Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
އަލްއަޤްޞާ

ރަމަޟާން މަހު އަލްއަޤްޞާ އަށް ހުކުރަށް ވަދެވޭނީ 10،000 ފަލަސްޠީނު މީހުންނަށް ކަމަށް އިޒްރޭލުން ބުނެފި

ރަމަޟާން މަހުގެ ހުކުރު ނަމާދުތަކަށް އަލްއަޤްޞާ މިސްކިތަށް ވަދެވޭނީ އުމުރުން 55 އަހަރުން މަތީގެ ފިރިހެނުންނާއި 50 އަހަރުން މަތީގެ އަންހެނުންނަށް އެކަނި ކަމަށް ކަނޑައަޅައި، އިޒްރޭލުން ހަރުކަށި ފިޔަވަޅުތަކެއް އަޅައިފި. މިސްކިތުގެ އިންތިޒާމުތަކަށް އިޒްރޭލުން ހުރަސްއަޅަމުންދާއިރު، މިސްކިތުގެ އިސް އިމާމަކު މިސްކިތައް ވަނުންވެސް ވަނީ މަނާކޮށްފައި.

ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2026 | ބުދަ 12:22
2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު، ގުދުސްގެ އޯލްޑް ސިޓީގައި ހުންނަ އަލް-އަގްސާ މިސްކިތުގެ ގޯތިތެރޭގައި، ފަލަސްތީނުގެ ކުޑަކުދިންތަކެއް ޑޯމް އޮފް ދަ ރޮކް (ގުއްބަތުއްޞަޚްރާ) އަށް އަރަން ހުންނަ ސިޑިތަކުން މައްޗަށް އަރަނީ.

2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު، ގުދުސްގެ އޯލްޑް ސިޓީގައި ހުންނަ އަލް-އަގްސާ މިސްކިތުގެ ގޯތިތެރޭގައި، ފަލަސްތީނުގެ ކުޑަކުދިންތަކެއް ޑޯމް އޮފް ދަ ރޮކް (ގުއްބަތުއްޞަޚްރާ) އަށް އަރަން ހުންނަ ސިޑިތަކުން މައްޗަށް އަރަނީ. | ރޮއިޓާސް

ބުދަ ދުވަހު ފެށުނު މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު ހުކުރު ނަމާދަށް، އިރުމަތީ ގުދުސްގައި ހުންނަ އަލްއަޤްޞާ މިސްކިތަށް ވަދެވޭނީ ފަލަސްޠީނުގެ 10،000 މީހުންނަށް ކަމަށް އިޒްރޭލުން އިޢުލާންކޮށްފި އެވެ.

އިޒްރޭލުގެ ކަމާބެހޭ އިދާރާތަކުން ވަނީ މިސްކިތުގެ ގޯތިތެރެއަށް ވަނުމުގައި ހަރުކަށި ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ. އެގޮތުން މިސްކިތަށް ވަނުމުގެ ހުއްދަ ދިނުމަށް ނިންމާފައިވަނީ އުމުރުން 55 އަހަރުން މަތީގެ ފިރިހެނުންނަށާއި، 50 އަހަރުން މަތީގެ އަންހެނުންގެ އިތުރުން 12 އަހަރުން ދަށުގެ ކުޑަކުދިންނަށް އެކަންޏެވެ.

އިޒްރޭލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގެ މަދަނީ ކަންކަމާ ބެހޭ އިޒްރޭލުގެ ޑިފެންސް މިނިސްޓްރީގެ އިދާރާ، ކޯގަޓް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރަމަޟާން މަހުގެ ކޮންމެ ހުކުރު ދުވަހަކު 10،000 ފަލަސްޠީނު މީހުންނަށް އަލްއަޤްޞާ މިސްކިތަށް (ޓެމްޕަލް މައުންޓަށް) ވަނުމުގެ ހުއްދަ ދެވޭނެ ކަމަށެވެ. ނަމަވެސް މިސްކިތައް ވަދެވޭނީ ކުރިއާލާ ހޯދަންޖެހޭ ޚާއްޞަ ހުއްދަ އޮންނަ ފަރާތްތަކަށް އެކަނި ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ފިރިހެނެއް  ނަމަ މިސްކިތަށް ވަނުމުގެ ހުއްދަ ދެވޭނީ އުމުރުން 55 އަހަރުން މަތީގެ މީހުންނަށް ކަމަށާއި، އަންހެނެއް ނަމަ 50 އަހަރުން މަތީގެ މީހުންނަށް ކަމުގަ އެވެ. އަދި 12 އަހަރުން ދަށުގެ ކުޑަކުދިންނަށް ވަދެވޭނީ ގާތް ތިމާގެ މީހަކާ އެކީ އައުމުން ކަމަށް ވެސް އެ އިދާރާ އިން ބުނެފައިވެ އެވެ.

އިސްލާމްދީނުގެ ތިންވަނަ އަށް އެންމެ މުޤައްދަސް ބިނާ ކަމަށްވާ އަލްއަޤްޞާ މިސްކިތަކީ، 1967 ވަނަ އަހަރު އިޒްރޭލުން ހިފާ، އަދި ފަހުން ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިނުގަތް ނަމަވެސް އެ ގައުމުގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވާ އިރުމަތީ ގުދުސްގައި ހުންނަ މިސްކިތެކެވެ. އާންމު ގޮތެއްގައި ރަމަޟާން މަހު އެތައް ލައްކަ ފަލަސްޠީނު ރައްޔިތުންނެއް އެ މިސްކިތުގައި ނަމާދު ކުރުމަށް ޖަމާވެ އެވެ.

ފަލަސްޠީނުގެ ގުދުސް ގަވަރނަރޭޓުން މި ހަފުތާގައި ބުނެފައިވަނީ، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އެ މިސްކިތް ބަލަހައްޓާ އުރުދުންގެ އިސްލާމިކް ވަޤުފް އިދާރާއިން ކުރަމުންދިޔަ މަސައްކަތްތަކަށް އިޒްރޭލުން ހުރަސްއަޅާފައިވާ ކަމަށެވެ. މީގެ ތެރޭގައި އަވިން ސަލާމަތްވުމަށް ހިޔާވާނެ ފަދަ އޮނިގަނޑުތައް ހެދުމާއި، ވަގުތީ މެޑިކަލް ކްލިނިކްތައް ގާއިމުކުރުން ހިމެނެއެވެ.

އަލްއަޤްޞާ މިސްކިތުގެ އިސް އިމާމެއް ކަމަށްވާ ޝައިޚް މުޙައްމަދު އަލްޢައްބާސީ އޭއެފްޕީ ނިއުސް އެޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އޭނާވެސް މިސްކިތަށް ވަނުން މަނާކޮށްފައިވާ ކަމަށެވެ.

ޝައިޚް ޢައްބާސީ ވިދާޅުވީ، އެއް ހަފުތާގެ މުއްދަތަށް އޭނާ މިސްކިތަށް ވަނުން މަނާކޮށްފައިވާ ކަމަށާއި، އެ އަމުރުގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮތް ކަމަށެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން އޭނާ މިސްކިތަށް ވަނުން މަނާކުރި ސަބަބެއް އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން އަންގާފައިނުވާ ކަމަށްވެސް ޢައްބާސީ ވިދާޅުވިއެވެ.

ޒަމާނުއްސުރެ އަމަލުކުރަމުން އަންނަ އުސޫލުތަކުގެ ދަށުން، ޔަހޫދީންނަށް އަލްއަޤްޞާ މިސްކިތުގެ ގޯތިތެރެއަށް ޒިޔާރަތް ކުރެވުނު ނަމަވެސް، އެތަނުގައި އަޅުކަން ކުރުމަކީ މަނާ ކަމެކެވެ.

ފާއިތުވި އަހަރުތަކުގައި، ޔަހޫދީ ހަރުކަށި ފިކުރުގެ ގިނަ ބަޔަކު ވަނީ މިސްކިތުގައި ޔަހޫދީން އަޅުކަން ކުރުން މަނާކޮށްފައި އޮންނަ އޮތުމާ ދެކޮޅަށް މަސައްކަތް ކޮށްފައެވެ. މީގެ ތެރޭގައި ހަރުކަށި ފިކުރުގެ ސިޔާސީ ލީޑަރު އިތަމާރު ބެން ގްވީރް ހިމެނެއެވެ. އޭނާ ވަނީ 2024 އަދި 2025 ވަނަ އަހަރު ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރުގެ މަގާމުގައި ހުރެ، އެ ބިމުގައި އަޅުކަން ކޮށްފަ އެވެ.

އަލް-އަގްސާ މިސްކިތް އިޒްރޭލް-ފަލަސްޠީންރަަމަޟާންއިރުމަތީ ޤުދުސްޝައިޚް މުޙައްމަދު އަލްޢައްބާސީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރޯދަ މަހާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރު %32 އަށް އެމްއެމްއޭއިން އިތުރުކޮށްފި

ރޯދަ މަހާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރު %32 އަށް އެމްއެމްއޭއިން އިތުރުކޮށްފި

18 ފެބުރުއަރީ 2026
މިއަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

މިއަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

18 ފެބުރުއަރީ 2026
މިފަހަރު ވެސް އޫރީދޫ އާއެކު "ކަރާ ފެޅުން"، ނަސީބުވެރިއަކަށް 1 ލައްކަ ރުފިޔާގެ އަގުހުރި އިނާމު!

މިފަހަރު ވެސް އޫރީދޫ އާއެކު "ކަރާ ފެޅުން"، ނަސީބުވެރިއަކަށް 1 ލައްކަ ރުފިޔާގެ އަގުހުރި އިނާމު!

18 ފެބުރުއަރީ 2026
ރަމަޟާން މަހު އެމްއޭސީއެލްގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ލިބޭނީ 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރާނަމަ

ރަމަޟާން މަހު އެމްއޭސީއެލްގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ލިބޭނީ 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރާނަމަ

18 ފެބުރުއަރީ 2026
ރަމަޟާން މަހު އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމުގައި ބީއެމްއެލް އިން ބައިވެރިވެއްޖެ

ރަމަޟާން މަހު އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމުގައި ބީއެމްއެލް އިން ބައިވެރިވެއްޖެ

18 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު