Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

އީރާނަށް ހަމަލާއެއް ދީފިނަމަ، އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ވަސީލަތްތަކަކީ ހަމަލާދެވިދާނެ ތަންތަން ކަމަށް ބުނެ އީރާނުން އިންޒާރު ދީފި

އީރާނުގެ ނިއުކްލިއާ މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވަމުންދާ އަސްކަރީ އިންޒާރުތަކާ ގުޅިގެން، އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން އދ. މެދުވެރިކޮށް ދީފި. އެއްބަސްވުމަކަށް އައުމަށް ޓްރަމްޕް 15 ދުވަހުގެ މުއްދަތެއް ދެއްވާފައިވާއިރު، އީރާނުން ބުނަނީ މަޝްވަރާގެ މަގު އިސްކުރި ނަމަވެސް އުދުވާނީ ހަމަލާއެއް އަތުވެއްޖެނަމަ ދިފާއުގައި ވަރުގަދަ ރައްދެއް ދޭނެ ކަމަށް. މި ނުތަނަވަސްކަން ބޮޑުވެފައިވަނީ ދެ ގައުމުގެ މެދުގައި ނުސީދާ މަޝްވަރާތަކެއް ކުރިއަށްދާ ދަނޑިވަޅެއްގައި.

ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2026 | ހުކުރު 08:36
އެމެރިކާގެ ނިއުޔޯކް ސިޓީގައި ހުންނަ އދ. ގެ މައި މަރުކަޒުގައި 2025 ސެޕްޓެމްބަރު 19 ވީ ހުކުރު ދުވަހު، އީރާނުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އާމިރު ސައީދު އިރަވާނީ ވާހަކަފުޅު ދައްކަވަނީ.

އެމެރިކާގެ ނިއުޔޯކް ސިޓީގައި ހުންނަ އދ. ގެ މައި މަރުކަޒުގައި 2025 ސެޕްޓެމްބަރު 19 ވީ ހުކުރު ދުވަހު، އީރާނުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އާމިރު ސައީދު އިރަވާނީ ވާހަކަފުޅު ދައްކަވަނީ. | ރޮއިޓާސް

އެމެރިކާއިން ދެމުންދާ އަސްކަރީ އިންޒާރުތަކާ އެއްގޮތަށް އަމަލުކޮށް، އީރާނަށް ހަމަލާއެއް ދީފިނަމަ، އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ވަސީލަތްތަކަކީ ހަމަލާދެވިދާނެ "ޝަރުއީ އަމާޒުތަކެއް" ކަމަށް ބަލާނެ ކަމުގެ އިންޒާރު އީރާނުން ބުރާސްފަތި ދުވަހު ދީފިއެވެ.

އދ. އަށް އީރާނުން ކަނޑައަޅާފައި ހުންނަވާ ސަފީރު އަމީރު ސައީދު އިރަވާނީ މިހެން ވިދާޅުވީ، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްއަށާއި ސަލާމަތީ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއެއްގައެވެ. އޭއެފްޕީ ނިއުސް އެޖެންސީއަށް މި ސިޓީ ވަނީ ފެނިފައެވެ.

އީރާނުން ނިއުކްލިއާ ބޮމެއް އުފެއްދުން ހުއްޓުވުމުގެ ބޭނުމުގައި ކަމަށް ވިދާޅުވެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މެދުއިރުމައްޗަށް މަނަވަރުތަކާއި، ފައިޓަރު ޖެޓުތަކުގެ އިތުރުން އަސްކަރީ އެހެނިހެން ސާމާނުތައް ފޮނުއްވާފައެވެ. ނަމަވެސް އީރާނުން ބުނަމުންދަނީ އެ ގައުމުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް މަސައްކަތް ނުކުރާ ކަމަށެވެ.

އީރާނުން އެއްބަސްވުމަކަށް ނައިސްފިނަމަ، އިންޑިއާ ކަނޑުގައި އޮންނަ ޑިއެގޯ ގާސިއާ ހިމެނޭހެން އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރަން އެމެރިކާއަށް ޖެހިދާނެ ކަމަށް ބުނެ، ބުދަ ދުވަހު ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކަށް އިރަވާނީގެ ސިޓީގައި ވަނީ އިޝާރާތް ކުރައްވާފައެވެ.

އެމެރިކާގެ ރައީސް ދެއްވި މިފަދަ ނުރައްކާތެރި ބަޔާނަކީ އަސްކަރީ އުދުވާނެއްގެ ބިރުވެރިކަން އޮތް ކަމުގެ ނިޝާނެއް ކަމަށާއި، އޭގެ ސަބަބުން މުޅި ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބި، ބައިނަލްއަގުވާމީ ސުލްހައާއި ސަލާމަތަށް ނުރައްކާވާނެ ކަމަށް އިރަވާނީގެ ސިޓީގައި ލިޔުއްވާފައިވެއެވެ.

އެމެރިކާއިން ވީޓޯ ކުރުމުގެ ބާރު އޮންނަ، އދ. ގެ އެންމެ މަތީ ނިންމުންތައް ނިންމާ މަޖިލިސް ކަމަށްވާ ސަލާމަތީ މަޖިލީހަށް އިރަވާނީ ގޮވާލެއްވީ، ބާރުގެ ބޭނުންކޮށްގެން އެމެރިކާއިން ދެމުންދާ ޣައިރު ގާނޫނީ އިންޒާރުތައް ވަގުތުން ހުއްޓުވައިދިނުމަށެވެ.

އީރާނުން އަދިވެސް އޮތީ ޑިޕްލޮމެޓިކް ހައްލުތަކަށް އިސްކަންދޭ ގޮތަށް ކަމަށާއި، އެ ގައުމުގެ ސުލްހަވެރި ނިއުކްލިއާ ޕްރޮގްރާމާ މެދު ހުރި ނުތަނަވަސްކަން ހަމަހަމަ އުސޫލެއްގެ މަތިން ހައްލުކުރުމަށް ތައްޔާރަށް އޮތް ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ނަމަވެސް، އީރާނަށް އަސްކަރީ ހަމަލާއެއް ކުރިމަތިވެއްޖެނަމަ، އެ ގައުމުގެ ދިފާއުގައި ދޭ ރައްދު ހަމަލާތަކުގައި، އެ ސަރަހައްދުގައި ހުރި ދުޝްމަނުންގެ ހުރިހާ މަރުކަޒުތަކާއި، ވަސީލަތްތަކާއި މުދަލަކީ ހަމަލާދެވިދާނެ އަމާޒުތަކެއް ކަމަށް އިރަވާނީ އިންޒާރު ދެއްވިއެވެ.

އެއްބަސްވުމަކަށް އައުމަށް އީރާނަށް އޮތީ އެންމެ ގިނަވެގެން 15 ދުވަސް ކަމަށާއި، އެ މުއްދަތުގައި އެކަން ނުވެއްޖެނަމަ އެމެރިކާއިން ހަމަލާދޭނެ ކަމަށް ބުރާސްފަތި ދުވަހު ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައި މިވަނީ، އެމެރިކާގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އާއި ރައީސްގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނާ، އަންގާރަ ދުވަހު ޖެނީވާގައި އީރާނުގެ އިސް ޑިޕްލޮމެޓަކާ ނުސީދާކޮށް ބައްދަލުކުރައްވައި، މަޝްވަރާތަކުގައި ކުރިއެރުންތަކެއް ހުރި ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

މީގެ ކުރިން މަޝްވަރާ ކުރުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުވީ، މިދިޔަ ޖޫން މަހު އިޒްރޭލުން ކުއްލި ގޮތަކަށް އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. އެ ހަމަލާތަކާއެކު 12 ދުވަހުގެ ހަނގުރާމައެއް ފެށުނުއިރު، އެމެރިކާއިން ވެސް ވަނީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ބޮން އެޅުމުގައި ބައިވެރިވެފައެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާޑޮނަލްޑް ޓްރަމްޕްއަމީރު ސައީދު އިރަވާނީސެކިއުރިޓީ ކައުންސިލްއީރާން-އިޒްރޭލްއީރާން ނިއުކްލިއަރ ޕްރޮގްރާމް

ކޮމެންޓް

އިތުރަށް ކިޔާލަން

ފޯޅަވަހި ހިމެނޭ ގޮތަށް އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭނެކަމަށް އީރާނުން އިންޒާރުދީފި

ފޯޅަވަހި ހިމެނޭ ގޮތަށް އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭނެކަމަށް އީރާނުން އިންޒާރުދީފި

20 ފެބުރުއަރީ 2026
އެއްބަސްވުމަކަށް އައުމަކީ ބުއްދިވެރި ގޮތް ކަމަށް ވިދާޅުވެ، އަނެއްކާ ވެސް ޓްރަމްޕް އީރާން އަށް އިންޒާރު ދެއްވައިފި

އެއްބަސްވުމަކަށް އައުމަކީ ބުއްދިވެރި ގޮތް ކަމަށް ވިދާޅުވެ، އަނެއްކާ ވެސް ޓްރަމްޕް އީރާން އަށް އިންޒާރު ދެއްވައިފި

19 ފެބުރުއަރީ 2026
އީރާނުން މުހިންމު އަސްކަރީ ސައިޓުތަކުގެ ދިފާއު ވަރުގަދަކުރަނީ

އީރާނުން މުހިންމު އަސްކަރީ ސައިޓުތަކުގެ ދިފާއު ވަރުގަދަކުރަނީ

18 ފެބުރުއަރީ 2026
އީރާނާއި ރަޝިޔާ ގުޅިގެން ކަނޑުމަތީގެ އަސްކަރީ ތަމްރީނު ފަށަނީ

އީރާނާއި ރަޝިޔާ ގުޅިގެން ކަނޑުމަތީގެ އަސްކަރީ ތަމްރީނު ފަށަނީ

18 ފެބުރުއަރީ 2026
ޗާގޯސް މޮރިޝަސް އާ ހަވާލުކުރަން އެމެރިކާ އިން ރަސްމީކޮށް ތާއީދު ކޮށް، އަންނަ ހަފްތާގައި އެމެރިކާ އާ މޮރިޝަސް ބައްދަލު ކުރަނީ

ޗާގޯސް މޮރިޝަސް އާ ހަވާލުކުރަން އެމެރިކާ އިން ރަސްމީކޮށް ތާއީދު ކޮށް، އަންނަ ހަފްތާގައި އެމެރިކާ އާ މޮރިޝަސް ބައްދަލު ކުރަނީ

18 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

3 އެޕްރީލު
ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟
20251 އަހަރު ކުރިން
ރިޕޯޓު

ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި
20242 އަހަރު ކުރިން
ރާއްޖެ

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި

ގެރިކިރު ބޯކިބާ
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ގެރިކިރު ބޯކިބާ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު
20215 އަހަރު ކުރިން
ރާއްޖެ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު