Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޗާގޯސް އެއްބަސްވުން

ޗާގޯސް މޮރިޝަސް އާ ހަވާލުކުރަން އެމެރިކާ އިން ރަސްމީކޮށް ތާއީދު ކޮށް، އަންނަ ހަފްތާގައި އެމެރިކާ އާ މޮރިޝަސް ބައްދަލު ކުރަނީ

ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވިސްނުންފުޅު ބަދަލުވެ، އެމެރިކާ ސަރުކާރުން މިހާރު ވަނީ އެ އެއްބަސްވުމަށް ރަސްމީކޮށް ތާއީދުކޮށްފައި. މި ނިންމުމާއެކު ޑިއޭގޯ ގާސިއާގައި އޮންނަ އަސްކަރީ މަރުކަޒު ކުރިއަށް އޮތް 99 އަހަރަށް ކުއްޔަށް ހިފުމުގެ ފުރުސަތު ލިބި، އިންޑިއާ ކަނޑުގެ ސަލާމަތާއި ހަމަޖެހުން ކަށަވަރުވާނެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނޭ. މި އެއްބަސްވުމުގެ އިތުރު ތަފްސީލުތަކާ ގުޅޭގޮތުން އަންނަ ހަފުތާގައި މޮރިޝަސްއާއި އެމެރިކާއާ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައި.

ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2026 | ބުދަ 11:19
ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ (ބީ.އައި.އޯ.ޓީ) ގެ ސިޔާސީ ޗާޓު. މިއީ އިންޑިއާ ކަނޑުގައި އޮންނަ ޗާގޯސް އާކިޕެލަގޯ ނުވަތަ ފޯޅަވަހީގެ އަތޮޅުތަކެވެ. މީގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ރަށަކީ އިނގިރޭސިވިލާތާއި އެމެރިކާގެ ގުޅިފައިވާ އަސްކަރީ މަރުކަޒެއް ގާއިމުކޮށްފައިވާ ޑިއޭގޯ ގާސިއާ.

ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ (ބީ.އައި.އޯ.ޓީ) ގެ ސިޔާސީ ޗާޓު. މިއީ އިންޑިއާ ކަނޑުގައި އޮންނަ ޗާގޯސް އާކިޕެލަގޯ ނުވަތަ ފޯޅަވަހީގެ އަތޮޅުތަކެވެ. މީގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ރަށަކީ އިނގިރޭސިވިލާތާއި އެމެރިކާގެ ގުޅިފައިވާ އަސްކަރީ މަރުކަޒެއް ގާއިމުކޮށްފައިވާ ޑިއޭގޯ ގާސިއާ. | އައިސްޓޮކް

ޗާގޯސް ޖަޒީރާގެ މިލްކުވެރިކަން މޮރިޝަސްއާ ހަވާލުކުރުމަށާއި، އެ ސަރަހައްދުގައި އޮންނަ މުހިންމު އަސްކަރީ މަރުކަޒު ކުއްޔަށް ހިފުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުމަށް އެމެރިކާ ސަރުކާރުން ރަސްމީކޮށް ތާއީދުކޮށްފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޗާގޯސް ޖަޒީރާތަކާ ގުޅޭގޮތުން މޮރިޝަސްއާއެކު ވެފައިވާ އެއްބަސްވުމާއިގެން ކުރިއަށް ދިއުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް އެމެރިކާ އިން ތާއީދުކުރާ ކަމަށެވެ.

މި އެއްބަސްވުމާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވި ވިސްނުންފުޅު ކުއްލި ގޮތަކަށް ބަދަލުވުމާ ގުޅިގެން، މިއީ އިނގިރޭސި ސަރުކާރަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. ކުރިން މި އެއްބަސްވުމަކީ "ވަރަށް ބޮޑު މޮޔަކަމެއް" ކަމަށް ވިދާޅުވި ނަމަވެސް، ފަހުން ޓްރަމްޕް ވަނީ މިއީ އިނގިރޭސި ބޮޑުވަޒީރަށް ހެއްދޭނެ "އެންމެ ރަނގަޅު" އެއްބަސްވުން ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާ އިން މިކަން އިއުލާންކޮށްފައިވަނީ އަންނަ ހަފުތާގައި އެމެރިކާ އާއި މޮރިޝަސްއާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގެ ކުރިންނެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ބަޔާނުގައި ބުނެފައިވަނީ، ޑިއޭގޯ ގާސިއާ ގައި އޮންނަ އަސްކަރީ މަރުކަޒު މެދުކެނޑުމެއް ނެތި ބޭނުންކުރުމުގެ ފުރުސަތު ޔަގީންކުރުމަށް އެމެރިކާ އިން ބޭނުންވާކަން އަލުން ހާމަކުރާ ކަމަށެވެ.

ޑިއޭގޯ ގާސިއާ އަކީ ޗާގޯސް ޖަޒީރާތަކުގެ ތެރެއިން އެންމެ ބޮޑު ރަށެވެ. މި ރަށް ބޭނުންކުރަނީ އިނގިރޭސިވިލާތާއި އެމެރިކާގެ ސަލާމަތީ ބާރުތަކުންނެވެ. އާ އެއްބަސްވުމުގެ ދަށުން އިނގިރޭސިވިލާތުން ޑިއޭގޯ ގާސިއާ އަލުން ކުއްޔަށް ހިފާނީ 99 އަހަރުގެ މުއްދަތަށެވެ.

އެ އަސްކަރީ މަރުކަޒުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ލިބޭ ކުރިއެރުމެއް ކަމަށާއި، އޭގެ ސަބަބުން މުޅި އިންޑިއާ ކަނޑުގެ ސަލާމަތާއި ހަމަޖެހުން ކަށަވަރުވާނެ ކަމަށް ވެސް ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވެ އެވެ.

މިދިޔަ މޭ މަހު އިނގިރޭސިވިލާތުން ސޮއިކުރި 3.4 ބިލިއަން ޕައުންޑް (4.6 ބިލިއަން ޑޮލަރު) ގެ މި އެއްބަސްވުމަށް ތާއީދުކުރާނެ ކަމުގެ އިޝާރާތެއް އެމެރިކާ ސަރުކާރުން މީގެ ކުރިން ވެސް ވަނީ ދީފަ އެވެ.

އެ ދުވަސްވަރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ މި އެއްބަސްވުމަށް މަރުހަބާ ވިދާޅުވެފަ އެވެ. ނަމަވެސް، މިދިޔަ މަހު ޓްރަމްޕް ވަނީ "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި މިއީ "ވަރަށް ބޮޑު މޮޔަކަމެއް" ކަމަށް ސިފަކުރައްވާފަ އެވެ.

ޓްރަމްޕް މިފަދަ މޭރުމަކުން ވާހަކަދެއްކެވީ، ޑެންމާކުގެ އަތުން ގްރީންލޭންޑް ގަތުމަށް އެމެރިކާގެ ރައީސް ބޭނުންފުޅުވުމާ ގުޅިގެން ވައިޓް ހައުސްވއާއި ވިލާތުގެ ގައުމުތަކާ ދެމެދު ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގަވއެވެ. އަދި ޑެންމާކަށް ތާއީދުކުރި އިނގިރޭސިވިލާތާއި އެހެން ގައުމުތަކުން އެތެރެކުރާ މުދަލުން ޓެރިފް ނުވަތަ ޑިއުޓީ ބޮޑުކުރާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް އެ ދުވަސްވަރު ދެއްވި އެވެ.

އިނގިރޭސި ސަރުކާރުން ބުނެފައިވަނީ ގައުމީ ސަލާމަތަށް އެއްވެސް އުނިކަމެއް އަންނާނެ ކަމަކަށް އެ ގައުމުން އެއްބަސްނުވާނެ ކަމަށެވެ. އަދި އެމެރިކާގެ ތާއީދު އަދިވެސް މި ނިންމުމަށް އޮތް ކަމަށް ބޮޑުވަޒީރުގެ ތަރުޖަމާނު އެ ދުވަސްވަރު ވިދާޅުވަމުން ގެންދެވި އެވެ.

އަންނަ ހަފުތާގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތައް ކުރިއަށްދާނީ މޮރިޝަސްގެ ވެރިރަށް ޕޯޓް ލުއިސްގައެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި، މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ "ސަލާމަތީ ދާއިރާއިން އެއްބާރުލުން ދިނުމަށާއި" މޮރިޝަސް ސަރުކާރާއި އެމެރިކާއާ ދެމެދު ދިގު މުއްދަތަކަށް ސަލާމަތީ ކަންކަން ވަރުގަދަކޮށް ތަންފީޒުކުރުމާ ގުޅޭގޮތުންނެވެ.

ރަސްމީކޮށް "ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ" ގެ ނަމުން ނަންދެވިފައިވާ ޗާގޯސް ޖަޒީރާތައް އޮންނަނީ އިނގިރޭސިވިލާތުގެ ދެކުނު އިރުމަތިން ގާތްގަނޑަކަށް 5,799 މޭލު (9,332 ކިލޯމީޓަރު) ދުރުގައެވެ. އަދި މޮރިޝަސްގެ އުތުރު އިރުމަތިން ގާތްގަނޑަކަށް 1,250 މޭލު ދުރުގައެވެ.

1814 ވަނަ އަހަރުން ފެށިގެން އިނގިރޭސިންގެ ބާރުގެ ދަށުގައި އޮތް މި ޖަޒީރާތައް އިނގިރޭސި ސަރުކާރުން ގަނެފައިވަނީ 3 މިލިއަން ޕައުންޑަށެވެ. އަދި 1965 ވަނަ އަހަރު މި ސަރަހައްދަކީ އިނގިރޭސިވިލާތުގެ ބޭރުގެ އިދާރީ ދާއިރާއެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ނަމަވެސް، މޮރިޝަސްއިން ޒަމާނުއްސުރެ ވަކާލާތު ކުރަމުން އަންނަނީ، އެ ގައުމަށް މިނިވަންކަން ދިނުމުގެ ބަދަލެއްގެ ގޮތުން މި ޖަޒީރާތައް ދޫކޮށްލުމަށް މަޖުބޫރުކުރުވީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށެވެ.

މަސްދަރު: ބީބީސީ

ޗާގޯސްއިނގިރޭސިވިލާތު-މޮރިޝަސްއިނގިރޭސިވިލާތްއެމެރިކާޑޮނަލްޑް ޓްރަމްޕްޑިއެގޯ ގާސިއާޗާގޯސް-ރާއްޖެ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވުމަށް، ވެޓިކަން އިން ނިންމައިފި

ޓްރަމްޕްގެ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވުމަށް، ވެޓިކަން އިން ނިންމައިފި

18 ފެބުރުއަރީ 2026
ޓްރަމްޕްގެ "ރަތް ރޮނގު" ތަކަށް އީރާން އިން އަދިވެސް އެއްބަހެއް ނުވޭ: ވޭންސް

ޓްރަމްޕްގެ "ރަތް ރޮނގު" ތަކަށް އީރާން އިން އަދިވެސް އެއްބަހެއް ނުވޭ: ވޭންސް

18 ފެބުރުއަރީ 2026
އެޕްސްޓީންގެ ފައިލްތައް ޓްރަމްޕް ފޮރުވާ ކަމަށް ބުނެ ބޮޑު ތުހުމަތެއް ކޮށްފި

އެޕްސްޓީންގެ ފައިލްތައް ޓްރަމްޕް ފޮރުވާ ކަމަށް ބުނެ ބޮޑު ތުހުމަތެއް ކޮށްފި

18 ފެބުރުއަރީ 2026
އެމެރިކާގެ މަނަވަރުތައް ކަނޑުގެ އަޑިއަށް ފައްތާލެވިދާނެ ކަމުގެ އިންޒާރު ޚާމަނާއީ ދެއްވައިފި

އެމެރިކާގެ މަނަވަރުތައް ކަނޑުގެ އަޑިއަށް ފައްތާލެވިދާނެ ކަމުގެ އިންޒާރު ޚާމަނާއީ ދެއްވައިފި

17 ފެބުރުއަރީ 2026
ޓްރަމްޕްގެ ވީޑިއޯ އަށް ނުރުހުން އަމާޒު ކުރައްވައި އޮބާމާ ވިދާޅުވީ، ލަދުވެތިކަން ގެއްލެމުންދާ ކަމަށް

ޓްރަމްޕްގެ ވީޑިއޯ އަށް ނުރުހުން އަމާޒު ކުރައްވައި އޮބާމާ ވިދާޅުވީ، ލަދުވެތިކަން ގެއްލެމުންދާ ކަމަށް

16 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު