Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

އެމެރިކާގެ ސުޕްރީމް ކޯޓުން ޓްރަމްޕްގެ ޓެރިފްތަކަށް ހުރަސްއަޅައި, އެއީ ބާރުގެ ނަހަމަ ބޭނުން ހިފުން ކަމަށް ކަނޑައަޅާ ހުކުމް ކޮށްފި

އެމެރިކާގެ "އިންޓަނޭޝަނަލް އިމަޖެންސީ އިކޮނޮމިކް ޕަވާސް އެކްޓް" (އައި.އީ.އީ.ޕީ.އޭ) ގެ ދަށުން އިމްޕޯޓް ޑިއުޓީ ކަނޑައެޅުމުގެ ބާރު ރައީސަށް ލިބިވަޑައިނުގަންނަވާ ކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ނިންމުމާއެކު، އެކި ގައުމުތަކުން އެތެރެކުރާ މުދަލުން ޓެކްސް ނެގުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކަށް ގާނޫނީ ހުރަސްތަކެއް ކުރިމަތިވެ، ދަށު ކޯޓުތަކުގެ ނިންމުންތަކަށް ވަނީ ތާއީދު ލިބިފައި. ނަމަވެސް، މި ހުކުމުގެ ސަބަބުން ދަގަނޑާއި އެލުމިނިއަމް ފަދަ ވަކި ބާވަތްތަކުން މިހާރު ނަގަމުންދާ ޑިއުޓީތަކަށް އެއްވެސް ބަދަލެއް ނާންނާނެ.

ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2026 | ހުކުރު 16:45
އެމެރިކާގެ ވައިޓް ހައުސްގެ ރޯޒް ގާޑަންގައި 2025 އޭޕްރިލް 2 ވީ ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީއާ ގުޅޭ ރިޔާސީ ގަރާރެއްގައި ސޮއިކުރައްވައި، އެ ލިޔުން ދައްކަވާލައްވާފައި.

އެމެރިކާގެ ވައިޓް ހައުސްގެ ރޯޒް ގާޑަންގައި 2025 އޭޕްރިލް 2 ވީ ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީއާ ގުޅޭ ރިޔާސީ ގަރާރެއްގައި ސޮއިކުރައްވައި، އެ ލިޔުން ދައްކަވާލައްވާފައި. | ރޮއިޓާސް

ދުނިޔޭގެ ވިޔަފާރީގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ފަދަ ގޮތަކަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕޯޓް ޑިއުޓީ ނުވަތަ ޓެރިފްތަކެއް ކަނޑައެޅުއްވީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރުގެ ބޭރުން ކަމަށް އެމެރިކާގެ ސުޕްރީމް ކޯޓުން ހުކުރު ދުވަހު ކަނޑައަޅައިފިއެވެ. މި ނިންމުމާއެކު، ރައީސް ޓްރަމްޕްގެ އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމަށް ބޭނުންކުރައްވާ މުހިންމު ވަސީލަތަކަށް ވަނީ ހުރަސް އެޅިފައެވެ.

ކޮންޒަވޭޓިވް މެޖޯރިޓީއެއް އޮންނަ ސުޕްރީމް ކޯޓުގެ ނުވަ ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރި މި ހުކުމުގައި ބުނެފައިވަނީ، "އިންޓަނޭޝަނަލް އިމަޖެންސީ އިކޮނޮމިކް ޕަވާސް އެކްޓް" (އައި.އީ.އީ.ޕީ.އޭ) ގެ ދަށުން ޓެރިފް ކަނޑައެޅުމުގެ ބާރު ރައީސަށް ލިބިވަޑައިނުގަންނަވާ ކަމަށެވެ.

ޓްރަމްޕަކީ މީގެ ކުރިން ވެސް އެކި ގައުމުތަކަށް ފިއްތުންތައް ކުރިމަތިކުރުވުމަށާއި މަޝްވަރާތަކުގައި ބާރު ހޯއްދެވުމަށް ޓެރިފް ބޭނުންކުރައްވާ ބޭފުޅެކެވެ. ނަމަވެސް، މިދިޔަ އަހަރު ދެވަނަ ދައުރަކަށް ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެމެރިކާއާއެކު ވިޔަފާރިކުރާ ގާތްގަނޑަކަށް ހުރިހާ ގައުމަކުން އެތެރެކުރާ މުދަލުން އާ ޑިއުޓީތަކެއް ނެގުމަށް ކުއްލި ނުރައްކަލުގެ އިގްތިސާދީ ބާރުތަކުގެ ބޭނުން މީގެ ކުރިން ދުވަހަކުވެސް ނުކުރާ މިންވަރަށް ޓްރަމްޕް ވަނީ ކުރައްވާފައެވެ.

މީގެ ތެރޭގައި ވޮޝިންގްޓަނުން ގަބޫލުކުރާ ގޮތުގައި އިންސާފުވެރި ނޫން ވިޔަފާރީގެ އުސޫލުތަކާ ދެކޮޅަށް ކަނޑައެޅި "ރެސިޕްރޯކަލް" ޓެރިފްތަކުގެ އިތުރުން، މަސްތުވާތަކެތީގެ ވަގުފާރިއާއި ހިޖުރަވެރިންގެ މައްސަލައިގައި މެކްސިކޯ، ކެނެޑާ އަދި ޗައިނާއަށް އަމާޒުކޮށްގެން ނަގަން ފެށި ވަކި ޚާއްސަ ޓެކްސްތައް ހިމެނެއެވެ.

ސުޕްރީމް ކޯޓުން ހުކުރު ދުވަހު ފާހަގަކުރި ގޮތުގައި، އައި.އީ.އީ.ޕީ.އޭ ގާނޫނުގެ ދަށުން ޓެރިފް ކަނޑައެޅުމުގެ މިފަދަ އާދަޔާޚިލާފު ބާރެއް ރައީސަށް ދިނުމަށް ކޮންގްރެސްއިން ގަސްދުކުރި ނަމަ، އެހެން ޓެރިފް ގާނޫނުތަކެކޭވެސް އެއްފަދައިން އެކަން އެ ގާނޫނުގައި ސަރީހަ ބަހުން ބަޔާންކުރީސް ކަމަށެވެ.

މި ހުކުމުގެ ސަބަބުން، ދަގަނޑާއި އެލުމިނިއަމް ފަދަ ވަކި ބާވަތްތަކުގެ މުދަލުން ޓްރަމްޕް ވަކިން ނަންގަވަމުން ގެންދަވާ ޑިއުޓީތަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. 

ސުޕްރީމް ކޯޓުގެ މި ނިންމުމަކީ، އައި.އީ.އީ.ޕީ.އޭގެ ދަށުން ޓްރަމްޕް ކަނޑައެޅުއްވި ޓެރިފްތަކަކީ ޣައިރު ގާނޫނީ ނިންމުންތަކެއް ކަމަށް ދަށު ކޯޓުތަކުން ކުރިން ނިންމާފައިވާ ނިންމުންތަކަށް ތާއީދުކޮށް ނެރުނު ހުކުމެކެވެ.

މިދިޔަ މޭ މަހު ވިޔަފާރިއާ ބެހޭ ދަށު ކޯޓަކުން ވަނީ، ހުރިހާ ދާއިރާއަކުން ޓެކްސް ނެގުމަށް ޓްރަމްޕް ނިންމެވި ނިންމެވުމަކީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ކަމަށް ކަނޑައަޅައި، އެ ޓެކްސްތައް ނެގުން ހުއްޓުވާފައެވެ. ނަމަވެސް، ސަރުކާރުން އެ މައްސަލަ އިސްތިއުނާފު ކުރުމާ ގުޅިގެން އެ ހުކުމަށް އަމަލުކުރުން އޮތީ މަޑުޖެހިފައެވެ.

ޑޮނަލްޑް ޓްރަމްޕްއެމެރިކާގެ ސުޕްރީމް ކޯޓުއިމްޕޯޓް ޓެރިފްއިންޓަނޭޝަނަލް އިމަޖެންސީ އިކޮނޮމިކް ޕަވާސް އެކްޓްޗައިނާއެމެރިކާ-ކެނެޑާ

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2026

ޓްރަމްޕްގެ ނަމަށް ފްލޮރިޑާ އެއާޕޯޓުގެ ނަން ބަދަލުކުރަނީ

20 ފެބުރުއަރީ 2026
ޓްރަމްޕްގެ ނަމަށް ފްލޮރިޑާ އެއާޕޯޓުގެ ނަން ބަދަލުކުރަނީ
20 ފެބުރުއަރީ 2026

އީރާނަށް ހަމަލާއެއް ދީފިނަމަ، އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ވަސީލަތްތަކަކީ ހަމަލާދެވިދާނެ ތަންތަން ކަމަށް ބުނެ އީރާނުން އިންޒާރު ދީފި

20 ފެބުރުއަރީ 2026
އީރާނަށް ހަމަލާއެއް ދީފިނަމަ، އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ވަސީލަތްތަކަކީ ހަމަލާދެވިދާނެ ތަންތަން ކަމަށް ބުނެ އީރާނުން އިންޒާރު ދީފި
19 ފެބުރުއަރީ 2026

އެއްބަސްވުމަކަށް އައުމަކީ ބުއްދިވެރި ގޮތް ކަމަށް ވިދާޅުވެ، އަނެއްކާ ވެސް ޓްރަމްޕް އީރާން އަށް އިންޒާރު ދެއްވައިފި

19 ފެބުރުއަރީ 2026
އެއްބަސްވުމަކަށް އައުމަކީ ބުއްދިވެރި ގޮތް ކަމަށް ވިދާޅުވެ، އަނެއްކާ ވެސް ޓްރަމްޕް އީރާން އަށް އިންޒާރު ދެއްވައިފި
18 ފެބުރުއަރީ 2026

ޗައިނާގެ ފަޓާސް ފިހާރަ އެއްގައި ބާރުގަދަ ގޮވުންތަކެއް ހިނގާ، 12 މީހުން މަރުވެއްޖެ

18 ފެބުރުއަރީ 2026
ޗައިނާގެ ފަޓާސް ފިހާރަ އެއްގައި ބާރުގަދަ ގޮވުންތަކެއް ހިނގާ، 12 މީހުން މަރުވެއްޖެ
18 ފެބުރުއަރީ 2026

ޗާގޯސް މޮރިޝަސް އާ ހަވާލުކުރަން އެމެރިކާ އިން ރަސްމީކޮށް ތާއީދު ކޮށް، އަންނަ ހަފްތާގައި އެމެރިކާ އާ މޮރިޝަސް ބައްދަލު ކުރަނީ

18 ފެބުރުއަރީ 2026
ޗާގޯސް މޮރިޝަސް އާ ހަވާލުކުރަން އެމެރިކާ އިން ރަސްމީކޮށް ތާއީދު ކޮށް، އަންނަ ހަފްތާގައި އެމެރިކާ އާ މޮރިޝަސް ބައްދަލު ކުރަނީ
17 ފެބުރުއަރީ 2026

އެމެރިކާގެ މަނަވަރުތައް ކަނޑުގެ އަޑިއަށް ފައްތާލެވިދާނެ ކަމުގެ އިންޒާރު ޚާމަނާއީ ދެއްވައިފި

17 ފެބުރުއަރީ 2026
އެމެރިކާގެ މަނަވަރުތައް ކަނޑުގެ އަޑިއަށް ފައްތާލެވިދާނެ ކަމުގެ އިންޒާރު ޚާމަނާއީ ދެއްވައިފި
16 ފެބުރުއަރީ 2026

ޓްރަމްޕްގެ ވީޑިއޯ އަށް ނުރުހުން އަމާޒު ކުރައްވައި އޮބާމާ ވިދާޅުވީ، ލަދުވެތިކަން ގެއްލެމުންދާ ކަމަށް

16 ފެބުރުއަރީ 2026
ޓްރަމްޕްގެ ވީޑިއޯ އަށް ނުރުހުން އަމާޒު ކުރައްވައި އޮބާމާ ވިދާޅުވީ، ލަދުވެތިކަން ގެއްލެމުންދާ ކަމަށް
15 ފެބުރުއަރީ 2026

ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނަމަ ނިއުކްލިއާ އެއްބަސްވުމަކަށް އަންނަން އީރާން ތައްޔާރު

15 ފެބުރުއަރީ 2026
ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނަމަ ނިއުކްލިއާ އެއްބަސްވުމަކަށް އަންނަން އީރާން ތައްޔާރު
13 ފެބުރުއަރީ 2026

ޑީލަކަށް ނާދެވިއްޖެ ނަމަ އީރާނަށް "ވަރަށް ހިތްދަތި" ނަތީޖާ އަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރުދެއްވައިފި

13 ފެބުރުއަރީ 2026
ޑީލަކަށް ނާދެވިއްޖެ ނަމަ އީރާނަށް "ވަރަށް ހިތްދަތި" ނަތީޖާ އަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރުދެއްވައިފި
13 ފެބުރުއަރީ 2026

އަނެއްކާ ވެސް އިތުރު ހަނގުރާމަމަތީ މަނަވަރެއް އެމެރިކާ އިން މެދުއިރުމައްޗަށް ފޮނުވަން ތައްޔާރުވަނީ

13 ފެބުރުއަރީ 2026
އަނެއްކާ ވެސް އިތުރު ހަނގުރާމަމަތީ މަނަވަރެއް އެމެރިކާ އިން މެދުއިރުމައްޗަށް ފޮނުވަން ތައްޔާރުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު