Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފްރާންސް

ޔޫރަޕުގެ ސިޔާސީ ނިޒާމު އޮތީ ނުރައްކަލެއްގެ ތެރޭގައި: ފްރާންސްގެ ފޮރިން މިނިސްޓަރު

10 ޖެނުއަރީ 2026 | ހޮނިހިރު 07:14

ފޮރިން މިނިސްޓަރު ބަރޮޓް ވިދާޅުވީ، ޔޫރަޕުގެ ސިވިލައިޒޭޝަން ނެތިގެންދާ ޙާލަތެއްގައި ނެތް ކަމަށާއި، އެހެން ބުނާ ފަރާތް ތަކުން އެމީހުންގެ ނަފުސު ރައްކާތެރި ކުރަން ވިސްނާލަން ވާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ޖެނުއަރީ 2026 | ހޮނިހިރު 07:14
ފްރާންސްގެ ފޮރިން މިނިސްޓަރު ބަރޮޓް

ފްރާންސްގެ ފޮރިން މިނިސްޓަރު ބަރޮޓް | ރޮއިޓަސް

ޔޫރަޕުގެ ސިޔާސީ ނިޒާމު އޮތީ ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށާއި، އެ ނިޒާމު ދެމެހެއްޓުމަށް ފިޔަވަޅު ތަކެއް އަޅަން ޖެހޭ ކަމަށް ފްރާންސްގެ ފޮރިން މިނިސްޓަރު ޖީން ނޮއެލް ބަރޮޓް ވިދާޅުވެއްޖެ އެވެ.

ފްރާންސްގެ ފޮރިން މިނިސްޓަރު ބަރޮޓް މިހެން ވިދާޅުވީ ހުކުރު ދުވަހު ފްރާންސްގެ ސަފީރުންނަށް ދެއްވި އަހަރީ ޚިތާބުގަ އެވެ. 

އެގޮތުން ބަރޮޓް ވިދާޅުވީ ޔޫރަޕުގެ ސިވިލައިޒޭޝަން ނެތިގެން ނުދާނެ ކަމަށާއި، ނަމަވެސް ޔޫރަޕުގެ ސިޔާސީ ނިޒާމު މިއަދު އޮތީ ނުރައްކަލެއްގެ ތެރޭގައި ކަމަށެވެ. އޭނާ ބުނީ ލަފާ ކުރަން ނޭނގޭ ޙާލަތެއްގައި ދުނިޔެ އޮތް ނަަމަވެސް، ސައިންޓިފިކް ގޮތުންނާއި، ޓެކްނޮލޮޖީގެ ގޮތުންނާއި، ސަގާފީ އަދި މާލީ ގޮތުން ކުރިއެރުން ތަކެއް ހުރި ކަމަށެވެ. އެކަމަކު ވެސް، ޔޫރަޕުގެ ސިޔާސީ ނިޒާމު މިއަދު ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ނެރުނު އެމެރިކާގެ ޤައުމީ ސަލާމަތީ ސްޓްރެޓެޖީގައި ވަނީ، ޔޫރަޕަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އެ ސްޓްރެޓެޖީގައި ޔޫރަޕުގެ ސިވިލައިޒޭޝަން ނެތިގެންދާ ނުރައްކަލެއްގައި އޮތް ކަމަށް ބުނެ، ކަނާއަތު ފިޔައިގެ ޕާޓީ ތަކުގެ ތެރޭގައި ކުރިމަތިލުން ބިނާ ކުރުމަށް ވެސް ގޮވާލާފައިވެ އެވެ. 

ފޮރިން މިނިސްޓަރު ބަރޮޓް ވިދާޅުވީ، ޔޫރަޕުގެ ސިވިލައިޒޭޝަން ނެތިގެންދާ ޙާލަތެއްގައި ނެތް ކަމަށާއި، އެހެން ބުނާ ފަރާތް ތަކުން އެމީހުންގެ ނަފުސު ރައްކާތެރި ކުރަން ވިސްނާލަން ވާނެ ކަމަށެވެ. 

ނަމަވެސް، ބަރޮޓް ދެކިލައްވާ ގޮތުގައި ޔޫރަޕުގައި އެންމެ ބޮޑު ނުރައްކަލެއް އޮތީ، އެކުވެރި ކަމުގެ ގުޅުން ބަލި ކަށި ކުރަން މަސައްކަތް ކުރާ ދުޝްމިނުންގެ ފަރާތުންނެވެ. އެގޮތުން ބަރޮޓް ވިދާޅުވީ، ޔޫރަޕިއަން ޔޫނިއަން މިހާރު އޮތް ގޮތަށް މީގެ ދިހަ އަހަރު ފަހުން ދެމި އޮންނާނެ ކަމުގެ ޔަގީން ކަމެއް ވެސް ނެތް ކަމަށެވެ.

ބަރޮޓްގެ ވާހަކައިގައި އެމެރިކާ ސިފަ ކޮށްފައި ވަނީ އަބަދު އެއްބަސް ނުވެވޭ، ނަމަވެސް، އެކުވެރި ބައެއްގެ ގޮތުގަ އެވެ. 

ޔޫރަޕްފްރާންސްޖީން ނޯއެލް ބެރޮޓްރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާޔޫރަޕިއަން ޔޫނިއަން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2026

ބާރުގެ ބޭނުން ކޮށްގެން ވިޔަސް ގްރީންލޭންޑް ހިފާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

10 ޖެނުއަރީ 2026
ބާރުގެ ބޭނުން ކޮށްގެން ވިޔަސް ގްރީންލޭންޑް ހިފާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
10 ޖެނުއަރީ 2026

އީރާން އޮތީ "މުސީބާތެއްގެ" ތެރޭގައި: ޓްރަމްޕް

10 ޖެނުއަރީ 2026
އީރާން އޮތީ "މުސީބާތެއްގެ" ތެރޭގައި: ޓްރަމްޕް
09 ޖެނުއަރީ 2026

ތަޖުރިބާކާރުން ވިދާޅުވަނީ ގްރީންލޭންޑް ޓްރަމްޕް ހޯއްދަވާނެ ކަމަށާއި، ނެޓޯ ގެ ނިމުމަށް ވިލާތުން ތައްޔާރުވާން ޖެހޭ ކަމަށް

09 ޖެނުއަރީ 2026
ތަޖުރިބާކާރުން ވިދާޅުވަނީ ގްރީންލޭންޑް ޓްރަމްޕް ހޯއްދަވާނެ ކަމަށާއި، ނެޓޯ ގެ ނިމުމަށް ވިލާތުން ތައްޔާރުވާން ޖެހޭ ކަމަށް
09 ޖެނުއަރީ 2026

އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް ޚާމަނާއީ ވަރުގަދަ އިންޒާރުތަކެއް ދެއްވައިފި

09 ޖެނުއަރީ 2026
އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް ޚާމަނާއީ ވަރުގަދަ އިންޒާރުތަކެއް ދެއްވައިފި
09 ޖެނުއަރީ 2026

ކޮލަމްބިއާ އަށް އެމެރިކާ އިން ހަމަލާ ދީފާނެ ކަމުގެ ހަގީގީ ބިރު އޮތް ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ

09 ޖެނުއަރީ 2026
ކޮލަމްބިއާ އަށް އެމެރިކާ އިން ހަމަލާ ދީފާނެ ކަމުގެ ހަގީގީ ބިރު އޮތް ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ
09 ޖެނުއަރީ 2026

ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ބޯލަނބަން ނުޖެހޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ

09 ޖެނުއަރީ 2026
 ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ބޯލަނބަން ނުޖެހޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ
08 ޖެނުއަރީ 2026

ޓްރަމްޕްގެ ޕާޓީގެ މެމްބަރުންގެ ވޯޓާ އެކު ކޮންގްރެސްގެ ހުއްދަ ނެތި ވެނެޒުއޭލާގައި އިތުރު އަސްކަރީ ހަރަކާތްތައް ހިންގުން ރައީސް ޓްރަމްޕަށް މަނާ ކުރުމުގެ ގަރާރު ކުރިއަށް ގެންދަން ފާސް ކޮށްފި

ރަޝިޔާގެ ދިދަ ޖެހި ޓޭންކަރު އެމެރިކާ ސިފައިން އަތުލައިގަތް އިރު ވެސް ޕުޓިން އެއްޗެއް ވިދާޅެއް ނުވި!

08 ޖެނުއަރީ 2026
ރަޝިޔާގެ ދިދަ ޖެހި ޓޭންކަރު އެމެރިކާ ސިފައިން އަތުލައިގަތް އިރު ވެސް ޕުޓިން އެއްޗެއް ވިދާޅެއް ނުވި!
08 ޖެނުއަރީ 2026

ޖަރުމަނު ވިލާތުގެ ރައީސް ގެ ހަރުކަށި ފާޑުވިދާޅުވުން ޓްރަމްޕަށް - ފޭރޭ މީހުންގެ ހާއްޔަކަށް ދުނިޔެ ބަދަލު ވެއްޖެ!

08 ޖެނުއަރީ 2026
ޖަރުމަނު ވިލާތުގެ ރައީސް ގެ ހަރުކަށި ފާޑުވިދާޅުވުން ޓްރަމްޕަށް - ފޭރޭ މީހުންގެ ހާއްޔަކަށް ދުނިޔެ ބަދަލު ވެއްޖެ!
08 ޖެނުއަރީ 2026

ބޮޑު ގަނޑުވަރަކުން "ނަރަކަ" ކަހަލަ ތަނަކަށް، މަދޫރޯ އާއި އަނބިކަނބަނުންނަށް އުނދަގޫ ޙާލަތެއް

08 ޖެނުއަރީ 2026
ބޮޑު ގަނޑުވަރަކުން "ނަރަކަ" ކަހަލަ ތަނަކަށް، މަދޫރޯ އާއި އަނބިކަނބަނުންނަށް އުނދަގޫ ޙާލަތެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް