Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރެޒިޑެންޓްސް ކަޕް

ޕްރެޒިޑެންޓްސް ކަޕް އާދީއްތަ ދުވަހު ފަށަނީ

އެގޮތުން ގުރޫޕް އެކެއްގައި ހިމެނޭނީ ލީގުގެ އެއް ވަނަ ޓީމާއި، ހަތަރު ވަނަ ޓީމުގެ އިތުރުން، ޕްލޭ އޮފްގެ ދެ ވަނަ މެޗުން މޮޅުވާ ޓީމެއް. އަދި ގުރޫޕް ދޭއްގައި ހިމެނޭނީ ލީގުގެ ދެ ވަނަ އާއި، ތިން ވަނައިގެ އިތުރުން ޕްލޭ އޮފްގެ ފުރަތަމަ މެޗުން މޮޅުވާ ޓީމެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2026 | ބުދަ 04:37
2023 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ތެރެއިން

2023 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ތެރެއިން | އެފްއޭއެމް

ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ، ޕްރެޒިޑެންޓްސް ކަޕް އަންނަ އާދީއްތަ ދުވަހު ފަށާ ގޮތަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކަނޑައަޅައިފި އެވެ.

އާދީއްތަ ދުވަހު ޕްރެޒިޑެންޓްސް ކަޕް ފަށާއިރު، މިފަހަރުގެ މުބާރާތް ކުރިއަށް ގެންދާނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމަށް ޕްރެޒިޑެންޓްސް ކަޕް އިން ސީދާ ޖާގަ ލިބޭނެ އެވެ. އަނެއް ދެ ޖާގަ ލިބޭނީ ނޮކް އައުޓް މެޗު ތަކެއް ކުޅެގެން މޮޅުވާާ ދެ ޓީމަކަށެވެ.

ލީގުގެ ގަދަ ހަތަރު ޓީމު ދެ ގުރޫޕަކަށް ބަހާލާނީ ތާވަލްގައި ޕޮއިންޓު ލިބިފައިވާ ތަރުތީބުން ސީޑު ކޮށްގެންނެވެ. ނޮކް އައުޓް މެޗުތަކުގައި ކުޅެން ޖެހޭނީ ތާވަލްގެ ފަސް ވަނަ އާއި، އަށް ވަނައާ ދެމެދު އޮންނަ ހަތަރު ޓީމެވެ. އެ މެޗު ތަކުން މޮޅުވާ ދެ ޓީމާ އެކު، ޖުމުލަ ހަ ޓީމު ދެ ގުރޫޕަށް ބަހާލަން ވަނީ ނިންމައިފަ އެވެ.

އެގޮތުން ގުރޫޕް އެކެއްގައި ހިމެނޭނީ ލީގުގެ އެއް ވަނަ ޓީމާއި، ހަތަރު ވަނަ ޓީމުގެ އިތުރުން، ޕްލޭ އޮފްގެ ދެ ވަނަ މެޗުން މޮޅުވާ ޓީމެވެ. އަދި ގުރޫޕް ދޭއްގައި ހިމެނޭނީ ލީގުގެ ދެ ވަނަ އާއި، ތިން ވަނައިގެ އިތުރުން ޕްލޭ އޮފްގެ ފުރަތަމަ މެޗުން މޮޅުވާ ޓީމެވެ.

ލީގު ތާވަލްގެ އެއް ވަަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި، ހަތަރު ވަނައިގައި އޮތް ބުރު ސްޕޯޓްސް ކުލަބު އަދި ޕްލޭ އޮފްގެ ދެ ވަނަ މެޗުން މޮޅުވާ ޓީމު ހިމެނޭނީ ގުރޫޕު އެކެއްގަ އެވެ. އަނެއް ގުރޫޕުގައި އޮންނާނީ ދެ ވަނަ ހޯދި އޮޑި ސްޕޯޓްސް ކުލަބާއި، ތިން ވަނަ ހޯދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަދި ޕްލޭ އޮފްގެ ފުރަތަމަ މެޗުން މޮޅުވާ ޓީމެވެ.

ގުރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށް ފަހު، ކޮންމެ ގުރޫޕެއްގެ ވެސް އެއް ވަނަ ޓީމާއި، ދެ ވަނަ ޓީމަށް ސެމީ ފައިނަލްގެ ޖާގަ ލިބޭއިރު، ކްރޮސްކޮށް ސެމީ ފައިނަލް ކުޅުމަށް ފަހު މޮޅުވާ ދެ ޓީމު ފައިނަލަށް ދާނެ އެވެ. އެފްއޭއެމް އިން މިހާރު އެކުލަވާލާފައިވާ ތާވަލްގައިވާ ގޮތުން ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް އޮންނާނީ ފެބްރުވަރީ މަހުގެ 24 ވަނަ ދުވަހު އެވެ.

އެންމެ ފަހުން ޕްރެޒިޑެންޓްސް ކަޕް ބާއްވާފައި ވަނީ 2023 ވަނަ އަހަރު އެވެ. އެފަހަރުގެ މުބާރާތުގެ ފައިނަލްގައި ކުލަބު އީގަލްސް ބަލިކޮށް ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިންނެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ޕްރެޒިޑެންޓްސް ކަޕް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ލީގުގެ ގަދަ ހަތަރު ޓީމު ޕްރެޒިޑެންޓްސް ކަޕަށް

ލީގުގެ ގަދަ ހަތަރު ޓީމު ޕްރެޒިޑެންޓްސް ކަޕަށް

31 ޖެނުއަރީ 2026
ޤައުމީ ފުޓްސަލް ޓީމަށް އެކަށީގެންވާ މަރުޙަބާއެއް ނުކިޔާ ކަމަށް ބުނެ ގިނަ ބަޔަކު ފާޑު ކިޔައިފި

ޤައުމީ ފުޓްސަލް ޓީމަށް އެކަށީގެންވާ މަރުޙަބާއެއް ނުކިޔާ ކަމަށް ބުނެ ގިނަ ބަޔަކު ފާޑު ކިޔައިފި

28 ޖެނުއަރީ 2026
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޤައުމީ ޓީމަށް ހޫނު މަރުޙަބާ ކިޔަން ރައީސް ވަޑައިނުގަންނަވާ

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޤައުމީ ޓީމަށް ހޫނު މަރުޙަބާ ކިޔަން ރައީސް ވަޑައިނުގަންނަވާ

28 ޖެނުއަރީ 2026
ރަން ކާމިޔާބީ އުމެއިރު ޚާއްސަ ކުރީ ސާންތި، ބަކާ އަދި އިފްރާޙު އަށް

ރަން ކާމިޔާބީ އުމެއިރު ޚާއްސަ ކުރީ ސާންތި، ބަކާ އަދި އިފްރާޙު އަށް

27 ޖެނުއަރީ 2026
ފުޓުބޯޅަ އާއި ފުޓްސަލް ޤައުމީ ޓީމަށް އެއް މިލިއަން ރުފިޔާ ދިނުމަށް ރައީސް މުޢިއްޒު ނިންމަވައިފި

ފުޓުބޯޅަ އާއި ފުޓްސަލް ޤައުމީ ޓީމަށް އެއް މިލިއަން ރުފިޔާ ދިނުމަށް ރައީސް މުޢިއްޒު ނިންމަވައިފި

26 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު