ޒެލެންސްކީ ވިދާޅުވެފައި ވަނީ، ޤައުމު ތަކުގެ ޤައުމީ ސަލާމަތީ ލަފާ ދޭ ފަރާތްތަކުން ޖަނަވަރީ މަހުގެ ތިން ވަނަ ދުވަަހު ޔުކްރެއިންގައި ބައްދަލު ކުރައްވާނެ ކަމަށް އެއަށް ފަހު، ޖަނަވަރީ މަހުގެ ހަ ވަނަ ދުވަހު، ޤައުމު ތަކުގެ ވެރިން ފްރާންސްގައި ބައްދަލު ކުރައްވާނެ ކަމަށް ޒެލެންސްކީ ވިދާޅުވި.


ފްރާންސްގެ ރައީސް މެކްރޮން، ޔުކްރެއިންގެ ރައީސް ޒެލެންސްކީ އަދި އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ
ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގައި، ޔުކްރެއިން އަށް ތާއީދު ކުރާ "ކޯލިޝަން އޮފް ދަ ވިލިން" އިން ޖަނަވަރީ މަހުގެ ތެރޭގައި ބައްދަލު ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެކަން އިއުލާން ކުރައްވާފައި ވަނީ ޔުކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ އެވެ. އެކަން އިއުލާން ކުރައްވަމުން ޒެލެންސްކީ ވިދާޅުވެފައި ވަނީ، ޤައުމު ތަކުގެ ޤައުމީ ސަލާމަތީ ލަފާ ދޭ ފަރާތްތަކުން ޖަނަވަރީ މަހުގެ ތިން ވަނަ ދުވަަހު ޔުކްރެއިންގައި ބައްދަލު ކުރައްވާނެ ކަމަށެވެ. އެއަށް ފަހު، ޖަނަވަރީ މަހުގެ ހަ ވަނަ ދުވަހު، ޤައުމު ތަކުގެ ވެރިން ފްރާންސްގައި ބައްދަލު ކުރައްވާނެ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.
އިނގިރޭސިވިލާތް އަދި ފްރާންސްގެ އިސް ނެގުމުގެ ދަށުން ހިންގާ މި ކޯލިޝަންގައި 30 އަށް ވުރެ ގިނަ ޤައުމު ތަކުން ބައިވެރިވެ އެވެ. ނަމަވެސް، ޖަނަވަރީ މަހު އޮންނަ އެ ކޯލިޝަންގެ ބައްދަލުވުމުގައި ބައިވެރި ވަނީ ކޮން ކޮން ޤައުމު ތަކެއް މިހާތަނަށް ހާމަ ކޮށްފައި ނެތެވެ.
ޒެލެންސްކީ ވިދާޅުވެފައި ވަނީ ފައިދާ ހުރި ގޮތެއްގައި، ހުރިހާ މާނައެއްގައި ބައިވެރިވުމަށް ތައްޔާރުވެފައިވާތީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓީމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި މިހާރު އެންމެ ދުވަހެއް ވެސް ގެއްލުވާލެވެން ނެތް ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފަ އެވެ.
ކޯލިޝަން އޮފް ދަ ވިިލިންގެ މި ބައްދަލުވުން ބާއްވަން މަސައްކަތް ކުރަމުން އަންނައިރު، މި ދަނޑިވަޅަކީ ހަނގުރާމަ ނިންމުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން ގިނަ މަސައްކަތް ތަކެއް ކުރަމުން އަންނަ ވަގުތެކެވެ. ދާދި ފަހުން ޔުކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ، އެމެރިކާގެ ރައީސް ޓްރަމްޕްއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. މި ބައްދަލުވުން ތަކުގެ ސަބަބުން، ހަނގުރާމަ ނިންމުމަށް ކުރަމުން އަންނަ މަސައްކަތް ކާމިޔާބު ވުމުގެ ފުރުސަތު ބޮޑު ކަމަށް މާހިރުން ފާހަގަ ކޮށްފައިވެ އެވެ.
ޔުކްރެއިން އަށް ތާއީދު ކުރަމުން އަންނަ ޤައުމުތަކާއި، ޔޫރަޕުގެ ގިނަ ޤައުމުތަކާއި، އެމެރިކާއާ ދެމެދު ވެސް ގާތް ގުޅުމެއް އޮވެ އެވެ. މި ޤައުމު ތަކުން ހަނގުރާމަ އަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، އެ ޤައުމު ތަކުން އަންނަނީ ސިޔާސީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ވެސް ޔުކްރެެއިން އަށް އެހީތެރިކަމާއި އެއްބާރުލުން ދެމުންނެވެ.
މި ބައްދަލުވުމުގައި އެމެރިކާ އިން ވެސް ބައިވެރިވާނެ ކަމަށް ޒެލެންސްކީ ހާމަ ކުރައްވާފައިވާއިރު، މިއީ ހަނގުރާމަ ނިންމުމަށް އެމެރިކާ އިން ގެންގުޅޭ ސީރިއަސްކަން ހާމަވާ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
މަސްދަރު: ރޮއިޓާސް