Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗާގޯސް

އީރާނަށް އަސްކަރީ ހަމަލާ ދޭން ޗާގޯސް ބޭނުން ނުކުރެވޭނެ ކަމަށް އިނގިރޭސިވިލާތުން ބުނެފި

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ދެކޮޅަށް އެމެރިކާއިން ދޭން ރާވާ އަސްކަރީ ހަމަލާތަކުގައި އިނގިރޭސިވިލާތުގެ ވައިގެ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ނުދިނުމުން، ދެ ގައުމުގެ ގުޅުމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައި. މި މައްސަލައިގައި ރައީސް ޓްރަމްޕް ވަނީ އިނގިރޭސި ބޮޑުވަޒީރާ މަޝްވަރާކުރައްވައި، އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ތަކުރާރުކުރައްވާފައި.

ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2026 | ހުކުރު 17:08
2001 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު، ޑިއޭގޯ ގާސިއާގައި އޮންނަ އަސްކަރީ މަރުކަޒުގައި، އެމެރިކާގެ އެއަރ ފޯސްގެ ހަތިޔާރު އުފުލާ މުވައްޒަފަކު، ބީ-1 ބޮމާ މަތިންދާބޯޓަކަށް އެރުވުމަށްޓަކައި 2،000 ޕައުންޑުގެ ބޮމެއް ގެންދަނީ.

2001 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު، ޑިއޭގޯ ގާސިއާގައި އޮންނަ އަސްކަރީ މަރުކަޒުގައި، އެމެރިކާގެ އެއަރ ފޯސްގެ ހަތިޔާރު އުފުލާ މުވައްޒަފަކު، ބީ-1 ބޮމާ މަތިންދާބޯޓަކަށް އެރުވުމަށްޓަކައި 2،000 ޕައުންޑުގެ ބޮމެއް ގެންދަނީ. | ގެޓީ އިމޭޖަސް

އީރާނަށް ދީފާނެ އަސްކަރީ ހަމަލާތަކެއްގައި އިނގިރޭސިވިލާތުގެ ވައިގެ ސިފައިންގެ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ އެ ގައުމުން ނުދިނުމާ ގުޅިގެން، ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން އެކުލަވާލާފައިވާ އެއްބަސްވުމަށް ދެމުންދިޔަ ތާއީދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނބުރާ ގެންދަވާފައިވާ ކަމަށް އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ "ދަ ޓައިމްސް" އިން ބުރާސްފަތި ދުވަހު ރިޕޯޓުކޮށްފިއެވެ.

"ދަ ޓައިމްސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނަށް ހަމަލާދިނުމަށްޓަކައި އެމެރިކާގެ ވައިޓް ހައުސްއިން ދަނީ އަސްކަރީ ތަފްސީލީ ޕްލޭންތަކެއް އެކުލަވާލަމުންނެވެ. މި ހަމަލާތަކުގައި ޑިއޭގޯ ގާސިއާގެ އިތުރުން، ޔޫރަޕްގައި އޮންނަ އެމެރިކާގެ ބަރު ހަތިޔާރު އުފުލާ ބޯޓުތަކުގެ މަރުކަޒު ކަމަށްވާ އިނގިރޭސިވިލާތުގެ ގްލޮސްޓަޝަޔާގައި ހުންނަ އާރް.އޭ.އެފް ފެއަރފޯޑް ބޭނުންކުރުމަށް ވަނީ ރޭވިފައެވެ.

ނަމަވެސް، އިނގިރޭސިވިލާތާއި އެމެރިކާއާ ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރެވޭނީ އިނގިރޭސި ސަރުކާރާއެކު ކުރިން އެއްބަސްވެފައިވާ އަސްކަރީ އޮޕަރޭޝަންތަކަށް އެކަނި ކަމަށް އެ ނޫހުގައި ބަޔާންކޮށްފައިވެއެވެ.

އެ ރިޕޯޓުގައިވާ ގޮތުން، އަންގާރަ ދުވަހުގެ ރޭ ރައީސް ޓްރަމްޕް ވަނީ އިނގިރޭސި ބޮޑުވަޒީރާ ފޯނުން ގުޅުއްވައި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާއިން ދީފައިވާ އިންޒާރުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި އޭގެ ޖެހިގެން އައި ދުވަހު، ޗާގޯސް އެއްބަސްވުމަށް ފާޑުވިދާޅުވެ ޓްރަމްޕް ބަޔާނެއް ނެރުއްވި ކަމަށްވެސް އެ ނޫހުގައިވެއެވެ.

އީރާންޗާގޯސްއިނގިރޭސިވިލާތު-މޮރިޝަސްއެމެރިކާ-އީރާންޔޫކޭ-ޔޫއެސް

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2026

ޗާގޯސް އަށް ވަޒަންވެރިވާން ދިޔަ މީހުން ބޭރުކުރުން ކޯޓު އަމުރަކުން ހުއްޓުވައިފި

20 ފެބުރުއަރީ 2026
ޗާގޯސް އަށް ވަޒަންވެރިވާން ދިޔަ މީހުން ބޭރުކުރުން ކޯޓު އަމުރަކުން ހުއްޓުވައިފި
20 ފެބުރުއަރީ 2026

އީރާނުގެ އަސްކަރީ ބޯޓެއް ވެއްޓި ޕައިލެޓަކު މަރުވެއްޖެ

20 ފެބުރުއަރީ 2026
އީރާނުގެ އަސްކަރީ ބޯޓެއް ވެއްޓި ޕައިލެޓަކު މަރުވެއްޖެ
20 ފެބުރުއަރީ 2026

މިސައިލާއި ބޮޑު ބަޑި ހަރުކޮށްފައިވާ ދަރުމަވަންތަ ފޯޅަވަހި ކައިރީގައި ހަރަކާތްތެރިވާ ހަބަރު އިނގިރޭސީ ނޫސްތަކަށް

20 ފެބުރުއަރީ 2026
މިސައިލާއި ބޮޑު ބަޑި ހަރުކޮށްފައިވާ ދަރުމަވަންތަ ފޯޅަވަހި ކައިރީގައި ހަރަކާތްތެރިވާ ހަބަރު އިނގިރޭސީ ނޫސްތަކަށް
19 ފެބުރުއަރީ 2026

ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް، އެ ޖަޒީރާތަކުގެ އަސްލު ވަޒަންވެރިންގެ ބަޔަކު އެތަނަށް ގޮސް ވަޒަންވެރިވުމަށް މަސައްކަތް ފަށައިފި

18 ފެބުރުއަރީ 2026

އީރާނުން މުހިންމު އަސްކަރީ ސައިޓުތަކުގެ ދިފާއު ވަރުގަދަކުރަނީ

18 ފެބުރުއަރީ 2026
އީރާނުން މުހިންމު އަސްކަރީ ސައިޓުތަކުގެ ދިފާއު ވަރުގަދަކުރަނީ
18 ފެބުރުއަރީ 2026

ޖަރުމަނުގެ ސަފީރު އީރާނުގެ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފި

18 ފެބުރުއަރީ 2026
ޖަރުމަނުގެ ސަފީރު އީރާނުގެ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފި
18 ފެބުރުއަރީ 2026

ޗާގޯސް މޮރިޝަސް އާ ހަވާލުކުރަން އެމެރިކާ އިން ރަސްމީކޮށް ތާއީދު ކޮށް، އަންނަ ހަފްތާގައި އެމެރިކާ އާ މޮރިޝަސް ބައްދަލު ކުރަނީ

18 ފެބުރުއަރީ 2026
ޗާގޯސް މޮރިޝަސް އާ ހަވާލުކުރަން އެމެރިކާ އިން ރަސްމީކޮށް ތާއީދު ކޮށް، އަންނަ ހަފްތާގައި އެމެރިކާ އާ މޮރިޝަސް ބައްދަލު ކުރަނީ
17 ފެބުރުއަރީ 2026

އިރާނުން ހޯމޫޒް ކަނޑުއޮޅީގެ ބައެއް ސަރަހައްދުތައް ބަންދުކުރަނީ

17 ފެބުރުއަރީ 2026
އިރާނުން ހޯމޫޒް ކަނޑުއޮޅީގެ ބައެއް ސަރަހައްދުތައް ބަންދުކުރަނީ
17 ފެބުރުއަރީ 2026

އެއްބަސްވުމަކަށް ނުދެވިއްޖެ ނަމަ، ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕްގެ އިންޒާރެއް އީރާން އަށް

17 ފެބުރުއަރީ 2026
އެއްބަސްވުމަކަށް ނުދެވިއްޖެ ނަމަ، ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕްގެ އިންޒާރެއް އީރާން އަށް
17 ފެބުރުއަރީ 2026

އެމެރިކާގެ މަނަވަރު "އަބްރަހަމް ލިންކަން" އީރާނާ ކައިރިއަށް ޖެހެމުންދާއިރު އީރާނުން އަސްކަރީ ބާރު ދައްކާލުމުގެ ތަމްރީންތައް ކުރިއަށް ގެންދަނީ

17 ފެބުރުއަރީ 2026
އެމެރިކާގެ މަނަވަރު "އަބްރަހަމް ލިންކަން" އީރާނާ ކައިރިއަށް ޖެހެމުންދާއިރު އީރާނުން އަސްކަރީ ބާރު ދައްކާލުމުގެ ތަމްރީންތައް ކުރިއަށް ގެންދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު