Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހަމާސް

ހަމާސް އަށް ލީޑަރަކު އިންތިޚާބު ކުރުމަށް ވޯޓު ލަނީ

މި އިންތިޚާބުގައި މައިގަނޑު ގޮތެއްގައި ވާދަކުރައްވަނީ ޚަލީލް އަލް-ހައްޔާ އާއި ޚާލިދު މަޝްއަލް.

ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2026 | ހުކުރު 11:10
ޣައްޒާގައި ވެރިކަންކުރާ ފަލަސްތީނުގެ އިސްލާމީ ހަރަކާތް، ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު، ޣައްޒާ ސިޓީގައި ބޭއްވި ބައިނަލްއަގުވާމީ ގުދުސް ދުވަހުގެ ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން އެއްވެފައިވާ އާންމުންނަށް އަތުން އިޝާރާތް ކުރައްވަނީ. (ފައިލް).

ޣައްޒާގައި ވެރިކަންކުރާ ފަލަސްތީނުގެ އިސްލާމީ ހަރަކާތް، ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު، ޣައްޒާ ސިޓީގައި ބޭއްވި ބައިނަލްއަގުވާމީ ގުދުސް ދުވަހުގެ ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން އެއްވެފައިވާ އާންމުންނަށް އަތުން އިޝާރާތް ކުރައްވަނީ. (ފައިލް). | ގެޓީ އިމޭޖަސް

ހަމާސް ޖަމާއަތުގެ އިސް އޮފިޝަލަކު ބީބީސީއަށް މައުލޫމާތު ދީފައިވާ ގޮތުގައި، އެ ޖަމާއަތުގެ އާ ވަގުތީ ލީޑަރަކު އިންތިޚާބު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނީ ޣައްޒާ އާއި އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އިތުރުން، އެހެން ގައުމުތަކުގައި ތިބި ހަމާސްގެ މެންބަރުންގެ މެދުގައެވެ.

މި އިންތިޚާބުގެ ނަތީޖާއިން އެ ޖަމާއަތުން ކުރިއަށްދާން ބޭނުންވާ މިސްރާބު ހާމަވެގެންދާނެއެވެ. ޚާއްސަކޮށް، ހަނގުރާމައަށްފަހު ޣައްޒާ ބަލަހައްޓާނެ ގޮތާއި، އެ ސިޓީ އަލުން އާރާސްތުކުރުމުގެ މަސައްކަތްތަކާއި، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތްތަކުގެ މުސްތަގުބަލާ ގުޅޭގޮތުން އެމެރިކާ އާއި މެދުވެރިން މަޝްވަރާ ކުރަމުންދާ ދަނޑިވަޅެއްގައި މި އިންތިޚާބު ވަރަށް މުހިންމު ކަމަށް ބީބީސީ އިން ބުނެފައިވެ އެވެ.

މި އިންތިޚާބު ބާއްވަން މި ނިންމީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްއިން އިޒްރޭލަށް ދިން ހަމަލާތަކާ ގުޅިގެން، އިޒްރޭލުން ދިން ހަމަލާތަކުގައި ހަމާސްގެ އިސް ލީޑަރުންގެ ތެރެއިން ގިނަ ބަޔަކު ޝަހީދުވެފައި ވަނިކޮށެވެ. 

މައުލޫމާތު ދިން މަސްދަރުން ބުނި ގޮތުގައި، ޣައްޒާގައި ތިބި މީހުން މިހާރު ވަނީ ސިއްރުން ވޯޓުލާފައެވެ. ނަމަވެސް އެހެން ސަރަހައްދުތަކުގައި ވޯޓުލުން ނިމިފައިވާކަން އަދި ސާފެއް ނުވެއެވެ. އާ ލީޑަރު އިއުލާނު ކުރުމުން، އެ ބޭފުޅަކު އެ މަގާމުގައި އެއް އަހަރު ދުވަހު ދެމިހުންނަވާނެއެވެ.

ހަމާސްއަކީ ޣައްޒާގައި ވެރިކަން ކުރާ ޖަމާއަތެވެ. އަދި ފަހަކަށް އައިސް ހުޅަނގު އައްސޭރީގައި ވެސް އެ ޖަމާއަތަށް އޮތް ތާއީދު ވަނީ އިތުރުވެފައެވެ. ނަމަވެސް، އިޒްރޭލުގެ އަސްކަރިއްޔާ އާއި ފަލަސްތީން އޮތޯރިޓީގެ ސަލާމަތީ ބާރުތަކުގެ ސަބަބުން އެ ސަރަހައްދުގައި ހަމާސްގެ ހަރަކާތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ.

އެމެރިކާގެ ތާއީދާއެކު ޣައްޒާގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް އޮކްޓޫބަރު މަހު އަމަލީ ގޮތުން ފެށިފައިވާއިރު، އެ އެއްބަސްވުމުގެ ފަހުގެ މަރުހަލާތަކާ ގުޅޭގޮތުން މަޝްވަރާތައް އަދިވެސް ދަނީ ކުރިއަށެވެ.

އެމެރިކާގެ ޕްލޭންގައި ހުށަހަޅާފައިވާ ގޮތުން، ކުރިމަގުގައި ޣައްޒާގެ ވެރިކަމުގެ އެއްވެސް ދައުރެއް ހަމާސްއަކަށް ނޯންނާނެއެވެ. އޭގެ ބަދަލުގައި، އިސްލާހީ ބަދަލުތަކަކަށްފަހު، މިހާރު ހުޅަނގު އައްސޭރީގެ ބައެއް ސަރަހައްދުތަކުގައި ވެރިކަން ކުރާ ފަލަސްތީން އޮތޯރިޓީއާ ޣައްޒާގެ ވެރިކަން ހަވާލުކުރުމަށް ވަނީ ހުށަހަޅާފައެވެ.

ހަމާސްގެ އެންމެ އިސް ލީޑަރު ޔަހްޔާ ސިންވާރު 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިޒްރޭލު ސިފައިން ޣައްޒާގައި ޝަހީދުކޮށްލާފައިވާއިރު، އެ ޖަމާއަތުގެ ސިޔާސީ ގޮފީގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ އެ އަހަރުގެ ޖުލައި މަހު އީރާނަށް ދިން ހަމަލާއެއްގައެވެ. މީގެ އިތުރުން، ހަމާސްގެ އަސްކަރީ ކޮމާންޑަރު މުހައްމަދު ދައިފް ވެސް ވަނީ އެ އަހަރުގެ ޖުލައި މަހު ޣައްޒާއަށް ދިން ވައިގެ ހަމަލާއެއްގައި ޝަހީދުކޮށްލާފައެވެ.

ހަނިއްޔާ އާއި ސިންވާރު ޝަހީދުވުމަށްފަހު، ހަމާސްގެ އެންމެ އިސް ލީޑަރުގެ މަގާމު އޮތީ ހުސްކޮށެވެ. ސިންވާރު ޝަހީދުވުމުން، ގަތަރުގައި ހުންނަވާ މުހައްމަދު ދަރުވީޝް އިސްކޮށް ހުންނަވައިގެން އެކުލަވާލި ވަގުތީ ކޮމިޓީއަކުން މިހާރު ދަނީ އެ ޖަމާއަތް ހިންގަމުންނެވެ.

ހަމާސްގެ ހިންގާ ގަވާއިދުތައް ބުނާގޮތުން، އެ ޖަމާއަތުގެ ލީޑަރު ހޮވަނީ ޣައްޒާ، ހުޅަނގު އައްސޭރި، އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ އަސީރުން އަދި ގައުމުން ބޭރުގައި ތިބި އޮފިޝަލުން ތަމްސީލުކުރާ "ޖެނެރަލް ޝޫރާ ކައުންސިލް" ގެ 86 މެންބަރުންގެ މައްޗަށް އެކުލެވޭ އިލެކްޓޯރަލް ކޮލެޖަކުންނެވެ.

އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި، މި އިންތިޚާބުގައި މައިގަނޑު ގޮތެއްގައި ވާދަކުރައްވަނީ ދެ ބޭފުޅެކެވެ. އެއީ:

އޭގެ ތެރެއިން އެއް ބޭފުޅަކީ ޣައްޒާގައި ހުންނަވާ ހަމާސްގެ އިސްވެރިޔާ ޚަލީލް އަލް-ހައްޔާ އެވެ. އޭނާއަކީ ސިންވާރު އަދި ހަނިއްޔާގެ ފިކުރާ އެއްގޮތަށް މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައި ބެލެވޭ ބޭފުޅެކެވެ. ދެން ވާދަކުރައްވަނީ ގައުމުން ބޭރުގައި ހުންނަވާ ހަމާސްގެ އިސްވެރިޔާ ޚާލިދު މަޝްއަލް އެވެ. އޭނާއަކީ ގާތްގަނޑަކަށް ވިހި އަހަރު ވަންދެން ހަމާސްގެ އެންމެ އިސް ލީޑަރުގެ މަގާމު ފުރުއްވާފައިވާ، އެ ޖަމާއަތުގެ ތަޖުރިބާކާރު ބޭފުޅެކެވެ.

މަޝްއަލް މިހާރު ދިރިއުޅުއްވަނީ ގަތަރުގެ ދޯހާގައެވެ.

އޮކްޓޫބަރު 7 ގެ ހަމަލާއަށްފަހު ފެށުނު ހަނގުރާމައިގެ ސަބަބުން ހަމާސްގެ އެތެރޭގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. އިޒްރޭލުގެ ހަމަލާތަކުގައި ހަމާސްގެ އިސް ބޭފުޅުން އަވަހާރަވެ، އެ ޖަމާއަތުގެ އަސްކަރީ އަދި ސިޔާސީ އޮނިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވުމުން، ޣައްޒާގައި ތިބި ލީޑަރުންގެ ނުފޫޒު ވަނީ ކުޑަވެފައެވެ.

ހަމާސްއިން ހިންގާ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި، ޣައްޒާގައި މިހާތަނަށް 72،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. 

ވޭތުވެދިޔަ އަހަރުތަކުގައި ހަމާސްގެ އެތެރޭގައި ދެ ފިކުރެއްގެ މެދުގައި ވާދަވެރިކަން އޮވެއެވެ.

އެއް ފިކުރަކީ މުސްލިމް ބްރަދަހުޑާ ގުޅުން އޮންނަ، މަޝްއަލް އާއި ގައުމުން ބޭރުގައި ތިބި ލީޑަރުން ތަމްސީލުކުރާ ފިކުރެވެ. މުހައްލިލުން ދެކޭ ގޮތުގައި މިއީ ކަންކަމުގައި ދޫދޭ، މާ ބޮޑަށް ހަރުކަށި ނޫން ފިކުރެކެވެ.

އަނެއް ފިކުރަކީ ހަމާސްއަށް މާލީ އަދި ހަތިޔާރުގެ އެހީތެރިކަން ފޯރުކޮށްދޭ އީރާނާ ގާތް ގުޅުމެއް ބާއްވާ ފިކުރެވެ. މި ފިކުރު އެންމެ ބޮޑަށް ތަމްސީލުކުރީ ސިންވާރު އާއި ޣައްޒާގެ އެތެރޭގައި ތިބި ލީޑަރުންނެވެ.

2017 ވަނަ އަހަރު ހަނިއްޔާ ސިޔާސީ ގޮފީގެ ވެރިޔަކަށްވެ، ސިންވާރު ޣައްޒާގެ ލީޑަރުކަމާ ހަވާލުވުމުން، ހަމާސްގެ ނިންމުންތައް ނިންމުމުގެ ބާރު ބޮޑަށް ބަދަލުވެގެންދިޔައީ ޣައްޒާގެ އެތެރެއަށެވެ.

ނަމަވެސް، މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން، މަޝްއަލްއާ ގުޅުން އޮންނަ "ކުރީގެ ލީޑަރުންނަށް" އަލުން ފުރުސަތުތަކެއް ހުޅުވިފައިވާ ކަމަށް ފެނެއެވެ.

ހަމާސްގެ އެތެރޭގެ ގަވާއިދުތައް ބުނާގޮތުން، އެ ޖަމާއަތުގެ ސިޔާސީ ލީޑަޝިޕް އެކުލެވިގެންވަނީ 18 މެންބަރުންގެ މައްޗަށެވެ. އެއީ ޣައްޒާ ތަމްސީލުކުރާ 6 މެންބަރުންނާއި، ހުޅަނގު އައްސޭރި އާއި އަސީރުން ތަމްސީލުކުރާ 6 މެންބަރުންގެ އިތުރުން، ގައުމުން ބޭރުގައި ތިބި ހަމާސްގެ މެންބަރުން ތަމްސީލުކުރާ 6 މެންބަރުންނެވެ.

މަޝްވަރާތަކުގެ މައުލޫމާތު އެނގޭ އޮފިޝަލުން ބުނާ ގޮތުގައި، ގިނަ އަހަރުތަކެއް ވަންދެން ޣައްޒާގެ ލީޑަރުންގެ ކޮންޓްރޯލްގެ ދަށުގައި ނިންމުންތައް ނިންމުމަށްފަހު، މިހާރު އަލުން "ކުރީގެ ލީޑަރުންގެ" ނުފޫޒު ގަދަވަމުންދާ ކަމަށް ފެނެއެވެ.

ހަނގުރާމައިގެ ސަބަބުން ޣައްޒާ ސުންނާފަތިވެ، ސިޔާސީ މަސްރަހު ބަދަލުވަމުންދާ މި ދަނޑިވަޅުގައި، އާ ލީޑަރަކު ހޮވުމަކީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި އެތެރެ އާއި ބޭރުން ކުރިމަތިވާ ފިއްތުންތަކާ ހަމާސްއިން ކުރިމަތިލާނެ ގޮތް ކަނޑައެޅުމުގައި އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މަސްދަރު: ބީބީސީ

ހަމާސްޣައްޒާއިޒްރޭލްޚަލީލް އަލް ހައްޔާޚާލިދު މަޝްއަލްފަލަސްތީނު

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްބަސްވުމަކަށް އައުމަކީ ބުއްދިވެރި ގޮތް ކަމަށް ވިދާޅުވެ، އަނެއްކާ ވެސް ޓްރަމްޕް އީރާން އަށް އިންޒާރު ދެއްވައިފި

އެއްބަސްވުމަކަށް އައުމަކީ ބުއްދިވެރި ގޮތް ކަމަށް ވިދާޅުވެ، އަނެއްކާ ވެސް ޓްރަމްޕް އީރާން އަށް އިންޒާރު ދެއްވައިފި

19 ފެބުރުއަރީ 2026
ޣައްޒާގެ މުސްލިމުން ރަމަޟާން މަހާ ކުރިމަތިލި އިރު ނަމާދު ކޮށްލާނެ މިސްކިތެއް ނެތް!

ޣައްޒާގެ މުސްލިމުން ރަމަޟާން މަހާ ކުރިމަތިލި އިރު ނަމާދު ކޮށްލާނެ މިސްކިތެއް ނެތް!

18 ފެބުރުއަރީ 2026
އަލްއަޤްޞާ މިސްކިތުގެ އިސް އިމާމަކު މިސްކިތަށް ވަނުން މަނާކޮށްފި

އަލްއަޤްޞާ މިސްކިތުގެ އިސް އިމާމަކު މިސްކިތަށް ވަނުން މަނާކޮށްފި

17 ފެބުރުއަރީ 2026
އެއްބަސްވުމަކަށް ނުދެވިއްޖެ ނަމަ، ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕްގެ އިންޒާރެއް އީރާން އަށް

އެއްބަސްވުމަކަށް ނުދެވިއްޖެ ނަމަ، ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕްގެ އިންޒާރެއް އީރާން އަށް

17 ފެބުރުއަރީ 2026
ހުޅަނގު އައްސޭރީގެ ބިން ރަޖިސްޓްރީކުރުން ހުއްޓާލުމަށް އީޔޫއިން އިޒްރޭލަށް ގޮވާލައިފި

ހުޅަނގު އައްސޭރީގެ ބިން ރަޖިސްޓްރީކުރުން ހުއްޓާލުމަށް އީޔޫއިން އިޒްރޭލަށް ގޮވާލައިފި

16 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު