Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެެރިކާ-އިޒްރޭލް

އީރާން އިން ޗައިނާ އަށް ކުރާ ތެލުގެ އެކްސްޕޯޓު ހުއްޓުވުމަށް ޓްރަމްޕް އާއި ނަތަންޔާާހޫ އެއްބަސްވުމަކަށް

15 ފެބުރުއަރީ 2026 | އާދީއްތަ 08:24

ހޮނިހިރު ދުވަހު އެކްސިއޯސް އިން ރިޕޯޓު ކުރި ގޮތުގައި، އީރާންއާ ދެކޮޅަށް މެކްސިމަމް ޕްރެޝަރުގެ ސިޔާސަތު ފުރިހަމަ ބާރެއްގެ ގޮތުގައި ތަންފީޒު ކުރުމަށް ޓްރަމްޕް އާއި ނަތަންޔާހޫ އެއްބަސްވެ ވަޑައިގެންފައިވާ ކަމަށް، އެމެރިކާގެ އިސް އޮފިޝަލަކު މައުލޫމާތު ދީފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ފެބުރުއަރީ 2026 | އާދީއްތަ 08:24
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ. | ގެޓީ އިމޭޖަސް

އީރާން އިން ޗައިނާ އަށް ކުރަމުން އަންނަ ތެލުގެ އެކްސްޕޯޓު ކުޑަ ކުރުމަށް، ނުވަތަ ހުއްޓުވުމަށް އެމެރިކާ އިން މަސައްކަތް ކުރުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްްޕް އާއި އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަަތަންޔާހޫ އެއްބަސްވުމަށް އައިސްފައިވާ ކަމަށް ރިޕޯޓު ކޮށްފި އެވެ. 

މިދިޔަ ހަފުތާގެ ބުދަ ދުވަހު، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ޓްރަމްޕް އާއި ނަތަންޔާހޫ ބައްދަލު ކުރައްވާފައިވާއިރު، އެކްސިއޯސް އިން ބުނެފައި ވަނީ އެކަން ކުރުމަށް ދެ ލީޑަރުން އެއްބަސްވެ ވަޑައިގެންފައިވާ ކަމަށެވެ. އެކަން ރިޕޯޓު ކޮށްފައި ވަނީ، އެ މައްސަލައާ ގުޅޭ ގޮތުން ލިބިފައިވާ މައުލޫމާތާއި، އެމެރިކާގެ ދެ އޮފިޝަލެއްގެ ފަރާތުން ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާ ކޮށެވެ. 

ހޮނިހިރު ދުވަހު އެކްސިއޯސް އިން ރިޕޯޓު ކުރި ގޮތުގައި، އީރާން އާ ދެކޮޅަށް "މެކްސިމަމް ޕްރެޝަރުގެ ސިޔާސަތު" ފުރިހަމަ ބާރެއްގެ ގޮތުގައި ތަންފީޒު ކުރުމަށް ޓްރަމްޕް އާއި ނަތަންޔާހޫ އެއްބަސްވެ ވަޑައިގެންފައިވާ ކަމަށް، އެމެރިކާގެ އިސް އޮފިޝަލަކު މައުލޫމާތު ދީފައިވާ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ މަސައްކަތް ކުރާނީ އީރާން އިން ޗައިނާ އަށް ކުރާ ތެލުގެ އެކްސްޕޯޓު ކުޑަ ކުރުމަށް ކަމަށާއި، އެއަށް ފަހު އެއްކޮށް ހުއްޓުވާލުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. 

އީރާން އިން އެކްސްޕޯޓު ކުރާ ތެލުގެ ވިޔަފާރީގެ 80 އިންސައްތަ އަށް ވުރެ ބޮޑު ބައެއް ޗައިނާ އިން ގަނެ އެވެ. މި ވިޔަފާރީ ކުޑަ ކޮށްފި ނަމަވެސް، އީރާން އަށް ލިބޭ ތެލުގެ އާމްދަނީ ދަށް ވާނެ ކަމަަށް މާހިރުން ވަނީ ފާހަގަ ކޮށްފަ އެވެ. އެމެރިކާ އިން އެކަން ކުރަނީ، އިޒްރޭލް އިން ވަރަށް ބޮޑަށް އެކަމަށް ބާރު އަޅަމުން ގެންދާތީ ކަމަށް ވެސް ބުނެފައިވެ އެވެ. 

މި މައްސަލައާ ގުޅިގެން ޗައިނާގެ ފޮރިން މިނިސްޓްރީގެ ކޮމެންޓެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް، އެ މިނިސްޓްރީ އިން ވަކި އެއްޗެއް ބުނެފައި ނުވާ ކަމަށް އެކްސިއޯސް އިން ބުނެފައިވެ އެވެ.

އީރާންއާ ދެކޮޅަށް އެމެރިކާ އިން ގެންދަނީ ދަތި ކުރުމުގެ ފިޔަވަޅު ތަކެއް އަޅަމުންނެވެ. އެމެރިކާގެ މި އަމަލު ތަކުގެ ސަބަބުން މެދު އިރުމަތީގެ ސަރަހައްދުގައި ނުތަނަވަސްކަމެއް އުފެދޭނެ ކަމަށް މާހިރުން ފާހަގަ ކޮށްފައިވާއިރު، އެކަމުގެ ސަބަބުން އީރާންގެ އިޤްތިޞާދަށް ވެސް ނޭދެވޭ އަސަރު ކުރާނެ ކަމަށް ފާހަގަ ކޮށްފައިވެ އެވެ. 

މަސްދަރު: ރޮއިޓާސް

ބެންޖަމިން ނަތަންޔާހޫއެމެރިކާ-އީރާންއީރާން-ޗައިނާއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2026

އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ޖެނީވާގައި ކުރިއަށް ގެންދަން ތައްޔާރު ވަނީ

15 ފެބުރުއަރީ 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ޖެނީވާގައި ކުރިއަށް ގެންދަން ތައްޔާރު ވަނީ
14 ފެބުރުއަރީ 2026

47 އަހަރު ވަންދެން ދެއްކީ ވާހަކަ، އީރާންގެ ވެރިކަން ބަދަލުވުމަކީ އެންމެ ރަނގަޅު ގޮތް: ޓްރަމްޕް

14 ފެބުރުއަރީ 2026
47 އަހަރު ވަންދެން ދެއްކީ ވާހަކަ، އީރާންގެ ވެރިކަން ބަދަލުވުމަކީ އެންމެ ރަނގަޅު ގޮތް: ޓްރަމްޕް
13 ފެބުރުއަރީ 2026

ޑީލަކަށް ނާދެވިއްޖެ ނަމަ އީރާނަށް "ވަރަށް ހިތްދަތި" ނަތީޖާ އަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރުދެއްވައިފި

13 ފެބުރުއަރީ 2026
ޑީލަކަށް ނާދެވިއްޖެ ނަމަ އީރާނަށް "ވަރަށް ހިތްދަތި" ނަތީޖާ އަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރުދެއްވައިފި
13 ފެބުރުއަރީ 2026

އަނެއްކާ ވެސް އިތުރު ހަނގުރާމަމަތީ މަނަވަރެއް އެމެރިކާ އިން މެދުއިރުމައްޗަށް ފޮނުވަން ތައްޔާރުވަނީ

13 ފެބުރުއަރީ 2026
އަނެއްކާ ވެސް އިތުރު ހަނގުރާމަމަތީ މަނަވަރެއް އެމެރިކާ އިން މެދުއިރުމައްޗަށް ފޮނުވަން ތައްޔާރުވަނީ
12 ފެބުރުއަރީ 2026

އީރާން އާއި އެމެރިކާ އިން ގެންދަނީ ނިއުކްލިއާ އެއްބަސްވުމަށް ދޫ ދެމުން ކަމަށް ތުރުކީ އިން ބުނެފި

12 ފެބުރުއަރީ 2026
އީރާން އާއި އެމެރިކާ އިން ގެންދަނީ ނިއުކްލިއާ އެއްބަސްވުމަށް ދޫ ދެމުން ކަމަށް ތުރުކީ އިން ބުނެފި
12 ފެބުރުއަރީ 2026

އިޒްރޭލް އިން، ޓްރަމްޕްގެ ބޯޑު އޮފް ޕީސްއާ ގުޅިއްޖެ

12 ފެބުރުއަރީ 2026
އިޒްރޭލް އިން، ޓްރަމްޕްގެ ބޯޑު އޮފް ޕީސްއާ ގުޅިއްޖެ
11 ފެބުރުއަރީ 2026

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ބުދަ ދުވަހު ވައިޓް ހައުސްގައި ބައްދަލުކުރައްވައިފި

11 ފެބުރުއަރީ 2026
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ބުދަ ދުވަހު ވައިޓް ހައުސްގައި ބައްދަލުކުރައްވައިފި
11 ފެބުރުއަރީ 2026

ނަތަންޔާހޫ ކުއްލި ގޮތަކަށް އެމެރިކާ އަށް މި ވަޑައިގަތީ ކޮން ކަމަކު؟

11 ފެބުރުއަރީ 2026
ނަތަންޔާހޫ ކުއްލި ގޮތަކަށް އެމެރިކާ އަށް މި ވަޑައިގަތީ ކޮން ކަމަކު؟
11 ފެބުރުއަރީ 2026

ޓްރަމްޕް: އިރާނުން އެމެރިކާ އާ އެކު އެއްބަސްވުމަކަށް ނައުމަކީ ވަރަށް ބޮޑު މޮޔަކަމެއް

11 ފެބުރުއަރީ 2026
ޓްރަމްޕް: އިރާނުން އެމެރިކާ އާ އެކު އެއްބަސްވުމަކަށް ނައުމަކީ ވަރަށް ބޮޑު މޮޔަކަމެއް
10 ފެބުރުއަރީ 2026

ނަތަންޔާހޫ ގެ އެމެރިކާ ދަތުރުފުޅުގައި އިސްކަންދެއްވާނީ އީރާނާ އެކު ކުރިއަށްދާ މަޝްވަރާތަކާ މެދު އިޒްރޭލުން ދެކޭ ގޮތް ހާމަ ކުރަން

10 ފެބުރުއަރީ 2026
ނަތަންޔާހޫ ގެ އެމެރިކާ ދަތުރުފުޅުގައި އިސްކަންދެއްވާނީ އީރާނާ އެކު ކުރިއަށްދާ މަޝްވަރާތަކާ މެދު އިޒްރޭލުން ދެކޭ ގޮތް ހާމަ ކުރަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް