Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން

އީރާނުން މުހިންމު އަސްކަރީ ސައިޓުތަކުގެ ދިފާއު ވަރުގަދަކުރަނީ

އީރާނުގެ ނިއުކްލިއާ އަދި މިސައިލް މަރުކަޒުތަކަށް ދީފައިވާ ހަމަލާތަކާ ގުޅިގެން، އެ ގައުމުގެ އަސްކަރީ ސައިޓުތައް ވަރުގަދަކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން ސެޓެލައިޓް ފޮޓޯތަކުން ހާމަވެއްޖެ. މިގޮތުން އިސްފަހާންގައި ހުރި ޓަނަލްތަކުގެ ދޮރުތައް ފަސްއަޅައި ބަންދުކުރުމާއި، ހަމަލާތަކުގައި ގެއްލުންވި މިސައިލް ބޭސްތައް މަރާމާތުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އީރާނުން ދަނީ ވަރުގަދަކުރަމުން.

ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2026 | ބުދަ 17:00
އީރާނުގެ އިސްފަހާން ގައި ހުންނަ ނިއުކްލިއާ ކޮމްޕްލެކްސްގެ ފެސިލިޓީއަކަށް ވަންނަން ހުންނަ ދޮރުތައް ވެލިން ފޮރުވާފައި ހުރި މަންޒަރު ފެންނަ ސެޓެލައިޓް ފޮޓޯއެއް، 2026 ފެބްރުއަރީ 10 ވަނަ ދުވަހު އާންމުވެއްޖެ.

އީރާނުގެ އިސްފަހާން ގައި ހުންނަ ނިއުކްލިއާ ކޮމްޕްލެކްސްގެ ފެސިލިޓީއަކަށް ވަންނަން ހުންނަ ދޮރުތައް ވެލިން ފޮރުވާފައި ހުރި މަންޒަރު ފެންނަ ސެޓެލައިޓް ފޮޓޯއެއް، 2026 ފެބްރުއަރީ 10 ވަނަ ދުވަހު އާންމުވެއްޖެ. | ރޮއިޓާސް

އީރާނުގެ މުހިންމު އަސްކަރީ ސައިޓެއްގައި އަލަށް ބިނާކުރި ފެސިލިޓީއެއްގެ ދިފާއު ވަރުގަދަ ކުރުމުގެ ގޮތުން މަތީގައި ކޮންކްރީޓް އައްޑަނައެއް ހަރުކޮށް، އޭގެ މައްޗަށް ފަސްއަޅައި ފޮރުވާފައިވާކަން ފަހުގެ ސެޓެލައިޓް ފޮޓޯތަކުން ހާމަވެއްޖެ ކަމަށް މާހިރުން ބުނެފި އެވެ. އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަމުގެ ތެރެއިން 2024 ވަނަ އަހަރު އިޒްރޭލުން ބޮން އެޅި ކަމަށް ބުނާ މި ސަރަހައްދުގައި އީރާނުން ދަނީ މަސައްކަތްތައް އިތުރަށް ފުޅާކުރަމުންނެވެ.

މީގެ އިތުރުން، މިދިޔަ އަހަރު އިޒްރޭލާއި އީރާނާ ދެމެދު ހިނގި 12 ދުވަހުގެ ހަނގުރާމައިގައި އެމެރިކާ އިން ބޮން އެޅި ނިއުކްލިއާ ސައިޓެއްގެ ފާހަގަކުރެވޭ ޓަނަލްތަކުގެ ދޮރުތައް އީރާނުން ފަސްއަޅައި ވަޅުލާފައިވާކަން ވެސް ފޮޓޯތަކުން ފެނެ އެވެ. އަދި އެހެން ސައިޓެއްގެ ކައިރީގައި ހުރި ޓަނަލްތަކުގެ ދޮރުތައް ވަރުގަދަކޮށް، ހަނގުރާމައިގައި ހަމަލާ އަމާޒުވި މިސައިލް ބޭސްތައް މަރާމާތުކޮށްފައިވާކަން ވެސް ފާހަގަކުރެވެ އެވެ.

މި ފޮޓޯތަކުން ހާމަވަނީ އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން ނުރައްކާވެދާނެ މައިގަނޑު ސަރަހައްދުތަކުގައި ދިފާއު ވަރުގަދަ ކުރުމަށް އީރާނުން ކުރަމުންދާ މަސައްކަތްތައް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އެމެރިކާއިން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ އެއްބަސްވުމަކަށް އައުމަށް ފިއްތުންތައް އިތުރުކުރަމުން ދާއިރު، މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ދީފަ އެވެ.

ޕަރްޗިން އަސްކަރީ ކޮމްޕްލެކްސް

ތެހެރާނުގެ އިރުދެކުނުން ގާތްގަނޑަކަށް 30 ކިލޯމީޓަރު (20 މޭލު) ދުރުގައި އޮންނަ ޕަރްޗިން ކޮމްޕްލެކްސް އަކީ އީރާނުގެ އެންމެ ނާޒުކު އެއް އަސްކަރީ ސައިޓެވެ. ހުޅަނގުގެ ޖާސޫސީ އިދާރާތަކުން ތުހުމަތުކުރާ ގޮތުގައި، މީގެ ވިހި އަހަރަށްވުރެ ގިނަ ދުވަސް ކުރިން އީރާނުން ވަނީ ނިއުކްލިއާ ބޮން ގޮއްވުމާ ގުޅޭ ޓެސްޓުތަކެއް އެތަނުގައި ހިންގާފަ އެވެ.

އީރާނުން އަބަދުވެސް ބުނަމުންދަނީ އެ ގައުމުން ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތް ނުކުރާ ކަމަށެވެ. ނަމަވެސް، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިޒްރޭލުން ޕަރްޗިން އަށް ހަމަލާދިން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގެ ކުރިން، އެ ގައުމުގެ ޕަރްޗިން އަސްކަރީ ކޮމްޕްލެކްސް ހުރި ގޮތް ދައްކައިދޭ 20 އޮކްޓޫބަރު 2024 ގެ ސެޓެލައިޓް ފޮޓޯއެއް (ވާތްފަރާތުގައި) އަދި އެ ސަރަހައްދުގައި ކޮންކްރީޓް އަޅާފައިވާ މަންޒަރު ފެންނަ 24 ޖެނުއަރީ 2026 ގެ ސެޓެލައިޓް ފޮޓޯއެއް (ކަނާތްފަރާތުގައި).
2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގެ ކުރިން، އެ ގައުމުގެ ޕަރްޗިން އަސްކަރީ ކޮމްޕްލެކްސް ހުރި ގޮތް ދައްކައިދޭ 20 އޮކްޓޫބަރު 2024 ގެ ސެޓެލައިޓް ފޮޓޯއެއް (ވާތްފަރާތުގައި) އަދި އެ ސަރަހައްދުގައި ކޮންކްރީޓް އަޅާފައިވާ މަންޒަރު ފެންނަ 24 ޖެނުއަރީ 2026 ގެ ސެޓެލައިޓް ފޮޓޯއެއް (ކަނާތްފަރާތުގައި).

އެ ހަމަލާގެ ކުރިންނާއި ފަހުން ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި، ޕަރްޗިންގައި ހުރި  ބިނާއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. އަދި 2024 ނޮވެމްބަރު 6 ވަނަ ދުވަހުގެ ފޮޓޯތަކުން އެތަން އަލުން ބިނާކުރަމުންދާ މަންޒަރު ފެނެ އެވެ.

2025 އޮކްޓޫބަރު 12 ވަނަ ދުވަހުގެ ފޮޓޯތަކުން ފެންނަނީ އެ ސައިޓުގައި އާ އޮނިގަނޑެއްގެ މަސައްކަތް ކުރިއަށްދާ މަންޒަރާއި، އޭގެ ކައިރީގައި ހުރި ކުޑަ ދެ ބިނާއެކެވެ. ނޮވެމްބަރު 14 ވަނަ ދުވަހުގެ ފޮޓޯތަކުން ފެންނަ ގޮތުގައި، ބޮޑު ބިނާގެ މަތީގައި މެޓަލް ފުރާޅެއް ވަނީ އަޅާފަ އެވެ.

ނަމަވެސް، ޑިސެމްބަރު 13 ވަނަ ދުވަހުގެ ފޮޓޯތަކުން ފެންނަނީ އެ ފެސިލިޓީގެ ބައެއް ފޮރުވާފައިވާ މަންޒަރެވެ. އަދި ފެބްރުއަރީ 16 އާ ހަމައަށް އައިއިރު، އެތަން އެއްކޮށް ވަނީ ލޮލަށް ނުފެންނަ ވަރަށް ފޮރުވާލާފަ އެވެ. މާހިރުން ބުނާ ގޮތުގައި އެތަން ފޮރުވާލާފައިވަނީ ކޮންކްރީޓް ސްޓްރަކްޗަރެއް ބޭނުންކޮށްގެންނެވެ.

އިންސްޓިޓިއުޓް ފޯ ސައިންސް އެންޑް އިންޓަނޭޝަނަލް ސެކިއުރިޓީ (އައިސިސް) އިން ޖެނުއަރީ 22 ގައި ނެރުނު ދިރާސާއެއްގައި ބުނެފައިވަނީ، "ތަލޭގާން 2" ގެ ނަމުން ނަންދީފައިވާ އާ ފެސިލިޓީގެ ވަށައިގެން ކޮންކްރީޓް ސްޓްރަކްޗަރެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ނޮވެމްބަރު މަހު އައިސިސް އިން ރިޕޯޓުކުރި ގޮތުގައި، ފޮޓޯތަކުން ފެންނަނީ ގާތްގަނޑަކަށް 36 މީޓަރު ދިގު އަދި 12 މީޓަރު ފުޅާ ސިލިންޑަރެއްގެ ބައްޓަމަށް ހުރި ބޮޑު ޓޭންކެއް ނުވަތަ "ހައި-އެކްސްޕްލޯސިވް ކޮންޓެއިންމަންޓް ވެސެލް" އެއް އިމާރާތެއްގެ ތެރޭގައި ބަހައްޓާފައިވާ މަންޒަރެވެ.

އައިސިސް އިން އިތުރަށް ބުނި ގޮތުގައި، މިފަދަ ޓޭންކުތަކަކީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. ނަމަވެސް މިއީ އާދައިގެ އެހެން ހަތިޔާރުތައް އުފެއްދުމުގައި ވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ.

ކޮންޓެސްޓެޑް ގްރައުންޑްގެ އިމޭޖް އެނަލިސްޓް ވިލިއަމް ގުޑްހިންޑް ބުނި ގޮތުގައި، އެ އިމާރާތުގެ ފުރާޅުގެ ކުލަ ހުރީ ވަށައިގެންވާ ސަރަހައްދުގެ ކުލައާ އެއްގޮތަށެވެ. އޭނާ ލަފާކުރާ ގޮތުގައި ކޮންކްރީޓްގެ ކުލަ ފޮރުވުމަށްޓަކައި އޭގެ މައްޗަށް ވަނީ ފަސް އަޅާފަ އެވެ.

އައިސިސް ގެ ބާނީ ޑޭވިޑް އަލްބްރައިޓް އެކްސްގައި ލިޔުއްވާފައިވާ ގޮތުގައި، މަޝްވަރާތައް ލަސްކުރުމުގެ ފައިދާ އީރާނުން ދަނީ ނަގަމުންނެވެ. ފާއިތުވި ދެތިން ހަފުތާގެ ތެރޭގައި އީރާނުން ވަނީ "ތަލޭގާން 2" ފެސިލިޓީ ވަޅުލުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންގޮސްފަ އެވެ. އަދި މާލަސްތަކެއް ނުވެ އެތަން ވައިގެ ހަމަލާތަކުން ރައްކާތެރިކޮށްދޭ، ވަކިކުރަން ނޭނގޭ ފަދަ ބަންކަރަކަށް ބަދަލުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްފަހާން ނިއުކްލިއާ ކޮމްޕްލެކްސްގެ ޓަނަލްތައް ވަޅުލުން

އިސްފަހާން ކޮމްޕްލެކްސް އަކީ މިދިޔަ ޖޫން މަހު އެމެރިކާ އިން ބޮން އެޅި އީރާނުގެ ޔުރޭނިއަމް މުއްސަނދިކުރާ ތިން މަރުކަޒުގެ ތެރެއިން ތަނެކެވެ.

ނިއުކްލިއާ ފިއުލް ސައިކަލްގެ މަސައްކަތް ކުރާ ފެސިލިޓީތަކުގެ އިތުރުން، އިސްފަހާންގައި ބިމުގެ އަޑީގައި ހާއްސަ ސަރަހައްދެއް އޮވެ އެވެ. ޑިޕްލޮމެޓުން ބުނާ ގޮތުގައި އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ބޮޑު ބައެއް ރައްކާކޮށްފައިވަނީ އެތަނުގަ އެވެ.

ޖެނުއަރީ މަހުގެ ފަހުކޮޅު ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ކޮމްޕްލެކްސްގެ ޓަނަލްގެ ދެ ދޮރެއް ވަޅުލުލާ ފޮރުވާލުމުގެ މަސައްކަތް އީރާނުން ވަނީ ފަށާފަ އެވެ. ފެބްރުއަރީ 9 ގައި އައިސިސް އިން ބުނި ގޮތުގައި، ތިންވަނަ ދޮރެއް ވެސް މިހާރު ވަނީ ފަސްއަޅައި ފޮރުވާލާފައެވެ. މިއާއެކު އެ ޓަނަލް ކޮމްޕްލެކްސް އަށް ވަންނަން ހުރި ހުރިހާ ދޮރުތަކެއް މިހާރު ވަނީ އެއްކޮށް ވަޅުލާފަ އެވެ.

ފެބްރުއަރީ 10 ވަނަ ދުވަހުގެ ފޮޓޯތަކުން ވެސް މި ތިން ޓަނަލް ވަޅުލާފައިވާކަން ފެންނަން ހުރި ކަމަށް ގުޑްހިންޑް ބުންޏެވެ.

އައިސިސް އިން ބުނާ ގޮތުގައި، ޓަނަލްތަކުގެ ދޮރުތައް ވަޅުލުމަކީ ވައިގެ ހަމަލާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށާއި، ހާއްސަ ސިފައިންގެ ފައުޖަކުން އެތަނަށް ވަދެ ޔުރޭނިއަމް އަތުލައިގަތުމަށް ނުވަތަ އެތަން ހަލާކުކޮށްލުމަށް ކުރާ މަސައްކަތްތަކަށް ހުރަސް އެޅުމަށް ކުރާ ކަމެކެވެ.

ނަތާންޒް ކައިރީގައި ހުރި ޓަނަލްތަކުގެ ދޮރުތައް ވަރުގަދަކުރުން

ނަތާންޒްގައި ހުންނަ އީރާނުގެ ޔުރޭނިއަމް މުއްސަނދިކުރާ އަނެއް ދެ މަރުކަޒާ ދެ ކިލޯމީޓަރު (1.2 މޭލު) ދުރުގައި، ފަރުބަދައެއްގެ އަޑީގައި ހުރި ޓަނަލް ކޮމްޕްލެކްސްއެއްގެ ދެ ދޮރެއް ވަރުގަދަކުރުމުގެ މަސައްކަތް ފެބްރުއަރީ 10 އިން ފެށިގެން އީރާނުން ކުރަމުންދާ ކަމަށް އައިސިސް އިން ވަނީ ރިޕޯޓުކޮށްފަ އެވެ.

ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ޑަމްޕް ޓްރަކްތަކާއި، ސިމެންތި ގަށާ މެޝިންތަކާއި، ބަރު މެޝިނަރީތައް ބޭނުންކޮށްގެން ބާރަށް މަސައްކަތް ކުރަމުންދެއެވެ.

"ޕިކްއެކްސް މައުންޓަން" ގެ ނަމުން ނަންދީފައިވާ މި ފެސިލިޓީއާ މެދު އީރާނުން ގެންގުޅޭ ރޭވުންތަކެއް އަދި ސާފެއް ނޫނެވެ.

ޝީރާޒް މިސައިލް ބޭސް

އީރާނުގެ ދެކުނުގައިވާ ޝީރާޒްގެ ދެކުނުން 10 ކިލޯމީޓަރު (6 މޭލު) ދުރުގައި އޮންނަ މި ބޭސްއަކީ، މެދު ރާސްތާގެ ބެލިސްޓިކް މިސައިލް ފޮނުވާލުމުގެ ގާބިލްކަން ހުރި އީރާނުގެ މައިގަނޑު 25 ބޭސްގެ ތެރެއިން އެއް ތަނެވެ. އިޒްރޭލުގެ "އަލްމާ ރިސާޗް އެންޑް އެޑިއުކޭޝަން ސެންޓަރު" އިން ބުނާ ގޮތުގައި، މިދިޔަ އަހަރުގެ ހަނގުރާމައިގައި މި ބޭސްގެ ބިމުން މަތީގައި ހުރި ބައެއް ތަންތަނަށް ވަނީ ކުޑަ ގެއްލުމެއް ލިބިފަ އެވެ.

2025 ޖުލައި 3 އަދި 2026 ޖެނުއަރީ 30 ގެ ފޮޓޯތައް އަޅާކިޔުމުން، އެ ބޭސްގެ މައި ލޮޖިސްޓިކްސް އަދި ކޮމާންޑް ސަރަހައްދު އަލުން ބިނާކޮށް، ސާފުކުރުމުގެ މަސައްކަތް ކުރަމުންދާކަން އެނގޭ ކަމަށް ގުޑްހިންޑް ބުންޏެވެ.

ނަމަވެސް، ވައިގެ ހަމަލާތަކުގެ ކުރިން އެތަން ހުރި ފުރިހަމަ ހާލަތަށް އަދިވެސް ބަދަލުނުވާ ކަމަށް އޭނާ ފާހަގަކުރި އެވެ.

ގޮމް މިސައިލް ބޭސް

ގޮމް ސިޓީގެ އުތުރުން 40 ކިލޯމީޓަރު ދުރުގައި އޮންނަ މި ބޭސްގެ ބިމުން މަތީގައި ހުރި ބިނާތަކަށް މެދު މިންވަރެއްގެ ގެއްލުން ލިބިފައިވާ ކަމަށް އަލްމާ ސެންޓަރުން ބުނެ އެވެ.

2025 ޖުލައި 16 އާއި 2026 ފެބްރުއަރީ 1 އާ ދެމެދު ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ގެއްލުން ލިބިފައިވާ އިމާރާތެއްގެ މަތީގައި ވަނީ އާ ފުރާޅެއް އަޅާފަ އެވެ. ގުޑްހިންޑް ބުނާ ގޮތުގައި، ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް ނޮވެމްބަރު 17 ގައި ފަށައި، 10 ދުވަސް ތެރޭގައި ވަނީ ނިންމާލާފަ އެވެ.

މަސްދަރު: ރޮއިޓާސް

އީރާންއީރާން ނިއުކްލިއަރ ޕްރޮގްރާމްއީރާން-އިޒްރޭލްއީރާނުގެ މިސައިލް ޕްރޮގްރާމްއީރާން-އެމެރިކާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޖަރުމަނުގެ ސަފީރު އީރާނުގެ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފި

ޖަރުމަނުގެ ސަފީރު އީރާނުގެ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފި

18 ފެބުރުއަރީ 2026
އީރާނާއި ރަޝިޔާ ގުޅިގެން ކަނޑުމަތީގެ އަސްކަރީ ތަމްރީނު ފަށަނީ

އީރާނާއި ރަޝިޔާ ގުޅިގެން ކަނޑުމަތީގެ އަސްކަރީ ތަމްރީނު ފަށަނީ

18 ފެބުރުއަރީ 2026
ޓްރަމްޕްގެ "ރަތް ރޮނގު" ތަކަށް އީރާން އިން އަދިވެސް އެއްބަހެއް ނުވޭ: ވޭންސް

ޓްރަމްޕްގެ "ރަތް ރޮނގު" ތަކަށް އީރާން އިން އަދިވެސް އެއްބަހެއް ނުވޭ: ވޭންސް

18 ފެބުރުއަރީ 2026
އީރާނާއި އެމެރިކާ ގެ މަޝްވަރާތަކުން ކުރިއަށް ދާންވީ ސާފު މަގެއް ފެނިއްޖެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

އީރާނާއި އެމެރިކާ ގެ މަޝްވަރާތަކުން ކުރިއަށް ދާންވީ ސާފު މަގެއް ފެނިއްޖެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

17 ފެބުރުއަރީ 2026
އެމެރިކާގެ މަނަވަރުތައް ކަނޑުގެ އަޑިއަށް ފައްތާލެވިދާނެ ކަމުގެ އިންޒާރު ޚާމަނާއީ ދެއްވައިފި

އެމެރިކާގެ މަނަވަރުތައް ކަނޑުގެ އަޑިއަށް ފައްތާލެވިދާނެ ކަމުގެ އިންޒާރު ޚާމަނާއީ ދެއްވައިފި

17 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

20 ފެބުރުއަރީ
ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟
20242 އަހަރު ކުރިން
ރިޕޯޓު

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ
20215 އަހަރު ކުރިން
ރިޕޯޓު

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
20197 އަހަރު ކުރިން
ރާއްޖެ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު