Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުއިފިލަނޑާ ވައްކަން

ޗައިނާ މީހެއްގެ އަތުން ފުލުހަކު ބައިވެރިވެގެން ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާ ވަގައް ނެގިކަން ފަޅާ އެރުމުން މައްސަލަ ތަހުގީގު ކުރާ ފުލުސް މީހާ މަސްއޫލިއްޔަތުން އެކަހެރިކޮށްފި ކަމަށް ބުނެފި

ފުލުހުންގެ އަމާޒަކީ ފުލުހަކު ވަގަށް ނެގި ކަމަށް ތުހުމަތުކުރާ 2 މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާ އޭގެ ވެރިފަރާތާ ހަވާލުނުކުރުން ކަމަށް މުދަލުގެ ވެރިފަރާތުން ތުހުމަތު ކުރޭ. އެންމެ ފަހުން ފެބްރުވަރީ މަހުގެ 9 ވަނަ ދުވަހު ފުލުހުން ވަނީ އެ ހުއިފިލަނޑާ ބަސްތާ ތަކަކީ ވެރިފަރާތް ކަށަވަރުނުވާ ތަކެތި ކަމަށް ބުނެ ނީލަމުގައި ވިއްކާލުމަށް ނިންމާ އިއުލާނު ކޮށްފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 12 ފެބުރުއަރީ 2026 | ބުރާސްފަތި 09:29
މއ. ސިގްމާ އިން ހުއިފިލަނޑާތައް ފުލުހުން ބޭރުކުރަނީ.

މއ. ސިގްމާ އިން ހުއިފިލަނޑާތައް ފުލުހުން ބޭރުކުރަނީ. | ރާއްޖެ އެމްވީ

ކ. ތިލަފުށީގެ ގުދަނެއްގައި ހުރި ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފަޅާ އެރުމާ ގުޅިގެން، އެ މައްސަލަ ތަހުގީގު ކުރާ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) މަސްއޫލިއްޔަތުން އެކަހެރިކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ، ކ. ތިލަފުށީގެ ގުދަނެއްގައި ހުރި ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، އެ މައްސަލައިގައި ހިމެނޭ ފުލުސް އޮފިސަރު އިންވެސްޓިގޭޝަން އޮފިސަރެއްގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައިވާ ކަމަށެވެ.

31 ޑިސެމްބަރު 2025 ގައި ފުލުހުންނަށް ހުށަހެޅި މި މައްސަލައިގެ ޖިނާއީ ތަހުގީގު ކުރިއަށްދާއިރު، އެ އޮފިސަރާ ގުޅޭ އިދާރީ މައްސަލައެއް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. 

 ހުއިފިލަނޑާތަކަށް ހިޔާނާތްތެރިވި މައްސަލަ ފެންމަތިވީ 29 ޑިސެންބަރު 2025 ގައި ގައި ވެރިފަރާތަށް އޮޅުވާލައި މަކަރާއި ހީލަތުން އެ ތަކެތި އެހެން ތަނަކަށް ބަދަލުކުރުމުންނެވެ. އަދި އެތަކެތި ތިލަފުށިން މާލެ ގެނެސް މާލޭގެ ދެ ގެއެއްގައި ރައްކާކޮށްފައި ހުއްޓާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމަށްފަހު އެވެ. 

ފުލުހުންގެ އަމާޒަކީ ފުލުހަކު ވަގަށް ނެގި ކަމަށް ތުހުމަތުކުރާ 2 މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާ އޭގެ ވެރިފަރާތާ ހަވާލު ނުކުރުން ކަމަށް މުދަލުގެ ވެރިފަރާތުން ތުހުމަތު ކުރެ އެވެ. އެންމެ ފަހުން ފެބްރުވަރީ މަހުގެ 9 ވަނަ ދުވަހު ފުލުހުން ވަނީ އެ ހުއިފިލަނޑާ ބަސްތާ ތަކަކީ ވެރިފަރާތް ކަށަވަރުނުވާ ތަކެތި ކަމަށް ބުނެ ނީލަމުގައި ވިއްކާލުމަށް ނިންމާ އިއުލާނުކޮށްފަ އެވެ. 

މޯލްޑިވްސް ޕޮލިސް ސަރވިސްހުއިފިލަނޑާ ނީލަން ކިޔުންހުއިފިލަނޑާ ވައްކަންހުއިފިލަނޑާ

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2026

ފުލުސް އޮފިސަރަކާއި އެމްޕީއެލްގެ މުވައްޒަފަކު ބައިވެރިވެގެން ޗައިނާގެ ވިޔަފާރިވެރިއެއްގެ 2.2 މިލިއަން ރުފިޔާގެ ހުއިފިލަނޑާ ވަގަށް ނަގާ އޭނާގެ ހައްގު ފޭރިގަތް ގޮތް!

11 ފެބުރުއަރީ 2026
ފުލުސް އޮފިސަރަކާއި އެމްޕީއެލްގެ މުވައްޒަފަކު ބައިވެރިވެގެން ޗައިނާގެ ވިޔަފާރިވެރިއެއްގެ 2.2 މިލިއަން ރުފިޔާގެ ހުއިފިލަނޑާ ވަގަށް ނަގާ އޭނާގެ ހައްގު ފޭރިގަތް ގޮތް!
10 ފެބުރުއަރީ 2026

ކުރީގެ ރައީސް ސޯލިހު އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލަން ޖެހޭ ކަމަށް ކުރީގެ މެމްބަރު މުސްތަފާ ވިދާޅުވެއްޖެ, ފުލުހުންގެ ކޮމެންޓެއް ނެތް!

10 ފެބުރުއަރީ 2026
ކުރީގެ ރައީސް ސޯލިހު އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލަން ޖެހޭ ކަމަށް ކުރީގެ މެމްބަރު މުސްތަފާ ވިދާޅުވެއްޖެ, ފުލުހުންގެ ކޮމެންޓެއް ނެތް!
10 ފެބުރުއަރީ 2026

ފުލުހުން ގެ ބެލުމުގެ ދަށުގައި ހުރި ހުއިފިލަނޑާ ގެ ބާވަތް ތަކެއްކަމަށްވާ ހުދު ކިރު، އެލިފަންޓް އަދި ބުއްފުޅި ނީލަން ކިޔަނީ

10 ފެބުރުއަރީ 2026
ފުލުހުން ގެ ބެލުމުގެ ދަށުގައި ހުރި ހުއިފިލަނޑާ ގެ ބާވަތް ތަކެއްކަމަށްވާ ހުދު ކިރު، އެލިފަންޓް އަދި ބުއްފުޅި ނީލަން ކިޔަނީ
09 ފެބުރުއަރީ 2026

ސުނާމީ ބިނާ މައިޒާން ތަރައްގީ ކުރަން އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގަން އަންގައިފި

09 ފެބުރުއަރީ 2026
ސުނާމީ ބިނާ މައިޒާން ތަރައްގީ ކުރަން އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގަން އަންގައިފި
05 ފެބުރުއަރީ 2026

ކުޑަކުދިން ލައްވައި ކުށްކުރުވާ މީހުންނަށް ޤާނޫނީ ގޮތުން ދެވޭނެ އެންމެ ހަރުކަށި އަދަބު ދޭނަން: ސީޕީ

05 ފެބުރުއަރީ 2026
ކުޑަކުދިން ލައްވައި ކުށްކުރުވާ މީހުންނަށް ޤާނޫނީ ގޮތުން ދެވޭނެ އެންމެ ހަރުކަށި އަދަބު ދޭނަން: ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު