Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
އަލް-އަގްސާ

އަލްއަޤްޞާ މިސްކިތުގެ އިސް އިމާމަކު މިސްކިތަށް ވަނުން މަނާކޮށްފި

ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް އަލްއަޤްޞާ މިސްކިތުގެ އިސް އިމާމަކާއި ވަޤުފް އިދާރާގެ ގިނަ އަދަދެއްގެ މުވައްޒަފުން އެ މިސްކިތަށް ވަނުން އިޒްރޭލުން މަނާކޮށްފި. މީގެ އިތުރުން ރަމަޟާން މަހަށް ތައްޔާރުވުމަށް އެ ސަރަހައްދުގައި ކުރާ މަސައްކަތްތަކަށް ހުރަސްއަޅައި، ހުޅަނގު އައްސޭރީގެ މުސްލިމުން މިސްކިތަށް ވަނުމުގައި އުމުރުގެ ހަރުކަށި އުސޫލުތަކެއް ވަނީ ކަނޑައަޅާފައި. މި ފިޔަވަޅުތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައި.

ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2026 | އަންގާރަ 15:00
ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި، 2023 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 5 ވަނަ ދުވަހު ގުދުސްގައި ހިނގި ކުރިމަތިލުންތަކާ ގުޅިގެން، އިޒްރޭލުގެ ސިފައިން އަލްއަޤްޞާ މިސްކިތުގެ ގޯތިތެރޭގައި ހަރަކާތްތެރިވަނީ.

ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި، 2023 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 5 ވަނަ ދުވަހު ގުދުސްގައި ހިނގި ކުރިމަތިލުންތަކާ ގުޅިގެން، އިޒްރޭލުގެ ސިފައިން އަލްއަޤްޞާ މިސްކިތުގެ ގޯތިތެރޭގައި ހަރަކާތްތެރިވަނީ. | ގެޓީ އިމޭޖަސް

މުސްލިމުންގެ ބަރަކާތްތެރި ރަމަޟާން މަސް ފެށުމަށް ކުޑަތަންވެފައި ވަނިކޮށް، އިރުމަތީ ގުދުސްގައި ހުންނަ އަލްއަޤްޞާ މިސްކިތުގެ އިސް އިމާމަކު އެ މިސްކިތަށް ވަނުން އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން މަނާކޮށްފި ކަމަށް އަންގާރަ ދުވަހު އޭނާ ވިދާޅުވެއްޖެ އެވެ.

ޝައިޚް މުޙައްމަދު އަލްޢައްބާސީ އޭއެފްޕީ ނިއުސް އެޖެންސީއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އެއް ހަފުތާގެ މުއްދަތަށް އޭނާ މިސްކިތަށް ވަނުން މަނާކޮށްފައިވާ ކަމަށާއި، އަދި އެ އަމުރުގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮތް ކަމަށެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި މި ނިންމުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝައިޚް ވިދާޅުވީ، އޭނާ މިސްކިތަށް ވަނުން މަނާކުރި ވަކި ސަބަބެއް އިޒްރޭލުގެ ކަމާބެހޭ އިދާރާތަކުން އަންގާފައި ނުވާ ކަމަށެވެ.

ޝައިޚް ޢައްބާސީ އިތުރަށް ވިދާޅުވީ، އޭނާ އަލްއަޤްޞާ މިސްކިތަށް އަލުން ވަޑައިގަންނަވަން ފެއްޓެވީ، ކުރިމަތިވި ނުރައްކާތެރި ކާރު އެކްސިޑެންޓަކާ ގުޅިގެން އެއް އަހަރު ދުވަހު ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށް ފަހު، މީގެ މަހެއްހާ ދުވަސް ކުރިން ކަމަށެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން އޭނާ ވިދާޅުވީ، މިސްކިތަށް ވަނުން މަނާކުރުމަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި، އޭނާގެ ފުރާނަ ގުޅިފައިވަނީ އަލްއަޤްޞާ މިސްކިތާ ކަމަށެވެ. އަދި އަލްއަޤްޞާ މިސްކިތަކީ އޭނާގެ ދިރިހުރުން ކަމަށް ވެސް ޝައިޚް ވިދާޅުވި އެވެ.

ރަމަޟާން މަހުގެ ތެރޭގައި އެތައް ލައްކަ ފަލަސްތީނު ރައްޔިތުން އާންމުކޮށް އަލްއަޤްޞާ މިސްކިތުގައި ނަމާދުކުރުމަށް ޖަމާވެ އެވެ. އިރުމަތީ ގުދުސްގައި ހުންނަ މި މިސްކިތަކީ އިސްލާމްދީނުގެ ތިންވަނަ އަށް އެންމެ މުޤައްދަސް ބިނާ އެވެ. އިޒްރޭލުން މި ސަރަހައްދު ހިފާފައިވަނީ 1967 ވަނަ އަހަރުގަ އެވެ.

އިޒްރޭލުގެ ފުލުހުން ހޯމަ ދުވަހު ބުނެފައި ވަނީ، އިޒްރޭލުން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ފަލަސްތީނު ރައްޔިތުންނަށް އަލްއަގްސާ މިސްކިތައް ވަނުމަށް ބޭނުންވާ 10،000 ހުއްދަ ދޫކުރުމަށް ލަފާދީފައިވާ ކަމަށެވެ.

ނަމަވެސް، މި ހުއްދަ ދޫކުރުމުގައި ވަކި އުމުރެއްގެ މީހުންނަށް ހުރަސްތަކެއް އޮންނާނެ ކަމެއް ނުވަތަ ނޫން ކަމެއް ސާފުކޮށްދީފައެއް ނުވެއެވެ.

ފަލަސްތީނުގެ ޖެރޫސަލަމް ގަވަރނަރޭޓުން ބުނި ގޮތުގައި، މިދިޔަ އަހަރެކޭ ވެސް އެއްފަދައިން މިއަހަރުވެސް ހުއްދަ ދޫކުރާނީ 55 އަހަރުން މަތީގެ ފިރިހެނުންނަށާއި 50 އަހަރުން މަތީގެ އަންހެނުންނަށް އެކަނި ކަމަށް އިޒްރޭލުން ވަނީ އަންގާފަ އެވެ.

މީގެ އިތުރުން، އެ މިސްކިތް ބަލަހައްޓާ އުރުދުންގެ އިސްލާމިކް ވަޤުފް އިދާރާ އިން ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރާ މަސައްކަތްތަކަށް އިޒްރޭލުން ހުރަސްއަޅާފައިވާ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ. އޭގެ ތެރޭގައި އަވިން ސަލާމަތްވުމަށް ހިޔާ ތައް ހަރުކުރުމާއި ވަގުތީ މެޑިކަލް ކްލިނިކްތައް ގާއިމުކުރުން ހިމެނެ އެވެ.

ވަޤުފް އިދާރާގެ މަޞްދަރަކުން މަޢުލޫމާތު ދިން ގޮތުގައި، ރަމަޟާން މަސް ފެށުމުގެ އެއް ހަފުތާ ކުރިން އެ އިދާރާގެ 33 މުވައްޒަފަކު މިސްކިތުގެ ސަރަހައްދަށް ވަނުން ވަނީ މަނާކޮށްފަ އެވެ.

ޒަމާނުއްސުރެ އަމަލުކުރަމުން އަންނަ އުސޫލުތަކުގެ ދަށުން، ޔަހޫދީންނަށް އަލްއަޤްޞާ މިސްކިތުގެ ސަރަހައްދަށް ޒިޔާރަތް ކުރެވުނު ނަމަވެސް، އެތަނުގައި އަޅުކަން ކުރުމަކީ މަނާކަމެކެވެ. ޔަހޫދީން އެ ސަރަހައްދަކީ އެމީހުންގެ ފުރަތަމަ އަދި ދެވަނަ ފައްޅި ހުރި ތަން ކަމަށް ދައުވާކުރެ އެވެ.

އިޒްރޭލުން ބުނަމުންދަނީ މިހާރު އޮތް އުސޫލުތައް ދަމަހައްޓާނެ ކަމަށެވެ. ނަމަވެސް ފަލަސްތީނު ރައްޔިތުން ކަންބޮޑުވަނީ އެ އުސޫލުތައް މަޑުމަޑުން އުވާލަމުންދާތީ އެވެ.

ފަހަކަށް އައިސް، ހަރުކަށި ފިކުރުގެ ޔަހޫދީން ދަނީ އެތަނުގައި އަޅުކަން ނުކުރެވޭ ގޮތަށް އޮންނަ އުސޫލާ ދެކޮޅަށް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ހަރުކަށި ފިކުރުގެ ސިޔާސީ ލީޑަރު އިތަމާރު ބެން-ގްވީރް ހިމެނެއެވެ. އޭނާ ވަނީ 2024 އަދި 2025 ވަނަ އަހަރު ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރުގެ މަގާމުގައި ހުރެގެން އެ ސަރަހައްދުގައި އަޅުކަން ކޮށްފަ އެވެ.

މަސްދަރު: އޭއެފްޕީ

އަލް-އަގްސާ މިސްކިތް ޝައިޚް މުޙައްމަދު އަލްޢައްބާސީއިޒްރޭލްރަަމަޟާންފަލަސްތީނުއިޓަމާރ ބެން-ގްވިރް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރަމަޟާން މަހު މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާ ގަޑިތައް ކަނޑައަޅައިފި

ރަމަޟާން މަހު މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާ ގަޑިތައް ކަނޑައަޅައިފި

17 ފެބުރުއަރީ 2026
ރޯދަ މަހު ފެރީ ދަތުރުތަކާއި ބަސް ދަތުރުތައް ކުރާ ގަޑިތަކަށް ބަދަލު އަންނާނެ

ރޯދަ މަހު ފެރީ ދަތުރުތަކާއި ބަސް ދަތުރުތައް ކުރާ ގަޑިތަކަށް ބަދަލު އަންނާނެ

17 ފެބުރުއަރީ 2026
ރޯދަ މަހު މާލެ ސަރަޙައްދުގައި ބަރު އުޅަނދު ދުއްވޭނެ އަދި މުދާ އުފުލޭ ގަޑިތައް ކަނޑައަޅައިފި

ރޯދަ މަހު މާލެ ސަރަޙައްދުގައި ބަރު އުޅަނދު ދުއްވޭނެ އަދި މުދާ އުފުލޭ ގަޑިތައް ކަނޑައަޅައިފި

17 ފެބުރުއަރީ 2026
އެއްބަސްވުމަކަށް ނުދެވިއްޖެ ނަމަ، ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕްގެ އިންޒާރެއް އީރާން އަށް

އެއްބަސްވުމަކަށް ނުދެވިއްޖެ ނަމަ، ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕްގެ އިންޒާރެއް އީރާން އަށް

17 ފެބުރުއަރީ 2026
ރަމަޟާން: އަހުގެ ތެރޭގައި މުސްލިމުން ބައްދަލު ކުރާ އެންމެ ބަރަކާތްތެރި މަސް

ރަމަޟާން: އަހުގެ ތެރޭގައި މުސްލިމުން ބައްދަލު ކުރާ އެންމެ ބަރަކާތްތެރި މަސް

16 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު