Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ

ރަމަޟާން މަހު އެމްއޭސީއެލްގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ލިބޭނީ 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރާނަމަ

މި ރަމަޟާން މަހު އެމްއޭސީއެލްގެ އިދާރީ މުވައްޒަފުންގެ މަސައްކަތު ގަޑި ކުރުކުރި ނަމަވެސް، އިތުރުގަޑީގެ ފައިސާ ލިބޭނީ ހަފްތާއަކު 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރުމުން ކަމަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ. މި ނިންމުމާ ގުޅިގެން މުވައްޒަފުންގެ ނުރުހުން އަމާޒުވެފައިވާއިރު، މިއީ ރަމަޟާން މަހު މުވައްޒަފުންނަށް ކުރިމަތިވާނެ ބޮޑު ދައްޗެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުން.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2026 | ބުދަ 08:27
އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު. ކުންފުނީގެ މެންޑިޑޭޓުން ބޭރުން ދަނީ ގިނަ މަޝްރޫއުތަކާ ހަވާލުވަމުން

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު. ކުންފުނީގެ މެންޑިޑޭޓުން ބޭރުން ދަނީ ގިނަ މަޝްރޫއުތަކާ ހަވާލުވަމުން | އެމްއޭސީއެލް

ރަމަޟާން މަހު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ލިބޭނީ 48 ގަޑިއިރަށްވުރެ އިތުރުވާ ވަގުތަށް ކަމަށް އެކުންފުނިން ބުނެފި އެވެ. 

މިދިޔަ ހޯމަ ދުވަހު އެމްއޭސީއެލުން ނެރުނު ސަރކިއުލަރގައި ބުނީ، 1447 ވަނަ އަހަރު ރަމަޟާން މަހުގެ ރަސްމީ ގަޑި އަދި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު، އެކުންފުނީގެ އިދާރީ މުވައްޒަފުންގެ މަސައްކަތު ވަގުތަކީ 4 ގަޑިއިރާއި 30 މިނެޓް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. މަސައްކަތު ގަޑިއަކީ ހެނދުނު 9:00ން 1:30ށް ކަމަށާއި، ގްރޭސް ޕީރިއަޑެއްގެ ގޮތުގައި 9:00ން 9:30 އާއި ދެމެދުގެ ވަގުތެއް ކަނޑައަޅާފައިވާ ކަމަށެވެ. 

އެމްއޭސީއެލުން ބުނީ، ޑިއުޓީ އުސޫލުން މަސައްކަތް ކުރާ މުވައްޒަފުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ގަޑިއަކީ އެހެން މަސްތަކެކޭ ވެސް އެއްފަދައިން އެ މުވައްޒަފެއް މަސައްކަތް ކުރާ ޑިޕާޓްމަންޓް ނުވަތަ ސެކްޝަނުން ޑިއުޓީ ރޯސްޓަރގައި ކަނޑައަޅާފައިވާ ޑިއުޓީ ގަޑިތަކުގައި ކަމަށެވެ. 

މީގެ އިތުރުން ރަމަޟާން މަހު އިތުރުގަޑީގެ ފައިސާ ލިބޭނީ އެހެން މަސްތަކެކޭ ވެސް އެއްފަދައިން ހަފްތާއަކު 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކޮށްފައިވާ ވަގުތަށް ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެހެންކަމުން ރަސްމީ ވަގުތުގެ ބޭރުން ކުރާ މަސައްކަތްތަކަށް 48 ގަޑިއިރު ނުވާ ނަމަ، އިތުރުގަޑީގެ ފައިސާ މުވައްޒަފުންނަށް ނުލިބޭނެ އެވެ. 

އެމްއޭސީއެލްގެ މި ނިންމުމާ ގުޅިގެން ގިނަ މުވައްޒަފުން ދަނީ ސޯޝަލް މީޑިއާގައި މިކަމުގެ ނުރުހުން ފާޅު ކުރަމުންނެވެ.  މިއީ ރަމަޟާން މަހު މުވައްޒަފުންނަށް ކުރާ ދައްޗެއް ކަމަށާއި، ޑިއުޓީގައި ކޮންމެ ދުވަހަކު ވެސް ޑިއުޓީ ބޭރުން މަސައްކަތް ކުރަން ޖެހޭ ކަމަށް މުވައްޒަފުން ބުނެފައިވެ އެވެ. އަދި 48 ގަޑިއިރު ހަމަނުވި ނަމަވެސް އިތުރު ވަގުތު ކުރާ މަސައްކަތަށް ފައިސާ ދޭން ޖެހޭ ކަމަށް މުވައްޒަފުން ބުނެފައިވެ އެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ރާއްޖޭގެ އެއާޕޯޓުތަކާ ބެހޭ ކުންފުނި އެމްއޭސީއެލުން ދަނީ މެންޑިޑޭޓުން ބޭރުން ގިނަ މަޝްރޫއުތަކާއި ހަވާލުވަމުންނެވެ. އެގޮތުން ބިން ހިއްކުމާއި، އެމްބިއުލާންސް ގެނައުމާއި، 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރުމުގެ މަޝްރޫއުތަކެއްގައި ސޮއިކޮށްފައިވެ އެވެ.

މިކަމާއި ގުޅިގެން ވެސް ގިނަ ބައެއްގެ ފާޑު ކިޔުން އެކުންފުންޏަށް ވަނީ އަމާޒުވެފަ އެވެ. ރާއްޖޭގެ އެއަރޕޯޓުތައް ތަރައްގީ ނުކުރާ ކަމަށާއި، ކުންފުނީގެ މުވައްޒަފުންނަށް ވަރަށް ބޮޑަށް އިހުމާލުވަމުންދާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. 

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީރަަމަޟާން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރަމަޟާން މަހު އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމުގައި ބީއެމްއެލް އިން ބައިވެރިވެއްޖެ

ރަމަޟާން މަހު އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމުގައި ބީއެމްއެލް އިން ބައިވެރިވެއްޖެ

18 ފެބުރުއަރީ 2026
ޤައުމަށް ހެޔޮ ބަދަލެއް ގެންނަން އެދޭ މީހާ، އެންމެ ފުރަތަމަ އެ ބަދަލެއްގެ ޢަމަލީ ނަމޫނާއަކަށް ވާންޖެހޭ: ރައީސް

ޤައުމަށް ހެޔޮ ބަދަލެއް ގެންނަން އެދޭ މީހާ، އެންމެ ފުރަތަމަ އެ ބަދަލެއްގެ ޢަމަލީ ނަމޫނާއަކަށް ވާންޖެހޭ: ރައީސް

17 ފެބުރުއަރީ 2026
ސައުދީ އަރަބިއްޔާ އަށް ރަމަޟާން މަހުގެ ހަނދު ފެނިއްޖެ

ސައުދީ އަރަބިއްޔާ އަށް ރަމަޟާން މަހުގެ ހަނދު ފެނިއްޖެ

17 ފެބުރުއަރީ 2026
އަލްއަޤްޞާ މިސްކިތުގެ އިސް އިމާމަކު މިސްކިތަށް ވަނުން މަނާކޮށްފި

އަލްއަޤްޞާ މިސްކިތުގެ އިސް އިމާމަކު މިސްކިތަށް ވަނުން މަނާކޮށްފި

17 ފެބުރުއަރީ 2026
ރޯދަ މަހު ފެރީ ދަތުރުތަކާއި ބަސް ދަތުރުތައް ކުރާ ގަޑިތަކަށް ބަދަލު އަންނާނެ

ރޯދަ މަހު ފެރީ ދަތުރުތަކާއި ބަސް ދަތުރުތައް ކުރާ ގަޑިތަކަށް ބަދަލު އަންނާނެ

17 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު