Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޑޮނަލްޑް ޓްރަމްޕް

ޓްރަމްޕްގެ ނަމަށް ފްލޮރިޑާ އެއާޕޯޓުގެ ނަން ބަދަލުކުރަނީ

20 ފެބުރުއަރީ 2026 | ހުކުރު 09:38

މީގެ ކުރިން ފެނިފައި ނުވާ ފަދަ ވަރުގަދަ ކެމްޕޭނެއްގެ ދަށުން، އެމެރިކާގެ އެކި ތަންތަނުގައި އެމަނިކުފާނުގެ ނަންފުޅާއި ތަަަަސްވީރު ބޭނުންކުރައްވައިގެން ހަނދާންތައް ބިނާކުރެއްވުމަށް ޓްރަމްޕް ގެންދަވަނީ މަސައްކަތް ކުރައްވަމުން.

ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2026 | ހުކުރު 09:38
ޕާމް ބީޗް އިންޓަނޭޝަނަލް އެއާޕޯޓް ގައި ރައީސް ޓްރަމްޕް ދަތުރުކުރައްވާ ރަސްމީ ބޯޓު "އެއާ ފޯސް ވަން" ޖައްސާފައި.

ޕާމް ބީޗް އިންޓަނޭޝަނަލް އެއާޕޯޓް ގައި ރައީސް ޓްރަމްޕް ދަތުރުކުރައްވާ ރަސްމީ ބޯޓު "އެއާ ފޯސް ވަން" ޖައްސާފައި. | އޭއެފްޕީ

އެމެރިކާގެ ފްލޮރިޑާގެ އެއާޕޯޓަކަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަން ދިނުމަށް ހުށަހެޅި ބިލު، އެ ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހުން ބުރާސްފަތި ދުވަހު ފާސްކުރުމާ ގުޅިގެން، އެ އެއާޕޯޓުގެ ނަން ވަރަށް އަވަހަށް ބަދަލުކުރާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ގިނަ އިމާރާތްތަކެއްގައި އަމިއްލަ ނަންފުޅު ޖައްސަވާފައިވާ ރިއަލް އެސްޓޭޓްގެ މަހުޖަނު، ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ މީގެ ކުރިން ފެނިފައި ނުވާ ފަދަ ވަރުގަދަ ކެމްޕޭނެއްގެ ދަށުން، އެމެރިކާގެ އެކި ތަންތަނުގައި އެމަނިކުފާނުގެ ނަންފުޅާއި ތަަަަސްވީރު ބޭނުންކުރައްވައިގެން ހަނދާންތައް ބިނާކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.

ފްލޮރިޑާގެ ރެކޯޑްތަކުން ދައްކާ ގޮތުގައި، އެ ސްޓޭޓްގެ ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ގާނޫނު ހަދާ މަޖިލީހުން ވަނީ "ޕާމް ބީޗް އިންޓަނޭޝަނަލް އެއާޕޯޓް" ގެ ނަން "ޕްރެޒިޑެންޓް ޑޮނަލްޑް ޖޭ. ޓްރަމްޕް އިންޓަނޭޝަނަލް އެއާޕޯޓް" އަށް ބަދަލުކުރުމަށް ފާސްކޮށްފައެވެ. ކުރިން ޓްރަމްޕާ ދެކޮޅަށް މަސައްކަތް ކުރެއްވި ނަމަވެސް، މިހާރުގެ ގަވަރުނަރު ރޮން ޑިސާންޓިސް މި ބިލު ތަސްދީގު ކުރައްވާނެ ކަމަށް ބެލެވެއެވެ.

ހިތްގައިމު ގޮނޑުދޮށްތަކާއި އަގުބޮޑު ގެތައް ހުންނަ މަޝްހޫރު ޕާމް ބީޗްގައި އޮންނަ މި އެއާޕޯޓަކީ، ޓްރަމްޕްގެ އަމިއްލަފުޅު ރެސިޑެންސް ކަމަށްވާ "މާ-އަ-ލާގޯ" އާ ވަރަށް ކައިރީގައި އޮންނަ އެއާޕޯޓެކެވެ.

ފްލޮރިޑާގެ ގާނޫނު ހަދާ މަޖިލީހުން ފާސް ކުރ ނަމަވެސް އެއާޕޯޓުގެ ނަން ބަދަލުކުރުމަށްޓަކައި އެމެރިކާގެ ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަންގެ ހުއްދަ ވެސް ހޯދަން ޖެހޭނެއެވެ.

ދާދި ފަހުން ވޮޝިންގޓަންގައި ހުންނަ، ކުރީގެ ރައީސް ޖޯން އެފް. ކެނެޑީގެ ހަނދާނުގައި ބިނާކޮށްފައިވާ އާޓްސް ކޮމްޕްލެކްސް "ކެނެޑީ ސެންޓަރު" ގެ ބޯޑުން މިދިޔަ ޑިސެމްބަރު މަހު ވަނީ އެ ތަނުގެ ނަން "ޓްރަމްޕް-ކެނެޑީ ސެންޓަރު" އަށް ބަދަލުކުރުމަށް ވޯޓު ދީފައެވެ. މި ބޯޑަކީ ރައީސް ޓްރަމްޕް އަމިއްލަފުޅަށް އައްޔަންކުރައްވާފައިވާ ބޯޑެކެވެ.

ޑޮނަލްޑް ޓްރަމްޕްފްލޮރިޑާޕާމް ބީޗް އިންޓަނޭޝަނަލް އެއާޕޯޓްމާރް-އަ-ލާގޯކެނެޑީ ސެންޓަރު

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

12 އޯގަސްޓު 2026

އީރާާންއާ ދެކޮޅަށް އެމެރިކާ އިން އަޅަން އޮތް ދެ ފިޔަވަޅަކީ އިޤްތިސާދީ ގޮތުން އިނދަޖައްސާލުން، ނުވަތަ ވަރުގަދަ ހަމަލާތަކެއް ދިނުން: ޓްރަމްޕް

12 އޯގަސްޓު 2026
އީރާާންއާ ދެކޮޅަށް އެމެރިކާ އިން އަޅަން އޮތް ދެ ފިޔަވަޅަކީ އިޤްތިސާދީ ގޮތުން އިނދަޖައްސާލުން، ނުވަތަ ވަރުގަދަ ހަމަލާތަކެއް ދިނުން: ޓްރަމްޕް
11 އޯގަސްޓު 2026

އީރާން އިން މަޝްވަރާކުރަން ބޭނުންވާ ނަމަ، އެންމެ ފުރަތަމަ ޖެހޭނީ ބަދަލު ދޭން: ޓްރަމްޕް

11 އޯގަސްޓު 2026
އީރާން އިން މަޝްވަރާކުރަން ބޭނުންވާ ނަމަ، އެންމެ ފުރަތަމަ ޖެހޭނީ ބަދަލު ދޭން: ޓްރަމްޕް
31 ޖުލައި 2026

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

31 ޖުލައި 2026
ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި
17 ޖުލައި 2026

ޓްރަމްޕް ހުންނެވީ އީރާން އާއެކު ސިޔާސީ މަޝްވަރާތަކަށް ތައްޔާރަށް

17 ޖުލައި 2026
ޓްރަމްޕް ހުންނެވީ އީރާން އާއެކު ސިޔާސީ މަޝްވަރާތަކަށް ތައްޔާރަށް
17 ޖުލައި 2026

ޔޫއެސް ނޭވީގެ "ބްލޫ އެންޖެލްސް" ޖެޓުތަކުން ފްލޮރިޑާގެ ބީޗެއްގައި ބޮޑު ބިރުވެރިކަމެއް

17 ޖުލައި 2026
ޔޫއެސް ނޭވީގެ "ބްލޫ އެންޖެލްސް" ޖެޓުތަކުން ފްލޮރިޑާގެ ބީޗެއްގައި ބޮޑު ބިރުވެރިކަމެއް
14 ޖުލައި 2026

އަންހެނަކަށް ޖިންސީ ގޯނާކޮށް އަބުރާބެހުނު މައްސަލައިގައި ބަދަލުގެ ގޮތުގައި 5.6 މިލިއަން ޑޮލަރު ޓްރަމްޕް ދައްކަވައިފި

14 ޖުލައި 2026
އަންހެނަކަށް ޖިންސީ ގޯނާކޮށް އަބުރާބެހުނު މައްސަލައިގައި ބަދަލުގެ ގޮތުގައި 5.6 މިލިއަން ޑޮލަރު ޓްރަމްޕް ދައްކަވައިފި
14 ޖުލައި 2026

އެމެރިކާއިން އަނެއްކާވެސް އީރާނަށް ބޮން އަޅައިފި، ތެހެރާނުން ގަލްފަށާއި ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފި: އެންމެ ފަހުގެ ޚަބަރުތަކަކީ ކޮބާ؟

14 ޖުލައި 2026
އެމެރިކާއިން އަނެއްކާވެސް އީރާނަށް ބޮން އަޅައިފި، ތެހެރާނުން ގަލްފަށާއި ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފި: އެންމެ ފަހުގެ ޚަބަރުތަކަކީ ކޮބާ؟
14 ޖުލައި 2026

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އަލުން ފަށައިފިކަން ރައީސް ޓްރަމްޕް ކޮންގްރެސް އަށް ރަސްމީކޮށް އަންގަވައިފި

14 ޖުލައި 2026
އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އަލުން ފަށައިފިކަން ރައީސް ޓްރަމްޕް ކޮންގްރެސް އަށް ރަސްމީކޮށް އަންގަވައިފި
13 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅިން ފީ އެއް ނަގާނެ ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން އދ. ގެ ޝިޕިން އޭޖެންސީ އިން އެކަމާ ދެކޮޅުކަން ހާމަކޮށްފި

13 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅިން ފީ އެއް ނަގާނެ ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން އދ. ގެ ޝިޕިން އޭޖެންސީ އިން އެކަމާ ދެކޮޅުކަން ހާމަކޮށްފި
13 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅި އެމެރިކާގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

13 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅި އެމެރިކާގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް