Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އެއްބަސްވުމަކަށް ނުދެވިއްޖެ ނަމަ، ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕްގެ އިންޒާރެއް އީރާން އަށް

ޓްރަމްޕް ވިދާޅުވީ އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، ދެން ކުރިމަތި ވާނެ ނަތީޖާ ތަކަކީ އީރާން އިން ބޭނުންވާނެ ނަތީޖާ ތަކެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް. އޮމާން އިން މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ މަޝްވަރާ ތަކުގެ ދެ ވަނަ ބައްދަލުވުން އަންގާރަ ދުވަހު އޮންނާނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ފެބުރުއަރީ 2026 | އަންގާރަ 07:50
އެއާ ފޯސް ވަންގައި ހުންނަވައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

އެއާ ފޯސް ވަންގައި ހުންނަވައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ | ގެޓީ އިމޭޖަސް

އެމެރިކާ އާއި އީރާންއާ ދެމެދު ނިއުކްލިއާ މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނައިރު، އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، އީރާން އިން އެކަމުގެ ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރެއް ދެއްވައިފި އެވެ.

އަންގާރަ ދުވަހު ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ އެއާ ފޯސް ވަންގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ. ވޮޝިންޓަން އަށް އެނބުރި ވަޑައިގެންނެވުމުގެ ތެރޭގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށްދާ މަޝްވަރާ ތަކުގައި ނުސީދާ ގޮތެއްގައި އޭނާ ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. 

އިތުރަށް ޓްރަމްޕް ވިދާޅުވީ އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، ދެން ކުރިމަތި ވާނެ ނަތީޖާ ތަކަކީ އީރާން އިން ބޭނުންވާނެ ނަތީޖާ ތަކެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އޮމާން އިން މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ މަޝްވަރާ ތަކުގެ ދެ ވަނަ ބައްދަލުވުން އަންގާރަ ދުވަހު އޮންނާނެ އެވެ. އެ މަޝްވަރާތައް މިފަހަރު ކުރިއަށް ދާނީ ސްވިޒަލެންޑުގެ ޖެނީވާގަ އެވެ. 

މީގެ ކުރިން ވެސް ޓްރަމްޕް ވަނީ އީރާންއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފަ އެވެ. މި އިންޒާރުތައް އެންމެ ފުރަތަމަ ޓްރަމްޕް ދެއްވީ، އީރާންގައި ކުރިއަށް ދިޔަ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް އެ ޤައުމުގެ ސަރުކާރުން ބާރުގެ ބޭނުން ކުރުމާ އެކު އެވެ. އަދި އޭގެ ފަހުން ވަނީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމްއާ ގުޅޭ ގޮތުން ވެސް އިންޒާރު ދެއްވައިފަ އެވެ. އެމެރިކާގެ އަސްކަރީ އުޅަނދުތައް އަންނަނީ މެދު އިރުމަތީގެ ސަރަހައްދުގައި ޙަރަކާތްތެރި ވަމުންނެވެ. 

އީރާންގެ ނިއުކްލިއާ ޕްރޮގްރާމް އަކީ ނިއުކްލިއާ ބޮން އުފެއްދުމަށް ކުރިއަށް ގެންދާ މަޝްރޫއެއް ކަަމަށް، އެމެރިކާ އާއި ވިލާތުގެ ބައެއް ޤައުމު ތަކުން އަބަދު ވެސް ތުހުމަތު ކުރެ އެވެ. ނަމަވެސް، އީރާން އިން އަންނަނީ ތަކުރާރުކޮށް މި ތުހުމަތުތައް ދޮގު ކުރަމުންނެވެ. ނިއުކްލިއާ މައްސަލައިގެ އިތުރުން، އީރާންގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމް އާއި، މެދު އިރުމަތީގެ ހަތިޔާރު ޖަމާއަތްތަކަށް އީރާން އިން ދޭ އެހީތެރިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެމެރިކާ އިން އަބަދު ވެސް ބާރު އަޅަމުން ގެންދެ އެވެ. 

މި މަޝްވަރާ ތަކާ ގުޅޭ ގޮތުން އީރާންގެ ފޮރިން މިނިސްޓްރީ އިން ހޯމަ ދުވަހު ބުނީ، އީރާންގެ ނިއުކްލިއާ މައްސަލައިގައި އެމެރިކާގެ ވިސްނުން މިހާރު ހުރީ ކުރިއަށް ވުރެ ބޮޑަށް، ހަގީގަތާ އެއްގޮތް މިސްރާބަކަށް ކަމަށެވެ. މީގެ ކުރިން މިފަދަ މަޝްވަރާ ތަކެއް ބޭއްވުމަށް ކުރި މަސައްކަތް ނާކާމިޔާބުވީ، އިޒްރޭލް އިން ކުއްލި ގޮތަކަށް އީރާން އަށް ހަމަލާ ދިނުމުންނެވެ. އެއާ އެކު، އޭރު ކުރިއަށް ގެންދަމުން އައި މަޝްވަރާތައް ވަނީ މަޑު ޖެހިފަ އެވެ.

މަސްދަރު: އޭއެފްޕީ

އެމެރިކާ-އީރާންއީރާން ނިއުކްލިއަރ ޕްރޮގްރާމްއިޒްރޭލްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

17 ފެބުރުއަރީ 2026

އެމެރިކާގެ މަނަވަރު "އަބްރަހަމް ލިންކަން" އީރާނާ ކައިރިއަށް ޖެހެމުންދާއިރު އީރާނުން އަސްކަރީ ބާރު ދައްކާލުމުގެ ތަމްރީންތައް ކުރިއަށް ގެންދަނީ

17 ފެބުރުއަރީ 2026
އެމެރިކާގެ މަނަވަރު "އަބްރަހަމް ލިންކަން" އީރާނާ ކައިރިއަށް ޖެހެމުންދާއިރު އީރާނުން އަސްކަރީ ބާރު ދައްކާލުމުގެ ތަމްރީންތައް ކުރިއަށް ގެންދަނީ
16 ފެބުރުއަރީ 2026

ހުޅަނގު އައްސޭރީގެ ބިން ރަޖިސްޓްރީކުރުން ހުއްޓާލުމަށް އީޔޫއިން އިޒްރޭލަށް ގޮވާލައިފި

16 ފެބުރުއަރީ 2026
ހުޅަނގު އައްސޭރީގެ ބިން ރަޖިސްޓްރީކުރުން ހުއްޓާލުމަށް އީޔޫއިން އިޒްރޭލަށް ގޮވާލައިފި
16 ފެބުރުއަރީ 2026

ޖެނީވާގައި އީރާނާ އެކު އޮންނަ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ފަރާތުން ބައިވެރިވާނީ ވިޓްކޮފް އާއި ކުޝްނާ

16 ފެބުރުއަރީ 2026
ޖެނީވާގައި އީރާނާ އެކު އޮންނަ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ފަރާތުން ބައިވެރިވާނީ ވިޓްކޮފް އާއި ކުޝްނާ
16 ފެބުރުއަރީ 2026

އީރާން އިން މުއްސަނދި ކޮށްފައިވާ ހުރިހާ ޔުރޭނިއަމެއް ބޭރު ކުރަން ޖެހޭނެ: ނަތަންޔާހޫ

16 ފެބުރުއަރީ 2026
އީރާން އިން މުއްސަނދި ކޮށްފައިވާ ހުރިހާ ޔުރޭނިއަމެއް ބޭރު ކުރަން ޖެހޭނެ: ނަތަންޔާހޫ
16 ފެބުރުއަރީ 2026

ޣައްޒާ އަށް ފަސް ބިލިއަން ޑޮލަރު ދިނުމަށް، ބޯޑު އޮޕް ޕީސްގެ މެމްބަރުން އެއްބަސްވެއްޖެ: ޓްރަމްޕް

16 ފެބުރުއަރީ 2026
ޣައްޒާ އަށް ފަސް ބިލިއަން ޑޮލަރު ދިނުމަށް، ބޯޑު އޮޕް ޕީސްގެ މެމްބަރުން އެއްބަސްވެއްޖެ: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު