Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފްރާންސް

30 މީހަކަށް ވިހަ ދީ، 12 މީހުން މަރާލި ޑޮކްޓަރަކު އުމުރު ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކޮށްފި

މައްސަލައިގެ ތަހުގީގުގައި ބުނެފައި ވަނީ އޭނާ ބަލި މީހުންނަށް ވިހަ ދީފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އެ މީހުންގެ ހިތުގެ ޙާލަތު ގޯސްވެ، ހިތް ހުއްޓިފައިވާ ކަމަށް. އެ ހާދިސާ ތަކުގައި 12 މީހުންގެ ފުރާނަ ސަލާމަތް ނުކުރެވި މަރުވެފައިވާ ކަމަށާއި، ބާކީ ތިބި މީހުންގެ ފުރާނަ ފަރުވާ އިން ސަލާމަތް ކުރެވުނު ކަމަށް ފާހަގަ ކޮށްފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2025 | ހުކުރު 09:00
ބަޔަކަށް ވިހަ ދީ މަރާލި މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވި ޑޮކްޓަރު

ބަޔަކަށް ވިހަ ދީ މަރާލި މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވި ޑޮކްޓަރު

ފްރާންސްގައި 30 ބަލި މީހުންނަށް ވިހަ ދީ، 12 މީހަކު މަރާލި މައްސަލައިގައި، ޑޮކްޓަރަކު އުމުރު ދުވަހަށް ޖަލަށް ލުމަށް ފްރާންސްގެ ކޯޓަކުން ޙުކުމް ކޮށްފި އެވެ. 

ބުރާސްފަތި ދުވަހު ފްރާންސްގެ ކޯޓަކުން އުމުރު ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައި ވަނީ އުމުރުން 53 އަހަރުގެ ފްރެޑެރިކް ޕެޝިއާ ނަމަކަށް ކިޔާ ޑޮކްޓަރެއްގެ މައްޗަށެވެ.

އޭނާ މަސައްކަތް ކޮށްފައި ވަނީ އިރުމަތީ ސިޓީ ބެސަންސޮންގައި ހުންނަ ދެ ކްލިނިކެއްގައި އެނެސްތީސިއާ ޑޮކްޓަރެއްގެ ގޮތުގަ އެވެ. އެތައް ބަޔަކަށް ވިހަ ދީ، ބަޔަކު މަރާލި ކަމަށް ތުހުމަތު ކުރެވޭ ހާދިސާ ހިނގާފައި ވަނީ 2008 ވަނަ އަހަރުން ފެށިގެން، 2017 ވަނަ އަހަރާ ދެމެދު ކަމަށް ބުނެފައިވެ އެވެ. 

މައްސަލައިގެ ތަހުގީގުގައި ބުނެފައި ވަނީ އޭނާ ބަލި މީހުންނަށް ވިހަ ދީފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އެ މީހުންގެ ހިތުގެ ޙާލަތު ގޯސްވެ، ހިތް ހުއްޓިފައިވާ ކަމަށެވެ. އެ ހާދިސާ ތަކުގައި 12 މީހުންގެ ފުރާނަ ސަލާމަތް ނުކުރެވި މަރުވެފައިވާ ކަމަށާއި، ބާކީ ތިބި މީހުންގެ ފުރާނަ ފަރުވާ އިން ސަލާމަތް ކުރެވުނު ކަމަށް ފާހަގަ ކޮށްފައިވެ އެވެ. 

މީގެ އިތުރުން ތަހުގީގުގައި ބުނެފައި ވަނީ ޑޮކްޓަރު އެކަން ކޮށްފައި ވަނީ، އޭނާ އާއެކު މަސައްކަތް ކުރާ ބައެއް އެހެން ޑޮކްޓަރުންގެ އަގު ވައްޓާލައި، އެމީހުންގެ ނަން ހަޑި ކުރުމުގެ މަޤުސަދުގަ އެވެ. އެގޮތުން އޭނާ އެ ކުށްތައް ކޮށްފައި ވަނީ، އެހެން ޑޮކްޓަރުންގެ ބޮލުގައި ދޮގު ތުހުމަތު ތަކެއް އެޅުވުމުގެ މަޤުސަދުގައި ކަމަށް ފާހަގަ ކޮށްފައިވެ އެވެ. 

ޝަރީއަތުގައި އޭނާގެ މައްޗަށް އެ މައްސަލަ ސާބިތުވެފައިވާ ކަމަށް ނިންމާފައިވާއިރު، މައްސަލައިގައި ޙުކުމް ކޮށްފައި ވަނީ އޭނާ އަށް އުމުރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރުމަށެވެ. މިއީ ފްރާންސްގެ ޤާނޫނުގައި އެފަދަ ކުށް ތަަކަށް ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބެވެ. 

ފްރާންސްގެ މީޑިއާ ތަކުގައި ބުނެފައި ވަނީ، އެ މައްސަލަ އަކީ ފްރާންސްގެ ޞިއްޙީ ނިޒާމުގައި ހިނގި ވަރަށް ބޮޑު ކުށެއް ކަމަށެވެ. ޚާއްސަކޮށް ބަލި މީހުންނަށް ފަރުވާ ދިނުމަށް ތިބޭ ޑޮކްޓަރުންނާއި، އާންމުންގެ އިތުބާރު ހޯދާފައިވާ ޑޮކްޓަރުން މިފަދަ ކަންކަން ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބުނެފައިވެ އެވެ. 

މި މައްސަލަ ފެންމަތި ވުމުން ފްރާންސްގެ ޞިއްޙީ ދާއިރާ އަށް ވަނީ ބޮޑެތި ބަދަލު ތަކެއް ގެނެސްފަ އެވެ. އެގޮތުން ހޮސްޕިޓަލު ތަކާއި، ކްލިނިކް ތަކުގައި ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމައިފަ އެވެ. އަދި އެކަން ތަންފީޒު ކުރުމަށް ވެސް މިހާރު ވަނީ ފަށައިފަ އެވެ. 

ޑޮކްޓަރުގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެ މައްސަލައިގައި އަނިޔާވި ބަލި މީހުންގެ އާއިލާ ތަކުން ވަނީ އެކަމުގެ ހިތްހަމަ ޖެހުން ފާޅު ކޮށްފަ އެވެ. ނަމަވެސް، އެ މީހުންގެ އާއިލާ މީހުންނަށް ލިބުނު ގެއްލުން އަދި ވެސް އިންތިހާ އަށް ބޮޑު ކަމަށާއި، އެކަމުގެ ސަބަބުން އާއިލާ ތަކަށް އިންތިހާ އަށް ނިކަމެތިކަން ކުރިމަތިވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ. 

މަސްދަރު: އޭއެފްޕީ

ފްރާންސްފްރެޑެރިކް ޕެޝިއާޞިއްޙީ ނިޒާމުޑޮކްޓަރު ކުށް

ކޮމެންޓް

އިތުރަށް ކިޔާލަން

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

30 ނޮވެމްބަރު 2025
ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން

ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން

26 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު