެންނަ ފައިޓާ ޖެޓެއް.

އީރާނުގެ އަސްކަރިއްޔާއިން ފުރަތަމަ ފަހަރަށް ބިމުގެ އަޑީގައި ގާއިމުކުރި އަސްކަރީ ވައިގެ މަރުކަޒު ދައްކާލުމަށް، 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު އެ ގައުމުގެ އަސްކަރީ އޮފީހުން އާންމުކުރި ފޮޓޯއަކުން ފެންނަ ފައިޓާ ޖެޓެއް. | އޭއެފްޕީ

އީރާނުގެ ހަމަދާން ޕްރޮވިންސަށް އަސްކަރީ ބޯޓެއް ވެއްޓި، އޭގައި ތިބި ދެ ޕައިލެޓުންގެ ތެރެއިން އެކަކު މަރުވެއްޖެ ކަމަށް އެ ގައުމުގެ ފާރސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފިއެވެ.

އީރާނުގެ އަސްކަރިއްޔާއިން ބުރާސްފަތި ދުވަހުގެ ރޭ ބުނި ގޮތުގައި، އެއާފޯސްގެ މި ބޯޓު ވެއްޓިފައިވަނީ އީރާނުގެ ހުޅަނގު ސަރަހައްދެއްގައި ރޭގަނޑު ކުރިއަށްގެންދިޔަ ތަމްރީނު މިޝަނެއްގެ ތެރޭގައެވެ. މި ހާދިސާގައި އެއް ޕައިލެޓު މަރުވި ނަމަވެސް، އަނެއް ޕައިލެޓު ވަނީ ސަލާމަތްވެފައެވެ.

އީރާނުގެ އެއާފޯސްގެ ޕަބްލިކް ރިލޭޝަންސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޯޓު ވެއްޓެން މެދުވެރިވި ސަބަބު އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް، ވެއްޓުނީ ކޮން ބާވަތެއްގެ ބޯޓެއް ކަމެއް ނުވަތަ ހާދިސާ ހިނގަން މެދުވެރިވި އިތުރު ތަފްސީލެއް އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.

އަލް އަރަބިއްޔާގެ ރިޕޯޓެއްގައިވާ ގޮތުން، އޭވިއޭޝަން އެކްސްޕާޓެއް ކަމަށްވާ ބާބަކް ތަގްވާޢީ ބުނެފައިވަނީ، 31 ވަނަ ޓެކްޓިކަލް ފައިޓަރ ސްކޮޑްރަންއަށް ނިސްބަތްވާ މި ބޯޓަށް ތަމްރީނުތަކުގެ ތެރޭގައި ގެއްލުންތަކެއް ލިބުނު ކަމަށެވެ. އެހެންނަމަވެސް، ޕައިލެޓުން ވަނީ ހަމަދާންގައި ހުންނަ ތިންވަނަ ޓެކްޓިކަލް އެއާ ބޭސްއަށް ބޯޓު އަނބުރާ ގެންދިއުމަށް މަސައްކަތް ކޮށްފައެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި، ބޯޓު ކުއްލި ހާލަތުގައި ޖައްސަން އުޅުމުގެ ތެރޭގައި ބޯޓުގެ ފުރޮޅުތައް (ލޭންޑިންގ ގިއަރ) ފުރިހަމައަށް މަސައްކަތް ނުކުރުމުގެ ސަބަބުން، ބޯޓު ވަނީ ރަންވޭއިން ކަސާލައިގެން ގޮސްފައެވެ.

މި ހާދިސާ ހިނގީ އީރާނުގެ އަމިއްލަ އަސްކަރީ ބާރުތަކުން އޮޅިގެން ދިން "ފްރެންޑްލީ ފަޔަރ" އެއްގެ ސަބަބުން ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އެއަރޯސްޕޭސް ފޯސްއިން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، އެފަދަ އެއްވެސް ކަމެއް ހިނގާފައިވާކަމަށް ދެކެވޭ ވާހަކަތައް އައި.އާރް.ޖީ.ސީ އިން ދޮގުކުރާ ކަމަށް އެ ގައުމުގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އީރާންބާބަކް ތަގްވާޢީއީރާނުގެ އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސް

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2026

އީރާނުން މުހިންމު އަސްކަރީ ސައިޓުތަކުގެ ދިފާއު ވަރުގަދަކުރަނީ

18 ފެބުރުއަރީ 2026
އީރާނުން މުހިންމު އަސްކަރީ ސައިޓުތަކުގެ ދިފާއު ވަރުގަދަކުރަނީ
18 ފެބުރުއަރީ 2026

ޖަރުމަނުގެ ސަފީރު އީރާނުގެ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފި

18 ފެބުރުއަރީ 2026
ޖަރުމަނުގެ ސަފީރު އީރާނުގެ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފި
17 ފެބުރުއަރީ 2026

އިރާނުން ހޯމޫޒް ކަނޑުއޮޅީގެ ބައެއް ސަރަހައްދުތައް ބަންދުކުރަނީ

17 ފެބުރުއަރީ 2026
އިރާނުން ހޯމޫޒް ކަނޑުއޮޅީގެ ބައެއް ސަރަހައްދުތައް ބަންދުކުރަނީ
16 ފެބުރުއަރީ 2026

އީރާނުން ހޯމޫޒް ކަނޑުއޮޅީގައި އަސްކަރީ ތަމްރީނުތަކެއް ބާއްވައިފި

16 ފެބުރުއަރީ 2026
އީރާނުން ހޯމޫޒް ކަނޑުއޮޅީގައި އަސްކަރީ ތަމްރީނުތަކެއް ބާއްވައިފި
16 ފެބުރުއަރީ 2026

ޖެނީވާގައި އީރާނާ އެކު އޮންނަ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ފަރާތުން ބައިވެރިވާނީ ވިޓްކޮފް އާއި ކުޝްނާ

16 ފެބުރުއަރީ 2026
ޖެނީވާގައި އީރާނާ އެކު އޮންނަ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ފަރާތުން ބައިވެރިވާނީ ވިޓްކޮފް އާއި ކުޝްނާ
14 ފެބުރުއަރީ 2026

47 އަހަރު ވަންދެން ދެއްކީ ވާހަކަ، އީރާންގެ ވެރިކަން ބަދަލުވުމަކީ އެންމެ ރަނގަޅު ގޮތް: ޓްރަމްޕް

14 ފެބުރުއަރީ 2026
47 އަހަރު ވަންދެން ދެއްކީ ވާހަކަ، އީރާންގެ ވެރިކަން ބަދަލުވުމަކީ އެންމެ ރަނގަޅު ގޮތް: ޓްރަމްޕް
12 ފެބުރުއަރީ 2026

ހަމާސް: އީރާނަށް ދޭ ކޮންމެ ހަމަލާ އަކީ އިސްލާމީ އުންމަތަށް ދޭ ހަމަލާ އެއް

12 ފެބުރުއަރީ 2026
ހަމާސް: އީރާނަށް ދޭ ކޮންމެ ހަމަލާ އަކީ އިސްލާމީ އުންމަތަށް ދޭ ހަމަލާ އެއް
08 ފެބުރުއަރީ 2026

އެމެރިކާ ދެކެ ބިރެއް ނުގަނޭ، ޔުރޭނިއަމްގެ ހައްގު ދޫކޮށެއް ނުލާނަން: އަރާގްޗީ

08 ފެބުރުއަރީ 2026
އެމެރިކާ ދެކެ ބިރެއް ނުގަނޭ، ޔުރޭނިއަމްގެ ހައްގު ދޫކޮށެއް ނުލާނަން: އަރާގްޗީ
05 ފެބުރުއަރީ 2026

އީރާނުން އަމިއްލަ އަށް އުފައްދާ ބެލިސްޓިކް މިސައިލްތައް އިތުރަށް ތަރައްގީކޮށް ފެންވަރު މަތިކުރުމާ އެކު ދިފާއީ ބާރު ކުރިއަށް ވުރެ ވަރުގަދަވެއްޖެ: އެންމެ އިސް ޖެނެރަލް

05 ފެބުރުއަރީ 2026
އީރާނުން އަމިއްލަ އަށް އުފައްދާ ބެލިސްޓިކް މިސައިލްތައް އިތުރަށް ތަރައްގީކޮށް ފެންވަރު މަތިކުރުމާ އެކު ދިފާއީ ބާރު ކުރިއަށް ވުރެ ވަރުގަދަވެއްޖެ: އެންމެ އިސް ޖެނެރަލް
04 ފެބުރުއަރީ 2026

ތެހެރާނުގެ ބޮޑު މޯލެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާ އެއް

04 ފެބުރުއަރީ 2026
ތެހެރާނުގެ ބޮޑު މޯލެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާ އެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް