Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުސްތަފާ-ރައީސް ސޯލިހު

ކުރީގެ ރައީސް ސޯލިހު އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލަން ޖެހޭ ކަމަށް ކުރީގެ މެމްބަރު މުސްތަފާ ވިދާޅުވެއްޖެ, ފުލުހުންގެ ކޮމެންޓެއް ނެތް!

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް ނިސްބަތްކޮށް، އެ ބޭފުޅުން ދަންޖައްސައި މަރަންޖެހޭ ކަމަށް ބުނެ ތިމަރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާގެ ސޯޝަލް މީޑިއާގައި ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައިވޭ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 10 ފެބުރުއަރީ 2026 | އަންގާރަ 08:48
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ | ރާއްޖެއެމްވީ

އަނިޔާވެރި ގޮތަކަށް، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަވަހާރަކޮށްލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

އެކްސްގައި އޭނާ ވަނީ ރައީސް ސޯލިހު ޓެގް ކުރައްވާ އެ މަނިކުފާނަށް ނިސްބަތްކޮށް ހަޑި ހުތުރުބަހުން ވާހަކަދައްކަވާފަ އެވެ. މުސްތަފާ ވަނީ ރައީސް ސޯލިހު ދަންޖައްސާ މަރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި މުސްތަފާ ފަދަ މީހަކު ވެރިކަމުގައި ނެތުމަކީ ސޯލިހުގެ ނަސީބު ކަމަށް ވެސް ވިދާޅުވެފައި ވެ އެވެ.

Advertisement - newsAdvertisement

 މުސްތަފާ ކުރެއްވި އެ ޕޯސްޓާ ގުޅިގެން ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރި ނަމަވެސް އެކަމަށް ފުލުހުން ޖަވާބެއް ދީފަ އެއް ނުވެ އެވެ. އެހެންކަމުން މި މައްސަލަ ބަލާނެކަން ނުވަތަ ނޫންކަން ސާފެއް ނޫނެވެ. 

މުސްތަފާ ކުރެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވީ ރައީސް ސޯލިހުގެ އިތުރުން ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ފަދަ ބޭފުޅުން ވެސް އިސްލާމީ ޤާނޫނު ހިނގާ ނަމަ ދުނިޔޭގައި ނުތިބޭނެ ކަމަށެވެ. ޗައިނާ ފަދަ ޤައުމެއްގައި އެ ބޭފުޅުން ގައުމެއް ނަމަ ދަންޖައްސައި އަވަރާހަކޮށްލާނެ ކަމަށް މުސްތަފާގެ ޕޯސްޓްގައި ވެ އެވެ.

މުސްތަފާ މި ޕޯސްޓްތައް ކުރެއްވި ސީދާ ސަބަބެއް ހާމަ އެއް ނުކުރައްވަ އެވެ. ނަމަވެސް މީގެ ކުރިން ވެސް މުސްތަފާ ވަނީ ރައީސް ސޯލިހު 1.7 މިލިއަން ޑޮލަރު މުސްތަފާ އަށް ދޭން ޖެހޭ ކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް އެ ފައިސާ އާއި ގުޅުން ހުރި ހެއްކާއި ގުޅޭގޮތުން މުސްތަފާ އެއްވެސް ވާހަކަ އެއް ޕޯސްޓް ކުރައްވާފަ އެއް ނުވެ އެވެ.

އިބްރާހިމް މުހައްމަދު ސާލިހުމުހައްމަދު މުސްތަފާއަކްރަމް ކަމާލުއްދީންމޯލްޑިވްސް ޕޮލިސް ސަރވިސްމަރުގެ އިންޒާރު

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2026

ފުލުހުން ގެ ބެލުމުގެ ދަށުގައި ހުރި ހުއިފިލަނޑާ ގެ ބާވަތް ތަކެއްކަމަށްވާ ހުދު ކިރު، އެލިފަންޓް އަދި ބުއްފުޅި ނީލަން ކިޔަނީ

10 ފެބުރުއަރީ 2026
ފުލުހުން ގެ ބެލުމުގެ ދަށުގައި ހުރި ހުއިފިލަނޑާ ގެ ބާވަތް ތަކެއްކަމަށްވާ ހުދު ކިރު، އެލިފަންޓް އަދި ބުއްފުޅި ނީލަން ކިޔަނީ
09 ފެބުރުއަރީ 2026

ސުނާމީ ބިނާ މައިޒާން ތަރައްގީ ކުރަން އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގަން އަންގައިފި

09 ފެބުރުއަރީ 2026
ސުނާމީ ބިނާ މައިޒާން ތަރައްގީ ކުރަން އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގަން އަންގައިފި
08 ފެބުރުއަރީ 2026

ޕީއެންސީގެ ސިޔާސަތަކީ ލާމަރުކަޒީ ނިޒާމަށް ބީރައްޓެހި ސިޔާސަތެއް، ލާމަރުކަޒުކޮށް ތަރައްގީ ގެނެވޭނީ އެމްޑީޕީއަށް: ރައީސް ސޯލިހު

08 ފެބުރުއަރީ 2026
ޕީއެންސީގެ ސިޔާސަތަކީ ލާމަރުކަޒީ ނިޒާމަށް ބީރައްޓެހި ސިޔާސަތެއް، ލާމަރުކަޒުކޮށް ތަރައްގީ ގެނެވޭނީ އެމްޑީޕީއަށް: ރައީސް ސޯލިހު
07 ފެބުރުއަރީ 2026

ށ.ފޯކައިދޫގެ ހުކުރު މިސްކިތް ތަޅާލާ މަލްޓިޕަރޕަސް ހޯލުގައި ނަމާދު ކުރަން ރައްޔިތުންނަށް ޖެއްސުން ނޫނީ މި ސަރުކާރުން އެ ރަށަށް ކޮށްދެވުނު ކަމެއް ނެތް: ކައުންސިލް ރައީސް

އިންތިޚާބުވާ މީހުންނަކީ ރައްޔިތުންގެ ޚާދިމުން ކަމުގެ ވިސްނުން ގެންގުޅޭ ހަމައެކަނި ޕާޓީ އަކީ އެމްޑީޕީ، ޚިދުމަތް ދިނުމުގައި ތަފާތު ވަނީ އެ ސަބަބާއި ހުރެ: ސަލީމް

07 ފެބުރުއަރީ 2026
އިންތިޚާބުވާ މީހުންނަކީ ރައްޔިތުންގެ ޚާދިމުން ކަމުގެ ވިސްނުން ގެންގުޅޭ ހަމައެކަނި ޕާޓީ އަކީ އެމްޑީޕީ، ޚިދުމަތް ދިނުމުގައި ތަފާތު ވަނީ އެ ސަބަބާއި ހުރެ: ސަލީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު