Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އިޒްރޭލް

ނަތަންޔާހޫ އެމެރިކާ އަށް ކުރައްވާ ދަތުރުގެ ސަބަބުން ޑިޕްލޮމެޓިކް މަސައްކަތްތަކަށް "ނޭދެވޭ" ނުފޫޒުތަކެއް ފޯރަފާނެ ކަމުގެ އިންޒާރު އީރާނުން ދީފި

އެމެރިކާ އާ އެކު ކުރިއަށް ގެންދާ މަޝްވަރާތަކުގައި އީރާނުގެ ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ހަމައެކަނި ނިއުކްލިއާ މައްސަލަ އަށް ސަމާލުކަންދޭނެ ކަމަށް އެ ގައުމުން ބުނި ނަމަވެސް، އިޒްރޭލުން ބޭނުންވަނީ އީރާނުގެ މިސައިލް ޕްރޮގްރާމް ހުއްޓުވުން ފަދަ ކަންކަން މަޝްވަރާގައި ހިމެނުމަށް.

ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2026 | އަންގާރަ 10:46
އިޒްރޭލާއި، އީރާނުގެ އިތުރުން އެމެރިކާގެ ދިދަ.

އިޒްރޭލާއި، އީރާނުގެ އިތުރުން އެމެރިކާގެ ދިދަ. | އައިސްޓޮކް

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ވޮޝިންޓަނަށް ކުރައްވާ ދަތުރުފުޅުގައި އީރާނާއެކު ކުރިއަށްދާ މަޝްވަރާތަކަށް ބޮޑު ސަމާލުކަމެއް ދޭނެ ކަމަށް ބެލެވޭއިރު، އެ ދަތުރުފުޅުގެ ސަބަބުން ޑިޕްލޮމެޓިކް މަސައްކަތްތަކަށް "ނޭދެވޭ" ނުފޫޒުތަކެއް ފޯރަފާނެ ކަމުގެ އިންޒާރު އީރާނުން އަންގާރަ ދުވަހު ދީފިއެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަޣާއީ ހަފުތާއަކު އެއްފަހަރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އީރާނުން މަޝްވަރާކުރާ ފަރާތަކީ އެމެރިކާ ކަމަށެވެ. އަދި ސަރަހައްދަށް ގެއްލުންދެނިވި ފިއްތުންތަކާއި ނޭދެވޭ ނުފޫޒުތަކުން އެއްކިބާވެ، މިނިވަންކަމާއެކު ގޮތް ނިންމުމަކީ އެމެރިކާގެ އިޚުތިޔާރުގައި އޮތް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން، ޒަޔަނިސްޓް އިޒްރޭލަކީ ސަރަހައްދީ ސުލްހައަށް މަގުފަހިވާ ކޮންމެ ޑިޕްލޮމެޓިކް މަސައްކަތަކަށް ހުރަސްއަޅާ ބައެއްކަން ތަކުރާރުކޮށް ސާބިތުކޮށްދީފައިވާ ކަމަށްވެސް ތަރުޖަމާނު ވިދާޅުވި އެވެ.

މިދިޔަ ޖޫން މަހު އިޒްރޭލުން އީރާނަށް ދިން ވަރުގަދަ ބޮމުގެ ހަމަލާތަކާ ގުޅިގެން 12 ދުވަހުގެ ހަނގުރާމައެއް ފެށި، ކުރިން ކުރިއަށްދިޔަ މަޝްވަރާތައް މެދުކެނޑިފައި އޮތުމަށްފަހު، އީރާނާއި އެމެރިކާއިން އަލުން މަސްކަޓުގައި މަޝްވަރާތައް ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

އެ ހަނގުރާމައިގެ ތެރޭގައި އިޒްރޭލުން ވަނީ އީރާނުގެ އަސްކަރީ އިސް އޮފިޝަލުންނާއި، ނިއުކްލިއާ ސައިންސްވެރިންނާއި، ނިއުކްލިއާ މަރުކަޒުތަކުގެ އިތުރުން އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާދީފަ އެވެ.

ފަހުން އެމެރިކާ ވެސް އެ ހަމަލާތަކުގައި ބައިވެރިވެ، އީރާނުގެ މުހިންމު ނިއުކްލިއާ މަރުކަޒުތަކަށް އަމިއްލައަށް ހަމަލާތައް ދީފައިވެ އެވެ.

އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ އިޒްރޭލަށް ޑްރޯން އަދި މިސައިލް ހަމަލާތައް ދީފަ އެވެ. އަދި ގަތަރުގައި ހުންނަ މެދުއިރުމަތީގެ އެންމެ ބޮޑު އެމެރިކާގެ އަސްކަރީ މަރުކަޒަށްވެސް އީރާނުން ހަމަލާ އަމާޒުކުރި އެވެ.

ތަރުޖަމާނު ބަޣާއީ ވިދާޅުވީ ޖޫން މަހުގެ ތަޖުރިބާއަކީ ވަރަށް ހިތްދަތި ތަޖުރިބާއެއް ކަމަށާއި، އެކަންކަމަށް ރިއާޔަތްކޮށް ޑިޕްލޮމެޓިކް މަގުން އީރާނުގެ ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށް އަޒުމް ކަނޑައަޅާފައިވާ ކަމަށެވެ.

އީރާނުގެ މައްޗަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ބަދަލުގައި، އެ ގައުމުން ހަމައެކަނި ނިއުކްލިއާ މައްސަލައަށް ސަމާލުކަން ދޭނެ ކަމަށް އޭނާ ބާރުއަޅުއްވައި ވިދާޅުވި އެވެ.

ނިއުކްލިއާ މައްސަލައިގެ ބޭރުން އެހެން އެއްވެސް ކަމަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އީރާނުން އިންކާރުކުރާ ކަމަށް ތެހެރާނުން ތަކުރާރުކޮށް ބުނަމުންދެ އެވެ.

ނަމަވެސް، ހޮނިހިރު ދުވަހު ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނާއެކު ކުރެވޭ ކޮންމެ މަޝްވަރާއެއްގައި ބެލިސްޓިކް މިސައިލް އުފެއްދުން ހަނިކުރުމާއި، ސަރަހައްދުގައި އީރާނާ ގުޅިފައިވާ ހަތިޔާރު އެޅި ޖަމާއަތްތަކަށް ދޭ އެހީތެރިކަން ހުއްޓުވުން ހިމަނަންޖެހޭނެ ކަމަށް ބޮޑުވަޒީރު ގަބޫލުކުރައްވާ ކަމަށެވެ.

މި މަޝްވަރާތައް އަލުން ފަށާފައި މިވަނީ، މިދިޔަ މަހު އީރާނުގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތައް ހުއްޓުވުމަށް އެ ގައުމުގެ ސަރުކާރުން ބާރުގެ ބޭނުންކުރުމާ ގުޅިގެން، އެމެރިކާ އިން އިންޒާރުދީ އެ ސަރަހައްދަށް މަތިންދާބޯޓު އުފުލާ މަނަވަރުތައް ފޮނުވާފައިވާ ދަނޑިވަޅެއްގަ އެވެ.

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާ ގުޅިގެން ޑިސެމްބަރު މަހުގެ ފަހުކޮޅު ފެށުނު އެ މުޒާހަރާތަކަކީ ސުލްހަވެރި ހަރަކާތްތަކެއްގެ ގޮތުގައި ފެށުނު ކަމެއް ނަމަވެސް، އެމެރިކާ އާއި އިޒްރޭލުން ހިތްވަރުދީގެން އެކަން "ހަމަނުޖެހުމަކަށް" ބަދަލުކޮށް، މީހުން މެރުމާއި މުދަލަށް ގެއްލުންދިނުން ފަދަ އަމަލުތައް ހިންގާފައިވާ ކަމަށް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.

ބެންޖަމިން ނަތަންޔާހޫއީރާން-އިޒްރޭލްއިސްމާޢީލް ބަޣާއީއީރާން ނިއުކްލިއަރ ޕްރޮގްރާމްއިޒްރޭލް-އެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުން އެމެރިކާގެ ފިއްތުންތަކަށް ދޫނުދޭނެ: އީރާނުގެ އަސްކަރީ ތަރުޖަމާނު

އީރާނުން އެމެރިކާގެ ފިއްތުންތަކަށް ދޫނުދޭނެ: އީރާނުގެ އަސްކަރީ ތަރުޖަމާނު

09 ފެބުރުއަރީ 2026
އީރާނުން މުއްސަނދިކޮށްފައިވާ ޔޫރޭނިއަމްގެ ބާރު ދަށްކުރަން ތައްޔާރު، ދަތިތައް އުވާލަންޖެހޭ

އީރާނުން މުއްސަނދިކޮށްފައިވާ ޔޫރޭނިއަމްގެ ބާރު ދަށްކުރަން ތައްޔާރު، ދަތިތައް އުވާލަންޖެހޭ

09 ފެބުރުއަރީ 2026
އީރާންއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޓްރަމްޕް އާއި ނަތަންޔާހޫ ބައްދަލު ކުރައްވަނީ

އީރާންއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޓްރަމްޕް އާއި ނަތަންޔާހޫ ބައްދަލު ކުރައްވަނީ

08 ފެބުރުއަރީ 2026
ޓްރަމްޕްގެ ބޯޑް އޮފް ޕީސްގެ ފުރަތަމަ ބައްދަލުވުން މި މަހުގެ 19 ގައި އެމެރިކާގައި

ޓްރަމްޕްގެ ބޯޑް އޮފް ޕީސްގެ ފުރަތަމަ ބައްދަލުވުން މި މަހުގެ 19 ގައި އެމެރިކާގައި

07 ފެބުރުއަރީ 2026
މަޝްވަރާތައް ކާމިޔާބު، އީރާން އިން އެއްބަސްވުމަކަށް ނުގޮސްފި ނަމަ ނަތީޖާ ހިތި ވާނެ: ޓްރަމްޕް

މަޝްވަރާތައް ކާމިޔާބު، އީރާން އިން އެއްބަސްވުމަކަށް ނުގޮސްފި ނަމަ ނަތީޖާ ހިތި ވާނެ: ޓްރަމްޕް

07 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު