Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިޒްރޭލު

އެމެރިކާ ސަފީރު ހަކަބީ: އިޒްރޭލުން މެދުއިރުމަތީގެ އިތުރު ބިން ހިފިޔަސް މައްސަލައެއް ނެތް

އިޒްރޭލުގެ ބޯޑަރުތައް ފުޅާކުރުމަށް ތާއީދުކުރައްވައި އެމެރިކާގެ ސަފީރު މައިކް ހަކަބީ ދެއްކެވި ވާހަކަތަކާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަން މިކަމަށް ހުއްޓިފައިވާއިރު، އިންޓަވިއުގައި ކާލްސަން ވަނީ، އިންޖީލުގެ އާޔަތްތަކުގައި އިބްރާހީމްގެފާނުގެ ދަރިކޮޅަށް އެ ބިން ވަައުދުކުރައްވާފައިވާ ކަމަށާއި، އޭގެ ތެރޭގައި އިރާގުގެ ފުރާތު ކޯރާއި މިސްރުގެ ނީލަ ކޯރާ ދެމެދުގައިވާ ސަރަހައްދު ހިމެނޭ ކަމަށް ހަކަބީއަށް ދަންނަވާފައި. އެމެރިކާގެ ސަފީރު ވިދާޅުވީ އެ ހުރިހާ ސަރަހައްދެއް އިޒްރޭލުން ހޯދިޔަސް މައްސަލަ އެއް ނެތް ކަމަށް.

ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2026 | ހޮނިހިރު 08:44
އިޒްރޭލަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ހަކަބީ.

އިޒްރޭލަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ހަކަބީ. | ރޮއިޓާސް

މެދުއިރުމަތީގެ ބޮޑު ބައެއް އިޒްރޭލުން ހިފި ނަމަވެސް އެކަމާ އޭނާގެ އިއުތިރާޒެއް ނެތް ކަމަށް ވިދާޅުވެ، އެ ބިމަކީ ޔަހޫދީންގެ ހައްގެއްގެ ގޮތުގައި އިޒްރޭލަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ހަކަބީ، ސިފަކުރައްވައިފިއެވެ.

ކޮންޒަވޭޓިވް ކޮމެންޓޭޓަރު ޓަކާ ކާލްސަން އަށް ދެއްވި އަދި ހުކުރު ދުވަހު ދެއްކި އިންޓަވިއުއެއްގައި، އިންޖީލު ގައި ބަޔާންކޮށްފައިވާ ކަމަށް އޭނާ ގަބޫލުކުރައްވާ އިޒްރޭލުގެ ޖިއޮގްރަފީ ބޯޑަރުތަކާ ގުޅޭގޮތުން ހަކަބީއާ ސުވާލުކޮށްފައިވެއެވެ.

އެ އިންޓަވިއުގައި ކާލްސަން ވަނީ، އިންޖީލުގެ އާޔަތްތަކުގައި އިބްރާހީމްގެފާނުގެ ދަރިކޮޅަށް އެ ބިން ވަައުދުކުރައްވާފައިވާ ކަމަށާއި، އޭގެ ތެރޭގައި އިރާގުގެ ފުރާތު ކޯރާއި މިސްރުގެ ނީލަ ކޯރާ ދެމެދުގައިވާ ސަރަހައްދު ހިމެނޭ ކަމަށް ހަކަބީއަށް ދަންނަވާފައެވެ.

އެ ސަރަހައްދަށް ބަލާއިރު، މިހާރުގެ ލުބުނާނާއި، ސޫރިޔާއާއި، އުރުދުންގެ އިތުރުން ސައުދީ އަރަބިއްޔާގެ ބައެއް ސަރަހައްދުތައް ވެސް އޭގެ ތެރޭގައި ހިމެނެއެވެ.

މިދިޔަ އަހަރު ރައީސް ޑޮނަލްޑް ޓްރަމްޕް އައްޔަންކުރެއްވި ސަފީރު ހަކަބީ ވިދާޅުވީ، "އެ ހުރިހާ ސަރަހައްދެއް އެމީހުން (އިޒްރޭލުން) ނެގިޔަސް މައްސަލައެއް ނެތް" ކަމަށެވެ.

ހަކަބީގެ މި ވާހަކައާ ގުޅިގެން ހައިރާންކަން ފާޅުކުރަމުން ކާލްސަން ވަނީ، މުޅި ސަރަހައްދަށް އިޒްރޭލު ފުޅާވެގެންދިއުމަށް ހަގީގަތުގައިވެސް އޭނާ ތާއީދުކުރައްވަނީތޯ ސުވާލުކޮށްފައެވެ.

ޖަވާބުގައި ސަފީރު ވިދާޅުވީ، "އެމީހުން އެތަންތަން ހިފާކަށް ބޭނުމެއް ނުވޭ. އަދި އެތަންތަން ހިފާކަށް އެމީހުން އެދެމުންނެއް ވެސް ނުދޭ،" ކަމަށެވެ.

އިޒްރޭލުގެ ވަރުގަދަ ދިފާއީ އޭޖެންޓެއްގެ ގޮތުގައި ފާހަގަކުރެވޭ، ކްރިސްޓިއަން ޒަޔަނިސްޓެއް ކަމަށްވާ އެމެރިކާގެ ސަފީރު ފަހުން ވަނީ އޭނާގެ ވާހަކައިގެ ރާގު ކޮންމެވެސް ވަރަކަށް ބަދަލުކުރައްވައި، އެއީ "މާބޮޑުކޮށްލައިގެން ދެއްކެވުނު ވާހަކައެއް" ކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް، ދީނީ ގޮތުން އޭނާ ކުރައްވާ މާނަކުރުންތަކުގެ މައްޗަށް ބިނާކޮށް، އިޒްރޭލުގެ ބޯޑަރުތައް ފުޅާކުރުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވަނީ ދޭހަކޮށްދެއްވާފައެވެ.

ހަކަބީ ވިދާޅުވީ، "އެ ހުރިހާ ތަނަކުން އެމީހުންނަށް ހަމަލާދީ، އެ ހަނގުރާމައިން އެމީހުން މޮޅުވެ، އެ ބިންތައް އަތުލައިފިނަމަ، އެއީ މުޅިން ތަފާތު ބަހުސެއް،" ކަމަށެވެ.

އިޒްރޭލުގެ ބޯޑަރުތައް ފުޅާކުރުމުގެ ހައްގު އެ ގައުމަށް އޮތް ކަމަށް ހަކަބީ ގަބޫލުކުރައްވާ ޚިޔާލަށް، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ތާއީދުކުރައްވާތޯ ސާފުކުރުމަށް އެދުމުން، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށް އަލްޖަޒީރާ އިން ރިޕޯޓު ކޮށްފައިވެ އެވެ.

ދެވަނަ ބޮޑު ހަނގުރާމައަށްފަހު ބައިނަލްއަގުވާމީ ގާނޫނުތަކުގެ މައިގަނޑު އަސާސަކީ، ގައުމުތަކުގެ ސަރަހައްދީ ބޯޑަރުތައް ދެމެހެއްޓުމާއި، ބާރުގެ ބޭނުންކޮށްގެން ބިންތައް ހިފުން މަނާކުރުމެވެ.

ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގާ އިސްތިއުމާރަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށާއި، އެކަން ވަގުތުން ހުއްޓާލަންޖެހޭނެ ކަމަށް 2024 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އިން ވަނީ ހުކުމްކޮށްފައެވެ.

އެހެންނަމަވެސް، އިޒްރޭލުގެ ގާނޫނުތަކުގައި އެ ގައުމުގެ ބޯޑަރުތައް ސާފުކޮށް ކަނޑައަޅާފައެއް ނުވެއެވެ. މީގެ އިތުރުން، 1981 ވަނަ އަހަރު އިޒްރޭލުން ވަނީ ސޫރިޔާގެ ގޯލާން ހައިޓްސް ޣައިރު ގާނޫނީ ގޮތުން ހިފައި، އެއީ އެ ގައުމުގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

ސޫރިޔާގެ އެ ސަރަހައްދުގެ މައްޗަށް އިޒްރޭލުން ދައުވާކުރާ ސިޔާދަތީ ބާރު ގަބޫލުކުރާ ހަމައެކަނި ގައުމަކީ އެމެރިކާއެވެ.

ހިޒްބުالله އާއެކު 2024 ވަނަ އަހަރު ކުރި ހަނގުރާމައަށްފަހު، އިޒްރޭލުގެ ވަނީ ލުބުނާނުގެ އެތެރޭގެ ފަސް ސަރަހައްދެއްގައި އަސްކަރީ މަރުކަޒުތައް ވެސް ގާއިމުކޮށްފައެވެ.

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހިމެނޭހެން އިޒްރޭލުގެ ބައެއް ސިޔާސީ ބޭފުޅުން ދަނީ، ބޯޑަރުތައް ފުޅާކޮށް "ގްރޭޓާ އިޒްރޭލް" އެއް އުފެއްދުމުގެ ޚިޔާލަށް ފާޅުގައި ތާއީދުކުރައްވަމުންނެވެ.

އިޒްރޭލުގެ ފިނޭންސް މިނިސްޓަރު ބެޒަލްއެލް ސްމޮޓްރިޗް 2023 ވަނަ އަހަރު ބޭއްވި ހަރަކާތެއްގައި، ފަލަސްތީނުގެ ބިންތަކާއި ލުބުނާނާއި ސޫރިޔާ އަދި އުރުދުންގެ ބައެއް ސަރަހައްދުތައް އިޒްރޭލުގެ ބައެއްގެ ގޮތުގައި ދައްކުވައިދޭ ޗާޓެއް ބޭނުންކުރުމުން ބައިނަލްއަގުވާމީ މުޖުތަމައުގެ ބޮޑު ނުރުހުމެއް ވަނީ އަމާޒުވެފައެވެ.

ކާލްސަންއަށް ދެއްވި އިންޓަވިއުގައި ހަކަބީ ވަނީ، އިޒްރޭލުގެ ދެމިއޮތުމުގެ ހައްގަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ މައްޗަށް ބިނާވެފައިވާ ކަމެއް ކަމަށް ބުނެ ވަކާލާތުކުރަން މަސައްކަތްކޮށްފައެވެ. އަނެއްކޮޅުން، އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ގާނޫނީ އިދާރާތަކަށް އޭނާ ވަނީ ބަހުގެ ހަމަލާދީފައެވެ.

އޭނާ ވިދާޅުވީ، "ރައީސް ޓްރަމްޕާއި ސެކްރެޓަރީ ރޫބިއޯ އައި.ސީ.ސީ އާއި އައި.ސީ.ޖޭ އުވާލުމަށް ބާރުއަޅުއްވަމުން ގެންދަވާތީ އަޅުގަނޑު ވަރަށް އުފާވޭ. އެއީ އެ އިދާރާތަކަކީ މިހާރު ހަމަހަމަކަމާއެކު ގާނޫނު ތަންފީޒުކުރުމުގެ ބަދަލުގައި، އުސޫލުން ބޭރުން މަސައްކަތްކުރާ ޖަމާއަތްތަކަކަށް ވެފައިވާތީ،" ކަމަށެވެ.

އިޒްރޭލަށް އާދަޔާ ޚިލާފަށް ލޯބިކުރައްވާ، ހަކަބީ ސަފީރުކަމުގައި ހުންނެވި ދުވަސްވަރު އިޒްރޭލުގެ ސިފައިން މަރާލާފައިވާ އަދި ޖަލަށްލާފައިވާ އެމެރިކާގެ ރައްޔިތުންގެ ހައްގުގައި ވާހަކަދައްކާފައި ނުވާތީ އޭނާއަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

މީގެ އިތުރުން، އެމެރިކާގެ ޖާސޫސީ ސިއްރުތައް އިޒްރޭލުގެ ސަރުކާރަށް ވިއްކި ކަމުގެ ކުށް ސާބިތުވެފައިވާ ޖޮނަތަން ޕޮލާޑްއާ ހަކަބީ ބައްދަލުކުރެއްވުމުން، މިދިޔަ އަހަރު އެމެރިކާގެ ބައެއް ކޮންޒަވޭޓިވް ބޭފުޅުންގެ ނުރުހުން ވެސް އޭނާއަށް އަމާޒުވިއެވެ. ޕޮލާޑް ވިއްކި ސިއްރުތައް ފަހުން ވަނީ ފިނި ހަނގުރާމައިގެ ދުވަސްވަރު ސޯވިއެޓް ޔޫނިއަނަށް ލިބިފައެވެ.

އެމެރިކާގެ ނޭވީގެ ކުރީގެ އެނަލިސްޓެއް ކަމަށްވާ ޕޮލާޑް ވަނީ 30 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރުމަށްފަހު، 2020 ވަނަ އަހަރު މިނިވަންވެގެން އިޒްރޭލަށް ބަދަލުވެފައެވެ. އޭނާ ކުރި ކުށަށް ދުވަހަކުވެސް މައާފަށް އެދިފައި ނުވާއިރު، 2021 ވަނަ އަހަރު އޭނާ ވަނީ އެމެރިކާގެ ސަލާމަތީ އިދާރާތަކުގައި މަސައްކަތްކުރާ ޔަހޫދީން އިޒްރޭލަށް ޖާސޫސުކޮށްދިނުމަށް ގޮވާލާފައެވެ.

ހަކަބީ ވިދާޅުވީ އޭނާ ޕޮލާޑްގެ ޚިޔާލުތަކާ އެއްބަސްނުވާ ކަމަށެވެ. ނަމަވެސް އޭނާއަށް މެހެމާންދާރީ އަދާކުރި ކަމަށް ބުނާ ވާހަކަ ދޮގުކުރައްވައި، ހަކަބީ ވިދާޅުވީ އެއީ ހަމައެކަނި ގުދުސްގައި ހުންނަ އެމެރިކާ އެމްބަސީގައި ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

ކޮންމެ މީހަކަށްވެސް އެމްބަސީއަށް ވަދެ ސަފީރާ ބައްދަލުކުރެވިދާނެތޯ ސުވާލުކުރުމުން، ހަކަބީ ވަނީ އެފަދަ ބައްދަލުވުމަކަށް ކުރިން އެޕޮއިންޓްމަންޓް ހޯދަންޖެހޭނެ ކަމަށް އެއްބަސްވެފައެވެ.

ހަކަބީ ވިދާޅުވީ، "އޭނާގެ އެދުމުގެ މަތިން އެމެރިކާ އެމްބަސީއަށް އައިސް ބައްދަލުކުރުމުގެ ފުރުސަތު ލިބުނު. އަޅުގަނޑު އެ ބައްދަލުވުން ބޭއްވިން، އަދި ތެދަށް ބުނާނަމަ އެކަމާ ހިތާމައެއް ނުކުރަން،" ކަމަށެވެ.

އަދި އޭނާ ސަފީރުކަމުގައި ހޭދަކުރި މުއްދަތުގައި ގިނަ ބަޔަކާ ބައްދަލުކޮށްފައިވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އިތުރު މީހުންނާ ބައްދަލުކުރާނެ ކަމަށް ހަކަބީ ވިދާޅުވިއެވެ.

މަސްދަރު: އަލް ޖަޒީރާ

މައިކް ހަކަބީއިޒްރޭލްޓަކާ ކާލްސަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީރާނަށް އަމާޒުކޮށް ވަކި މިންވަރެއްގެ ހަމަލާދިނުމާ މެދު ވިސްނަވަމުންދާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

އީރާނަށް އަމާޒުކޮށް ވަކި މިންވަރެއްގެ ހަމަލާދިނުމާ މެދު ވިސްނަވަމުންދާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

20 ފެބުރުއަރީ 2026
80،000 މުސްލިމުން އަލް-އަޤްޞާގައި ރަމަޟާންގެ ފުރަތަމަ ހުކުރު ނަމާދުކޮށްފި

80،000 މުސްލިމުން އަލް-އަޤްޞާގައި ރަމަޟާންގެ ފުރަތަމަ ހުކުރު ނަމާދުކޮށްފި

20 ފެބުރުއަރީ 2026
ހަމާސް އަށް ލީޑަރަކު އިންތިޚާބު ކުރުމަށް ވޯޓު ލަނީ

ހަމާސް އަށް ލީޑަރަކު އިންތިޚާބު ކުރުމަށް ވޯޓު ލަނީ

20 ފެބުރުއަރީ 2026
އެއްބަސްވުމަކަށް އައުމަކީ ބުއްދިވެރި ގޮތް ކަމަށް ވިދާޅުވެ، އަނެއްކާ ވެސް ޓްރަމްޕް އީރާން އަށް އިންޒާރު ދެއްވައިފި

އެއްބަސްވުމަކަށް އައުމަކީ ބުއްދިވެރި ގޮތް ކަމަށް ވިދާޅުވެ، އަނެއްކާ ވެސް ޓްރަމްޕް އީރާން އަށް އިންޒާރު ދެއްވައިފި

19 ފެބުރުއަރީ 2026
އަލްއަޤްޞާ މިސްކިތުގެ އިސް އިމާމަކު މިސްކިތަށް ވަނުން މަނާކޮށްފި

އަލްއަޤްޞާ މިސްކިތުގެ އިސް އިމާމަކު މިސްކިތަށް ވަނުން މަނާކޮށްފި

17 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު