Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހައި ކޯޓު

ކޯޓުގެ ސަރވާ ހަލާކުވެފައިވާ ކަމަށް ބުނެ ބަންދުން ދޫކޮށްލަން ނެރުނު އަމުރެއް ބާތިލްކޮށްފި

8 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ކޯޓުގެ ސާވާ ސިސްޓަމަށް މައްސަލަ ދިމާވެ ޝަރީއަތް ހިންގަން ދަތިކަމަށް ބުނެ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލި ނަމަވެސް ދައުލަތުން އިސްތިއުނާފު ކުރުމުން ހައިކޯޓުން އެ މީހާ މިނިވަންކުރަން ނެރުނު އަމުރު ބާތިލުކޮށް ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވޭ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2026 | ހޯމަ 11:38
ހައިކޯޓު ބޭރުން ނަގާފައިވާ ފޮޓޯ އެއް

ހައިކޯޓު ބޭރުން ނަގާފައިވާ ފޮޓޯ އެއް | ހައި ކޯޓް

ކޯޓުގެ ސަރވާ ހަލާކުވެފައިވާތީ ޝަރީއަތް ހިންގަން ދަތި ކަމަށް ބުނެ, ދެކުނުގެ ރަށެއްގައި  ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހައްޔަރުކުރި މީހަކު ދޫކޮށްލަން ނިންމި ނިންމުން ހައިކޯޓުން ބާތިލްކޮށްފި އެވެ.

މި މައްސަލަ އަކީ މިއީ އުމުރުން 8 އަހަރުގެ ތުއްތު ކުއްޖަކު ގްރޫމްކޮށް، އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ އާއިލާ މެމްބަރަކު ހައްޔަރުން ދޫކޮށްލި މައްސަލަ އެކެވެ. އެ މައްސަލަ އަކީ ކުޑަ ކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލަ އަކަށް ވާތީ އާއްމުކޮށް ހުޅުވާނުލައި ކުރިއަށް ގެންދިޔަ މައްސަލަ އެކެވެ. މި މައްސަލައިގައި ދައުވާ ލިބޭ ފިރިހެން މީހާ އަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމު ގެ ދައުވާ ހިމެނެ އެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި އޭނާ ހައްޔަރުކޮށް ފުރަތަމަ ބަންދު ގެ މުއްދަތު ޖެހީ 30 ދުވަހު އެވެ. އެ މުއްދަތު ހަމަވުމުން، ބަންދު މުއްދަތު އިތުރު ކުރަން ކޯޓަށް ގެންދިޔުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފަ އެވެ. އެހެންނަމަވެސް، އެ މައްސަލައިގެ ޝަރީއަތްތައް ލަސްވާތީ އަދި ކޯޓުގެ ސާވާ ސިސްޓަމަށް ދިމާވެފައިވާ މައްސަލައަކާއި ގުޅިގެން  ޝަރީއަތް ހިނގުމަށް ދަތިވެފައިވާކަމަށް ބުނެ އެކަން ހައްލުވަން ދެން އޭނާ ދޫކޮށްދިނުމަށް އޭނާ ގެ ފަރާތުން މެޖިސްޓްރޭޓް ކޯޓުގއި އެދުނެވެ.

އެ ހިސާބުން އެ ކޯޓުން ނިންމީ، އޭނާ ގެ ބަންދަށް ލުއި ދިނުމަށެވެ. މެޖިސްޓްރޭޓް ކޯޓުން ބުނެފައިވަނީ ކޯޓުގެ ވަސީލަތް ނެތުމުން ޝަރީއަތް ހިންގަން ދަތިވާތާ ދެ މަސް ދުވަސް ވެފައިވާއިރު އެކަމަށް އަލި މަގެއް ފެންނަން ވެސް ނެތް ކަމަށެވެ. އެހެންކަމުން ޝަރީއަތް ހިންގޭނެ ހާލަތް ނެތި، މީހެއްގެ ހައްގު ނުހިފެހެއްޓޭނެ ކަމަށް ބުނެ އޭނާ ދޫކޮށްލުމުން، ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފަ އެވެ.

މި މައްސަލަ ހައިކޯޓުގައި ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާޢި، ފާތިމަތު ފަރުހީޒާ އަދި އަބްދުﷲ ޖަމީލް މޫސާއެވެ. ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައި ވަނީ އޭނާ ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ބަހައްޓަން ގާނޫނުން މަގުފަހިކުރާ ކަމަށެވެ. އެހެންކަމުން ހައިކޯޓުންވަނީ އެ މީހާ މިނިވަންކުރަން ނެރުނު އަމުރު ބާތިލުކޮށްފަ އެވެ.

ހައި ކޯޓުމެޖިސްޓްރޭޓް ކޯޓުޖިންސީ ގޯނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޯޓު ގެ ބެންޗް ބަދަލުކޮށް، ޔާމީން ގެ 1 މިލިއަން ޑޮލަރާ ގުޅޭ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ބާއްވަނީ

ކޯޓު ގެ ބެންޗް ބަދަލުކޮށް، ޔާމީން ގެ 1 މިލިއަން ޑޮލަރާ ގުޅޭ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ބާއްވަނީ

17 ޖެނުއަރީ 2026
ރާއްޖޭ ގައި ގޭންގެއް ނެތްކަމަށް ރައީސް ވިދާޅުވެފައިވަނިކޮށް ގޭންގެއް ކަނޑައައެޅުމަށް ކޯޓަށް

ރާއްޖޭ ގައި ގޭންގެއް ނެތްކަމަށް ރައީސް ވިދާޅުވެފައިވަނިކޮށް ގޭންގެއް ކަނޑައައެޅުމަށް ކޯޓަށް

15 ޖެނުއަރީ 2026
ކުޅުންތެރިއަކަށް ބިރު ދައްކައިގެން ޖިންސީ ނާޖާއިޒު ފައިދާ އެއް ނަގަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ، ވޮލީ ކޯޗު ސޮފްވާން ގެ މައްސަލައެއް ފުލުހުން ބަލަނީ

ކުޅުންތެރިއަކަށް ބިރު ދައްކައިގެން ޖިންސީ ނާޖާއިޒު ފައިދާ އެއް ނަގަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ، ވޮލީ ކޯޗު ސޮފްވާން ގެ މައްސަލައެއް ފުލުހުން ބަލަނީ

13 ޖެނުއަރީ 2026
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތު ކުރާ ޝަހީބަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތު ކުރާ ޝަހީބަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި

09 ޖެނުއަރީ 2026
ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީ އަށް ފަނޑިޔާރު ހަސަން ޝަފީއު

ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީ އަށް ފަނޑިޔާރު ހަސަން ޝަފީއު

09 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު