Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފްރާންސް

އައު އެއާކްރާފްޓް ކެރިއަރެއް ބިނާ ކުރަން ހަމަޖެހިފައިވާ ކަމަށް މެކްރޮން ވިދާޅުވެއްޖެ

23 ޑިސެމްބަރު 2025 | އަންގާރަ 05:43

ނިއު ޖެނެރޭޝަން އެއާކްރާފްޓް ކެރިއަރު (ޕީއޭއެންޖީ)ގެ ނަން ދީފައިވާ މި މަޝްރޫއަށް ޚަރަދު ވާނެ ކަމަށް ލަފާ ކޮށްފައި ވަނީ ގާތް ގަނޑަކަށް 10.25 ބިލިއަން ޔޫރޯ. ނުވަތަ 12 ބިލިއަން އެމެރިކާ ޑޮލަރު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޑިސެމްބަރު 2025 | އަންގާރަ 05:43
ފްރާންސްގެ ރައީސް މެކްރޮން

ފްރާންސްގެ ރައީސް މެކްރޮން

ފްރާންސް އިން، އައު އެއާކްރާފްޓް ކެރިއަރެއް ބިނާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ޤައުމުގެ ރައީސް އިމަނުއެލް މެކްރޮން އިއުލާން ކުރައްވައިފި އެވެ. 

އާދީއްތަ ދުވަހު މެކްރޮން އެކަން އިއުލާން ކުރައްވާފައިވާއިރު، މިއީ 2038 ވަނަ އަހަރުގެ ނިޔަލަށް ބޭނުން ކުރުން ހުއްޓާލަން ނިންމާފައިވާ ޗާލްސް ޑީ ގޯލްގެ ބަދަލުގައި ގެންނަ ކެރިއަރެއް ކަމަށް ހާމަ ކުރައްވާފައިވެ އެވެ. 

މި ނިންމުން ނިންމާފައި ވަނީ، ރަޝިޔާ އިން ޔުކްރެއިން އަށް ހަމަލާ ދެމުން އަންނައިރު، އެ ޙާލަތުގައި ޔޫރަޕުގެ ޤައުމު ތަކުން އެ ޤައުމު ތަކުގެ ސިފައިންގެ ބާރު ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ. މިއީ ފްރާންސް އިން ކަނޑުގައި އޮންނަ އެ ޤައުމުގެ ބާރު އިތުރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްކަން ވެސް ފާހަގަ ކުރެވެ އެވެ. 

އެކަން އިއުލާން ކުރައްވަމުން މެކްރޮން ވިދާޅުވީ، ހަމަލާ އެއް ދީފާނެ ކޮންމެ ޙާލަތަކަށް ފްރާންސް އޮންނަން ޖެހޭނީ ވަރުގަދަކޮށް ކަމަށެވެ. އެގޮތުން އެކަމުގެ ދަށުން ފްރާންސް އަށް އައު އެއާކްރާފްޓް ކެރިއަރެއް ހޯދުމަށް ނިންމެވީ ކަމަށް މެކްރޮން ވިދާޅުވި އެވެ. އަދި އެކަން ކުރިއަށް ގެންދަން ނިންމީ މި ހަފުތާގެ ތެރޭގައި ކަމަށް ވެސް މެކްރޮން ވިދާޅުވި އެވެ. 

ނިއު ޖެނެރޭޝަން އެއާކްރާފްޓް ކެރިއަރު (ޕީއޭއެންޖީ)ގެ ނަން ދީފައިވާ މި މަޝްރޫއަށް ޚަރަދު ވާނެ ކަމަށް ލަފާ ކޮށްފައި ވަނީ ގާތް ގަނޑަކަށް 10.25 ބިލިއަން ޔޫރޯ އެވެ. ނުވަތަ 12 ބިލިއަން އެމެރިކާ ޑޮލަރެވެ. 

މި ކެރިއަރުގައި ގާތް ގަނޑަކަށް 30 ފައިޓާ ޖެޓު އަދި 2000 ސިފައިންނަށް ތިބެވޭނެ އެވެ. މި ކެރިއަރުގެ ދިގު މިނުގައި 310 މީޓަރު، ނުވަތަ 1007 ފޫޓު ހުންނާނެ އެވެ. އަދި ފުޅާ މިނުގައި 85 މީޓަރު ހުންނައިރު، މިއީ ޗާލްސް ޑީ ގޯލް ކެރިއަރަށް ވުރެ ބޮޑު ކެރިއަރެކެވެ.

ފްރާންސްގެ އަސްކަރީ މިނިސްޓަރު ކެތެރީން ވޯޓްރިން އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވީ، އެ ކެރިއަރުގެ ސަބަބުން ފްރާންސްގެ ސިފައިންނަށް އިތުރު ބާރުވެރި ކަމެއް ލިބި، ކުރިއެރުން ތަކެއް ލިބޭނެ ކަމަށެވެ. އަދި ސިފައިންނަށް ކަނޑުގެ ބާރު ދެމެހެއްޓޭނެ ކަމަށާއި، މި ކެރިއަރު 2038 ވަނަ އަހަރު ޚިދުމަތަށް ގެނައުމަށް މަސައްކަތް ކުރައްވަމުން ގެެންދަވާ ކަމަށް ވެސް އެކަމަަނާ ވިދާޅުވި އެވެ. 

ފްރާންސް އަކީ، ޔޫރަޕިއަން ޔޫނިއަންގެ ޤައުމު ތަކުގެ ތެރެއިން ނިއުކްލިއާ ހަތިޔާރު ހުރި ހަމައެކަނި ޤައުމެވެ. އެެމެރިކާ އަށް ފަހު، ނިއުކްލިއާ ބާރުން ދުއްވާ އެއާކްރާފްޓް ކެރިއަރު ހިންގާ ހަމައެކަނި ޤައުމަކީ ވެސް ފްރާންސް އެވެ. އެއާކްރާފްޓް ކެރިއަރު ހިންގާ ޔޫރަޕުގެ އެހެން ޤައުމު ތަކަކީ އިނގިރޭސިވިލާތް، އިޓަލީ، ރަޝިޔާ އަދި ތުރުކީ އެވެ.

މަސްދަރު: ޑީޑަބްލިއު

ފްރާންސްއެމެނުއެލް މެކްރޯންޔޫރަޕިއަން ޔޫނިއަންކެތެރީން ވޯޓްރިން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

22 ޑިސެމްބަރު 2025

މެކްރޮންއާ ބައްދަލު ކުރައްވަން ޕުޓިން ހުންނެވީ ތައްޔާރަށް

22 ޑިސެމްބަރު 2025
މެކްރޮންއާ ބައްދަލު ކުރައްވަން ޕުޓިން ހުންނެވީ ތައްޔާރަށް
19 ޑިސެމްބަރު 2025

30 މީހަކަށް ވިހަ ދީ، 12 މީހުން މަރާލި ޑޮކްޓަރަކު އުމުރު ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކޮށްފި

19 ޑިސެމްބަރު 2025
30 މީހަކަށް ވިހަ ދީ، 12 މީހުން މަރާލި ޑޮކްޓަރަކު އުމުރު ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކޮށްފި
17 ޑިސެމްބަރު 2025

ޔުކްރެއިންގެ ރައްކާތެރިކަން ޔަޤީން ކުރަން ޖެހޭ: ފްރާންސް

17 ޑިސެމްބަރު 2025
ޔުކްރެއިންގެ ރައްކާތެރިކަން ޔަޤީން ކުރަން ޖެހޭ: ފްރާންސް
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
06 ޑިސެމްބަރު 2025

ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން

06 ޑިސެމްބަރު 2025
ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން
30 ނޮވެމްބަރު 2025

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

30 ނޮވެމްބަރު 2025
މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ
27 ނޮވެމްބަރު 2025

ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

27 ނޮވެމްބަރު 2025
ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި
27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް