Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އިޒްރޭލް

އީރާން އިން މުއްސަނދި ކޮށްފައިވާ ހުރިހާ ޔުރޭނިއަމެއް ބޭރު ކުރަން ޖެހޭނެ: ނަތަންޔާހޫ

ނަތަންޔާހޫ މި ވާހަކަތައް ދައްކަވާފައި މި ވަނީ، އީރާން އާއި އެމެރިކާއާ ދެމެދު ކުރިއަށްދާ މަޝްވަރާ ތަކުގެ ދެ ވަނަ ބުރުގެ ބައްދަލުވުން ބާއްވަން ތައްޔާރުވެފައި ވަނިކޮށް. އެގޮތުން އަންގާރަ ދުވަހު ސްވިޒަލެންޑުގެ ޖެނީވާގައި ބައްދަލުވުން އޮންނައިރު، އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވަނީ އެ ޤައުމަށް ފުރައި ވަޑައިގެންފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2026 | ހޯމަ 07:04
އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ | ރޮއިޓާސް

އެމެރިކާ އާއި އީރާންއާ ދެމެދު އެކުލަވާލާ  އެއްބަސްވުމެއްގެ ދަށުން، އީރާންގައި މުއްސަނދި ކޮށްފައިވާ ހުރިހާ ޔުރޭނިއަމްއެއް އެ ޤައުމުން ބޭރު ކުރަން ޖެހޭނެ ކަމަށް އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ. 

އާދީއްތަ ދުވަހު ޖެރޫސަލަމްގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ، އީރާންއާ އެކު ވެވޭ އެއްބަސްވުމެއްގައި މައިގަނޑު ތިން ކަމެއް ހިމެނެން ޖެހޭނެ ކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކީ، މުއްސަނދި ކޮށްފައިވާ ހުރިހާ ޔުރޭނިއަމްއެއް އީރާން އިން ބޭރު ކުރުން ކަމަށާއި، ދެ ވަނަ ކަމަކީ ޔުރޭނިއަމް މުއްސަނދި ކުރުމުގެ ޤާބިލުކަން އެ ޤައުމުގައި ނުބޭއްވުން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ތިން ވަނަ ކަމަކީ، އީރާންގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމްގެ މައްސަލަ އަށް ޙައްލެއް ހޯދުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ނަތަންޔާހޫ މި ވާހަކަތައް ދައްކަވާފައި މި ވަނީ، އީރާން އާއި އެމެރިކާއާ ދެމެދު ކުރިއަށްދާ މަޝްވަރާ ތަކުގެ ދެ ވަނަ ބުރުގެ ބައްދަލުވުން ބާއްވަން ތައްޔާރުވެފައި ވަނިކޮށެވެ. އެގޮތުން އަންގާރަ ދުވަހު ސްވިޒަލެންޑުގެ ޖެނީވާގައި ބައްދަލުވުން އޮންނައިރު، އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވަނީ އެ ޤައުމަށް ފުރައި ވަޑައިގެންފަ އެވެ. 

އެމެރިކާގެ ސީބީއެސް ނިއުސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހު ކޮޅު އެމެރިކާގެ ފްލޮރިޑާގައި ބޭއްވި ބައްދަލުވުމެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނަތަންޔާހޫ އަށް ޔަޤީންކަމެއް ދެއްވައިފަ އެވެ. އެގޮތުން އެމެރިކާ އިން އީރާންއާ ދެމެދު އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، އީރާންގެ ބެލިސްޓިކް މިސައިލް މަރުކަޒު ތަކަށް އިޒްރޭލް އިން ދޭ ހަމަލާ ތަކަށް އެމެރިކާ އިން ތާއީދު ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. 

އެމެރިކާ އާއި އިޒްރޭލް އެކުވެގެން މިދިޔަ އަހަރުގެ ތެރޭގައި ެވސް ވަނީ އީރާން އަށް އަމާޒުކޮށް ހަމަލާ ދީފަ އެވެ. މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ބައިނަލްއަޤުވާމޫ ނިއުކްލިއާ އެޖެންސީގެ އިންސްޕެކްޓަރުން ބެލި ބެލުމުން، އީރާންގައި 60 އިންސައްތައާ ހަމައަށް މުއްސަނދި ކޮށްފައިވާ 400 ކިލޯ ގްރާމް އަށް ވުރެ ގިނަ ޔުރޭނިއަމް ހުއްޓެވެ. ނަމަވެސް، މިހާރު އެ ތަކެއްޗަށް ވީ ގޮތެއް ނޭނގޭތީ ބޮޑެތި ކަންބޮޑުވުން ތަކެއް ވަނީ އުފެދިފަ އެވެ. ނަތަންޔާހޫގެ ވާހަކައިގައި ވިދާޅުވެފައި ވަނީ، އެންމެ ފަހުން ޓްރަމްޕް އާއެކު ބޭއްވި ބައްދަލުވުމުގައި ވެސް އެ ވާހަކަ ހިއްސާ ކޮށްފައި ވާނެ ކަމަސް ނަތަންޔާހޫ ވިދާޅުވި އެވެ. 

މީގެ އިތުރުން ނަތަންޔާހޫ ވަނީ އީރާންގެ ނިއުކްލިއާ މަސައްކަތްތައް ހުއްޓުމެއް ނެތި ބެލެހެއްޓުމަށް ގޮވާލައްވައިފަ އެވެ. އޭނާ ވިދާޅުވީ އެއްބަސްވުމެއް ކާމިޔާބުވުމަށްޓަކައި، ކުރިން އެންގުމަކާ ނުލައި ކޮންމެ ވަގުތަކު ވެސް ކުރެވޭ ފަދަ ޚަރުދަނާ އަދި ނަތީޖާ ނެރެވޭނެ ފަދަ އިންސްޕެކްޝަން ތަކެއް ހިންގަން ޖެހޭނެ ކަމަށެވެ. 

މިދިޔަ އަހަރު އީރާން އާއި އެމެރިކާއާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާތައް މެދު ކެނޑުނުއިރު، އަލުން އެ މަޝްވަރާތައް ފަށާފައި ވަނީ މި ހިނގާ ފެބްރުވަރީ މަހުގެ ހަ ވަނަ ދުވަހު އެވެ. މިދިޔަ އަހަރުގެ މަޝްވަރާތައް މެދު ކެނޑުނީ، އިޒްރޭލް އާއި އެމެރިކާ އިން އީރާން އަށް އަމާޒުކޮށް ހަމަލާ ދިނުމުން ފެށުނު 12 ދުވަހުގެ ހަނގުރާމައިގެ ސަބަބުންނެވެ.

މަސްދަރު: އޭއެފްޕީ

އެމެރިކާ-އީރާންބެންޖަމިން ނަތަންޔާހޫއިޒްރޭލްއީރާން ނިއުކްލިއަރ ޕްރޮގްރާމްޔުރޭނިއަމް އެންރިޗްމަންޓްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއީރާން-އިޒްރޭލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޣައްޒާ އަށް ފަސް ބިލިއަން ޑޮލަރު ދިނުމަށް، ބޯޑު އޮޕް ޕީސްގެ މެމްބަރުން އެއްބަސްވެއްޖެ: ޓްރަމްޕް

ޣައްޒާ އަށް ފަސް ބިލިއަން ޑޮލަރު ދިނުމަށް، ބޯޑު އޮޕް ޕީސްގެ މެމްބަރުން އެއްބަސްވެއްޖެ: ޓްރަމްޕް

16 ފެބުރުއަރީ 2026
ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނަމަ ނިއުކްލިއާ އެއްބަސްވުމަކަށް އަންނަން އީރާން ތައްޔާރު

ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނަމަ ނިއުކްލިއާ އެއްބަސްވުމަކަށް އަންނަން އީރާން ތައްޔާރު

15 ފެބުރުއަރީ 2026
އީރާން އިން ޗައިނާ އަށް ކުރާ ތެލުގެ އެކްސްޕޯޓު ހުއްޓުވުމަށް ޓްރަމްޕް އާއި ނަތަންޔާާހޫ އެއްބަސްވުމަކަށް

އީރާން އިން ޗައިނާ އަށް ކުރާ ތެލުގެ އެކްސްޕޯޓު ހުއްޓުވުމަށް ޓްރަމްޕް އާއި ނަތަންޔާާހޫ އެއްބަސްވުމަކަށް

15 ފެބުރުއަރީ 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ޖެނީވާގައި ކުރިއަށް ގެންދަން ތައްޔާރު ވަނީ

އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ޖެނީވާގައި ކުރިއަށް ގެންދަން ތައްޔާރު ވަނީ

15 ފެބުރުއަރީ 2026
47 އަހަރު ވަންދެން ދެއްކީ ވާހަކަ، އީރާންގެ ވެރިކަން ބަދަލުވުމަކީ އެންމެ ރަނގަޅު ގޮތް: ޓްރަމްޕް

47 އަހަރު ވަންދެން ދެއްކީ ވާހަކަ، އީރާންގެ ވެރިކަން ބަދަލުވުމަކީ އެންމެ ރަނގަޅު ގޮތް: ޓްރަމްޕް

14 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު