Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިޒްރޭލް-އެމެރިކާ

އީރާންއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޓްރަމްޕް އާއި ނަތަންޔާހޫ ބައްދަލު ކުރައްވަނީ

ނަތަންޔާހޫގެ އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، އީރާން އާއެކު ކުރިއަށް ގެންދާ ކޮންމެ މަޝްވަރާ ތަކެއްގައި ބެލިސްޓިކް މިސައިލްގެ މައްސަލަ އާއި، އީރާންގެ ފަރާތުން އެކި އެކި ގުރޫޕު ތަކަށް ދެމުން އަންނަ ތާއީދު ހުއްޓުވުމުގެ މައްސަލަ ވެސް ހިމަނަން ޖެހޭ ކަމަަށް ބޮޑު ވަޒީރު ޤަބޫލު ކުރައްވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2026 | އާދީއްތަ 06:49
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ | ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ހާމަ ކޮށްފި އެވެ. 

އެކަން ހާމަ ކޮށްފައި ވަނީ އިޒްރޭލްގެ ބޮޑު ވަޒީރުގެ އޮފީހުންނެވެ. އެގޮތުން އެ އޮފީހުން ބުނެފައި ވަނީ މި ހަފުތާގެ ބުދަ ދުވަހު ނަތަންޔާހޫ އާއި ޓްރަމްޕް ބައްދަލު ކުރައްވާނެ ކަަމަށެވެ. އަދި އެ ބައްދަލު ކުރެއްވުން އޮންނާނީ އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި ކަމަށް ވެސް ބުނެފައިވެ އެވެ. 

ބޮޑު ވަޒީރު ނަތަންޔާހޫގެ އޮފީހުން ބުނެފައި ވަނީ، އެ ބައްދަލުވުމުގައި އީރާންއާ ގުޅޭ ގޮތުން ނަތަންޔާހޫ އާއި ޓްރަމްޕް މަޝްވަރާ ކުރައްވާނެ ކަމަށެވެ. އެމެރިކާ އާއި އީރާންއާ ދެމެދު މިދިޔަ ހުކުރު ދުވަހު ވަނީ ނުސީދާ މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ. އޮމާންގައި ކުރިއަށް ގެންދިޔަ މަޝްވަރާ ތަކުގައި ވަނީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމްއާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފަ އެވެ. އެ މަޝްވަރާ ތަަކަށް ފަހު ދެ ޤައުމުން ވެސް ވަނީ އުންމީދު ފާޅުކޮށް، މަޝްވަރާތައް ކާމިޔާބު ކަމަށް ބުނެފައި އެވެ. 

ނަތަންޔާހޫގެ އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، އީރާން އާއެކު ކުރިއަށް ގެންދާ ކޮންމެ މަޝްވަރާ ތަކެއްގައި ބެލިސްޓިކް މިސައިލްގެ މައްސަލަ އާއި، އީރާންގެ ފަރާތުން އެކި އެކި ގުރޫޕު ތަކަށް ދެމުން އަންނަ ތާއީދު ހުއްޓުވުމުގެ މައްސަލަ ވެސް ހިމަނަން ޖެހޭ ކަމަަށް ބޮޑު ވަޒީރު ޤަބޫލު ކުރައްވާ ކަމަށެވެ. 

އެމެރިކާ އާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކާ ގުޅޭ ގޮތުން ރޮއިޓާސް އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، ޔުރޭނިއަން ފައްކާ ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް އީރާން އިން އެ ބައްދަލުވުމުގައި ވެސް ބުނެފައިވާ ކަމަށެވެ. އަދި އީރާންގެ މިސައިލް ޤާބިލު ކަމުގެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެ ޤައުމުން ދެކޮޅު ހަދާ ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ. 

ޓްރަމްޕް އާއި ނަތަންޔާހޫ ބައްދަލު ކުރައްވާއިރު، އެމެރިކާ އާއި އިޒްރޭލް އަކީ ގާތް ގުޅުމެއް އޮންނަ ދެ ޤައުމެވެ. ޓްރަމްޕްގެ ރިޔާސީ ދެ ވަަނަަ ދައުރުގެ ތެރޭގައި އެންމެ ގިނައިން ވައިޓް ހައުސް އަށް ވަޑައިގެން ޓްރަމްޕްއާ ބައްދަލު ކުރެއްވި ލީޑަރަކީ ވެސް ނަތަންޔާހޫ އެވެ. 

މަސްދަރު: ރޮއިޓާސް

ބެންޖަމިން ނަތަންޔާހޫރައީސް ޑޮނަލްޑް ޓްރަމްޕްއީރާން-އެމެރިކާއިޒްރޭލްއީރާން ނިއުކްލިއަރ ޕްރޮގްރާމްއިޒްރޭލް-އެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އޮބާމާގެ ދެމަފިރި ކަނބަލުންނަކީ ވަގުން ކަމަށް ބުނެ ނަސްލީ ގޮތުން ފުރައްސާރަކޮށް ޓްރަމްޕް ޕޯސްޓު ކުރި ފޮޓޯ، ވައިޓް ހައުސް އިން ޑިލީޓު ކޮށްލައިފި

އޮބާމާގެ ދެމަފިރި ކަނބަލުންނަކީ ވަގުން ކަމަށް ބުނެ ނަސްލީ ގޮތުން ފުރައްސާރަކޮށް ޓްރަމްޕް ޕޯސްޓު ކުރި ފޮޓޯ، ވައިޓް ހައުސް އިން ޑިލީޓު ކޮށްލައިފި

08 ފެބުރުއަރީ 2026
އެޕްސްޓީން ދުނިޔޭގައި ހުރިއިރު އެކަކު ވެސް އަޅާ ނުލި، މަރުވީމަ އެންމެން އެ ވާހަކަ ދައްކަނީ: ޓްރަމްޕް

އެޕްސްޓީން ދުނިޔޭގައި ހުރިއިރު އެކަކު ވެސް އަޅާ ނުލި، މަރުވީމަ އެންމެން އެ ވާހަކަ ދައްކަނީ: ޓްރަމްޕް

07 ފެބުރުއަރީ 2026
ޓްރަމްޕްގެ ބޯޑް އޮފް ޕީސްގެ ފުރަތަމަ ބައްދަލުވުން މި މަހުގެ 19 ގައި އެމެރިކާގައި

ޓްރަމްޕްގެ ބޯޑް އޮފް ޕީސްގެ ފުރަތަމަ ބައްދަލުވުން މި މަހުގެ 19 ގައި އެމެރިކާގައި

07 ފެބުރުއަރީ 2026
މަޝްވަރާތައް ކާމިޔާބު، އީރާން އިން އެއްބަސްވުމަކަށް ނުގޮސްފި ނަމަ ނަތީޖާ ހިތި ވާނެ: ޓްރަމްޕް

މަޝްވަރާތައް ކާމިޔާބު، އީރާން އިން އެއްބަސްވުމަކަށް ނުގޮސްފި ނަމަ ނަތީޖާ ހިތި ވާނެ: ޓްރަމްޕް

07 ފެބުރުއަރީ 2026
އެެމެރިކާ އާ އެކު ބޭއްވި މަޝްވަރާ ތައް ނިމުނު ތަނުން އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އެެމެރިކާ އާ އެކު ބޭއްވި މަޝްވަރާ ތައް ނިމުނު ތަނުން އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

06 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު