Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫ މޯލްޑިވްސް

މިފަހަރު ވެސް އޫރީދޫ އާއެކު "ކަރާ ފެޅުން"، ނަސީބުވެރިއަކަށް 1 ލައްކަ ރުފިޔާގެ އަގުހުރި އިނާމު!

މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް އުރީދޫ މޯލްޑިވްސް އިން ވަނީ "ކަރާ ކުއެސްޓް" ގެ ނަމުގައި ފޯރިގަދަ ހަރަކާތްތަކެއް ހިމެނޭ "ކަރާ ފެޅުން" ޕްރޮމޯޝަން ފަށާފަ. މުޅި ރާއްޖެ ދެ ލަޝްކަރަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ގޭމްގައި ބައިވެރިވާ ފަރާތްތަކަށް ކޮންމެ ދުވަހަކު ހިލޭ ޑާޓާ އާއި އެކި އިނާމުތައް ލިބޭއިރު، މޮޅުވާ ޓީމުގެ ނަސީބުވެރިއަކަށް އެއްލައްކަ ރުފިޔާގެ "ކްރިއޭޓަރ ބަންޑްލް" އެއް ލިބޭނެ. އުރީދޫ އެޕްލިކޭޝަން މެދުވެރިކޮށް ކުރިއަށްދާ މި ހަރަކާތަކީ އާއިލާ އާއި ރަހުމަތްތެރިންނާއެކު ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ މުނިފޫހިފިލުވުމުގެ ހަރަކާތެއް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 18 ފެބުރުއަރީ 2026 | ބުދަ 08:30
އުރީދޫ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް - އުރީދީ އިން ކުރިއަށް ގެންދާ "ކަރާ ފެޅުން" ޕްރޮމޯޝަންގެ ތެރެއިން ނަސީބުވެރިފަރާތަކަށް 1 ލައްކަ ރުފިޔާގެ އިނާމެއް ލިބޭނެ

އުރީދޫ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް - އުރީދީ އިން ކުރިއަށް ގެންދާ "ކަރާ ފެޅުން" ޕްރޮމޯޝަންގެ ތެރެއިން ނަސީބުވެރިފަރާތަކަށް 1 ލައްކަ ރުފިޔާގެ އިނާމެއް ލިބޭނެ | އުރީދޫ

އުރީދޫ އިން ކުރިއަށް ގެންދާ "ކަރާ ފެޅުން" ޕްރޮމޯޝަންގެ ތެރެއިން ނަސީބުވެރިފަރާތަކަށް 1 ލައްކަ ރުފިޔާގެ އިނާމެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ. 

މި ޕްރޮމޯޝަނަކަީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް އުރީދޫ މޯލްޑިވްސް އިން ކުރިއަށްގެންދާ ޚާއްސަ ޕްރޮމޯޝަނެކެވެ. މިކަމާ ގުޅިގެން އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ މި އަހަރުގެ އަމާޒަކީ ކަސްޓަމަރުންނަށް ތަފާތު، މަޖާ އަދި އާއިލީ ގުޅުން ބަދަހިވާނެ ފަދަ ތަޖުރިބާތަކެއް މި ޕްރޮމޯޝަންގެ ދަށުން ގެންދިޔުން ކަމަށެވެ. 

އުރީދޫ އިން ފާހަގަކުރާ ގޮތުގައި މިއަހަރުގެ އެންމެ ހާއްސަ އެއް ބަދަލަކީ "ކަރާ ކުއެސްޓް" އެވެ. މިއީ މެޕުން ދައްކާ ވަކި ތަނަކަށް ގޮސްގެން ކަރާ ފެޅުމުގެ ފުރުސަތު ލިބޭ ހަރަކާތެކެވެ.

ނިޔާޒް ވިދާޅުވީ މި ގޭމްގައި ބައިވެރިވާ ފަރާތްތަކަށް ކޮންމެ ދުވަހަކު ވެސް ހިލޭ ޑާޓާ އާއި ހާއްސަ އިނާމުތައް ލިބޭނެ ކަމަށެވެ. އަދި މޮޅުވާ ޓީމުގެ ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 1 ލައްކަ ރުފިޔާގެ އަގުހުރި ބޮޑު އިނާމު ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ. 

މި ގޭމް ކުރިއަށް ދާނީ ޓީމް ގޭމެއް ގެ ގޮތުގަ އެވެ. އެގޮތުން ޓީމުގައި އާއިލާ އާއި ރަހުމަތްތެރިން ވެސް ބައިވެރި ކުރެވޭނެ އެވެ. ޓީމް އެކުލަވާލާނީ މުޅި ރާއްޖެ ދެބަޔަކަށް ބަހާލައިގެންނެވެ. އެއީ "ރަތް ލަޝްކަރު"  އަދި "ނޫ ލަޝްކަރު" އެވެ. ކޮންމެ ކަސްޓަމަރަކު ވެސް އެތަނުން އެއް ޓީމެއްގައި ހިމެނިގެން ވާދަވެރިކަމާއެކު ކުރިއަށް ދެވޭނެ އެވެ. 

މި އަހަރުގެ ނަސީބުވެރި ފަރާތަށް ލިބޭ އެންމެ ބޮޑު އިނާމަކީ 100,000 ރުފިޔާގެ އަގުހުރި "ކްރިއޭޓަރ ބަންޑްލް" އެވެ. މި ޕެކޭޖުގައި ހިމެނެނީ އައިފޯން 17 ޕްރޯ، މެކްބުކް، އައިޕެޑް، ޑްރޯން، އޮސްމޯ ޕޮކެޓް ކްރިއޭޓާ އެކެވެ.

މީގެ އިތުރުން، ކަރާ ފަޅާ ކޮންމެ ކަސްޓަމަރަކަށް ވެސް ކޮންމެވެސް އިނާމެއް ލިބޭނެ ކަމަށް އުރީދޫ ިއިން ބުނެ އެވެ. މިއީ އުރީދޫ އެޕްލިކޭޝަން މެދުވެރިކޮށް އެންމެން އެކުވެގެން ކުރިއަށް ގެންދާ ފޯރިގަދަ ހަރަކާތެކެވެ.

އުރީދޫ މޯލްޑިވްސްކަރާ ކުއެސްޓްރަަމަޟާން

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2026

ރަމަޟާން މަހު އެމްއޭސީއެލްގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ލިބޭނީ 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރާނަމަ

18 ފެބުރުއަރީ 2026
ރަމަޟާން މަހު އެމްއޭސީއެލްގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ލިބޭނީ 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރާނަމަ
18 ފެބުރުއަރީ 2026

ރަމަޟާން މަހު އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމުގައި ބީއެމްއެލް އިން ބައިވެރިވެއްޖެ

18 ފެބުރުއަރީ 2026
ރަމަޟާން މަހު އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމުގައި ބީއެމްއެލް އިން ބައިވެރިވެއްޖެ
17 ފެބުރުއަރީ 2026

ޤައުމަށް ހެޔޮ ބަދަލެއް ގެންނަން އެދޭ މީހާ، އެންމެ ފުރަތަމަ އެ ބަދަލެއްގެ ޢަމަލީ ނަމޫނާއަކަށް ވާންޖެހޭ: ރައީސް

17 ފެބުރުއަރީ 2026
ޤައުމަށް ހެޔޮ ބަދަލެއް ގެންނަން އެދޭ މީހާ، އެންމެ ފުރަތަމަ އެ ބަދަލެއްގެ ޢަމަލީ ނަމޫނާއަކަށް ވާންޖެހޭ: ރައީސް
17 ފެބުރުއަރީ 2026

ސައުދީ އަރަބިއްޔާ އަށް ރަމަޟާން މަހުގެ ހަނދު ފެނިއްޖެ

17 ފެބުރުއަރީ 2026
ސައުދީ އަރަބިއްޔާ އަށް ރަމަޟާން މަހުގެ ހަނދު ފެނިއްޖެ
17 ފެބުރުއަރީ 2026

އަލްއަޤްޞާ މިސްކިތުގެ އިސް އިމާމަކު މިސްކިތަށް ވަނުން މަނާކޮށްފި

17 ފެބުރުއަރީ 2026
އަލްއަޤްޞާ މިސްކިތުގެ އިސް އިމާމަކު މިސްކިތަށް ވަނުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު