Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

އެމެރިކާގެ މަދަނީ ޙައްޤުތަކަށް މަސައްކަތްކުރެއްވި ލީޑަރު ޖެސީ ޖެކްސަން އަވަހާރަވެއްޖެ

17 ފެބުރުއަރީ 2026 | އަންގާރަ 11:16

އެމެރިކާގެ މަދަނީ ޙައްޤުތަކަށް ވަކާލާތު ކުރެއްވުމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ލީޑަރު އަދި އެމެރިކާގެ ރިޔާސީ އިންތިހާބުގައި ދެ ފަހަރެއްގެ މަތިން ވާދަކުރެއްވި ރެވަރަންޑް ޖެސީ ޖެކްސަން އަވަހާރަވެއްޖެއެވެ. ޖެސީ ޖެކްސަން އަކީ އެމެރިކާގެ ކަޅުނަސްލުގެ މީހުންގެ ޙައްޤުތައް ހޯދުމަށް މަސައްކަތްކުރެއްވި މަޝްހޫރު ލީޑަރު މާޓިން ލޫތަރ ކިންގް ޖޫނިއާ އާއެކު 1960 ގެ އަހަރުތަކުގައި ވަރަށް ގާތުން މަސައްކަތްކުރެއްވި ބޭފުޅެކެވެ.

އަލް - ހުރަވީ
އަލް - ހުރަވީ | 17 ފެބުރުއަރީ 2026 | އަންގާރަ 11:16
އެމެރިކާގެ މަދަނީ ޙައްޤުތަކަށް މަސައްކަތްކުރެއްވި ލީޑަރު ޖެސީ ޖެކްސަން

އެމެރިކާގެ މަދަނީ ޙައްޤުތަކަށް މަސައްކަތްކުރެއްވި ލީޑަރު ޖެސީ ޖެކްސަން | ނިއު ޔޯކް ޓައިމްސް

ވޮޝިންޓަން (ފެބްރުއަރީ 17) - އެމެރިކާގެ މަދަނީ ޙައްޤުތަކަށް ވަކާލާތު ކުރެއްވުމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ލީޑަރު އަދި އެމެރިކާގެ ރިޔާސީ އިންތިހާބުގައި ދެ ފަހަރެއްގެ މަތިން ވާދަކުރެއްވި ރެވަރަންޑް ޖެސީ ޖެކްސަން އަވަހާރަވެއްޖެއެވެ.

ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖެސީ ޖެކްސަން އަވަހާރަވީ އުމުރުފުޅުން 84 އަހަރުގައެވެ. އޭނާ ނިޔާވެފައިވަނީ "ޕްރޮގްރެސިވް ސުޕްރަނިއުކްލިއަރ ޕަލްސީ" (ޕީއެސްޕީ) ނަމަކަށް ކިޔާ ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، މިއަދުގެ ވަގުތެއްގައެވެ. އޭނާގެ އަރިހުގައި ޢާއިލާގެ މެމްބަރުން ތިއްބެވިކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖެސީ ޖެކްސަން އަކީ އެމެރިކާގެ ކަޅުނަސްލުގެ މީހުންގެ ޙައްޤުތައް ހޯދުމަށް މަސައްކަތްކުރެއްވި މަޝްހޫރު ލީޑަރު މާޓިން ލޫތަރ ކިންގް ޖޫނިއާ އާއެކު 1960 ގެ އަހަރުތަކުގައި ވަރަށް ގާތުން މަސައްކަތްކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ފަޤީރުކަމާއި ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް އަޑުއުފުއްލެވުމަށް "ރެއިންބޯ ޕުޝް ކޯލިޝަން" ގެ ނަމުގައި ޖަމިއްޔާއެއް އުފައްދަވާފައެވެ.

ސިޔާސީ މައިދާނުގައި ވެސް ޖެކްސަން އަކީ ފާހަގަކޮށްލެވޭ ޝަޚުސިއްޔަތެކެވެ. 1984 އަދި 1988 ވަނަ އަހަރު އެމެރިކާގެ ރިޔާސީ ރޭހުގައި ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް ހޯއްދެވުމަށް އޭނާ ވާދަކުރެއްވިއެވެ. އިންތިހާބު ކާމިޔާބު ނުކުރެއްވުނު ނަމަވެސް، މިއީ އެމެރިކާގެ ސިޔާސީ މައިދާނުގައި ކަޅުނަސްލުގެ ބޭފުޅުންނަށް ފުރުޞަތު ހުޅުވިގެންދިޔަ މުހިންމު މަސައްކަތްޕުޅެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި ފަހުން ބަރަކް އޮބާމާ ފަދަ ބޭފުޅުން ރައީސްކަމަށް ވަޑައިގަތުމުގެ މަގު ކޮށައިދެއްވީ ޖެކްސަން ކަމަށް ތާރީޚު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.

ޖެކްސަން އަވަހާރަވުމާ ގުޅިގެން އޭނާގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޭނާއަކީ ހަމައެކަނި އާއިލާގެ ލީޑަރެއް ނޫން ކަމަށާއި، މުޅި ދުނިޔޭގައިވެސް އަޅާލުން ބޭނުންވެފައިވާ މީހުންގެ ޙައްޤުގައި މަސައްކަތްކުރެއްވި ޚާދިމެއް ކަމަށެވެ.

ޖެސީ ޖެކްސަން އަވަހާރަވުމަކީ އެމެރިކާގެ މަދަނީ ޙައްޤުތަކުގެ ހަރަކާތަށް ލިބުނު ވަރަށް ބޮޑު ހީނަރުކަމެއް ކަމަށް ދުނިޔޭގެ ލީޑަރުން ގެންދަވަނީ ސިފަކުރައްވަމުންނެވެ.

ޖެސީ ޖެކްސަންއެމެރިކާމާޓިން ލޫތަރ ކިންގްރެއިންބޯ ޕުޝް ކޯލިޝަންޑިމޮކްރެޓިކް ޕާޓީ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2026

47 އަހަރު ވަންދެން ދެއްކީ ވާހަކަ، އީރާންގެ ވެރިކަން ބަދަލުވުމަކީ އެންމެ ރަނގަޅު ގޮތް: ޓްރަމްޕް

14 ފެބުރުއަރީ 2026
47 އަހަރު ވަންދެން ދެއްކީ ވާހަކަ، އީރާންގެ ވެރިކަން ބަދަލުވުމަކީ އެންމެ ރަނގަޅު ގޮތް: ޓްރަމްޕް
07 ފެބުރުއަރީ 2026

އެޕްސްޓީން ދުނިޔޭގައި ހުރިއިރު އެކަކު ވެސް އަޅާ ނުލި، މަރުވީމަ އެންމެން އެ ވާހަކަ ދައްކަނީ: ޓްރަމްޕް

07 ފެބުރުއަރީ 2026
އެޕްސްޓީން ދުނިޔޭގައި ހުރިއިރު އެކަކު ވެސް އަޅާ ނުލި، މަރުވީމަ އެންމެން އެ ވާހަކަ ދައްކަނީ: ޓްރަމްޕް
01 ފެބުރުއަރީ 2026

އީރާން އެމެރިކާ ހަމަ ނުޖެހުމުގައި ސައުދީ ސިޔާސަތަށް ބަދަލެއް ނާންނަ ކަމަށް ކަށަވަރުކޮށްދީފި

01 ފެބުރުއަރީ 2026
އީރާން އެމެރިކާ ހަމަ ނުޖެހުމުގައި ސައުދީ ސިޔާސަތަށް ބަދަލެއް ނާންނަ ކަމަށް ކަށަވަރުކޮށްދީފި
29 ޖެނުއަރީ 2026

އެމެރިކާ އިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ތައްޔާރުވަނީ: ނުކުމެދާނެ ނަތީޖާތަކަކީ ކޮބައި؟

29 ޖެނުއަރީ 2026
އެމެރިކާ އިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ތައްޔާރުވަނީ: ނުކުމެދާނެ ނަތީޖާތަކަކީ ކޮބައި؟
28 ޖެނުއަރީ 2026

އެމެރިކާ މި ދެކެނީ ރަން ޒަމާނެއް، މިޑް ޓާމް އިންތިޚާބު ގެއްލިއްޖެ ނަމަ ވަރަށް ގޯސް ވާނެ: ޓްރަމްޕް

28 ޖެނުއަރީ 2026
އެމެރިކާ މި ދެކެނީ ރަން ޒަމާނެއް، މިޑް ޓާމް އިންތިޚާބު ގެއްލިއްޖެ ނަމަ ވަރަށް ގޯސް ވާނެ: ޓްރަމްޕް
28 ޖެނުއަރީ 2026

އީރާން އަށް ހަމަލާ ދިނުމަށް ސައުދީގެ އެއާ ސްޕޭސް ބޭނުން ނުކުރެވޭނެ: ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން

28 ޖެނުއަރީ 2026
އީރާން އަށް ހަމަލާ ދިނުމަށް ސައުދީގެ އެއާ ސްޕޭސް ބޭނުން ނުކުރެވޭނެ: ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން
27 ޖެނުއަރީ 2026

އެމެރިކާ އިން ޤަބޫލު ކުރަނީ ހަމާސް އިން ހަތިޔާރު ދޫކޮށްލުމުން މައާފު ލިބޭނެ ކަމަށް

27 ޖެނުއަރީ 2026
އެމެރިކާ އިން ޤަބޫލު ކުރަނީ ހަމާސް އިން ހަތިޔާރު ދޫކޮށްލުމުން މައާފު ލިބޭނެ ކަމަށް
27 ޖެނުއަރީ 2026

އެމެރިކާގެ މަގު ތަކުގައި މީހުން މަރުވާ މަންޒަރު ބަލަން ޓްރަމްޕް ބޭނުމެއް ނުވޭ

27 ޖެނުއަރީ 2026
އެމެރިކާގެ މަގު ތަކުގައި މީހުން މަރުވާ މަންޒަރު ބަލަން ޓްރަމްޕް ބޭނުމެއް ނުވޭ
26 ޖެނުއަރީ 2026

އެމެރިކާ އާއި އިޒްރޭލުގެ އިންޒާރުތަކާ ގުޅިގެން، ދޭ ކޮންމެ ހަމަލާއަކަށް "ހިތާމަކުރަންޖެހޭ ފަދަ ވަރުގަދަ ރައްދެއް" ދޭނެ ކަމަށް އީރާނުން ބުނެފި

26 ޖެނުއަރީ 2026
އެމެރިކާ އާއި އިޒްރޭލުގެ އިންޒާރުތަކާ ގުޅިގެން، ދޭ ކޮންމެ ހަމަލާއަކަށް "ހިތާމަކުރަންޖެހޭ ފަދަ ވަރުގަދަ ރައްދެއް" ދޭނެ ކަމަށް އީރާނުން ބުނެފި
25 ޖެނުއަރީ 2026

އެމެރިކާ އަށް ކުރިމަތިވި ބާރުގަދަ ފިނީގެ ތޫފާނެއްގެ ސަބަބުން 160،000 އަށްވުރެ ގިނަ ގޭބިސީން ކަރަންޓުގެ ހިދުމަތް މެދުކެނޑި، އެތައް ހާސް ފްލައިޓްތަކެއް ކެންސަލްކުރަން ޖެހިއްޖެ

25 ޖެނުއަރީ 2026
އެމެރިކާ އަށް ކުރިމަތިވި ބާރުގަދަ ފިނީގެ ތޫފާނެއްގެ ސަބަބުން 160،000 އަށްވުރެ ގިނަ ގޭބިސީން ކަރަންޓުގެ ހިދުމަތް މެދުކެނޑި، އެތައް ހާސް ފްލައިޓްތަކެއް ކެންސަލްކުރަން ޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް