Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ކުޑަ ކުދިންނަށް ނޭދެވޭ އަސަރު ކުރާ ކަމަށް ބުނެ ކުރި ދައުވާގައި، ހެކި ބަސް ދިނުމަށް ޒަކަބާގް ކޯޓަށް ހާޒިރު ކޮށްފި

މި މައްސަލައިގެ ޝަރީއަތުގައި މައިގަނޑު ގޮތެއްގައި ބަލަމުން ދަނީ، އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތައް ގަސްދުގައި ފަރުމާ ކޮށްފައި ވަނީ ބޭނުން ކުރާ ޒުވާން ފަރާތްތައް އެއަށް ދެވި ހިފާ ފަދަ ގޮތަކަށް ކަމަށް ބުނެ ކުރެވޭ ތުހުމަތު. މީގެ ސަބަބުން ކުޑަ ކުދިންގެ ޞިއްޙަތަށް ލިބޭ ގެއްލުން ތަކުގެ ޒިންމާ މެޓާ އިން އުފުލަން ޖެހޭ ކަމަށް ދައުވާ ކުރާ ފަރާތްތަކުގެ ވަކީލުން ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ފެބުރުއަރީ 2026 | ބުރާސްފަތި 05:41
ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ހެކި ބަސް ދިނުމަށް މެޓާ ކުންފުނީގެ ވެރިޔާ ޒަކަބާގް ކޯޓަށް ހާޒިރުވަނީ

ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ހެކި ބަސް ދިނުމަށް މެޓާ ކުންފުނީގެ ވެރިޔާ ޒަކަބާގް ކޯޓަށް ހާޒިރުވަނީ | ގެޓީ އިމޭޖަސް

ސޯޝަލް މީޑިއާގެ ވަސީލަތް ތަކަށް ކުޑަ ކުދިން ދެވި ހިފާ ގޮތަށް އެ ޕްލެޓްފޯމްތައް ފަރުމާ ކޮށްފައިވާ ކަމަށް ބުނެ ކުރާ ދައުވާތަކާ ގުޅިގެން، މެޓާ ކުންފުނީގެ ސީއީއޯ މާކް ޒަކަބާގް ހެކި ބަސް ދިނުމަށްޓަކައި ކޯޓަށް ހާޒިރު ކޮށްފި އެވެ. 

ބުދަ ދުވަހު އޭނާ ހާޒިރު ކޮށްފައި ވަނީ އެމެރިކާގެ ލޮސް އެންޖަލިސްގެ ކޯޓަށެވެ. މިއީ އިންސްޓަގްރާމް ފަދަ ވަސީލަތް ތަކުގެ ސަބަބުން ކުޑަ ކުދިންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ނޭދެވޭ އަސަރު ކުރާ ކަމަށް ބުނެ އުފުލާފައިވާ މައްސަލަ ތަކުގެ ތެރެއިން ތާރީޚީ މައްސަލަ އެކެވެ. 

އުމުރުން 41 އަހަރުގެ ޒަކަބާގް އަކީ ފޭސްބުކް، އިންސްޓަގްރާމް އަދި ވަޓްސްއެޕްގެ ބެލެނިވެރި ކުންފުނި ކަމަށްވާ މެޓާގެ އިސްވެރިޔާ އެވެ. ސޯޝަލް މީޑިއާގެ ކުންފުނިތަކާ ދެކޮޅަށް ކުރިއަށްދާ މި ޝަރީއަތުގައި ހެކި ބަސް ދޭނެ އެންމެ މުހިންމު އެއް ފަރާތަކީ ވެސް ޒަކަބާގް އެވެ. 

މި މައްސަލަ އަކީ އެމެރިކާގެ އެތައް ހާސް އާއިލާ އަކުން ސޯޝަލް މީޑިއާ ކުންފުނިތަކާ ދެކޮޅަށް ހުށަހަޅާފައިވާ ގިނަ ދައުވާ ތަކުގެ ތެރެއިން، ޤާނޫނީ ގޮތުން ބޮޑެތި ނިންމުން ތަކެއް ނިންމުމަށް މަގު ފަހިވެގެން ދާނެ ފުރަތަމަ މައްސަލަ އެވެ. 

މި މައްސަލައިގެ ޝަރީއަތުގައި މައިގަނޑު ގޮތެއްގައި ބަލަމުން ދަނީ، އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތައް ގަސްދުގައި ފަރުމާ ކޮށްފައި ވަނީ ބޭނުން ކުރާ ޒުވާން ފަރާތްތައް އެއަށް ދެވި ހިފާ ފަދަ ގޮތަކަށް ކަމަށް ބުނެ ކުރެވޭ ތުހުމަތެވެ. މީގެ ސަބަބުން ކުޑަ ކުދިންގެ ޞިއްޙަތަށް ލިބޭ ގެއްލުން ތަކުގެ ޒިންމާ މެޓާ އިން އުފުލަން ޖެހޭ ކަމަށް ދައުވާ ކުރާ ފަރާތްތަކުގެ ވަކީލުން ބުނެފައިވެ އެވެ. 

މި މައްސަލައިގެ ނިންމުމަކީ އެމެރިކާގެ އެކި ކޯޓު ތަކުގައި ސޯޝަލް މީޑިއާ ކުންފުނިތަކާ ދެކޮޅަށް ހުށަހެޅިފައވާ އެހެން މައްސަލަ ތަކަށް ވެސް އޭގެ ނުފޫޒު ފޯރާނެ ކަމެއް ކަމަށް ފާހަގަ ކޮށްފައިވެ އެވެ. ޒަކަބާގް ކޯޓަށް ހާޒިރުވެ ދޭ ހަކި ބަހަކީ މި ސިނާއަތުގެ މުސްތަޤުބަލަށާއި، ކުންފުނި ތަކުން ޒިންމާދާރު ވުމަށް ބާރު އެޅުމުގެ ގޮތުން ބަލާއިރު މުހިންމު ހެކި ބަހަކަށް ވެގެން ދާނެ އެވެ. 

މަސްދަރު: އޭއެފްޕީ

މާކް ޒުކަބާގްއިންސްޓަގްރާމްފޭސްބުކް ވަޓްސްއެޕްމެޓާއެމެރިކާ

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2026

ސޯޝަލް މީޑިއާއަށް ކުދިން ދެވިހިފާ މައްސަލައިގައި ޒުކަބާގް ކޯޓަށް ހާޒިރު ކުރަނީ

18 ފެބުރުއަރީ 2026
ސޯޝަލް މީޑިއާއަށް ކުދިން ދެވިހިފާ މައްސަލައިގައި ޒުކަބާގް ކޯޓަށް ހާޒިރު ކުރަނީ
18 ފެބުރުއަރީ 2026

ޗާގޯސް މޮރިޝަސް އާ ހަވާލުކުރަން އެމެރިކާ އިން ރަސްމީކޮށް ތާއީދު ކޮށް، އަންނަ ހަފްތާގައި އެމެރިކާ އާ މޮރިޝަސް ބައްދަލު ކުރަނީ

18 ފެބުރުއަރީ 2026
ޗާގޯސް މޮރިޝަސް އާ ހަވާލުކުރަން އެމެރިކާ އިން ރަސްމީކޮށް ތާއީދު ކޮށް، އަންނަ ހަފްތާގައި އެމެރިކާ އާ މޮރިޝަސް ބައްދަލު ކުރަނީ
18 ފެބުރުއަރީ 2026

ޓްރަމްޕްގެ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވުމަށް، ވެޓިކަން އިން ނިންމައިފި

18 ފެބުރުއަރީ 2026
ޓްރަމްޕްގެ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވުމަށް، ވެޓިކަން އިން ނިންމައިފި
18 ފެބުރުއަރީ 2026

ޓްރަމްޕްގެ "ރަތް ރޮނގު" ތަކަށް އީރާން އިން އަދިވެސް އެއްބަހެއް ނުވޭ: ވޭންސް

18 ފެބުރުއަރީ 2026
ޓްރަމްޕްގެ "ރަތް ރޮނގު" ތަކަށް އީރާން އިން އަދިވެސް އެއްބަހެއް ނުވޭ: ވޭންސް
18 ފެބުރުއަރީ 2026

އެޕްސްޓީންގެ ފައިލްތައް ޓްރަމްޕް ފޮރުވާ ކަމަށް ބުނެ ބޮޑު ތުހުމަތެއް ކޮށްފި

18 ފެބުރުއަރީ 2026
އެޕްސްޓީންގެ ފައިލްތައް ޓްރަމްޕް ފޮރުވާ ކަމަށް ބުނެ ބޮޑު ތުހުމަތެއް ކޮށްފި
16 ފެބުރުއަރީ 2026

ޓްރަމްޕްގެ ވީޑިއޯ އަށް ނުރުހުން އަމާޒު ކުރައްވައި އޮބާމާ ވިދާޅުވީ، ލަދުވެތިކަން ގެއްލެމުންދާ ކަމަށް

16 ފެބުރުއަރީ 2026
ޓްރަމްޕްގެ ވީޑިއޯ އަށް ނުރުހުން އަމާޒު ކުރައްވައި އޮބާމާ ވިދާޅުވީ، ލަދުވެތިކަން ގެއްލެމުންދާ ކަމަށް
16 ފެބުރުއަރީ 2026

ޣައްޒާ އަށް ފަސް ބިލިއަން ޑޮލަރު ދިނުމަށް، ބޯޑު އޮޕް ޕީސްގެ މެމްބަރުން އެއްބަސްވެއްޖެ: ޓްރަމްޕް

16 ފެބުރުއަރީ 2026
ޣައްޒާ އަށް ފަސް ބިލިއަން ޑޮލަރު ދިނުމަށް، ބޯޑު އޮޕް ޕީސްގެ މެމްބަރުން އެއްބަސްވެއްޖެ: ޓްރަމްޕް
12 ފެބުރުއަރީ 2026

ރަޝިޔާގައި ވަޓްސްއެޕް މުޅިން ބްލޮކްކުރަން އުޅޭ ކަމަށް އެ ކުންފުނިން ބުނެފި

12 ފެބުރުއަރީ 2026
ރަޝިޔާގައި ވަޓްސްއެޕް މުޅިން ބްލޮކްކުރަން އުޅޭ ކަމަށް އެ ކުންފުނިން ބުނެފި
09 ފެބުރުއަރީ 2026

ޓްރަމްޕް މައާފަށް ނޭދުނު، ވިދާޅުވީ އޮބާމާގެ މަންޒަރު ވީޑިއޯގައި ހިމަނާފައި ހުރި ކަމެއް ނޭނގޭ ކަމަށް

09 ފެބުރުއަރީ 2026
ޓްރަމްޕް މައާފަށް ނޭދުނު، ވިދާޅުވީ އޮބާމާގެ މަންޒަރު ވީޑިއޯގައި ހިމަނާފައި ހުރި ކަމެއް ނޭނގޭ ކަމަށް
08 ފެބުރުއަރީ 2026

އޮބާމާގެ ދެމަފިރި ކަނބަލުންނަކީ ވަގުން ކަމަށް ބުނެ ނަސްލީ ގޮތުން ފުރައްސާރަކޮށް ޓްރަމްޕް ޕޯސްޓު ކުރި ފޮޓޯ، ވައިޓް ހައުސް އިން ޑިލީޓު ކޮށްލައިފި

08 ފެބުރުއަރީ 2026
އޮބާމާގެ ދެމަފިރި ކަނބަލުންނަކީ ވަގުން ކަމަށް ބުނެ ނަސްލީ ގޮތުން ފުރައްސާރަކޮށް ޓްރަމްޕް ޕޯސްޓު ކުރި ފޮޓޯ، ވައިޓް ހައުސް އިން ޑިލީޓު ކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު