Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ2024 ވަނަ އަހަރުގެ ދިރާސީ އަހަރު

2024 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ސަރކިއުލާ އެކުލަވާލި ގޮތުން ޕްލޭ ސްކޫލްގައި ރިޕީޓްކުރި ދަރިވަރާ މެދު އެޑިއުކޭޝަނުން އަލުން ގޮތެއް ކަނޑައެޅުމަށް ހައިކޯޓުން ޙުކުމްކޮށްފި

2023 ވަނަ އަހަރު ޕްލޭ ސްކޫލަށް ވައްދާފައިވާ ދަރިވަރަކު ދިރާސީ އަހަރު ފުރިހަމަކުރި ނަމަވެސް 2024 ގެ ސާކިއުލާ އާއި އެއްގޮތަށް އުމުރު ނުފުރޭތީ ރިޕީޓްކުރުމުން ކުއްޖާ އަލުން އެސެސްކުރުމަށް ހައިކޯޓުން ވަނީ ޙުކުމްކޮށްފަ. އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅުގެ ޚާއްޞަ ޙާލަތާ ގުޅޭގޮތުން ހުށަހަޅާފައިވާ ކަންކަމަށް ރިއާޔަތްކުރުމަށް އަންގާފައިވޭ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 27 ޖެނުއަރީ 2026 | އަންގާރަ 14:46
ހައިކޯޓު ބޭރުން ނަގާފައިވާ ފޮޓޯ އެއް

ހައިކޯޓު ބޭރުން ނަގާފައިވާ ފޮޓޯ އެއް | ހައި ކޯޓް

2024 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ސާކިއުލާ އަށް އަމަލުކުރުމުގެ ގޮތުން ދަރިވަރަކު ޕްލޭ ސްކޫލުން ބޭބީ ނާސަރީ އަށް ޕްރޮމޯޓް ނުކޮށް، ޕްލޭ ސްކޫލް ރިޕީޓްކުރި މައްސަލައިގައި، އެ ދަރިވަރާ މެދު ސިވިލް ކޯޓުން ނިންމާފައިވާ ނިންމުން ބާތިލްކޮށް އެޑިއުކޭޝަނުން އަލުން ގޮތެއް ކަނޑައެޅުމަށް ހައިކޯޓުން ޙުކުމްކޮށްފި އެވެ.

މި މައްސަލަ އަކީ 2023 ވަނަ ދިރާސީ އަހަރުގެ ޕްލޭ ސްކޫލަށް ވެއްދި ދަރިވަރަކު އޭރު މިނިސްޓްރީ އިން ކަނޑައެޅި އުސޫލުތަކާއި އެއްގޮތަށް ދިރާސީ އަހަރު ފުރިހަމަކޮށްފައި ވަނިކޮށް އޭނާ ރިޕީޓް ވުމަށް މަޖުބޫރުވާ ގޮތަށް އޭނާ އާއި މެދު އެޑިއުކޭޝަން މިނިސްޓްރީ އިން އަމަލުކޮށްފައިވާ މައްސަލައެކެވެ. 

2023-2024 ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރުފުރާތަކުގެ ތެރެއިން ބޭބީ ނަރސަރީ އަށް ވަދެވޭނީ އެ އަަހަރުގެ ޖުލައި މަހަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިންނަށެވެ. މި މައްސަލައިގައި ބުނާ ކުއްޖާގެ އުފަން ތާރީހަކީ 13 ޖުލައި 2021 ކަމަށް ވުމާއި އެކު ދަރިވަރު ސްކޫލަށް ވައްދާފައި ވަނީ ރަނގަޅަށެވެ. 2024 ވަނަ އަހަރުގެ ދިރާސީ އަހަރަކީ މެއި 2024 އިން ޑިސެމްބަރު 2024 އެވެ. 30  ޖެނުއަރީގައި ނެރުނު ސަރކިއުލާ އެއްގައި އެޑިއުކޭޝަނުން ބުނީ ކުދިން ނަރސަރީ އަށް 31 ޑިސެމްބަރ 2023 އަށް 3 އަހަރު ފުރި، 4 އަހަރު ނުފުރޭ ކުދިންނަށް ކަމަށެވެ.

މި އުސޫލާއި އެއްގޮތަށް ދަރިފުޅަށް 3 އަހަރު ނުފުރޭތީ ނަރސަރީ އަށް ޕްރޮމޯޓް ނުވާ ކަމަށް މިނިސްޓްރީ އިން ނިންމި އެވެ. އެކަމާއި ގުޅިގެން ތަކުރާރުކޮށް މަސައްކަތްކޮށްގެން ސަރުކާރުގެ ތެރެއިން ހައްލެއް ނުލިބުމުން މި މައްސަލައިގައި ހިމެނޭ ބެލެނިވެރިޔާ ދަރިވަރުގެ ހައްގު ހޯދުމަށް އެދި ވުޒާރާ އަށް ސިޓީ އެއް ވެސް ހުށަޙަޅާފައިވެ އެވެ.

މި މައްސަލަ އަށް ހައްލެއް ނުލިބިގެން ކުއްޖާގެ ބެލެނިވެރިޔާ ވަނީ ސިވިލް ކޯޓަށް މައްސަލަ އެއް  ހުށަހަޅާފަ އެވެ. ސިވިލްކޯޓުން ނިންމީ އެޑިއުކޭޝަންގެ ސަރކިއުލާ އެކުލަވާލީ އެ ވުޒާރާ އަށް ލިބޭ ޤާނޫނީ ބާރުތަކުގެ ދަށުން ކަމަށެވެ. އެހެންކަމުން އެ ސަރކިއުލާ މި މައްސަލައިގައި ބުނާ ކުއްޖާގެ މައްޗަށް ތަތުބީގުކުރުމުގައި އެޑިއުކޭޝަނުން ޤާނޫނާއި ޚިލާފު ނުވާ ކަމަށް ކަނޑައެޅި އެވެ. އަދި އެ މައްސަލައިގައި ނަގައިދިނުމަށް އެދުނު އެއްވެސް ފަރުވާ އެއް ނަގާދޭނެ ތަނެއް ނެތްކަމަށް ޙުކުމް ކުރި އެވެ.

މި މައްސަލަ ހައިކޯޓުގައި ބެއްލެވީ ފަނޑިޔާރު ފާތުމަތު ފަރުހީޒާ، ފަނޑިޔާރު ދީބާނާޒް ފަހުމީ އަދި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އެވެ.

ހައިކޯޓުން ނިންމާފައި ވަނީ ސިވިލް ކޯޓުގެ ނިންމުން ބާތިލް ކުރުމަށެވެ. އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅުގެ ޚާއްޞަ ޙާލަތާ ގުޅޭގޮތުން ހުށަހަޅާފައިވާ ކަންކަމާއި، އެސެސްމަންޓުތައް މިނިސްޓްރީގެ ކަމާބެހޭ ފަންނުވެރިންގެ ފަރާތުން އިންޞާފުވެރިކަމާ އެކު އަލުން ވަޒަންކޮށް އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅު މިހާރު ހުންނަންޖެހޭ ގުރޭޑާ މެދު މިނިސްޓްރީން އަލުން ގޮތެއް ނިންމަން ޖެހޭކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ހައި ކޯޓުސިވިލް ކޯޓުމިނިސްޓްރީ އޮފް އެޑިއުކޭޝަން

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2026

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ގާނޫނު ބާތިލް ކުރުމަށް ހައިކޯޓަށް މައްސަލަ އެއް ހުށަހަޅައިފި

26 ޖެނުއަރީ 2026
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ގާނޫނު ބާތިލް ކުރުމަށް ހައިކޯޓަށް މައްސަލަ އެއް ހުށަހަޅައިފި
22 ޖެނުއަރީ 2026

މޯލްޑިވްސް ގޭސް ގެ ކުރީގެ އެމްޑީ އަށް ކޮށްފައިވާ ރިޝްވަތު ހިފުމުގެ 5 ދަޢުވާ ސާބިތު ނުވުން: ޕީޖީ އިން ގަސްތުކުރަނީ މައްސަލަ އިސްތިއުނާފް ކުރަން

22 ޖެނުއަރީ 2026
މޯލްޑިވްސް ގޭސް ގެ ކުރީގެ އެމްޑީ އަށް ކޮށްފައިވާ ރިޝްވަތު ހިފުމުގެ 5 ދަޢުވާ ސާބިތު ނުވުން: ޕީޖީ އިން ގަސްތުކުރަނީ މައްސަލަ އިސްތިއުނާފް ކުރަން
20 ޖެނުއަރީ 2026

ފުލުހުން އަމަލުކުރި ގޮތުން ކަމަށް ބުނެ އަންވަރު ދޫކޮށްލަން ނިންމީ ގޯސްކޮށް ކަމަށް ހައިކޯޓުން ނިންމައިފި

20 ޖެނުއަރީ 2026
ފުލުހުން އަމަލުކުރި ގޮތުން ކަމަށް ބުނެ އަންވަރު ދޫކޮށްލަން ނިންމީ ގޯސްކޮށް ކަމަށް ހައިކޯޓުން ނިންމައިފި
19 ޖެނުއަރީ 2026

ކޯޓުގެ ސަރވާ ހަލާކުވެފައިވާ ކަމަށް ބުނެ ބަންދުން ދޫކޮށްލަން ނެރުނު އަމުރެއް ބާތިލްކޮށްފި

19 ޖެނުއަރީ 2026
ކޯޓުގެ ސަރވާ ހަލާކުވެފައިވާ ކަމަށް ބުނެ ބަންދުން ދޫކޮށްލަން ނެރުނު އަމުރެއް ބާތިލްކޮށްފި
17 ޖެނުއަރީ 2026

ކޯޓު ގެ ބެންޗް ބަދަލުކޮށް، ޔާމީން ގެ 1 މިލިއަން ޑޮލަރާ ގުޅޭ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ބާއްވަނީ

17 ޖެނުއަރީ 2026
ކޯޓު ގެ ބެންޗް ބަދަލުކޮށް، ޔާމީން ގެ 1 މިލިއަން ޑޮލަރާ ގުޅޭ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ބާއްވަނީ
15 ޖެނުއަރީ 2026

ރާއްޖޭ ގައި ގޭންގެއް ނެތްކަމަށް ރައީސް ވިދާޅުވެފައިވަނިކޮށް ގޭންގެއް ކަނޑައައެޅުމަށް ކޯޓަށް

15 ޖެނުއަރީ 2026
ރާއްޖޭ ގައި ގޭންގެއް ނެތްކަމަށް ރައީސް ވިދާޅުވެފައިވަނިކޮށް ގޭންގެއް ކަނޑައައެޅުމަށް ކޯޓަށް
09 ޖެނުއަރީ 2026

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތު ކުރާ ޝަހީބަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި

09 ޖެނުއަރީ 2026
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތު ކުރާ ޝަހީބަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި
09 ޖެނުއަރީ 2026

ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީ އަށް ފަނޑިޔާރު ހަސަން ޝަފީއު

09 ޖެނުއަރީ 2026
ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީ އަށް ފަނޑިޔާރު ހަސަން ޝަފީއު
31 ޑިސެމްބަރު 2025

ޔާމީން ގެ މަރުގެ މައްސަލަ: ހައިޝަމް އާއި ޒިހާން ގެ މައްސަލަ އަލުން ބެލުމަށް އަމުރު ކުރުމުން ބަންދުކޮށްފި

31 ޑިސެމްބަރު 2025
ޔާމީން ގެ މަރުގެ މައްސަލަ: ހައިޝަމް އާއި ޒިހާން ގެ މައްސަލަ އަލުން ބެލުމަށް އަމުރު ކުރުމުން ބަންދުކޮށްފި
20 ޑިސެމްބަރު 2025

ޕޮންޒީ ސްކީމް ގެ މައްސަލަ: 15 ދުވަހު ގެ ތެރޭގައި ފަސް ލައްކަ އަށްވުރެ ގިނަ ރުފިޔާ ދައްކަން ޣައިރު ހާޒިރު ގައި އަލްހާން ފަހުމީ އާއި އޭނާ ގެ ދެ ކޮއްކޮ ގެ މައްޗަށް ހުކުމް ކޮށްފި

20 ޑިސެމްބަރު 2025
ޕޮންޒީ ސްކީމް ގެ މައްސަލަ: 15 ދުވަހު ގެ ތެރޭގައި ފަސް ލައްކަ އަށްވުރެ ގިނަ ރުފިޔާ ދައްކަން ޣައިރު ހާޒިރު ގައި އަލްހާން ފަހުމީ އާއި އޭނާ ގެ ދެ ކޮއްކޮ ގެ މައްޗަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު