Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޚިޔާނާތުގެ މައްސަލަ އެއް

މޯލްޑިވްސް ގޭސް ގެ ކުރީގެ އެމްޑީ އަށް ކޮށްފައިވާ ރިޝްވަތު ހިފުމުގެ 5 ދަޢުވާ ސާބިތު ނުވުން: ޕީޖީ އިން ގަސްތުކުރަނީ މައްސަލަ އިސްތިއުނާފް ކުރަން

22 ޖެނުއަރީ 2026 | ބުރާސްފަތި 11:27

މޯލްޑިވްގޭހުގެ ކުރީގެ އެމްޑީ ޢަބްދުﷲ މައުމޫންގެ މައްޗަށް ރިޝްވަތު ހިފުމުގެ 7 ދަޢުވާގެ ތެރެއިން 5 ދަޢުވާ ކްރިމިނަލް ކޯޓުން ސާބިތުނުވާކަމަށް ހުކުމްކުރުމުން ޕީޖީ އޮފީހުން އެ މައްސަލަތައް އިސްތިއުނާފް ކުރުމަށް ވިސްނާކަން ހާމަކޮށްފައިވޭ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 22 ޖެނުއަރީ 2026 | ބުރާސްފަތި 11:27
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުالله މައުމޫން

މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުالله މައުމޫން | ސޯޝަލް މީޑިއާ

މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުالله މައުމޫން ގެ މައްޗަށް ރިޝްވަތު ހިފުމުގެ 5 ދަޢުވާ އެއް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރުމުން، ޕީޖީ އިން ގަސްތު ކުރަނީ މައްސަލަ އިސްތިއުނާފްކުރުމަށް ކަމަށް ޕްރޮސެކޮއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފި އެވެ.

މައުމޫން ގެ މައްޗަށް އެ ދައުވާތައް ކުރުމަށް ފޮނުވީ އޭނާ މޯލްޑިވް ގޭސްގެ އެމްޑީގެ ގޮތުގައި ހުރި އިރު އެ ކުންފުންޏަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް ހަވާލުކޮށްފައިވާ، ކުންފުނިން މައުމޫނާއި އޭނާ އާޢި ގުޅުން ހުރި މީހުން ގެ އެކައުންޓްތަކަށް އެކި ފަހަރު މަތިން 298،000 ޑޮލަރު ޖަމާ ކުރި މައްސަލައަކާއި ގުޅިގެންނެވެ.

Advertisement - newsAdvertisement

 މައުމޫންގެ މައްޗަށް ރިޝްވަތު ހިފުމުގެ 7 ދަޢުވާ ވަނީ އުފުލާފަ އެވެ. އޭގެ ތެރެއިން 5 ދަޢުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައި ވަނީ ބުރާސްފަތި ދުވަހު އެވެ.

ޕީޖީ އޮފީހުން ބުނީ މި 5 ދަޢުވާ ސާބިތު ނުވާ ކަމަށް ނިންމި ސަބަބުތަކަށް ބަލާއިރު މި ނިންމުން ނިންމާފައި ވަނީ ދައުލަތުން ހުށަހެޅި ހެކިތަކަށް އެކަށީގެންވާ ގޮތެއްގައި ރިޢާޔަތް ކުރުމެއްނެތި ކަމަށެވެ. އަދި އެ ނިންމުން ނިންމާފައި ވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ޕީޖީ އޮފީހުން ޤަބޫލު ކުރެ އެވެ.

އެހެންކަމުން، ސާބިތު ނުވާ ކަމަށް ކަނޑައަޅާފައިވާ 5 ދަޢުވާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް އެ އޮފީހުން ޤަޞްދުކުރާ ކަން ޕީޖީ އޮފީހުން ވަނީ ބުރާސްފަތި ދުވަހު ހާމަކޮށްފަ އެވެ.

އެހެންނަމަވެސް މިކަމުގައި އެންމެ ފަހު ނިންމުމެއް ނިންމެން އޮތީ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު މި އޮފީހަށް ލިބުމުންކަމަށް އެ އޮފީހުން ވަނީ ބުނެފަ އެވެ. އެ ރިޕޯޓް މި އޮފީހަށް ލިބުމުން އިސްތިއުނާފުކުރުމާ މެދު ފަހު ނިންމުމެއް ނިންމާނެ ކަމަށް އެ އޮފީހުން ބުނެ އެވެ.

މި މައްސަލާގައި ޢަބްދުالله މައުމޫންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ރިޝްވަތު ހިފުމުގެ 2 ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، ޢަބްދުالله މައުމޫން 12 (ބާރަ) އަހަރާއި، 9 (ނުވައެއް) މަހާއި، 18 (އަށާރަ) ދުވަހަށް ޖަލަށްލުމަށް 29 ސެޕްޓެންބަރު 2025 ދުވަހު ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައި ވެ އެވެ. އޭނާ އަންނަނީ 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.


މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްޢަބްދުﷲ މައުމޫންކްރިމިނަލް ކޯޓްޕްރޮސެކިއުޓަރ ޖެނެރަލްހައި ކޯޓުރިޝްވަތު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2026

ވީވޯ ބްރޭންޑް ގެ ފޯނެއް ވަގަށް ނެގި މީހަކު 5 މަހަށް ޖަލަށް

21 ޖެނުއަރީ 2026
ވީވޯ ބްރޭންޑް ގެ ފޯނެއް ވަގަށް ނެގި މީހަކު 5 މަހަށް ޖަލަށް
21 ޖެނުއަރީ 2026

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި މަސްތުވާތަކެތި އެތެރެކުރުން: އަހުމަދު އަލީ އިންޑިއާއަށް ގޮސް ސަޕްލަޔަރާ ބައްދަލު ކޮށްފައިވާ ކަމަށް ފުލުހުން ބުނޭ

21 ޖެނުއަރީ 2026
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި މަސްތުވާތަކެތި އެތެރެކުރުން: އަހުމަދު އަލީ އިންޑިއާއަށް ގޮސް ސަޕްލަޔަރާ ބައްދަލު ކޮށްފައިވާ ކަމަށް ފުލުހުން ބުނޭ
20 ޖެނުއަރީ 2026

ފުލުހުން އަމަލުކުރި ގޮތުން ކަމަށް ބުނެ އަންވަރު ދޫކޮށްލަން ނިންމީ ގޯސްކޮށް ކަމަށް ހައިކޯޓުން ނިންމައިފި

20 ޖެނުއަރީ 2026
ފުލުހުން އަމަލުކުރި ގޮތުން ކަމަށް ބުނެ އަންވަރު ދޫކޮށްލަން ނިންމީ ގޯސްކޮށް ކަމަށް ހައިކޯޓުން ނިންމައިފި
20 ޖެނުއަރީ 2026

އެއާޕޯޓްގައި މާރާމާރީ ހިންގުމުން ނަސޭހަތް ދީ ދޫކޮށްލި ދެ މީހުން 10 ދުވަސް ފަހުން ހައްޔަރު ކޮށްފި

20 ޖެނުއަރީ 2026
އެއާޕޯޓްގައި މާރާމާރީ ހިންގުމުން ނަސޭހަތް ދީ ދޫކޮށްލި ދެ މީހުން 10 ދުވަސް ފަހުން ހައްޔަރު ކޮށްފި
19 ޖެނުއަރީ 2026

ކޯޓުގެ ސަރވާ ހަލާކުވެފައިވާ ކަމަށް ބުނެ ބަންދުން ދޫކޮށްލަން ނެރުނު އަމުރެއް ބާތިލްކޮށްފި

19 ޖެނުއަރީ 2026
ކޯޓުގެ ސަރވާ ހަލާކުވެފައިވާ ކަމަށް ބުނެ ބަންދުން ދޫކޮށްލަން ނެރުނު އަމުރެއް ބާތިލްކޮށްފި
18 ޖެނުއަރީ 2026

ރައްޔިތުންގެ ތަކްލީފުތަކަށް ހޯދައިދިން ހައްލު، ބައެއް ސިޔާސީ ބޭފުޅުންނަށް ހަޖަމެއް ނުވި، ނަތީޖާ އަކީ ސިޔާސީ ހަރާމް ހުކުމް: ސައީދު

18 ޖެނުއަރީ 2026
ރައްޔިތުންގެ ތަކްލީފުތަކަށް ހޯދައިދިން ހައްލު، ބައެއް ސިޔާސީ ބޭފުޅުންނަށް ހަޖަމެއް ނުވި، ނަތީޖާ އަކީ ސިޔާސީ ހަރާމް ހުކުމް: ސައީދު
17 ޖެނުއަރީ 2026

ކޯޓު ގެ ބެންޗް ބަދަލުކޮށް، ޔާމީން ގެ 1 މިލިއަން ޑޮލަރާ ގުޅޭ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ބާއްވަނީ

17 ޖެނުއަރީ 2026
ކޯޓު ގެ ބެންޗް ބަދަލުކޮށް، ޔާމީން ގެ 1 މިލިއަން ޑޮލަރާ ގުޅޭ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ބާއްވަނީ
15 ޖެނުއަރީ 2026

ރާއްޖޭ ގައި ގޭންގެއް ނެތްކަމަށް ރައީސް ވިދާޅުވެފައިވަނިކޮށް ގޭންގެއް ކަނޑައައެޅުމަށް ކޯޓަށް

15 ޖެނުއަރީ 2026
ރާއްޖޭ ގައި ގޭންގެއް ނެތްކަމަށް ރައީސް ވިދާޅުވެފައިވަނިކޮށް ގޭންގެއް ކަނޑައައެޅުމަށް ކޯޓަށް
14 ޖެނުއަރީ 2026

ކުޑަކުއްޖެއްގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލި މީހަކާ އެކު އިއުތިރާފުގެ އެއްބަސް ވުމެއް ހަދައި، 11 އަހަރަށް ޖަލަށް

14 ޖެނުއަރީ 2026
ކުޑަކުއްޖެއްގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލި މީހަކާ އެކު އިއުތިރާފުގެ އެއްބަސް ވުމެއް ހަދައި، 11 އަހަރަށް ޖަލަށް
14 ޖެނުއަރީ 2026

ކެނދިކުޅުދޫ މީހަކު އަމިއްލަ އަށް ކެނަބިސް ގަސް ހައްދައި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ސަބަބުން އުމުރު ދުވަހުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހިއްޖެ

14 ޖެނުއަރީ 2026
ކެނދިކުޅުދޫ މީހަކު އަމިއްލަ އަށް ކެނަބިސް ގަސް ހައްދައި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ސަބަބުން އުމުރު ދުވަހުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް