Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ޔޫކްރެއިން އަށް ސަލާމަތީ ޔަޤީންކަން ދިނުމަށް، ޔޫރަޕާއި އެމެރިކާގެ އިއްތިހާދުން އެއްބަސްވެއްޖެ

7 ޖެނުއަރީ 2026 | ބުދަ 04:07

ވިޓްކޮފް ވިދާޅުވީ މަޝްވަރާ ތަކުން ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އެގޮތުން އިއްތިހާދީ ޤައުމު ޔަކުން ޔޫކްރެއިން އަށް ދޭނެ ސަލާމަތީ ޔަޤީންކަމުގެ މައްސަލަ ބޮޑު ދަރަޖަ އަކަށް ނިންމާލެވިފައިވާ ކަމަށް އޭނާ ވިދާޅުވި. އަދި އެކަމުގެ ސަބަބުން ހަނގުރާމަ ނިމުމުން، އެއީ ދާއިމީ ނިމުމަކަށް ވާނެކަން ޔޫކްރެއިންގެ ރައްޔިތުންނަށް އެނގޭނެ ކަމަށް ވެސް ވިޓްކޮފް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޖެނުއަރީ 2026 | ބުދަ 04:07
ފްރާންސްގެ ރައީސް މެކްރޮން އާއި ޔުކްރެއިންގެ ރައީސް ޒެލެންސްކީ

ފްރާންސްގެ ރައީސް މެކްރޮން އާއި ޔުކްރެއިންގެ ރައީސް ޒެލެންސްކީ | ރޮއިޓަސް

ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގައި، ޔޫކްރެއިން އަށް ސަލާމަތީ ޔަޤީންކަން ދިނުމަށް ޔޫރަޕާއި އެމެރިކާގެ އިއްތިހާދީ ޤައުމު ތަކުން އެއްބަސްވެއްޖެ އެވެ.

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އަންގާރަ ދުވަހު ވިދާޅުވެފައި ވަނީ، ޔޫކްރެއިންގެ ސަލާމަތީ ޔަޤީންކަން ކަށަވަރު ކުރުމުގެ އެއްބަސްވުމެއް އެކުލަވާލާފައިވާ ކަމަށެވެ. އެގޮތުން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ފަހު، އެކަމުގެ ދަށުން ބަލަހައްޓަން ޖެހޭ ކަންކަމުގައި އެމެރިކާ އިން ލީޑު ކުރާނެ ކަމަށް ވެސް މެކްރޮން ވިދާޅުވެފައިވެ އެވެ. 

މެކްރޮންގެ އިތުރުން، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އާއި، ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ވަނީ ފްރާންސްގެ ވެރި ރަށް ޕެރިހުގައި ބައްދަލު ކުރައްވައިފަ އެވެ. ކޯލިޝަން އޮފް ދަ ވިލިންގެ ބައްދަލުވުމަށް ފަހު ވަނީ، ހަނގުރާމަ ހުއްޓުމަށް ފަހު އިނގިރޭސިވިލާތާއި، ފްރާންސް އަދި ޔޫރަޕުގެ އެހެން ޤައުމު ތަކުން ޔޫކްރެއިންގެ ބިމަށް ސިފައިން ފޮނުވުމަށް އެއްބަސްވެ ވަނީ ސޮއި ކޮށްފަ އެވެ. 

އެ ބައްދަލުވުމުގައ މެކްރޮން ވިދާޅުވީ، އެ ފިޔަވަޅު ތަކަކީ ދެމެހެއްޓެނެވި ސުލްޙައެއް ޤާއިމު ކުރުމަށް ވަރުގަދަ ސަލާމަތީ ޔަޤީންކަން ދިނުމަށް އުޅޭ ފިޔަވަޅު ތަކެއް ކަމަށެވެ. އެމެރިކާ ހިމެނޭހެން އިއްތިހާދީ ޤައުމު ތަކުގެ ދެމެދު އޮޕަރޭޝަނަލް ގޮތުން އެއްބައިވަންތަކަން ޙާސިލު ވެފައިވާ ކަމަށް ވެސް މެކްރޮން ވަނީ ވިދާޅުވެފަ އެވެ. އެކަން ފާހަގަ ކުރައްވައި މެކްރޮން ވިދާޅުވީ، ސަލާމަތީ ޔަޤީން ކަމަކީ ސުލްޙައިގެ އެއްބަސްވުމަކުން ރަޝިޔާ އިން އަލުން ޔޫކްރެއިން އަށް ނުރައްކަލެއް ކުރިމަތި ނުވާނެކަން ކަށަވަރު ކުރެވޭނެ ހަމައެކަނި ގޮތް ކަމަށެވެ. 

އެ މަޝްވަރާ ތަކުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. ވިޓްކޮފް ވިދާޅުވީ މަޝްވަރާ ތަކުން ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އެގޮތުން އިއްތިހާދީ ޤައުމު ޔަކުން ޔޫކްރެއިން އަށް ދޭނެ ސަލާމަތީ ޔަޤީންކަމުގެ މައްސަލަ ބޮޑު ދަރަޖަ އަކަށް ނިންމާލެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން ހަނގުރާމަ ނިމުމުން، އެއީ ދާއިމީ ނިމުމަކަށް ވާނެކަން ޔޫކްރެއިންގެ ރައްޔިތުންނަށް އެނގޭނެ ކަމަށް ވެސް ވިޓްކޮފް ވިދާޅުވި އެވެ. 

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެފައި ވަނީ، ހަނގުރާމަ ހުއްޓުވުމަށް ފަހު އިނގިރޭސިވިލާތް އަދި ފްރާންސް އިން ޔޫކްރެއިންގެ އެކި ހިސާބު ތަކުގައި އަސްކަރީ ހަބުތައް ޤާއިމުކޮށް، ޔޫކްރެއިންގެ ދިފާއި ބޭނުން ތަކަށް ހަތިޔާރާއި، އަސްކަރީ ސާމާނު ބެހެއްޓުމަށް ރައްކާތެރި ތަންތަން ރާވާފައިވާ ކަމަށެވެ. ނަމަވެސް، ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިން ހުންްނެވީ ސުލްޙަ އަށް ތައްޔާރަށް ނޫން ކަމަށް ސްޓާމާ ވަނީ ވިދާޅުވެފަ އެވެ.

ރަޝިޔާ-ޔޫކްރެއިންކިއަ ސްޓާމާވޮލޮޑިމިރް ޒެލެންސްކީރައީސް ޑޮނަލްޑް ޓްރަމްޕްވްލަޑިމިއަރ ޕުޓިންއެމަނުއަލް މެކްރޯންރަޝިޔާ-ޔޫކްރެއިން ހަނގުރާމަކޮލިޝަން އޮފް ދަ ވިލިންގ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2026

މިޑް ޓާމް އިންތިޚާބުގައި ރިޕަބްލިކަނުން ބަލިވެއްޖެ ނަމަ، އަހަރެން އަޒުލު ކުރާނެ: ޓްރަމްޕް

07 ޖެނުއަރީ 2026
މިޑް ޓާމް އިންތިޚާބުގައި ރިޕަބްލިކަނުން ބަލިވެއްޖެ ނަމަ، އަހަރެން އަޒުލު ކުރާނެ: ޓްރަމްޕް
07 ޖެނުއަރީ 2026

ޓްރަމްޕް ގްރީންލޭންޑަށް ބިރުދެއްކުމާ ގުޅިގެން ނޭޓޯ އާއި ވިލާތުގެ އިއްތިހާދަށް ނުތަނަވަސްކަން

07 ޖެނުއަރީ 2026
ޓްރަމްޕް ގްރީންލޭންޑަށް ބިރުދެއްކުމާ ގުޅިގެން ނޭޓޯ އާއި ވިލާތުގެ އިއްތިހާދަށް ނުތަނަވަސްކަން
07 ޖެނުއަރީ 2026

އަންނަ އަހަރު ވެސް ބޮޑު ވަޒީރު ކަމުގައި ހުންނާނީ އަހަރެން: ސްޓާމާ

07 ޖެނުއަރީ 2026
އަންނަ އަހަރު ވެސް ބޮޑު ވަޒީރު ކަމުގައި ހުންނާނީ އަހަރެން: ސްޓާމާ
07 ޖެނުއަރީ 2026

އެމެރިކާގެ ރައީސް ޓްރަމްޕްގެ ނެށުން މަދޫރޯ ކޮޕީކޮށް މަލާމާތް ކުރުމުން އެމެެރިކާ ސަރުކާރުން އޭނާ ހައްޔަރު ކުރުމަށް އިތުރު ބާރަކަށްވި

07 ޖެނުއަރީ 2026
އެމެރިކާގެ ރައީސް ޓްރަމްޕްގެ ނެށުން މަދޫރޯ ކޮޕީކޮށް މަލާމާތް ކުރުމުން އެމެެރިކާ ސަރުކާރުން އޭނާ ހައްޔަރު ކުރުމަށް އިތުރު ބާރަކަށްވި
07 ޖެނުއަރީ 2026

ވެނެޒުއޭލާގެ 50 މިލިއަން ފީފާ ތެޔޮ އެމެރިކާ އަށް ލިބޭނެ ކަމަށާއި، ބާޒާރުގެ އަގުގައި ވިއްކުމަށްފަހު ލިބޭ ފައިސާ ކޮންޓްރޯލު ކުރައްވާނީ އޭނާ އަމިއްލަ އަށް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ގާނޫނު ހަދާ މަޖިލީހުގެ ބަހެއް ނެތި ގައުމުތަކަށް އަސްކަރީ ހަމަލާތައް ދޭތީ، ރައީސް ޓްރަމްޕްގެ ބާރުތައް ހިފެހެއްޓުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލިހަށް ހުށަހަޅަނީ!

07 ޖެނުއަރީ 2026
ގާނޫނު ހަދާ މަޖިލީހުގެ ބަހެއް ނެތި ގައުމުތަކަށް އަސްކަރީ ހަމަލާތައް ދޭތީ، ރައީސް ޓްރަމްޕްގެ ބާރުތައް ހިފެހެއްޓުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލިހަށް ހުށަހަޅަނީ!
06 ޖެނުއަރީ 2026

އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނުނު މަދޫރޯ ހައްޔަރު ކޮށްގެން ދިޔަ އިރު ޕުޓިން ހަނު ހުންނެވީ ކީއްވެ؟

06 ޖެނުއަރީ 2026
އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނުނު މަދޫރޯ ހައްޔަރު ކޮށްގެން ދިޔަ އިރު ޕުޓިން ހަނު ހުންނެވީ ކީއްވެ؟
06 ޖެނުއަރީ 2026

އެމެރިކާގެ ކުޑަކުދިންނަށް ދޭ ވެކްސިން ގެ ސިޔާސަތައް ބޮޑެތި ބަދަލުތަކެއް ގެނެސް، ދޭން ޖެހޭ ވެކްސިން ގެ އަދަދު ދަށްކޮށްފި

06 ޖެނުއަރީ 2026
އެމެރިކާގެ ކުޑަކުދިންނަށް ދޭ ވެކްސިން ގެ ސިޔާސަތައް ބޮޑެތި ބަދަލުތަކެއް ގެނެސް، ދޭން ޖެހޭ ވެކްސިން ގެ އަދަދު ދަށްކޮށްފި
06 ޖެނުއަރީ 2026

އެމެރިކާ އިން ގްރީންލޭންޑް ހިފުމަށް އެއްވެސް މަސައްކަތެއް ކޮށްފި ނަމަ ނޭޓޯ ނިމުމަކަށް އަންނާނެ: ޑެންމާކުގެ ބޮޑު ވަޒީރު

06 ޖެނުއަރީ 2026
އެމެރިކާ އިން ގްރީންލޭންޑް ހިފުމަށް އެއްވެސް މަސައްކަތެއް ކޮށްފި ނަމަ ނޭޓޯ ނިމުމަކަށް އަންނާނެ: ޑެންމާކުގެ ބޮޑު ވަޒީރު
05 ޖެނުއަރީ 2026

އެމެރިކާގެ ރައީސް ޓްރަމްޕްގެ އިންޒާރުތަކާ ގުޅިގެން، ހަތިޔާރު ނަންގަވަން ތައްޔާރަށް ހުންނެވި ކަމަށް ކޮލަމްބިއާގެ ރައީސް ޕެޓްރޯ ވިދާޅުވެއްޖެ

05 ޖެނުއަރީ 2026
އެމެރިކާގެ ރައީސް ޓްރަމްޕްގެ އިންޒާރުތަކާ ގުޅިގެން، ހަތިޔާރު ނަންގަވަން ތައްޔާރަށް ހުންނެވި ކަމަށް ކޮލަމްބިއާގެ ރައީސް ޕެޓްރޯ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް