Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-ރަޝިޔާ

އީރާނާއި ރަޝިޔާ ގުޅިގެން ކަނޑުމަތީގެ އަސްކަރީ ތަމްރީނު ފަށަނީ

މި ހަރަކާތްތަކާ ގުޅިގެން ސްޓްރެޓެޖިކް ގޮތުން މުހިންމު ހޯމޫޒް ކަނޑުއޮޅީގެ ބައެއް ސަރަހައްދުތައް ވަގުތީގޮތުން ބަންދުކުރުމަށް ވެސް އީރާނުން ވަނީ ނިންމާފައި.

ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2026 | ބުދަ 11:33
އީރާނުގެ އަސްކަރިއްޔާއިން 12 މާރިޗު 2025 ގައި އާންމުކޮށްފައިވާ މި ފޮޓޯއިން ފެންނަނީ، އޮމާން ކަނޑުގައި ކުރިއަށްދިޔަ އަސްކަރީ ތަމްރީނެއްގެ ތެރެއިން އެ ގައުމުގެ ކަނޑުގެ ސިފައިން މޮޓޯ ބޯޓެއްގައި ހަރަކާތްތެރިވާ މަންޒަރު.

އީރާނުގެ އަސްކަރިއްޔާއިން 12 މާރިޗު 2025 ގައި އާންމުކޮށްފައިވާ މި ފޮޓޯއިން ފެންނަނީ، އޮމާން ކަނޑުގައި ކުރިއަށްދިޔަ އަސްކަރީ ތަމްރީނެއްގެ ތެރެއިން އެ ގައުމުގެ ކަނޑުގެ ސިފައިން މޮޓޯ ބޯޓެއްގައި ހަރަކާތްތެރިވާ މަންޒަރު. | އޭއެފްޕީ

ޖެނީވާގައި އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތަކުގެ ފަހުގެ ބުރު ނިމުނުތަނުން، އީރާނާއި ރަޝިޔާ ގުޅިގެން އޮމާން ކަނޑުގައި އަސްކަރީ ތަމްރީނުތަކެއް ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

އީރާނުގެ އަސްކަރިއްޔާ ގެ ފިކުރީ ގޮފި ކަމުގައިވާ އިސްލާމިކް ރިވެލޫޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ވަނީ، އެ ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ ކަނޑުގެ ސިފައިންނަށް ގޮންޖަހައި، ސްޓްރެޓެޖިކް ގޮތުން މުހިންމު ހޯމޫޒް ކަނޑުއޮޅީގައި މިދިޔަ ހޯމަ ދުވަހު ވެސް ތަމްރީނުތަކެއް ފަށާފައެވެ.

އީރާން އާއި ރަޝިޔާ ގުޅިގެން ހިންގާ ކަނޑުގެ އަސްކަރީ ތަމްރީނުތައް މާދަމާ (ބުރާސްފަތި ދުވަހު) އޮމާން ކަނޑާއި އިންޑިއާ ކަނޑުގެ އުތުރު ސަރަހައްދުގައި ކުރިއަށްދާނެ ކަމަށް، ތަމްރީނުތަކުގެ ތަރުޖަމާނު ރިއަރ އެޑްމިރަލް ހަސަން މަޣްސޫދުލޫ އާ ހަވާލާދީ 'އިސްނާ' ނިއުސް އެޖެންސީން ވަނީ ރިޕޯޓްކޮށްފަ އެވެ.

މި ތަމްރީނުތައް ކުރިއަށްދާނެ މުއްދަތެއް ހާމަނުކޮށް އޭނާ ވިދާޅުވީ، މި ހަރަކާތުގެ މަގްސަދަކީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަކުރުމާއި، ދެ ގައުމުގެ ކަނޑުގެ ސިފައިންގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުން ކަމަށެވެ.

މި އަސްކަރީ ތަމްރީނުތައް މި ފަށަނީ، އޮމާން މެދުވެރިވެގެން ޖެނީވާގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި މަޝްވަރާތަކުގެ ދެވަނަ ބުރަށްފަހު، އީރާނުން އެކަމާ މެދު އުންމީދީ ރޫހެއްގައި ވާހަކަދައްކާފައިވާ ދަނޑިވަޅެއްގަ އެވެ.

ވާދަވެރި ދެ ގައުމުގެ މެދުގައި މީގެ ކުރިން ބޭއްވި މަޝްވަރާތައް ހުއްޓުމަކަށް އައީ، 2025 ވަނަ އަހަރުގެ ޖޫން މަހު އިޒްރޭލުން އީރާނަށް ދިން ވަރުގަދަ ހަމަލާއާ ގުޅިގެންނެވެ. އެ ހަމަލާއާ ގުޅިގެން 12 ދުވަހުގެ ހަނގުރާމައެއް ފެށުނުއިރު، އެމެރިކާއިން ވެސް ވަނީ ކުޑަ ވަގުތުކޮޅަކަށް އެ ހަނގުރާމައިގައި ބައިވެރިވެފަ އެވެ.

މިހާރު އަނެއްކާވެސް މަސްރަހް ހޫނުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ސަރަހައްދަށް ކަނޑުގެ ސިފައިންގެ ބޮޑު ފައުޖެއް ފޮނުއްވާފަ އެވެ. 

އެމެރިކާއާ ދެމެދު ނުތަނަވަސްކަން ބޮޑުވާ ދަނޑިވަޅުތަކުގައި، ހޯމޫޒް ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރު އީރާނުގެ އޮފިޝަލުން ތަކުރާރުކޮށް ދެއްވަމުން ގެންދެވި ނަމަވެސް، މިހާތަނަށް އެ ސަރަހައްދު މުޅިން ބަންދުކޮށްފައެއް ނުވެ އެވެ.

ދުނިޔޭގެ ބާޒާރަށް ތެލާއި ގޭސް ސަޕްލައިކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ހޯމޫޒް ކަނޑުއޮޅިއަކީ މީގެ ކުރިންވެސް ނުރައްކާތެރި އެތައް ހާދިސާތަކެއް ހިނގާފައިވާ ތަނެކެވެ. އަދި އެމެރިކާއާއި އީރާނުގެ މަޝްވަރާތަކާ ގުޅިގެން ފިއްތުންތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، އެ ސަރަހައްދަށް ވަނީ އަނެއްކާވެސް ދުނިޔޭގެ ސަމާލުކަން ހުއްޓިފަ އެވެ.

އީރާނުން ހޯމޫޒް ކަނޑުއޮޅީގައި ކުރިއަށްގެންދާ އަމިއްލަ ތަމްރީނުތަކާ ގުޅިގެން، "ސަލާމަތީ" ސަބަބުތަކަށްޓަކައި އެ ކަނޑުއޮޅީގެ ބައެއް ސަރަހައްދުތައް މަދު ގަޑިއިރުތަކަކަށް ބަންދުކުރާނެ ކަމަށް އެ ގައުމުން މިދިޔަ އަންގާރަ ދުވަހު ވަނީ އިއުލާންކޮށްފައެވެ.

އީރާން-އެމެރިކާރަޝިޔާހޯމޫޒް ކަނޑުއޮޅިއޮމާން ގަލްފްއީރާން-ރަޝިޔާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޓްރަމްޕްގެ "ރަތް ރޮނގު" ތަކަށް އީރާން އިން އަދިވެސް އެއްބަހެއް ނުވޭ: ވޭންސް

ޓްރަމްޕްގެ "ރަތް ރޮނގު" ތަކަށް އީރާން އިން އަދިވެސް އެއްބަހެއް ނުވޭ: ވޭންސް

18 ފެބުރުއަރީ 2026
އީރާނާއި އެމެރިކާ ގެ މަޝްވަރާތަކުން ކުރިއަށް ދާންވީ ސާފު މަގެއް ފެނިއްޖެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

އީރާނާއި އެމެރިކާ ގެ މަޝްވަރާތަކުން ކުރިއަށް ދާންވީ ސާފު މަގެއް ފެނިއްޖެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

17 ފެބުރުއަރީ 2026
އެމެރިކާގެ މަނަވަރުތައް ކަނޑުގެ އަޑިއަށް ފައްތާލެވިދާނެ ކަމުގެ އިންޒާރު ޚާމަނާއީ ދެއްވައިފި

އެމެރިކާގެ މަނަވަރުތައް ކަނޑުގެ އަޑިއަށް ފައްތާލެވިދާނެ ކަމުގެ އިންޒާރު ޚާމަނާއީ ދެއްވައިފި

17 ފެބުރުއަރީ 2026
އިރާނުން ހޯމޫޒް ކަނޑުއޮޅީގެ ބައެއް ސަރަހައްދުތައް ބަންދުކުރަނީ

އިރާނުން ހޯމޫޒް ކަނޑުއޮޅީގެ ބައެއް ސަރަހައްދުތައް ބަންދުކުރަނީ

17 ފެބުރުއަރީ 2026
އެމެރިކާގެ މަނަވަރު "އަބްރަހަމް ލިންކަން" އީރާނާ ކައިރިއަށް ޖެހެމުންދާއިރު އީރާނުން އަސްކަރީ ބާރު ދައްކާލުމުގެ ތަމްރީންތައް ކުރިއަށް ގެންދަނީ

އެމެރިކާގެ މަނަވަރު "އަބްރަހަމް ލިންކަން" އީރާނާ ކައިރިއަށް ޖެހެމުންދާއިރު އީރާނުން އަސްކަރީ ބާރު ދައްކާލުމުގެ ތަމްރީންތައް ކުރިއަށް ގެންދަނީ

17 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު