Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑިއާ-އިޒްރޭލް

މޯދީ ބުދަ ދުވަހު އިޒްރޭލަށް ވަޑައިގަންނަވަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިޒްރޭލަށް ކުރައްވާ މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ އަދި ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރައްވާ ދަތުރުފުޅެއް. މި ދަތުރުފުޅާ ގުޅިގެން ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވީ، މިއީ ދެ ގައުމަށް ހުރި ނުރައްކާތަކާ ދެކޮޅަށް މަސައްކަތްކުރުމަށް އުފައްދާ އާ އިއްތިހާދެއްގެ ފެށުން ކަމަށް. މޯދީ ވަނީ އިޒްރޭލާއެކު އޮތް ޒަމާންވީ އެކުވެރިކަމަށް އިންޑިއާއިން ވަރަށް ބޮޑަށް އިސްކަންދޭކަން ހާމަކުރައްވާފައި.

ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2026 | އާދީއްތަ 19:00
ޖެނުއަރީ 15، 2018 ގައި ނިއުދިއްލީގެ ހައިދަރުއާބާދު ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަދައްކަވަމުން ގެންދަވާއިރު، އަރިހުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ކަނާތްފަރާތުގައި).

ޖެނުއަރީ 15، 2018 ގައި ނިއުދިއްލީގެ ހައިދަރުއާބާދު ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަދައްކަވަމުން ގެންދަވާއިރު، އަރިހުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ކަނާތްފަރާތުގައި). | އޭއެފްޕީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ ބުދަ ދުވަހު އިޒްރޭލަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއުލާނު ކުރައްވައިފިއެވެ. ނަތަންޔާހޫ ވިދާޅުވީ މި ދަތުރުފުޅުގެ ސަބަބުން، އޭނާ ސިފަކުރެއްވި ގޮތުގައި "ހަރުކަށި" ދުޝްމަނުންނާ ދެކޮޅަށް މަސައްކަތް ކުރުމަށް އާ އިއްތިހާދެއް ގާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އިޒްރޭލުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން ފެއްޓެވުމުގެ ގޮތުން އާދީއްތަ ދުވަހު ވާހަކަދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ، އަންނަ ބުދަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެ ގައުމަށް ވަޑައިގަންނަވާނެ ކަމަށާއި، އެ ދަތުރުފުޅުގައި އިޒްރޭލުގެ ގާނޫނު ހަދާ މަޖިލިސް، ކްނެސެޓްގައި މޯދީ ތަގުރީރު ކުރައްވާނެ ކަމަށެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިވަމުންދާ ދިއުމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.

އިގްތިސާދީ، ސިޔާސީ އަދި ސަލާމަތީ ދާއިރާއިން އޮތް އެއްބާރުލުމަށް އަލިއަޅުއްވާލައްވަމުން ނަތަންޔާހޫ ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ބަދަހިކަން އިތުރުވެފައިވާ ކަމަށާއި، ބޮޑުވަޒީރު މޯދީ ވަޑައިގަންނަވަނީ އެ ގުޅުން މިހާރަށްވުރެ ވެސް ވަރުގަދަ ކުރެއްވުމަށް ކަމަށެވެ.

ބޮޑުވަޒީރުގެ ހައިސިއްޔަތުން މޯދީ އެންމެ ފުރަތަމަ އިޒްރޭލަށް ވަޑައިގަތީ 2017 ވަނަ އަހަރުއެވެ. އޭގެ ފަހުން ޖެހިގެން އައި 2018 ވަނަ އަހަރު ނަތަންޔާހޫ ވަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

ނަތަންޔާހޫ ވިދާޅުވި ގޮތުގައި އިޒްރޭލާއި އިންޑިއާގެ މި ގުޅުމަކީ، ދެ ގައުމުން ވެސް "ހަރުކަށި" ދުޝްމަނުންނާ ދެކޮޅަށް މަސައްކަތް ކުރުމަށް ސަރަހައްދީ ފެންވަރުގައި އުފައްދާ ފުޅާ އިއްތިހާދެއްގެ ބައެކެވެ.

އިޒްރޭލުގެ ލީޑަރު އިތުރަށް ވިދާޅުވީ، އޭނާގެ ތަސައްވުރަކީ މެދުއިރުމަތީގައި ނުވަތަ އެ ސަރަހައްދު ވަށައިގެން ހަ ފަރާތެއް ހިމެނޭ "ހެކްސަގަން" އިއްތިހާދެއްގެ ނިޒާމެއް ބިނާކުރުން ކަމަށެވެ.

އާދީއްތަ ދުވަހުގެ ރޭ މޯދީ ކުރެއްވި މީސްމީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، އިޒްރޭލަށް ކުރައްވާ ދަތުރުފުޅުގައި ކުރިއަށްދާނެ މަޝްވަރާތަކަށް ވަރަށް ބޮޑަށް އިންތިޒާރު ކުރައްވާ ކަމަށެވެ.

މީސްމީޑިއާ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި މޯދީ ވިދާޅުވީ، އިތުބާރާއި، އައު އީޖާދުތަކާއި، ސުލްހަޔާއި ކުރިއެރުމަށް ދެ ގައުމުން ކުރާ މަސައްކަތުގެ މައްޗަށް ބިނާވެފައިވާ އިޒްރޭލާއި އިންޑިއާގެ ޒަމާންވީ އެކުވެރިކަމަށް އިންޑިއާއިން ވަރަށް ބޮޑަށް އިސްކަންދޭ ކަމަށެވެ.

މަސްދަރު: އޭއެފްޕީ

ނަރެންދުރަ މޯދީ ބެންޖަމިން ނަތަންޔާހޫއިންޑިއާ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

މެކްރޮން އިންޑިއާގައި، ފެނުނީ މޯދީއާ އޮންނަ ގާތް ގުޅުން

މެކްރޮން އިންޑިއާގައި، ފެނުނީ މޯދީއާ އޮންނަ ގާތް ގުޅުން

18 ފެބުރުއަރީ 2026
އީރާން އިން މުއްސަނދި ކޮށްފައިވާ ހުރިހާ ޔުރޭނިއަމެއް ބޭރު ކުރަން ޖެހޭނެ: ނަތަންޔާހޫ

އީރާން އިން މުއްސަނދި ކޮށްފައިވާ ހުރިހާ ޔުރޭނިއަމެއް ބޭރު ކުރަން ޖެހޭނެ: ނަތަންޔާހޫ

16 ފެބުރުއަރީ 2026
އީރާން އިން ޗައިނާ އަށް ކުރާ ތެލުގެ އެކްސްޕޯޓު ހުއްޓުވުމަށް ޓްރަމްޕް އާއި ނަތަންޔާާހޫ އެއްބަސްވުމަކަށް

އީރާން އިން ޗައިނާ އަށް ކުރާ ތެލުގެ އެކްސްޕޯޓު ހުއްޓުވުމަށް ޓްރަމްޕް އާއި ނަތަންޔާާހޫ އެއްބަސްވުމަކަށް

15 ފެބުރުއަރީ 2026
ޑީލަކަށް ނާދެވިއްޖެ ނަމަ އީރާނަށް "ވަރަށް ހިތްދަތި" ނަތީޖާ އަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރުދެއްވައިފި

ޑީލަކަށް ނާދެވިއްޖެ ނަމަ އީރާނަށް "ވަރަށް ހިތްދަތި" ނަތީޖާ އަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރުދެއްވައިފި

13 ފެބުރުއަރީ 2026
އިޒްރޭލް އިން، ޓްރަމްޕްގެ ބޯޑު އޮފް ޕީސްއާ ގުޅިއްޖެ

އިޒްރޭލް އިން، ޓްރަމްޕްގެ ބޯޑު އޮފް ޕީސްއާ ގުޅިއްޖެ

12 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު