Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީއެންއެފް

އީސީ އާ ދެކޮޅަށް ހުށަހެޅި މައްސަލަ ބޭރުކޮށްލީ ގާނޫނާ ޚިލާފަށް، ހައި ކޯޓުގެ ރަޖިސްޓްރާގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅާނަން: މަލީހު

ކައުންސިލް އިންތިހާބަށް ކުރިމަތިލާ ފޯމުތައް ހަމައެކަނި އީފާސް މެދުވެރިކޮށް ހުށަހަޅަން ޖެހޭ ގޮތަށް އޮތް އޮތުމާ ގުޅިގެން ޕީއެންއެފް އިން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލީ ގާނޫނާ ހިލާފަށް ކަމަށް އެ ޕާޓީން ވަނީ ބުނެފަ. މި މައްސަލަ ބޭރުކޮށްލި ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވަމުން މަލީހު ޖަމާލު ވިދާޅުވީ، ހައި ކޯޓުގެ ރަޖިސްޓްރާގެ އެ ނިންމުން ޖޭއެސްސީއަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް. މީގެ އިތުރުން، އިންތިހާބަށް ފޯމު ހުށަހެޅުމުގައި އޮންލައިން ނޫން ގޮތްތައް ވެސް އިލެކްޝަންސް ކޮމިޝަނުން ފަހިކޮށްދޭން ޖެހޭނެ ކަމަށް އެ ޕާޓީން ދެކޭ ކަމަށް ވިދާޅުވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2026 | އަންގާރަ 10:50
ހައި ކޯޓް - މި މައްސަލަ ހައި ކޯޓަށް ހުށަހެޅުއްވީ ޕީއެންއެފްގެ ފަރާތުން އެ ޕާޓީގެ ސެނެޓް މެންބަރު އަދި ގާނޫނީ ވަކީލު އާދަމް އާސިފް

ހައި ކޯޓް - މި މައްސަލަ ހައި ކޯޓަށް ހުށަހެޅުއްވީ ޕީއެންއެފްގެ ފަރާތުން އެ ޕާޓީގެ ސެނެޓް މެންބަރު އަދި ގާނޫނީ ވަކީލު އާދަމް އާސިފް | ގޫގުލް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ ތަކުގެ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޑުން ފޯމް ހުށަހެޅުމުގެ ހުރިހާ ކަމެއް އީފާސް މެދުވެރިކޮށް ކުރަން މަޖުބޫރު ކޮށްފަވާތީ، ޕީއެންއެފް އިން އިލެކްޝަންސް އާ ދެކޮޅަށް ހުށަހެޅި މައްސަލަ ހައި ކޯޓުން ބޭރު ކޮށްލީ ގާނޫނާ ޚިލާފަށް ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ. 

މި އަހަރުގަ ބާއްވާ މި އިންތިހާބު ތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ފޯމް އަދި އަމިއްލަ ގޮތުން ވާދަކުރާ ކެނޑިޑޭޓުން ފުރިހަމަ ކުރަންޖެހޭ 50 މީހުންގެ ތާއީދު ފޯމު ވެސް ފުރަން ޖެހެނީ އީފާސް މެދުވެރިކޮށެވެ. މިކަމާ ގުޅިގެން އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އިން ވެސް ކަންބޮޑުވުން ފާޅުކޮށްފަ ވާއިރު، ޕީއެންއެފް އިން ވަނީ މި މައްސަލަ ހައި ކޯޓަށް ހުށަހަޅާފަ އެވެ. 

Advertisement - newsAdvertisement

މި މައްސަލަ ހައި ކޯޓަށް ހުށަހެޅުއްވީ ޕީއެންއެފްގެ ފަރާތުން އެ ޕާޓީގެ ސެނެޓް މެންބަރު އަދި ގާނޫނީ ވަކީލު އާދަމް އާސިފް އެވެ. 

ހޯމަ ދުވަހު އެ މައްސަލަ ބޭރުކޮށްލާފައި ވާއިރު ސަބަބެއް ކަމަށް ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައި ބުނެފައިވަނީ، އިންތިހާބަށް ކުރިމަތިލުމަށް ބޭނުންވާ ލިޔެކިއުންތަކާއި އިދާރީ ފީ އީފާސް މެދުވެރިކޮށް ދެއްކުމަށް ޝަރުތުކުރުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް މައްސަލާގައި ބުނެފައިވީ ނަމަވެސް، ގާނޫނާ ޚިލާފުވާ ގޮތް ގާނޫނީ އުސޫލުތަކުގެ އަލީގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.

މިކަމާ ގުޅިގެން ރާއްޖެޓީވީ އާ ވާހަކަދައްކަވަމުން މަލީހު ވިދާޅުވީ ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު ވެސް ހައި ކޯޓުން އެ މައްސަލައަށް ރިއާޔަތް ކޮށްފައި ނުވާ ކަމަށެވެ. އަދި މައްސަލައިގެ އަޑުއެހުމެއް ވެސް ބާއްވާ ފައި ނުވާއިރު މައްސަލަ ބަލައިގަތް ކަން ނުވަތަ ނޫން ކަން ވެސް އަންގާފައި ނުވާ ކަމަށެވެ.

ބަލައިގަތް ކަން ވެސް ބަލައިނުގަންނަ ކަން ވެސް އަންގާފައެއް ނުވޭ. އެހެން ނަމަވެސް މުއްދަތު ހަމަވުމަށް ފަހު އިއްޔެގެ ވަގުތެއްގައި މި އަންނަނީ ރަޖިސްޓްރާގެ ފަރާތުން އަޅުގަނޑުމެން ދެކޭގޮތުގައި އެއީ ހުކުމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ސިފަ ވަނީ. ހައިކޯޓުގެ ރަޖިސްޓްރާ އަށް ނެތް ބާރެއް ބޭނުން ކުރައްވާ، އަޑުއެހުމެއް ނުބާއްވާ ނިންމާފަ އޮތް ޝަރީއަތުގެ މަޖިލީހުގެ ގަޒިއްޔާއެއް ނުވަތަ ހުކުމެއް ގޮތުގަ އަޅުގަނޑުމެންނަށް ސިފަވަނީ. އެހެންވީމަ އަޅުގަނޑުމެން މި ބަލަނީ އެއް ކަމެއްގެ ގޮތުގަ ހައި ކޯޓުގެ ރަޖިސްޓްރާ ގެ މައްސަލަ ޖޭއެސްސީ އަށް ހުށަހެޅުން.
ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު

އޭގެ އިތުރުން މި މައްސަލައާ ގުޅިގެން ފަނޑިޔާރުންގެ މަޖިލީހުގެ ރިވިއު އަކަށް ނުވަތަ ގާނޫނީ ގޮތުން ދެން ކުރެވެން ހުރި ކަންތައްތައް ކުރުމުގެ މަސައްކަތްތައް ކުރިއަށް ދާ ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ ދިވެހިރާއްޖޭގެ ހައި ކޯޓުން މިކަންކަން ކޮށްފަ ވަނީ އާންމު އުސޫލުން ގާނޫނުތަކާ ޚިލާފަށް ކަމަށް އެ ޕާޓީ އިން ދެކޭ ކަމަށެވެ. 

ޕީއެންއެފް ގެ ފަރާތުން ބުނީ ހަމައެކަނި އޮންލައިންކޮށް ކެންޑިޑޭޓުންނަށް ފޯމު ހުށަހެޅޭ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް ގޮސްގެން ފޯމު ހުށަހެޅުމުގެ މަސައްކަތް ކުރެވޭނެ މަގު އިލެކްޝަންސް ކޮމިޝަނުން ފަހިކޮށްދޭން ޖެހޭނެ ކަމަށާއި އެއީ ކުރިއަރާފައިވާ މުޖުތަމައުތަކުގައި ވެސް އަމަލުކުރާ ގޮތް ކަމަށެވެ. 

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށްޓަކާ ސަރުކާރުން ދަނީ އެކި ގޮތްގޮތުން ނުފޫޒު ފޯރުވާ، ސާރުކާރު މުވައްޒަފުންނަށް ބިރު ދެއްކުމުގެ އަމަލުތައް ވެސް ހިންގަމުން ކަމަށް ގިނަ ފަރާތްތަކަކުން ތުހުމަތު ކުރެ އެވެ. 

ޕީއެންއެފްއީފާސްމުޙައްމަދު މަލީހް ޖަމާލްހައި ކޯޓުލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކުރިއަށް އޮތް ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރާ ގއ.ކޮލަމާފުށީގެ އެމްޑީޕީގެ ކެންޑިޑޭޓުންނާއި، އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް ބައްދަލުކުރައްވައިފި

03 ފެބުރުއަރީ 2026
ވެރިކަމުގެ ބާރާއި ނުފޫޒުގައި ވެސް ކައުންސިލްގެ ހުރިހާ ގޮނޑިއަކަށް ވެރިކަން ކުރާ ޕީއެންސީ އަށް ކެންޑިޑޭޓުން ނުނެރެވުނު!

ވެރިކަމުގެ ބާރާއި ނުފޫޒުގައި ވެސް ކައުންސިލްގެ ހުރިހާ ގޮނޑިއަކަށް ވެރިކަން ކުރާ ޕީއެންސީ އަށް ކެންޑިޑޭޓުން ނުނެރެވުނު!

03 ފެބުރުއަރީ 2026
ފައިސާ ބެހުމާއި ނަފްސު ވިއްކާލުމަކީ އެމްޑީޕީގެ މެމްބަރުން ކުރާނެ ކަމެއް ނޫން: ކުޑޫ

ފައިސާ ބެހުމާއި ނަފްސު ވިއްކާލުމަކީ އެމްޑީޕީގެ މެމްބަރުން ކުރާނެ ކަމެއް ނޫން: ކުޑޫ

03 ފެބުރުއަރީ 2026
ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ހައިކޯޓަށް އައްޔަން ކުރަނީ

ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ހައިކޯޓަށް އައްޔަން ކުރަނީ

03 ފެބުރުއަރީ 2026
ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ ގެ އިންތިޚާބަކީ ދެފުށް ފެންނަ ގޮތަށް ވޯޓުލުމަށް ފުރުސަތު ލިބޭ ފަހު އިންތިޚާބަށް ވެދާނެ: އަބްދުﷲ ޝާހިދު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ ގެ އިންތިޚާބަކީ ދެފުށް ފެންނަ ގޮތަށް ވޯޓުލުމަށް ފުރުސަތު ލިބޭ ފަހު އިންތިޚާބަށް ވެދާނެ: އަބްދުﷲ ޝާހިދު

03 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު