Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައި ކޯޓު

ފުލުހުން އަމަލުކުރި ގޮތުން ކަމަށް ބުނެ އަންވަރު ދޫކޮށްލަން ނިންމީ ގޯސްކޮށް ކަމަށް ހައިކޯޓުން ނިންމައިފި

20 ޖެނުއަރީ 2026 | އަންގާރަ 17:29

އަލީ އަންވަރު އޮކްޓޯބަރު 11 ގައި ހައްޔަރުކުރި އިރު، ފުރަތަމަ ފަހަރު 5 ދުވަހަށް ބަންދުކުރި ނަމަވެސް ދެވަނަ ފަހަރު ބަންދު އިތުރުކުރަން ގެންދިޔުމުން ގާޒީ ހުސެއިން ފާއިޒް ރަޝާދު ވަނީ ދޫކޮށްލާފަ. ފާއިޒް އަލީ އަންވަރު ދޫކޮށްލީ ފުލުހުން އަމަލުކުރި ގޮތުގައި އިޖުރާއީ އުނިކަން ހުރި ކަމަށް ބެލެވިގެން ނަމަވެސް، ހައިކޯޓުން ހުކުމްކުރީ އެކަން ގޯސްކަމަށް. މި މައްސަލާގައި ގާޒީ ފާއިޒް ރަޝާދު މިދިޔަ މަހު މަޖިލީހުގެ 56 މެންބަރުންގެ ވޯޓުން ގާޒީކަމުން ވަކިކުރި.

އަލީ ޝާހީން
އަލީ ޝާހީން | 20 ޖެނުއަރީ 2026 | އަންގާރަ 17:29
ހައިކޯޓު ބޭރުން ނަގާފައިވާ ފޮޓޯ އެއް

ހައިކޯޓު ބޭރުން ނަގާފައިވާ ފޮޓޯ އެއް | ހައި ކޯޓް

ފުލުހުން އަމަލުކުރި ގޮތުން ކަމަށް ބުނެ ސ. ހިތަދޫ، ކޯޒީކޯނަރ، އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީކަމުން ވަކިކުރި ހުސެއިން ފާއިޒް ރަޝާދު ނިންމެވީ ގޯސްކޮށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

އަލީ އަންވަރު އެންމެ ފުރަތަމަ ހައްޔަރުކުރީ އޮކްޓޯބަރު 11، ގައި ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާގެ ބަންދާމެދު ގޮތެެއް ނިންމަން ފުރަތަމަ ގެންދިޔުމުން ފަސް ދުވަސް ޖެހި ނަމަވެސް، ދެވަނަ ފަހަރަށް ބަންދުގެ މުއްދަތު އިތުރުކުރަން އޮކްޓޯބަރު 18، ގައި ގެންދިޔުމުން ވަނީ ދޫކޮށްލާފަ އެވެ.

Advertisement - newsAdvertisement

އޭނާ ދޫކޮށްލީ ހައްޔަރުކޮށް ހައްޔަރާމެދު ގޮތް ކަނޑައަޅާފައިވަނީ ކޮން އަސާސެއްގެ މައްޗަށް ކަމަށް ފުލުހުންނަށް ބުނެދެވިފައިނުވާތީ، ހައްޔަރުކުރުމަށްފަހު އަމަލުކުރަންޖެހޭ އިޖުރާއަތުގައި އުނިކަން ހުރި ކަމަށް ބެލެވޭތީ އެވެ. ނަމަވެސް ހައި ކޯޓުން ހުކުމްކުރީ މި މައްސަލައިގެ އަމުރަކީ ޝަރުތުތަކާއެކު ނެރެފައިވާ އަމުރަކަށް ނުވާތީ، އެ އަމުރު ތަންފީޒު ކުރުމަށްޓަކައި ތަރުތީބެއް އޮންނަންޖެހޭ ކަމަށް ދަށު ކޯޓުން ކަނޑައަޅައި، ބަލައި ފާސްކުރުމުގެ ކުރިން ހައްޔަރުކޮށްފައިވާތީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ ހައްޔަރު ގޯސްކަމަށާއި އެހެންކަމުން ބަންދުން ދޫކުރުމަށް ނިންމާފައިވަނީ ގާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމަށް ނުބެލެވޭ ކަމަށެވެ.

މި މައްސަލާގައި ފުލުހުން ކޯޓުގައި ބުނީ އަލީ އަންވަރު ދިރިއުޅޭ ކަމަށް ބެލެވޭ އެޕާޓްމަންޓުގެ ތަޅުދަނޑި އޭނާ އަތުގައި ނެތުމުން އެތަނަށް ވަދެފައިވަނީ ބާރުގެ ބޭނުންކޮށްގެން ކަމަށާއި އެތަނުން އޭނާ ގެ ޕާސްޕޯޓާއި 16 ގްރާމްގެ މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ކިރަން ބޭނުންކުރާ ކައްޓާއެއް ފެނުނު ކަމަށެވެ. އަދި ހައްޔަރަު ކުރި ވަގުތު އެ ކައްޓާ އާއި ބެހޭގޮތުން ސުވާލުކުރުމުން އެ ކައްޓާ އަކީ އެކި ކަހަލަ ތަކެތި ކިރުމަށް ފަސޭހައަކަށް ގެންގުޅޭ ކައްޓާއެއް ކަމަށް ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަންވަރު ބަންދުން ދޫކޮށްލި މައްސަލައިގައި ގާޒީ ފާއިޒްގެ މައްސަލަ ބެލުމަށްފަހު މިދިޔަ މަހު ވަނީ އޭނާ ގާޒީކަމުން ވަކިކޮށްފަ އެވެ. ގާޒީކަމުން ފާއިޒް ވަކިކުރީ ރައްޔިތުންގެ މަޖިލީހުގެ 56 މެންބަރުންގެ ވޯޓުންނެވެ.

އަންވަރު ދޫކޮށްލަން ގާޒީ ފާއިޒް ނިންމެވި ނަމަވެސް ފުލުހުން ވަނީ ދެވަނަ ފަހަރަށް އޭނާ ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކުރީ ސްރީލަންކާއަށް ފުރައިގެން ގޮސް އެ ގައުމަށް އެތެރެވިޔަނުދީ އަނބުރާ ރާއްޖެ ފޮނުވާލުމުން ކަމަށް ފުލުހުން ބުންޏެވެ.

ހުސެއިން ފާއިޒް ރަޝާދުހައި ކޯޓުސ. ހިތަދޫ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2026

ކޯޓުގެ ސަރވާ ހަލާކުވެފައިވާ ކަމަށް ބުނެ ބަންދުން ދޫކޮށްލަން ނެރުނު އަމުރެއް ބާތިލްކޮށްފި

19 ޖެނުއަރީ 2026
ކޯޓުގެ ސަރވާ ހަލާކުވެފައިވާ ކަމަށް ބުނެ ބަންދުން ދޫކޮށްލަން ނެރުނު އަމުރެއް ބާތިލްކޮށްފި
17 ޖެނުއަރީ 2026

ކޯޓު ގެ ބެންޗް ބަދަލުކޮށް، ޔާމީން ގެ 1 މިލިއަން ޑޮލަރާ ގުޅޭ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ބާއްވަނީ

17 ޖެނުއަރީ 2026
ކޯޓު ގެ ބެންޗް ބަދަލުކޮށް، ޔާމީން ގެ 1 މިލިއަން ޑޮލަރާ ގުޅޭ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ބާއްވަނީ
15 ޖެނުއަރީ 2026

ރާއްޖޭ ގައި ގޭންގެއް ނެތްކަމަށް ރައީސް ވިދާޅުވެފައިވަނިކޮށް ގޭންގެއް ކަނޑައައެޅުމަށް ކޯޓަށް

15 ޖެނުއަރީ 2026
ރާއްޖޭ ގައި ގޭންގެއް ނެތްކަމަށް ރައީސް ވިދާޅުވެފައިވަނިކޮށް ގޭންގެއް ކަނޑައައެޅުމަށް ކޯޓަށް
09 ޖެނުއަރީ 2026

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތު ކުރާ ޝަހީބަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި

09 ޖެނުއަރީ 2026
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތު ކުރާ ޝަހީބަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި
09 ޖެނުއަރީ 2026

ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީ އަށް ފަނޑިޔާރު ހަސަން ޝަފީއު

09 ޖެނުއަރީ 2026
ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީ އަށް ފަނޑިޔާރު ހަސަން ޝަފީއު
31 ޑިސެމްބަރު 2025

ޔާމީން ގެ މަރުގެ މައްސަލަ: ހައިޝަމް އާއި ޒިހާން ގެ މައްސަލަ އަލުން ބެލުމަށް އަމުރު ކުރުމުން ބަންދުކޮށްފި

31 ޑިސެމްބަރު 2025
ޔާމީން ގެ މަރުގެ މައްސަލަ: ހައިޝަމް އާއި ޒިހާން ގެ މައްސަލަ އަލުން ބެލުމަށް އަމުރު ކުރުމުން ބަންދުކޮށްފި
19 ޑިސެމްބަރު 2025

ހައި ކޯޓުން ނިންމީ ކަށިމިޔަރު ގެ މަސްވެރިކަން ހުއްޓުވަން ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައި ނުގަންނަން

19 ޑިސެމްބަރު 2025
ހައި ކޯޓުން ނިންމީ ކަށިމިޔަރު ގެ މަސްވެރިކަން ހުއްޓުވަން ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައި ނުގަންނަން
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
10 ޑިސެމްބަރު 2025

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް