Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެމެރިކާ

އެމެރިކާގެ ސުޕްރީމް ކޯޓުން އެ ގައުމުގެ ރައީސް ކަނޑައަޅުއްވާފައިވާ ގިނަ ޓެރިފްތަކަކީ ގާނޫނާ ހިލާފު އެއްޗެއް ކަމަށް ނިންމުމާ ގުޅިގެން، އެމެރިކާ އަށް އެތެރެކުރާ މުދަލުން އިތުރު 10 އިންސައްތައިގެ ޓެރިފެއް ނެގުމަށް ޓްރަމްޕް ނިންމަވައިފި

ކޯޓުގެ މި ނިންމުމާއެކު ކުރިން ނަގަމުންދިޔަ ޓެރިފް ރޭޓުތައް ދަށްވި ނަމަވެސް، މިއީ ޓްރަމްޕްގެ އިގްތިސާދީ ސިޔާސަތުތަކަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއެއް ކަމަށް މުހައްލިލުން ދެކޭ. މި ނިންމުމުގެ ސަބަބުން ޣައިރު ގާނޫނީ ގޮތުން އަތުލާފައިވާ ބިލިއަނުން ގުނޭ ފައިސާ އަނބުރާ ދެއްކުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލަމުންދާއިރު، ވިޔަފާރިވެރިން ވަނީ މި ބަދަލަށް މަރުހަބާ ކިޔާފައި.

ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2026 | ހޮނިހިރު 09:52
ވޮޝިންގޓަންގެ ވައިޓް ހައުސްގެ ރޯޒް ގާޑަންގައި 2025 އޭޕްރީލް 2 ވީ ބުދަ ދުވަހު ބޭއްވި "މޭކް އެމެރިކާ ވެލްތީ އެގެއިން" ވިޔަފާރިއާ ގުޅޭ ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް 2025 ވަނަ އަހަރުގެ ނޭޝަނަލް ޓްރޭޑް އެސްޓިމޭޓް ރިޕޯޓުގެ ކޮޕީއެއް ދައްކާލައްވަނީ.

ވޮޝިންގޓަންގެ ވައިޓް ހައުސްގެ ރޯޒް ގާޑަންގައި 2025 އޭޕްރީލް 2 ވީ ބުދަ ދުވަހު ބޭއްވި "މޭކް އެމެރިކާ ވެލްތީ އެގެއިން" ވިޔަފާރިއާ ގުޅޭ ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް 2025 ވަނަ އަހަރުގެ ނޭޝަނަލް ޓްރޭޑް އެސްޓިމޭޓް ރިޕޯޓުގެ ކޮޕީއެއް ދައްކާލައްވަނީ. | ގެޓީ އިމޭޖަސް

އެމެރިކާގެ ސުޕްރީމް ކޯޓުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިގްތިސާދީ މައިގަނޑު ސިޔާސަތުތަކަށް ބޮޑު ހުރަހެއް އަޅައި، އޭނާ ކަނޑައަޅުއްވާފައިވާ ގިނަ ޓެރިފްތަކަކީ ގާނޫނާ ހިލާފު އެއްޗެއް ކަމަށް ނިންމުމާ ގުޅިގެން، އެމެރިކާއަށް އެތެރެކުރާ މުދަލުން އިތުރު 10 އިންސައްތައިގެ ޓެރިފެއް ނެގުމަށް ހުކުރު ދުވަހު ޓްރަމްޕް ނިންމަވައިފިއެވެ.

ވައިޓް ހައުސްގެ އޯވަލް އޮފީހުގައި އިންނަވައި ޓެރިފްގެ އަމުރުގައި ސޮއިކުރެއްވުމަށްފަހު، ސޯޝަލް މީޑިއާގައި ޓްރަމްޕް ވިދާޅުވީ މި ނިންމުމަށް "ވަގުތުން އަމަލުކުރަން ފެށޭނެ" ކަމަށެވެ.

Advertisement - businessAdvertisement

މިއީ އެކި ގައުމުތަކަށް ބިރުދެއްކުމަށާއި އަދަބު ދިނުމުގެ ގޮތުން ވޭތުވެދިޔަ އެއް އަހަރު ދުވަހު ޓްރަމްޕް ގެންގުޅުއްވި ތަފާތު ރޭޓުތަކުގެ ޓެރިފް ސިޔާސަތަށް އައި ފާހަގަ ކުރެވޭފަދަ ބޮޑު ބަދަލެކެވެ.

ވައިޓް ހައުސްއިން އާންމުކުރި މައުލޫމާތު ކަރުދާހެއްގައިވާ ގޮތުން، މި އާ ޓެކްސް ނަގަން ފަށާނީ ފެބްރުއަރީ 24 އިން ފެށިގެން 150 ދުވަހުގެ މުއްދަތަށެވެ. 

ޓްރަމްޕްގެ ސަރުކާރާއެކު ޓެރިފްގެ އެއްބަސްވުންތައް ގާއިމުކޮށްފައިވާ އެމެރިކާގެ ވިޔަފާރީގެ ބައިވެރިންވެސް، ކުރިން އެއްބަސްވެފައި އޮތް ރޭޓުތައް މަތި ނަމަވެސް، ދެން ދައްކަން ޖެހޭނީ 10 އިންސައްތައިގެ ޑިއުޓީއެއް ކަމަށް ވައިޓް ހައުސްއިން ބުނެފައިވެއެވެ.

ނަމަވެސް ވައިޓް ހައުސްގެ އޮފިޝަލަކު އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި "އެންމެ އެކަށީގެންވާ ނުވަތަ ކުރިން މަޝްވަރާކުރެވިފައިވާ ޓެރިފް ރޭޓުތައް" ތަންފީޒުކުރާނެ ގޮތްތަކެއް ޓްރަމްޕް ސަރުކާރުން ހޯދާނެ ކަމަށެވެ.

ހުކުރު ދުވަހުގެ ކުރީކޮޅު، ކޮންޒަވޭޓިވް މެޖޯރިޓީ އޮންނަ ސުޕްރީމް ކޯޓުން ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ، ދުނިޔޭގެ ވިޔަފާރިއަށް ބޮޑެތި ލޮޅުންތަކެއް އަރުވަމުން ޓްރަމްޕް ބޭނުންކުރައްވާ 1977 ވަނަ އަހަރުގެ ގާނޫނަކީ، ވަކިވަކި ގައުމުތަކުން ކުއްލި ގޮތަކަށް ޓެރިފް ނެގުމުގެ ބާރު ރައީސަށް ދޭ ގާނޫނެއް ނޫން ކަމަށެވެ.

ޓްރަމްޕް އަމިއްލައަށް އައްޔަންކުރެއްވި ދެ ފަނޑިޔާރުންވެސް ހިމެނޭހެން ކޯޓުން ނެރުނު މި ނިންމުމާ ގުޅިގެން އޭނާ ވަނީ ވަރަށް ބޮޑަށް ކޯފާވެފައެވެ. އަދި އެއްވެސް ހެއްކެއް ނެތި ޓްރަމްޕް ތުހުމަތު ކުރެއްވި ގޮތުގައި ކޯޓުގެ ނިންމުމަށް ބޭރުގެ ނުފޫޒު ވަނީ ވަދެފައެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ގައުމަށްޓަކައި ރަނގަޅު ގޮތް ނިންމުމުގެ ހިތްވަރު ކޯޓުގެ ބައެއް މެންބަރުންގެ ކިބައިގައި ނެތުމުން އެކަމާ ލަދުގަންނަ ކަމަށެވެ.

"ގައުމު ހިމާޔަތްކުރުމަށްޓަކައި، ކުރިން ނަގަމުން އައި މިންވަރަށްވުރެ އިތުރަށްވެސް ރައީސަކަށް ޓެރިފް ނެގިދާނެ،" ކޯޓުގެ ނިންމުމާއެކު އޭނާގެ ބާރު ކުރިއަށްވުރެ ގަދަވެއްޖެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް، އިކޮނޮމިކް ކްލަބް އޮފް ޑަލަސްގައި ވާހަކަދައްކަވަމުން ވިދާޅުވީ، މި އާ އުސޫލުގެ ސަބަބުން 2026 ވަނަ އަހަރު ޓެރިފުން ލިބޭ އާމްދަނީއަށް މާބޮޑު ބަދަލެއް ނާންނާނެ ކަމަށެވެ.

މި ނިންމުމުގެ ސަބަބުން ދަގަނޑާއި އެލުމިނިއަމް ފަދަ ވަކިވަކި ބާވަތްތަކުން ޓްރަމްޕް ނަގަމުންދާ ޓެރިފްތަކަށް ބަދަލެއް ނާންނާނެއެވެ. އަދި މިހާރު ކުރިއަށްދާ ދިރާސާތަކަށްފަހު އިތުރު ސިނާއަތްތަކުން ޓެރިފް ނެގުމުގެ ފުރުސަތު އެބައޮތެވެ.

އެހެންނަމަވެސް، މިއީ މީގެ 13 މަސް ކުރިން ޓްރަމްޕް ދެވަނަ ދައުރަކަށް ވައިޓް ހައުސްއަށް ވަޑައިގެންނެވި ފަހުން ސުޕްރީމް ކޯޓުގައި އޭނާއަށް ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބީއެވެ. މީގެ ކުރިން ކޯޓުން ނިންމާފައިވާ ގިނަ ނިންމުންތައް ހުރީ އޭނާގެ ބާރުތައް ފުޅާވާ ގޮތަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހުކުރު ދުވަހު ވިދާޅުވީ، 1977 ވަނަ އަހަރުގެ 'އިންޓަނޭޝަނަލް އިމަޖެންސީ އިކޮނޮމިކް ޕަވާސް އެކްޓް' (އައިއީއީޕީއޭ) މެދުވެރިކޮށް ޓެރިފް ނެގުމުގެ ހާއްސަ ބާރު ރައީސަށް ދޭން ކޮންގްރެސްއިން ބޭނުންވި ނަމަ، އެހެން ގާނޫނުތަކެކޭވެސް އެއްފަދައިން އެކަން ސަރީހަ ބަހުން ބަޔާންކުރީސް ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ޖޯން ރޮބަޓްސްގެ ރައުޔުގައި ވިދާޅުވެފައިވަނީ، އެ ގާނޫނުގައި ޓެރިފް ނުވަތަ ޑިއުޓީއާ ގުޅޭ އެއްވެސް ވާހަކައެއް ބަޔާންކޮށްފައި ނުވާ ކަމަށެވެ.

ކުރިންވެސް ލަފާކުރެވިފައިވާ މި ނިންމުމާ ގުޅިގެން، ވޯލް ސްޓްރީޓްގެ ހިއްސާގެ ބާޒާރުގައި އަގުތައް ވަނީ ކުޑަކޮށް މައްޗަށް ގޮސްފައެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާތަކުން މި ނިންމުމަށް މަރުހަބާ ކިޔާފައިވާއިރު، ނޭޝަނަލް ރީޓެއިލް ފެޑަރޭޝަނުން ބުނީ މީގެ ސަބަބުން ކުންފުނިތަކަށް ބޭނުންވާ ޔަގީންކަން ލިބިގެން ހިނގައްޖެ ކަމަށެވެ.

ޔުނިވަރސިޓީ އޮފް ޕެންސިލްވޭނިއާގެ 'ޕެން ވަރޓަން ބަޖެޓް މޮޑެލް' އިން އަންދާޒާކުރާ ގޮތުގައި، ކޯޓުގެ މި ނިންމުމުގެ ސަބަބުން 175 ބިލިއަން ޑޮލަރާ ހަމައަށް ކުންފުނިތަކަށް ފައިސާ އަނބުރާ ދައްކަން ޖެހިދާނެއެވެ.

އެމެރިކާގެ ގާތް ވިޔަފާރި ބައިވެރިން ކަމަށްވާ ޔޫރަޕްގެ އިއްތިހާދާއި އިނގިރޭސިވިލާތުން ބުނީ ކޯޓުގެ ނިންމުން ދިރާސާކުރަމުންދާ ކަމަށެވެ.

ޓްރަމްޕްގެ ފަރާތުން ތަކުރާރުކޮށް ޓެރިފްގެ އިންޒާރުތައް ލިބެމުންދާ ކެނެޑާއިން ބުނީ، މި ނިންމުމުން އެނގެނީ އެ ޓެކްސްތަކަކީ "އެއްވެސް އަސާސެއް ނެތް" އެއްޗެއް ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އިތުރު ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އެ ގައުމުން ތައްޔާރުވަމުންދެއެވެ.

ކެނެޑާ ޗެމްބަރ އޮފް ކޮމާސްގެ ރައީސް ކެންޑޭސް ލެއިންގް ވިދާޅުވީ، ވިޔަފާރީގެ މުއާމަލާތްތަކުގައި ޕްރެޝަރު ބޮޑުކުރުމަށްޓަކައި މިއަށްވުރެ ވަރުގަދަ އަދި ގެއްލުން ބޮޑު އުސޫލުތަކެއް އެމެރިކާއިން ބޭނުންކޮށްފާނެތީ ކެނެޑާއިން ތައްޔާރުވާން ޖެހޭ ކަމަށެވެ.

ޑޮނަލްޑް ޓްރަމްޕްއެމެރިކާގެ ސުޕްރީމް ކޯޓުޓެރިފް

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

ސުޕްރީމް ކޯޓުގެ ޙުކުމާ އެކު ޓްރަމްޕް އިންތިހާ އަށް ކޯފާވެއްޖެ

ސުޕްރީމް ކޯޓުގެ ޙުކުމާ އެކު ޓްރަމްޕް އިންތިހާ އަށް ކޯފާވެއްޖެ

21 ފެބުރުއަރީ 2026
ޕޮލެންޑުން އީރާނުގައި ތިބި އެ ގައުމުގެ ރައްޔިތުން ވަގުތުން ފޭބުމަށް އަންގައިފި

ޕޮލެންޑުން އީރާނުގައި ތިބި އެ ގައުމުގެ ރައްޔިތުން ވަގުތުން ފޭބުމަށް އަންގައިފި

20 ފެބުރުއަރީ 2026
އެމެރިކާ އާއި އީރާނާ ދެމެދު މަސްރަހު ހޫނުވަމުން ދަނިކޮށް މެދުއިރުމަތީގައި ތިބި ނޯވޭ ސިފައިން އަނބުރާ ގެންދަނީ

އެމެރިކާ އާއި އީރާނާ ދެމެދު މަސްރަހު ހޫނުވަމުން ދަނިކޮށް މެދުއިރުމަތީގައި ތިބި ނޯވޭ ސިފައިން އަނބުރާ ގެންދަނީ

20 ފެބުރުއަރީ 2026
އީރާނަށް އަމާޒުކޮށް ވަކި މިންވަރެއްގެ ހަމަލާދިނުމާ މެދު ވިސްނަވަމުންދާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

އީރާނަށް އަމާޒުކޮށް ވަކި މިންވަރެއްގެ ހަމަލާދިނުމާ މެދު ވިސްނަވަމުންދާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

20 ފެބުރުއަރީ 2026
އީރާނަށް ހަމަލާ ދިނުމަށް ޗާގޯސް ބޭނުން ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް އިނގިރޭސިން ބުނެފައިވަނިކޮށް އިނގިރޭސި ޚާރިޖީ ވަޒީރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓާ ބައްދަލުކުރައްވަނީ

އީރާނަށް ހަމަލާ ދިނުމަށް ޗާގޯސް ބޭނުން ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް އިނގިރޭސިން ބުނެފައިވަނިކޮށް އިނގިރޭސި ޚާރިޖީ ވަޒީރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓާ ބައްދަލުކުރައްވަނީ

20 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު