Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަބްދުއްރައޫފް އިބްރާހިމް

ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ވާދަކޮށް ނާކާމިޔާބުވި ރައޫފް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފި

ރައޫފަކީ މީގެކުރިން ސުލޫކީ މައްސަލައެއްގައި މަގާމުން ވަކިކުރަން އުޅުމުން އިސްތިއުފާ ދެއްވުމަށްފަހު، ޕީއެންސީގެ ޕްރައިމަރީގައި ވެސް ވާދަކުރައްވާފައިވާ ބޭފުޅެއް. އޭނާ އަލުން ފަނޑިޔާރުކަމަށް މި އައްޔަންކުރީ ސިޔާސީ ހަރަކާތްތަކުގައި އުޅުއްވުމަށްފަހު މަޖިލިސް އިންތިހާބުން ނާކާމިޔާބުވެފައި ވަނިކޮށް.

އަލީ ޝާހީން
އަލީ ޝާހީން | 8 ފެބުރުއަރީ 2026 | އާދީއްތަ 07:27
ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ކެޔޮދޫ ދާއިރާއަށް ވާދަކުރެއްވި ފަނޑިޔާރު ރައޫފް

ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ކެޔޮދޫ ދާއިރާއަށް ވާދަކުރެއްވި ފަނޑިޔާރު ރައޫފް | ޕީއެންސީ

ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ވާދަކޮށް ނާކާމިޔާބުވި އަބްދުއްރައޫފް އިބްރާހިމް ހައިކޯޓު ފަނޑިޔާރު ކަމަށް އައްޔަންކޮށްފި އެވެ.

ޖޭއެސްސީ އިން މިދިޔަ ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައިވަނީ ކްރިމިނަލް ކޯޓާއި ހައިކޯޓަށް ފަނޑިޔާރުން އައްޔަންކުރަން ނިންމައިފަ އެވެ. ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އެ ކޯޓުގައި ކުރިން މަސައްކަތް ކުރެއްވި އަބްދުއްރައޫފް އިބްރާހިމް އާއި ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގައި މިހާތަނަށް ހުންނެވި އިސްމާއިލް ޝަފީއު ވަނީ އައްޔަން ކުރައްވައިފަ އެވެ.

Advertisement - newsAdvertisement

ހައި ކޯޓުގެ ފަނޑިޔާރުކަމުން ރައޫފު އިސްތިއުފާ ދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރުން ދޫކުރި ފްލެޓެއް އޭނާ އަށް ހުށަހެޅުމުން ގަބޫލު ކުރެއްވި ކަމަށް ބުނެ އެމްޑީޕީގެ ސަރުކާރުގައި ޖޭއެސްސީން މައްސަލަ ބަލައި މަގާމުން ވަކިކުރަން ނިންމާފައި ވަނިކޮށެވެ. އޭގެ ފަހުން އޭނާ ވަނީ މި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކެޔޮދޫ ދާއިރާ އަށް ވެސް ވާދަކުރައްވައިފަ އެވެ. ނަމަވެސް އެ އިންތިހާބުން އޭނާ ވަނީ ނާކާމިޔާބުވެފަ އެވެ. ގިނަ ބަޔަކު ރައޫފު ސިފަ ކުރަނީ އޭނާއަކީ ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައެވެ.

ރައޫފަކީ 10 އަހަރަށް ވުރެ ގިނަ ދުވަހު ހައިކޯޓުގައި ކުރިން މަސައްކަތްކޮށްފައިވާ ބޭފުޅެކެވެ. އޭނާ ފަނޑިޔާރު ކަމުން އޭރު އިސްތިއުފާ ދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރުން ދޫކުރި ފްލެޓެއް އޭނާ އަށް ހުށަހެޅުމުން ގަބޫލު ކުރެއްވި މައްސަލައެއް ސާބިތުވެ, މަގާމުން ވަކިކުރަން ނިންމާފައިވަނިކޮށެވެ. 

ޕީއެންސީޖޭއެސްސީހައި ކޯޓުކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2026

ހޯމަ ދުވަހު ގެ މަޖިލީހުގެ ޖަލްސާ ފަސްކޮށްފި، ސަބަބެއް ނާންގާ

09 ފެބުރުއަރީ 2026
ހޯމަ ދުވަހު ގެ މަޖިލީހުގެ ޖަލްސާ ފަސްކޮށްފި، ސަބަބެއް ނާންގާ
08 ފެބުރުއަރީ 2026

އައިސީޓީ ހަބެއް ތަރައްގީކުރުމުގެ ނަމުގައި ސަރުކާރުން ބިން ހޯދާފައިވަނީ، ލޭންޑް ޔޫސް ޕްލޭން ފާސްކޮށްނުދީ ހިފަހައްޓައި އޮޅުވާލުމެއްގެ ތެރެއިން: ނިޒާރު

08 ފެބުރުއަރީ 2026
އައިސީޓީ ހަބެއް ތަރައްގީކުރުމުގެ ނަމުގައި ސަރުކާރުން ބިން ހޯދާފައިވަނީ، ލޭންޑް ޔޫސް ޕްލޭން ފާސްކޮށްނުދީ ހިފަހައްޓައި އޮޅުވާލުމެއްގެ ތެރެއިން: ނިޒާރު
08 ފެބުރުއަރީ 2026

ޕީއެންސީ އައްޑޫ ޖަލްސާ އަށް ފިނި ތަރުހީބެއް!

08 ފެބުރުއަރީ 2026
ޕީއެންސީ އައްޑޫ ޖަލްސާ އަށް ފިނި ތަރުހީބެއް!
08 ފެބުރުއަރީ 2026

ޕީއެންސީގެ ސިޔާސަތަކީ ލާމަރުކަޒީ ނިޒާމަށް ބީރައްޓެހި ސިޔާސަތެއް، ލާމަރުކަޒުކޮށް ތަރައްގީ ގެނެވޭނީ އެމްޑީޕީއަށް: ރައީސް ސޯލިހު

08 ފެބުރުއަރީ 2026
ޕީއެންސީގެ ސިޔާސަތަކީ ލާމަރުކަޒީ ނިޒާމަށް ބީރައްޓެހި ސިޔާސަތެއް، ލާމަރުކަޒުކޮށް ތަރައްގީ ގެނެވޭނީ އެމްޑީޕީއަށް: ރައީސް ސޯލިހު
08 ފެބުރުއަރީ 2026

ޤާނޫނު ހުއްޓުވި ޕްލޭސްކޫލް އަލުން އައުޓްސޯސް ކުރަން ވޯޓު ދެވުނު އިރުވެސް ސަރުކާރު ކައުންސިލަރަކަށް ނޭނގުނު

08 ފެބުރުއަރީ 2026
ޤާނޫނު ހުއްޓުވި ޕްލޭސްކޫލް އަލުން އައުޓްސޯސް ކުރަން ވޯޓު ދެވުނު އިރުވެސް ސަރުކާރު ކައުންސިލަރަކަށް ނޭނގުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު