Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވެނެޒުއެލާ

މަދޫރޯ ހައްޔަރު ކުރުމާ އެކު، މެކްރޮން ގޮވާލެއްވީ ސުލްހަވެރި އަދި ޑިމޮކްރަޓިކް ބަދަލަކަށް

5 ޖެނުއަރީ 2026 | ހޯމަ 05:19

މެކްރޮން ވިދާޅުވީ ކުރިއަށް އޮތް މަރުޙަލާ ވާން ޖެހޭނީ ސުލްޙަވެރިކަމާ އެކު އަދި ޑިމޮކްރަޓިކް ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދެވޭނެ މަރުޙަލާ އަކަށް ކަމަށް. އަދި 2024 ވަނަ އަހަރު ވެނެޒުއެލާގެ ރައީސް ކަމަށް އިންތިޚާބުވީ އެޑްމުންޑޯ ގޮންޒާލެޒް އުރުޓިއާގެ ބެއްލެވުމުގެ ދަށުން، ބަދަލުގެ އެ މަރުޙަލާ ކުރިއަށް ގެންދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މެކްރޮން ވަނީ ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ޖެނުއަރީ 2026 | ހޯމަ 05:19
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރު ކޮށްފައިވާއިރު، އެ ޤައުމުގައި ސުލްހަވެރި އަދި ޑިމޮކްރަޓިކް ބަދަލެއް ގެނައުމަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ގޮވާލައްވައިފި އެވެ. 

އެމެރިކާ އިން މަދޫރޯ ހައްޔަރު ކުރުމާ އެކު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެކްރޮން ވިދާޅުވެފައި ވަނީ ވެނެޒުއެލާ އަށް ޑިމޮކްރަޓިކް ބަދަލެއް ގެންނަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރަން ވާނީ ވެނެޒުއެލާގެ ރައްޔިތުން ބޭނުންވާ ގޮތަށް އިޙުތިރާމާ އެކު ކަމަށް ވެސް މެކްރޮން ވަނީ ވިދާޅުވެފަ އެވެ، 

މެކްރޮން ވިދާޅުވީ ކުރިއަށް އޮތް މަރުހަލާ ވާން ޖެހޭނީ ސުލްހަވެރިކަމާ އެކު އަދި ޑިމޮކްރަޓިކް ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދެވޭނެ މަރުހަލާ އަކަށް ކަމަށެވެ. އަދި 2024 ވަނަ އަހަރު ވެނެޒުއެލާގެ ރައީސް ކަމަށް އިންތިޚާބުވީ އެޑްމުންޑޯ ގޮންޒާލެޒް އުރުޓިއާގެ ބެއްލެވުމުގެ ދަށުން، ބަދަލުގެ އެ މަރުހަލާ ކުރިއަށް ގެންދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މެކްރޮން ވަނީ ވިދާޅުވެފަ އެވެ. 

ދުނިޔޭގެ އެތައް ޤައުމަކުން މަދޫރޯގެ ވެރިކަން ޤަބޫލު ނުކުރާއިރު، ފްރާންސް އިންް ވެސް މަދޫރޯގެ ވެރިކަން ޤަބޫލެއް ނުކުރެ އެވެ. މެކްރޮންގެ ޕޯސްޓުގައި ވެސް މަދޫރޯ ސިފަ ކުރައްވާފައި ވަނީ ޑިކްޓޭޓަރެއްގެ ގޮތުގަ އެވެ. އަދި ޑިކްޓޭޓަރެއްގެ ކިބައިން ވެނެޒުއެލާގެ ރައްޔިތުން މިނިވަން ވެފައިވާ ކަމަށް މެކްރޮން ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން މެކްރޮން ވިދާޅުވެފައި ވަނީ، ކުރިއަށް އޮތް ބަދަލުގެ މަރުހަލާ އަށް ބައިނަލްއަޤުވާމީ މުޖުތަމައުގެ އެއްބާރުލުން އަދި ތާއީދު ލިބެން ޖެހޭ ކަމަށެވެ. އަދި މި ހައްސާސް ވަގުތުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް، ސަރަހައްދުގެ ބައިވެރިންނާ އެކު ފްރާންސް އިން ވާހަކަ ދައްކަމުން ގެންދާނެ ކަމަށް މެކްރޮން ފާހަގަ ކުރެއްވި އެވެ. 

ހޮނިހިރު ދުވަހު އެމެރިކާ އިން ވަނީ ކުއްލި ގޮތެއްގައި ވެނެޒުއެލާ އަށް އަމާޒުކޮށް ހަމަލާ ތަކެއް ދީފަ އެވެ. އެއަށް ފަހު ވަނީ، މަދޫރޯ އާއި އޭނާ ގެ އަނބިކަނބަލުން ހައްޔަރު ކޮށްފަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރުފުޅަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި މަދޫރޯ ހައްޔަރު ކޮށްފައިވާއިރު، މިއީ އިންސާފުގެ ކުރި މައްޗަށް އޭނާ ގެނައުމަށް ކުރި މަސައްކަތެއް ކަމަށް އެމެރިކާ އިން ވަނީ ފާހަގަ ކޮށްފަ އެވެ. 

އާދިއްތަ ދުވަހު މެކްރޮން ކުރެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ވެނެޒުއެލާގެ އިދިކޮޅު ލީޑަރު މަރީއާ ކޮރީނާ މަޗާޑޯ ވާހަކަ ދައްކަވައި، މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެގޮތުން މަދޫރޯގެ ވެރިކަމުގައި ހައްޔަރު ކޮށްފައިވާ ސިޔާސީ ގައިދީން މިނިވަން ކުރުމާއި، އެ މީހުންނަށް ރައްކާތެރިކަން ދިނުމަށް މަޗާޑޯ ގޮވާލައްވާފައިވާ ގޮވާލެއްވުމަށް ތާއީދު ކުރައްވާ ކަމަށް ވެސް މެކްރޮން ވިދާޅުވި އެވެ. 

މީގެ އިތުރުން ވެނެޒުއެލާގެ އެހެން ރައްޔިތުންނެކޭ އެއް ފަދައިން، މަޗާޑޯ އަށް ވެސް ފްރާންސް އަށް އިތުބާރު ކުރެވޭނެ ކަމަށް މެކްރޮން ވިދާޅުވި އެވެ. ޚާއްސަކޮށް ސުލްޙަވެރިކަމާއި، ޑިމޮކްރަޓިކް ނިޒާމެއްގެ ތެރެއިން ކަންކަން ކުރިއަށް ގެންދިޔުމަށް މަޗާޑޯ ގޮވާލަމުންދާ ގޮވާލުމަށް ފްރާންސްގެ ތާއީދު އޮންނާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. 

އެމެރިކާ އިން މަދޫރޯ ހައްޔަރު ކޮށްފައިވާއިރު، މިހާރު އޭނާ ހުންނެވީ އެމެރިކާގެ ބެލުމުގެ ދަށުގަ އެވެ. އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ، ވެނެޒުއެލާގެ ކަންކަން ކުރިއަށް ގެންދާނީ އެމެރިކާގެ ބެލުމުގެ ދަށުން ކަމަށެވެ. 

މަސްދަރު: އަލް އަރަބިއްޔާ

ނިކޮލަސް މަދޫރޯއެމެނުއެލް މެކްރޯންވެނެޒުއޭލާފްރާންސްއެމެރިކާ-ވެނެޒުއެލާމަރީއާ ކޮރީނާ މަޗާޑޯ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

05 ޖެނުއަރީ 2026

މަދޫރޯ ހައްޔަރު ކުރުން: ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ތިބި ވެނެޒުއެލާގެ ރައްޔިތުން އުފާ ފާޅު ކުރަނީ

05 ޖެނުއަރީ 2026
މަދޫރޯ ހައްޔަރު ކުރުން: ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ތިބި ވެނެޒުއެލާގެ ރައްޔިތުން އުފާ ފާޅު ކުރަނީ
05 ޖެނުއަރީ 2026

ވެނެޒުއެލާގެ ރައީސް މަދޫރޯ ހައްޔަރު ކުރި މައްސަލައިގައި ދިވެހި ސަރުކާރުގެ ބަހެއް ނެތް، ފޮރިން މިނިސްޓަރު ޖަވާބެއް ނުދެއްވި

05 ޖެނުއަރީ 2026
ވެނެޒުއެލާގެ ރައީސް މަދޫރޯ ހައްޔަރު ކުރި މައްސަލައިގައި ދިވެހި ސަރުކާރުގެ ބަހެއް ނެތް، ފޮރިން މިނިސްޓަރު ޖަވާބެއް ނުދެއްވި
04 ޖެނުއަރީ 2026

މަދޫރޯ ވަގުތުން މިނިވަން ކުރުމަށް ޗައިނާ އިން އެމެރިކާ އަށް ގޮވާލައިފި

04 ޖެނުއަރީ 2026
މަދޫރޯ ވަގުތުން މިނިވަން ކުރުމަށް ޗައިނާ އިން އެމެރިކާ އަށް ގޮވާލައިފި
04 ޖެނުއަރީ 2026

ވެނެޒުއެލާގެ ވަގުތީ ރައީސް އަކީ، ނައިބު ރައީސް ރޮޑްރިގޭޒް ކަމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

04 ޖެނުއަރީ 2026
ވެނެޒުއެލާގެ ވަގުތީ ރައީސް އަކީ، ނައިބު ރައީސް ރޮޑްރިގޭޒް ކަމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި
04 ޖެނުއަރީ 2026

މަދޫރޯ އަކީ ޤާނޫނީ ރައީސެއް ނޫން: ސްޓާމާ

04 ޖެނުއަރީ 2026
މަދޫރޯ އަކީ ޤާނޫނީ ރައީސެއް ނޫން: ސްޓާމާ
04 ޖެނުއަރީ 2026

މަދޫރޯ ހައްޔަރު ކުރީ އިންސާފުގެ ކުރި މައްޗަށް ގެންނަން ކަމަށް ރޫބިއޯ ވިދާޅުވި ކަމަށް، އެމެރިކާގެ ސެނެޓު މެމްބަރަކު ހާމަ ކުރައްވައިފި

04 ޖެނުއަރީ 2026
މަދޫރޯ ހައްޔަރު ކުރީ އިންސާފުގެ ކުރި މައްޗަށް ގެންނަން ކަމަށް ރޫބިއޯ ވިދާޅުވި ކަމަށް، އެމެރިކާގެ ސެނެޓު މެމްބަރަކު ހާމަ ކުރައްވައިފި
04 ޖެނުއަރީ 2026

ވެނެޒުއެލާގެ ނައިބު ރައީސް ހުންނެވީ ރަޝިޔާގައި ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި

04 ޖެނުއަރީ 2026
ވެނެޒުއެލާގެ ނައިބު ރައީސް ހުންނެވީ ރަޝިޔާގައި ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި
04 ޖެނުއަރީ 2026

ވެނެޒުއޭލާގެ ހަމައެކަނި ރައީސަކީ ނިކޮލަސް މަދޫރޯ ކަމަށް އެ ގައުމުގެ ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް ވިދާޅުވެއްޖެ

04 ޖެނުއަރީ 2026
ވެނެޒުއޭލާގެ ހަމައެކަނި ރައީސަކީ ނިކޮލަސް މަދޫރޯ ކަމަށް އެ ގައުމުގެ ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް  ވިދާޅުވެއްޖެ
04 ޖެނުއަރީ 2026

ވެނެޒުއޭލާގެ ރައީސް މަދޫރޯ ހައްޔަރު ކުރަން އެމެރިކާ އިން ހިންގި އޮޕަރޭޝަން ގެ ތަފްސީލު މި އޮތީ!

04 ޖެނުއަރީ 2026
ވެނެޒުއޭލާގެ ރައީސް މަދޫރޯ ހައްޔަރު ކުރަން އެމެރިކާ އިން ހިންގި އޮޕަރޭޝަން ގެ ތަފްސީލު މި އޮތީ!
04 ޖެނުއަރީ 2026

ވެނެޒުއޭލާގެ ރައީސް މަދޫރޯ އެމެރިކާ އިން ހައްޔަރު ކުރުމާ ގުޅިގެން އދ ގެ ސެކިއުރިޓީ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް

04 ޖެނުއަރީ 2026
ވެނެޒުއޭލާގެ ރައީސް މަދޫރޯ އެމެރިކާ އިން ހައްޔަރު ކުރުމާ ގުޅިގެން އދ ގެ ސެކިއުރިޓީ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް