Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފްރާންސް

އެޕްސްޓީންއާ މެކްރޮންއާ ދެމެދު ގުޅުމެއް އޮތް ކަމަށް ބުނެ، ރަޝިޔާއާ ގުޅުން ހުރި ބަޔަކު ދޮގު ޚަބަރު ތަކެއް ފެތުރި

ފްރާންސް ސަރުކާރުގެ މަސްދަރަކުން ހުކުރު ދުވަހު ބުނެފައި ވަނީ، ރަޝިޔާއާ ގުޅުން ހުރި ސްޓޯމާ-1516 ނެޓްވޯކްއާ ގުޅިފައިވާ ދޮގު ޚަބަރު ފަތުރާ އޮޕަރޭޝަނެއް ފްރާންސްގެ އިދާރާ ތަކަށް ދެނެގަނެވިފައިވާ ކަމަށް. އެ އޮޕަރޭޝަންގެ މަޤުސަދަކީ ފްރާންސްގެ ރައީސް މެކްރޮން އާއި، އެޕްސްޓީންއާ ދެމެދު ޝައްކު އުފެދޭ ގުޅުން ތަކެއް އޮތް ކަަމަށް ބުނުން ކަމަށް ފާހަގަ ކޮށްފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2026 | އާދީއްތަ 04:36
ފްރާންސްގެ ރައީސް މެކްރޮން، އޭނާ އާއި އެޕްސްޓީންއާ ދެމެދު ގުޅުން އޮތް ކަމަށް ބުނެ ބަޔަކު ދޮގު ޚަބަރު ފެތުރި

ފްރާންސްގެ ރައީސް މެކްރޮން، އޭނާ އާއި އެޕްސްޓީންއާ ދެމެދު ގުޅުން އޮތް ކަމަށް ބުނެ ބަޔަކު ދޮގު ޚަބަރު ފެތުރި | ގެޓީ އިމޭޖަސް

އެމެރިކާގެ ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީން އާއި، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންއާ ގުޅުން ތަކެއް އޮތް ކަމަށް ބުނެ، ރަޝިޔާއާ ގުޅުން ހުރި ބަޔަކު ދޮގު މައުލޫމާތު ފަތުރާފައިވާ ކަމަށް ފްރާންސް ސަރުކާރުގެ އިސް އޮފިޝަލުން ބުނެފި އެވެ. 

ފްރާންސް ސަރުކާރުގެ މަސްދަރަކުން ހުކުރު ދުވަހު ބުނެފައި ވަނީ، ރަޝިޔާއާ ގުޅުން ހުރި ސްޓޯމާ-1516 ނެޓްވާރކްއާ ގުޅިފައިވާ ދޮގު ޚަބަރު ފަތުރާ އޮޕަރޭޝަނެއް ފްރާންސްގެ އިދާރާ ތަކަށް ދެނެގަނެވިފައިވާ ކަމަށެވެ. އެ އޮޕަރޭޝަންގެ މަޤުސަދަކީ ފްރާންސްގެ ރައީސް މެކްރޮން އާއި، އެޕްސްޓީންއާ ދެމެދު ޝައްކު އުފެދޭ ގުޅުން ތަކެއް އޮތް ކަަމަށް ބުނުން ކަމަށް ފާހަގަ ކޮށްފައިވެ އެވެ. 

ފްރާންސް ސަރުކާރުގެ އިދާރާއެއް ކަމަށްވާ ވިޖިނަމް އިން ބުދަ ދުވަހު ވަނީ މި އޮޕަރޭޝަން ދެނެގެންފަ އެވެ. މި އިދާރާ އަކީ އޮންލައިންކޮށް ބޭރުގެ ފަރާތް ތަކުން ވެރިކަން ކުރުމާ ދެކޮޅަށް މަސައްކަތް ކުރުމަށް ހަވާލު ކުރެވިފައިވާ އިދާރާ އެކެވެ. އެ އޮޕަރޭޝަން ހިންގީ ފްރާންސް-ސޯއާ ނަމަކަށް ކިޔާ ޚަބަރު ފަތުރާ ވެބްސައިޓެއް ކަހަލަ ވެބްސައިޓެއް ހަދައިގެން ކަމަށް އެ މަސްދަރުން ބުނެފައިވެ އެވެ. 

އެއަށް ފަހު އެ ވެބްސައިޓުގައި ވަނީ ފްރާންސްގެ ރައީސް މެކްރޮން އާއި، އެޕްސްޓީންއާ ގުޅުން ތަކެއް އޮތް ކަމަށް ބުނާ ލިޔުން ޝާއިއު ކޮށްފަ އެވެ. އެއަށް ފަހު، އެ ޚަބަރު ވަނީ ސޯޝަލް މީޑިއާގެ އެކްސްގައި ފަތުރައިފަ އެވެ. 

އެމެރިކާގެ ޑެޕިއުޓީ އެޓަރނީ ޖެނަރަލް ޓޮޑް ބްލާންޗް ވިދާޅުވީ، އެޕްސްޓީން މައްސަލައިގެ ތިން މިލިއަނަށް ވުރެ ގިނަ ޞަފްހާގެ ފައިލް ތަކެއް ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓް އިން ޝާއިއު ކުރި ކަަމަށާއި، އޭގެ ތެރޭގައި އިތުރު ދައުވާ ތަކަށް މަގުފަހިވާ އައު އެއްވެސް މައުލޫމާތެއް ނެތް ކަމަށެވެ. އެޕްސްޓީންގެ ފައިލް ތަކުގައި ނަން އޮތް ކޮންމެ މީހަކީ އެކަމުގެ ތެރޭގައި ކުށްވެރިވެފައިވާ މީހެއް ނޫން ކަމަށް ފާހަގަ ކޮށްފައި ވީ ނަަމަވެސް، އެ ފައިލް ތަކުގެ ސަބަބުން ސިޔާސީ ގިނަ ބަޔަކު ވަނީ ހޫނު ފެނަށް ވެއްޓިފަ އެވެ. 

ބުދަ ދުވަހުގެ ރޭ ފްރާންސް-ސޯއާ އިން ވަނީ ބަޔާނެއް ނެރެ، މެކްރޮންއާ ގުޅޭ ގޮތުން ދޮގު ޚަބަރު ފަތުރާ ކަމަށް ބުނާ ބުނުމާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފަ އެވެ. އެކްސްގައި ޝާއިރު ކުރި ބަޔާނެއްގައި ފްރާންސް-ސޯއާ އިން ބުނެފައި ވަނީ، އެ ނަމުގައި ހަދައިގެން އުޅޭ ފޭކް ވެބްސައިޓާ އެއްވެސް ގުޅުމެއް ވެސް ނޯންނާނެ ކަމަށެވެ. 

ސަރުކާރުގެ މަސްދަރުން ބުނެފައި ވަނީ، ދޮގު ޚަބަރު ފެތުރި އެ ސައިޓާއި، ކޮޕީކޮޕް ނަމަކަށް ކިޔާ ދޮގު ޚަބަރު ފަތުރާ ބަޔަކާ ގުޅުމެއް އޮތް ކަަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. ކޮޕީކޮޕް ގުޅިފައި ވަނީ 2016 ވަަނ އަހަރުން ފެށިގެން ރަޝިޔާގައި ދިރިއުޅެމުން އަންނަ، އެމެރިކާގެ ކުރީގެ ފުލުހުންގެ އޮފިސަރެއް ކަމަށްވާ ޖޯން މާކް ޑޫގަންއާ ކަމަށް ވެސް އެ މަސްދަރުން ބުނެފައިވެ އެވެ. 

އެކްސްގައި އެންމެ ފުރަތަަމަ އެ ވީޑިއޯ ހިއްސާ ކޮށްފައިވާ އެކައުންޓަކީ ސްޓޯމް-1516 އޮޕަރޭޝަންތައް ފަތުރާލުމުގައި ގިނައިން ބަައިވެރިވާ އެކައުންޓަކުން ކަަމަށް ބުނެފައިވެ އެވެ. އެއަށް ފަހު، ވިޖިނަމް އިން ބަލަމުން އަންނަ އެހެން ގިނަ އެކައުންޓު ތަކުން އެ ވީޑިއޯ ފަތުރާފައިވާ ކަމަށާއި، އެއީ ފައިސ ދީގެން ހިންގާ އެކައުންޓު ތަކެއް ކަަމަށް ޤަބޫލު ކުރެވޭ ކަމަށް ސަރުކާރުގެ މަސްދަރުން ބުނެފައިވެ އެވެ. 

މަސްދަރު: ލީމޮންޑް

ރަޝިޔާޖެފްރީ އެޕްސްޓީންސްޓޯމް-1516ފްރާންސްއެމަނުއަލް މެކްރޯން

ކޮމެންޓް

އިތުރަށް ކިޔާލަން

މެންޑެލްސަންގެ ދޮގު ތަކުގައި ޖެހެވުނީތީ، އެޕްސްޓީންގެ ޝިކާރައަކަށްވި މީހުންގެ ކިބައިން ބޮޑު ވަޒީރު ސްޓާމަރ މައާފަށް އެދިވަޑައިގެންފި

މެންޑެލްސަންގެ ދޮގު ތަކުގައި ޖެހެވުނީތީ، އެޕްސްޓީންގެ ޝިކާރައަކަށްވި މީހުންގެ ކިބައިން ބޮޑު ވަޒީރު ސްޓާމަރ މައާފަށް އެދިވަޑައިގެންފި

08 ފެބުރުއަރީ 2026
އެޕްސްޓީން ދުނިޔޭގައި ހުރިއިރު އެކަކު ވެސް އަޅާ ނުލި، މަރުވީމަ އެންމެން އެ ވާހަކަ ދައްކަނީ: ޓްރަމްޕް

އެޕްސްޓީން ދުނިޔޭގައި ހުރިއިރު އެކަކު ވެސް އަޅާ ނުލި، މަރުވީމަ އެންމެން އެ ވާހަކަ ދައްކަނީ: ޓްރަމްޕް

07 ފެބުރުއަރީ 2026
ރަޝިޔާގެ ޖާސޫސީ އިދާރާގެ ވެރިޔާގެ ނައިބަށް ބަޑިން ހަމަލާދީ ޒަޚަމްކޮށްލައިފި

ރަޝިޔާގެ ޖާސޫސީ އިދާރާގެ ވެރިޔާގެ ނައިބަށް ބަޑިން ހަމަލާދީ ޒަޚަމްކޮށްލައިފި

06 ފެބުރުއަރީ 2026
އެޕްސްޓީންއާ ގުޅުން އޮތް މެންޑެލްސަންގެ މައްސަލައިގައި، އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ ހޫނު ފެނަށް

އެޕްސްޓީންއާ ގުޅުން އޮތް މެންޑެލްސަންގެ މައްސަލައިގައި، އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ ހޫނު ފެނަށް

05 ފެބުރުއަރީ 2026
ރައީސް ވަހީދު ގެ މައްޗަށް ތަހުގީގު ހިންގުމަކީ ރައީސް މުއިއްޒު ކުރައްވަންޖެހޭނެ ކަމެއް: ރީކޯ މޫސަ

ރައީސް ވަހީދު ގެ މައްޗަށް ތަހުގީގު ހިންގުމަކީ ރައީސް މުއިއްޒު ކުރައްވަންޖެހޭނެ ކަމެއް: ރީކޯ މޫސަ

05 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު