Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އޭލިއަން

އޭލިއަނުން ދުނިޔެއަށް ޒިޔާރަތްކޮށްފައިވާކަމުގެ ހެއްކެއް ނެތް ކަމަށް އޮބާމާ ވިދާޅުވެއްޖެ

އޭލިއަނުންނަކީ ހަގީގަތެއް ކަމަށް ވިދާޅުވެ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ދެއްކެވި ވާހަކަފުޅުތަކެއް އާންމުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެކަމުގެ ހަގީގަތް އޭނާ ސާފުކޮށްދެއްވަމުން އޮބާމާ ވިދާޅުވީ ކާއިނާތުގެ ކޮންމެވެސް ހިސާބެއްގައި ދިރުން ހުރުމުގެ ފުރުސަތު އޮތް ނަމަވެސް، އޭނާގެ ރައީސްކަމުގެ ދައުރުގައި އޭލިއަނުން ދުނިޔެއަށް ޒިޔާރަތްކުރި ކަމުގެ އެއްވެސް ހެއްކެއް ފެނިވަޑައިގެންފައި ނުވާ ކަމަށް.

ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2026 | ހޯމަ 12:48
2016 ވަނަ އަހަރު ފަރަންސޭސިވިލާތުގެ ޕެރިހުގައި ކުރިއަށްދިޔަ "ޕެރިސް ފެޝަން ވީކް" ގެ ތެރެއިން، ޕްލެނެޓް މާސްގެ މީހެއްގެ ޚިޔާލީ ސޫރަ ތަމްސީލު ކުރުމަށް މާސްކެއް އަޅައިގެން ހުރި މޮޑެލް އެއް ޝޯވ ގައި ބައިވެރިވަނީ.

2016 ވަނަ އަހަރު ފަރަންސޭސިވިލާތުގެ ޕެރިހުގައި ކުރިއަށްދިޔަ "ޕެރިސް ފެޝަން ވީކް" ގެ ތެރެއިން، ޕްލެނެޓް މާސްގެ މީހެއްގެ ޚިޔާލީ ސޫރަ ތަމްސީލު ކުރުމަށް މާސްކެއް އަޅައިގެން ހުރި މޮޑެލް އެއް ޝޯވ ގައި ބައިވެރިވަނީ. | ގެޓީ އިމޭޖަސް

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ، އޭލިއަނުންނާ ބެހޭގޮތުން ދެއްކެވި ވާހަކަފުޅުތަކަކަށް އާންމުންގެ ސަމާލުކަން ލިބުމާ ގުޅިގެން، އޭލިއަނުން ދުނިޔެއަށް ޒިޔާރަތްކޮށްފައިވުމުގެ ފުރުސަތު ކުޑަކަމަށް ވިދާޅުވެ އެކަން ސާފުކޮށްދެއްވައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު އާންމުކުރި އިންޓަވިއުއެއްގައި، އެމެރިކާގެ ޕޮޑްކާސްޓް ހޯސްޓް ބްރަޔަން ޓައިލާ ކޯހެންއާ ވާހަކަދައްކަވަމުން އޮބާމާ ވިދާޅުވީ، އޭލިއަނުންނަކީ ހަގީގަތެއް ކަމަށާއި ނަމަވެސް އެމަނިކުފާނަށް އެފަދަ މަޚްލޫގަކު ފެނިވަޑައިގެންފައި ނުވާ ކަމަށެވެ.

މީގެ އިތުރުން އޮބާމާ ވިދާޅުވީ، އެމެރިކާގެ ސިއްރު އަސްކަރީ މަރުކަޒެއް ކަމަށްވާ "އޭރިއާ 51" ގައި އެފަދަ އެއްޗެއް ނެތް ކަމަށެވެ. އަދި އެމެރިކާގެ ރައީސަށް ވެސް ސިއްރުން ބޮޑު ރޭވުމެއްގެ ދަށުން ފޮރުވާފައިވާ ބިމުގެ އަޑީގެ މަރުކަޒެއް ނެތް ނަމަ، އެފަދަ އެއްވެސް ތަނެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އޮބާމާ ފަހުން ވިދާޅުވި ގޮތުގައި، އެމަނިކުފާނު އެ ވާހަކަތައް ދެއްކެވީ އިންޓަވިއުގެ "ސްޕީޑް ރައުންޑް" ނުވަތަ އަވަސް ސުވާލުތަކަށް ޖަވާބުދިނުމުގެ ރޫހުގައެވެ. އަދި ހިސާބުތަކުން ދައްކާގޮތުގައި ކާއިނާތުގެ ކޮންމެވެސް ހިސާބެއްގައި ދިރުންތައް ހުރުމުގެ ފުރުސަތު އޮތް ނަމަވެސް، އެމަނިކުފާނުގެ ރައީސްކަމުގެ ދައުރުގައި އެފަދަ އެއްވެސް ހެއްކެއް ފެނިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އޮބާމާ މި ވާހަކަތައް ފުރަތަމަ ދެއްކެވީ ވަރަށް އަވަސްއަވަހަށް ސުވާލުތަކަށް ޖަވާބުދޭންޖެހޭ "ލައިޓްނިންގް" ރައުންޑެއްގެ ތެރެއިންނެވެ.

އެ ރައުންޑުގެ ފުރަތަމަ ސުވާލެއްގެ ގޮތުން ކޯހެން އެއްސެވީ "އޭލިއަނުންނަކީ ހަގީގަތެއްތޯ؟" އެވެ.

އޮބާމާ ދެއްވި ޖަވާބު އެކި މީޑިއާތަކުން ރިޕޯޓްކޮށް، އިންޓަނެޓްގައި ބޮޑު ސަމާލުކަމެއް ލިބުމާ ގުޅިގެން، އާދިއްތަ ދުވަހު އެމަނިކުފާނުގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ވަނީ އެކަން ސާފުކޮށްދެއްވައި ބަޔާނެއް ނެރުއްވާފަ އެވެ.

ޕޮޑްކާސްޓްގެ ވީޑިއޯ ކްލިޕަކާއެކު އޮބާމާ ލިޔުއްވާފައިވަނީ، އެމަނިކުފާނު މަސައްކަތް ކުރެއްވީ އަވަސް ސުވާލުތަކުގެ ރޫހާ އެއްގޮތަށް ޖަވާބު ދެއްވުމަށް ކަމަށާއި، ނަމަވެސް އެކަމަށް ބޮޑު ސަމާލުކަމެއް ލިބުމުން އެކަން ސާފުކޮށްދެއްވަން ބޭނުންފުޅުވާ ކަމަށެވެ.

އޮބާމާ ވިދާޅުވީ، ހިސާބުތަކުން ބަލާއިރު ކާއިނާތަކީ އިންތިހާއަށް ބޮޑު ތަނަކަށް ވުމުން، ކޮންމެވެސް ހިސާބެއްގައި ދިރުން ހުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ނަމަވެސް އޭލިއަނުން ދުނިޔެއަށް ޒިޔާރަތްކޮށްފައިވުމުގެ ފުރުސަތު ކުޑަ ކަމަށާއި، އެމަނިކުފާނުގެ ރައީސްކަމުގެ ދައުރުގައި ކާއިނާތުގެ މަޚްލޫގުން އިންސާނުންނާ ގުޅުން ގާއިމުކުރި ކަމުގެ އެއްވެސް ހެއްކެއް ފެނިވަޑައިގެންފައި ނުވާ ކަމަށެވެ.

2009 އިން 2017 އަށް އެމެރިކާގެ ރައީސްކަން ކުރެއްވި އޮބާމާ، މީގެ ކުރިންވެސް ވަނީ އޭލިއަނުންނާއި ޔޫއެފްއޯ (UFO) ތަކާ ބެހޭގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން 2021 ވަނަ އަހަރު ޖޭމްސް ކޯޑަންގެ ޓީވީ ޝޯއެއްގައި ވާހަކަދައްކަވަމުން އޮބާމާ ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން، އޭލިއަނުންގެ ސާމްޕަލްތަކާއި އުޅަނދުތައް ބަހައްޓާފައި ހުރި ލެބޯޓްރީއެއް ހުރިތޯ ސުވާލުކުރެއްވި ކަމަށެވެ.

އެކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުން ދިރާސާކުރުމަށްފަހު، އެފަދަ ތަނެއް ނެތް ކަމަށް ޖަވާބު ދީފައިވާ ކަމަށް އޮބާމާ ވިދާޅުވިއެވެ. ނަމަވެސް، އެ ދުވަސްވަރު ސާފުކޮށްދެވިފައި ނުވާ، އުޑުމަތިން ފެނުނު ބައެއް ތަކެތީގެ ރެކޯޑްތަކާއި ފުޓޭޖްތައް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.

ބަރަކް އޮބާމާއޭލިއަންއޭރިއާ 51ބްރަޔަން ޓައިލާ ކޯހެންޔޫއެފްއޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ވީޑިއޯ އަށް ނުރުހުން އަމާޒު ކުރައްވައި އޮބާމާ ވިދާޅުވީ، ލަދުވެތިކަން ގެއްލެމުންދާ ކަމަށް

ޓްރަމްޕްގެ ވީޑިއޯ އަށް ނުރުހުން އަމާޒު ކުރައްވައި އޮބާމާ ވިދާޅުވީ، ލަދުވެތިކަން ގެއްލެމުންދާ ކަމަށް

16 ފެބުރުއަރީ 2026
ޓްރަމްޕް މައާފަށް ނޭދުނު، ވިދާޅުވީ އޮބާމާގެ މަންޒަރު ވީޑިއޯގައި ހިމަނާފައި ހުރި ކަމެއް ނޭނގޭ ކަމަށް

ޓްރަމްޕް މައާފަށް ނޭދުނު، ވިދާޅުވީ އޮބާމާގެ މަންޒަރު ވީޑިއޯގައި ހިމަނާފައި ހުރި ކަމެއް ނޭނގޭ ކަމަށް

09 ފެބުރުއަރީ 2026
އޮބާމާގެ ދެމަފިރި ކަނބަލުންނަކީ ވަގުން ކަމަށް ބުނެ ނަސްލީ ގޮތުން ފުރައްސާރަކޮށް ޓްރަމްޕް ޕޯސްޓު ކުރި ފޮޓޯ، ވައިޓް ހައުސް އިން ޑިލީޓު ކޮށްލައިފި

އޮބާމާގެ ދެމަފިރި ކަނބަލުންނަކީ ވަގުން ކަމަށް ބުނެ ނަސްލީ ގޮތުން ފުރައްސާރަކޮށް ޓްރަމްޕް ޕޯސްޓު ކުރި ފޮޓޯ، ވައިޓް ހައުސް އިން ޑިލީޓު ކޮށްލައިފި

08 ފެބުރުއަރީ 2026
ބައިޑަން ވިދާޅުވީ އެމެރިކާގެ އަމިއްލަ ސަރުކާރުން ރައްޔިތުންނާ ކުރިމަތިލައި، ރައްޔިތުން ޓާގެޓު ތަކަށް ހަދަނީ ކަމަށް

ބައިޑަން ވިދާޅުވީ އެމެރިކާގެ އަމިއްލަ ސަރުކާރުން ރައްޔިތުންނާ ކުރިމަތިލައި، ރައްޔިތުން ޓާގެޓު ތަކަށް ހަދަނީ ކަމަށް

31 ޖެނުއަރީ 2026
"ނާމްކަރަން" ދޫކޮށްލުމުގެ ވިސްނުމެއް ޒައިން އިމާމްގެ ނެތް

"ނާމްކަރަން" ދޫކޮށްލުމުގެ ވިސްނުމެއް ޒައިން އިމާމްގެ ނެތް

21 ޖޫން 2017

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު