Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބޯޑު އޮފް ޕީސް

އިޒްރޭލް އިން، ޓްރަމްޕްގެ ބޯޑު އޮފް ޕީސްއާ ގުޅިއްޖެ

12 ފެބުރުއަރީ 2026 | ބުރާސްފަތި 07:29

އިޒްރޭލް އިން އަންނަނީ ނަސްލު ނައްތާލުމާއި، ހަނގުރާމައިގެ ކުށް ތަކެއް ހިންގަމުން ކަމަށާއި، ސުލްޙަ އަށް އުފައްދާ ބޯޑަކުން އެފަދަ ޤައުމަކަށް ފުރުސަތު ދިނުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ، ފަލަސްޠީނުގެ ހައްގުގައި މަސައްކަތް ކުރާ އެތައް ބަޔަކު ވަނީ ނުރުހުން ފާޅު ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ފެބުރުއަރީ 2026 | ބުރާސްފަތި 07:29
އިޒްރޭލްގެ ބޮޑު ވަޒީރު ނަތަންޔާހޫ އާއި، އެމެރިކާގެ ރައީސް ޓްރަމްޕް

އިޒްރޭލްގެ ބޮޑު ވަޒީރު ނަތަންޔާހޫ އާއި، އެމެރިކާގެ ރައީސް ޓްރަމްޕް | ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފައްދަވާފައިވާ ބޯޑު އޮފް ޕީސްއާ ގުޅިފައިވާ ކަމަށް، އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ. 

ނަތަންޔާހޫ މިހެން ވިދާޅުވެފައި ވަނީ، ބުދަ ދުވަހު އެމެރިކާގެ ރައީސް ޓްރަމްޕް އާއި، ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ އެކު ރިޔާސޫ ގަނޑުވަރުގައި ބޭއްވި ބައްދަލުވުމަށް ފަހު އެވެ. އެއަށް ފަހު ނަތަންޔާހޫ ވަނީ އެ ބޯޑުގައި އިޒްރޭލް އިން ބައިވެރިވެފައިވާ ކަމަށް އިއުލާން ކުރައްވައިފަ އެވެ. 

ނަތަންޔާހޫ އާއި ރޫބިއޯ ބައްދަލު ކުރައްވާފައިވާއިރު، އާންމު ކޮށްފައިވާ ވީޑިއޯ ތަކުން ފެންނަ ގޮތުގައި ބޯޑު އޮފް ޕީސްގައި ބައިވެރިވުމުގެ ލިޔުމުގައި ނަތަންޔާހޫ ވަނީ ސޮއި ކުރައްވައިފަ އެވެ. އެއަށް ފަހު ނަތަންޔާހޫ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ބޯޑު އޮފް ޕީސްގައި އިޒްރޭލް އިން ބައިވެރިވެ، އެ ބޯޑުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވާކަން ކަށަވަރު ކޮށްދެއްވައިފަ އެވެ.

އެއަށް ފަހު ނަތަންޔާހޫ އާއި، ޓްރަމްޕް ވަނީ އީރާންގެ މައްސަލައާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވައިފަ އެވެ. އެމެރިކާ އަށް ވަޑައިގެންނެވުމުގެ ކުރިން ވެސް، ނަތަންޔާހޫ ވަނީ އެ ދަތުރުފުޅުގައި އީރާންގެ މައްސަލައިގައި ޓްރަމްޕްއާ މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. 

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އދ.ގެ ސަލާމަތީ މަޖިލީހުން ފާސް ކުރި ޤަރާރެއްގެ ދަށުން، ޣައްޒާގައި ބައިނަލްއަޤުވާމީ ސަލާމަތީ ބާރެއް ޤާއިމު ކުރުމުގެ އިޚުތިޔާރު އެ މަޖިލީހަށާއި، އެ މަޖިލީހާ ގުޅިގެން މަސައްކަތް ކުރާ ޤައުމު ތަކަށް ވަނީ ދީފަ އެވެ. ޣައްޒާގައި މިހާރު އޮތް ނާޒުކު ޙާލަތާއި، ދެމުން  އަންނަ ހަމަލާތައް ހުއްޓާލުމަށް އެކުލަވާލާފައިވާ އެއްބަސްވުމަކީ ޓްރަމްޕްގެ އިސް ނެންގެވުމުގެ މަތިން، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެކުލަވާލި އެއްބަސްވުމެކެވެ. 

ޓްރަމްޕްގެ ބޯޑު އޮފް ޕީސްގައި އިޒްރޭލް ބައިވެރި ވާނެ ކަމަށް މީގެ ކުރިން ވެސް ރިޕޯޓު ކޮށްފައިވާއިރު، ބައިނަލްއަޤުވާމީ ގިނަ ބަޔަކު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އެގޮތުން އިޒްރޭލް އިން އަންނަނީ ނަސްލު ނައްތާލުމާއި، ހަނގުރާމައިގެ ކުށް ތަކެއް ހިންގަމުން ކަމަށާއި، ސުލްޙަ އަށް އުފައްދާ ބޯޑަކުން އެފަދަ ޤައުމަކަށް ފުރުސަތު ދިނުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ، ފަލަސްޠީނުގެ ހައްގުގައި މަސައްކަތް ކުރާ އެތައް ބަޔަކު ވަނީ ނުރުހުން ފާޅު ކޮށްފަ އެވެ.

މަސްދަރު: ރޮއިޓާސް

ބެންޖަމިން ނަތަންޔާހޫބޯޑް އޮފް ޕީސްއިޒްރޭލް-ފަލަސްޠީންޣައްޒާހަމާސްއެމެރިކާގެ ރައީސް ޓްރަމްޕްޣައްޒާ ހަނގުރާމައެމެރިކާ-އިޒްރޭލު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2026

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ބުދަ ދުވަހު ވައިޓް ހައުސްގައި ބައްދަލުކުރައްވައިފި

11 ފެބުރުއަރީ 2026
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ބުދަ ދުވަހު ވައިޓް ހައުސްގައި ބައްދަލުކުރައްވައިފި
11 ފެބުރުއަރީ 2026

ޓްރަމްޕް އުފައްދަވާފައިވާ "ބޯޑް އޮފް ޕީސް" ގައި ޕޮލެންޑާއި އިޓަލީން ބައިވެރިނުވާނެކަން އެ ދެ ގައުމުން ބުނެފި

11 ފެބުރުއަރީ 2026
ޓްރަމްޕް އުފައްދަވާފައިވާ "ބޯޑް އޮފް ޕީސް" ގައި ޕޮލެންޑާއި އިޓަލީން ބައިވެރިނުވާނެކަން އެ ދެ ގައުމުން ބުނެފި
11 ފެބުރުއަރީ 2026

ނަތަންޔާހޫ ކުއްލި ގޮތަކަށް އެމެރިކާ އަށް މި ވަޑައިގަތީ ކޮން ކަމަކު؟

11 ފެބުރުއަރީ 2026
ނަތަންޔާހޫ ކުއްލި ގޮތަކަށް އެމެރިކާ އަށް މި ވަޑައިގަތީ ކޮން ކަމަކު؟
10 ފެބުރުއަރީ 2026

އިޒްރޭލުން ޣައްޒާ ގައި ބޭނުންކުރި އިންތިހާ އަށް ނުރައްކާތެރި ހަތިޔާރުގެ ސަބަބުން ފަލަސްތީނުގެ 2،842 މީހުންގެ ހަށިގަނޑު އާތްވަށް ބަދަލުވެ ވީ ނުވީ އެއް ނޭނގުނު!

10 ފެބުރުއަރީ 2026
އިޒްރޭލުން ޣައްޒާ ގައި ބޭނުންކުރި އިންތިހާ އަށް ނުރައްކާތެރި ހަތިޔާރުގެ ސަބަބުން ފަލަސްތީނުގެ 2،842 މީހުންގެ ހަށިގަނޑު އާތްވަށް ބަދަލުވެ ވީ ނުވީ އެއް ނޭނގުނު!
10 ފެބުރުއަރީ 2026

އިޒްރޭލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ވައިގެ އަދި ބަޑީގެ ހަމަލާތަކުގައި ފަލަސްތީނުގެ ފަސް މީހަކު ޝަހީދުކޮށްލައިފި

10 ފެބުރުއަރީ 2026
އިޒްރޭލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ވައިގެ އަދި ބަޑީގެ ހަމަލާތަކުގައި ފަލަސްތީނުގެ ފަސް މީހަކު ޝަހީދުކޮށްލައިފި
10 ފެބުރުއަރީ 2026

ނަތަންޔާހޫ ގެ އެމެރިކާ ދަތުރުފުޅުގައި އިސްކަންދެއްވާނީ އީރާނާ އެކު ކުރިއަށްދާ މަޝްވަރާތަކާ މެދު އިޒްރޭލުން ދެކޭ ގޮތް ހާމަ ކުރަން

10 ފެބުރުއަރީ 2026
ނަތަންޔާހޫ ގެ އެމެރިކާ ދަތުރުފުޅުގައި އިސްކަންދެއްވާނީ އީރާނާ އެކު ކުރިއަށްދާ މަޝްވަރާތަކާ މެދު އިޒްރޭލުން ދެކޭ ގޮތް ހާމަ ކުރަން
10 ފެބުރުއަރީ 2026

ނަތަންޔާހޫ އެމެރިކާ އަށް ކުރައްވާ ދަތުރުގެ ސަބަބުން ޑިޕްލޮމެޓިކް މަސައްކަތްތަކަށް "ނޭދެވޭ" ނުފޫޒުތަކެއް ފޯރަފާނެ ކަމުގެ އިންޒާރު އީރާނުން ދީފި

10 ފެބުރުއަރީ 2026
ނަތަންޔާހޫ އެމެރިކާ އަށް ކުރައްވާ ދަތުރުގެ ސަބަބުން ޑިޕްލޮމެޓިކް މަސައްކަތްތަކަށް "ނޭދެވޭ" ނުފޫޒުތަކެއް ފޯރަފާނެ ކަމުގެ އިންޒާރު އީރާނުން ދީފި
09 ފެބުރުއަރީ 2026

ހުޅަނގު އައްސޭރީގައި ބާރު ގަދަ ކުރަން އިޒްރޭލުން އަޅަމުންދާ ފިޔަވަޅުތައް އިސްލާމީ ގައުމުތަކުން ކުށްވެރިކޮށްފި

09 ފެބުރުއަރީ 2026
ހުޅަނގު އައްސޭރީގައި ބާރު ގަދަ ކުރަން އިޒްރޭލުން އަޅަމުންދާ ފިޔަވަޅުތައް އިސްލާމީ ގައުމުތަކުން ކުށްވެރިކޮށްފި
09 ފެބުރުއަރީ 2026

އިޒްރޭލުން ފަލަސްތީނުގެ އަސީރުންނަށް މަރުގެ އަދަބު ތަންފީޒުކުރުމުގެ އިންތިޒާމު ފައިނަލްކޮށްފި

09 ފެބުރުއަރީ 2026
އިޒްރޭލުން ފަލަސްތީނުގެ އަސީރުންނަށް މަރުގެ އަދަބު ތަންފީޒުކުރުމުގެ އިންތިޒާމު ފައިނަލްކޮށްފި
09 ފެބުރުއަރީ 2026

ހަމާސް ގެ ލީޑަރު: ހަތިޔާރު ބަހައްޓަން އެއްބަހެއް ނުވާނަން، ބޭރުގެ ބާރުތަކަކަށް ޣައްޒާ ނުހިންގޭނެ

09 ފެބުރުއަރީ 2026
ހަމާސް ގެ ލީޑަރު: ހަތިޔާރު ބަހައްޓަން އެއްބަހެއް ނުވާނަން، ބޭރުގެ ބާރުތަކަކަށް ޣައްޒާ ނުހިންގޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް