Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްއޭ

ރޯދަ މަހާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރު %32 އަށް އެމްއެމްއޭއިން އިތުރުކޮށްފި

18 ފެބުރުއަރީ 2026 | ބުދަ 11:50

މި ފިޔަވަޅުގެ ސަބަބުން އިމްޕޯޓަރުންނަށް ބޭރުގެ ސަޕްލަޔަރުންނަށް ފައިސާ ދެއްކުމުގައި ލުއިތަކެއް ލިބި، ބާޒާރުގައި މުދަލުގެ އަގު ހިފެހެއްޓުމަށް މަގުފަހިވާނެ. މިއީ ރޯދަ މަހު ބޭރު ފައިސާއަށް އޮންނަ މޫސުމީ ޑިމާންޑް މެނޭޖްކޮށް، އަސާސީ މުދާ މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެޅި ފިޔަވަޅެކެއް.

އަލީ ޝާހީން
އަލީ ޝާހީން | 18 ފެބުރުއަރީ 2026 | ބުދަ 11:50
ބޭރު ފައިސާ މާރު ކުރާތަނެއްގައި ކެޝިއަރަކު އެމެރިކާ ޑޮލަރު ގުނަނީ.

ބޭރު ފައިސާ މާރު ކުރާތަނެއްގައި ކެޝިއަރަކު އެމެރިކާ ޑޮލަރު ގުނަނީ. | ގެޓީ އިމޭޖަސް

ރޯދަ މަހާ ދިމާކޮށް ކާބޯތަކެތި އެތެރެކުރަން ފަސޭހަ ކުރުމާއި އަގު ހެޔޮކުރަން އެހީތެރިވުމުގެ ގޮތުން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު މަރުކަޒީ ބޭންކް، އެމްއެމްއޭން އިތުރުކޮށްފި އެވެ.

އެމްއެމްއޭއިން މައުލޫމާތުދޭ ގޮތުގައި އާންމު އުސޫލުތަކުގެ ދަށުން ވިއްކާ ޑޮލަރަށްވުރެ 32 އިންސައްތަ އިތުރަށް ދޫކުރަން އަންގާރަ ދުވަހުންފެށިގެން ވަނީ ފަށައިފަ އެވެ. އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނީ، މިއީ ރޯދަ މަހުގެ ތެރޭގައި އަސާސީ ކާބޯތަކެތި އެތެރެކުރުމަށް ބޭންކުތަކުން ބޭރު ފައިސާ ހޯދުމަށް ކުރާ ޑިމާންޑް ބޮޑުވާތީ، އެކަމަށް ލުޔެއް ހޯދައިދިނުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. 

Advertisement - newsAdvertisement

އެމްއެމްއޭން ބުނީ ބޭރު ފައިސާ އިތުރަށް ދޫކުރުމުގެ ސަބަބުން މުދާ އެތެރެކުރާ ފަރާތްތަކަށް ބޭރުގެ ސަޕްލަޔަރުންނަށް ފައިސާ ދެއްކުމުގައި ބޮޑެތި ފަސޭހަތަކެއް ލިބޭނެ އެވެ. އަދި އާންމުކޮށް ކާބޯތަކެތި ބޭނުންކުރާ މިންވަރު އިތުރުވާ މި ދަނޑިވަޅުގައި އެ ފިޔަވަޅުގެ ސަބަބުން މުދާ އެތެރެ ކުރުމުގެ ނިޒާމަށް ކުރިމަތިވާ ތާށިކަން ކުޑަވެގެންދާނެ ކަމަށާއި ރާއްޖޭގެ ބާޒާރުގައި އަސާސީ މުދާ މެދުނުކެނޑި ލިބެން ހުންނާނެ ކަމަށް އެމްއޭއިން ބުނެ އެވެ. 

ރޯދަ މަހަކީ ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓު ކުރާ މަހެވެ. ހާއްސަކޮށް ކާބޯތަކެތި އިތުރުކުރާ މިންވަރު ކޮންމެ ރޯދަ މަހެއްގައި ވެސް ބޮޑުތަނުން އިތުރުވެ އެވެ. އަދި މިފަދަ ފިޔަވަޅުތަކަކީ ރޯދަ މަހާ ދިމާކޮށް ބޭރު ފައިސާއަށް އަންނަ މޫސުމީ ޑިމާންޑް މެނޭޖްކުރުމަށް އެ އޮތޯރިޓީން ގެންގުޅޭ ހާއްސަ ސިޔާސަތެއް ކަމަށް އެމްއެމްއޭން ބުންޏެވެ.

އެމްއެމްއޭރަަމަޟާންޑޮލަރު

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2026

މިއަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

18 ފެބުރުއަރީ 2026
މިއަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި
18 ފެބުރުއަރީ 2026

މިފަހަރު ވެސް އޫރީދޫ އާއެކު "ކަރާ ފެޅުން"، ނަސީބުވެރިއަކަށް 1 ލައްކަ ރުފިޔާގެ އަގުހުރި އިނާމު!

18 ފެބުރުއަރީ 2026
މިފަހަރު ވެސް އޫރީދޫ އާއެކު "ކަރާ ފެޅުން"، ނަސީބުވެރިއަކަށް 1 ލައްކަ ރުފިޔާގެ އަގުހުރި އިނާމު!
18 ފެބުރުއަރީ 2026

ރަމަޟާން މަހު އެމްއޭސީއެލްގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ލިބޭނީ 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރާނަމަ

18 ފެބުރުއަރީ 2026
ރަމަޟާން މަހު އެމްއޭސީއެލްގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ލިބޭނީ 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރާނަމަ
18 ފެބުރުއަރީ 2026

ރަމަޟާން މަހު އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމުގައި ބީއެމްއެލް އިން ބައިވެރިވެއްޖެ

18 ފެބުރުއަރީ 2026
ރަމަޟާން މަހު އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމުގައި ބީއެމްއެލް އިން ބައިވެރިވެއްޖެ
17 ފެބުރުއަރީ 2026

ޤައުމަށް ހެޔޮ ބަދަލެއް ގެންނަން އެދޭ މީހާ، އެންމެ ފުރަތަމަ އެ ބަދަލެއްގެ ޢަމަލީ ނަމޫނާއަކަށް ވާންޖެހޭ: ރައީސް

17 ފެބުރުއަރީ 2026
ޤައުމަށް ހެޔޮ ބަދަލެއް ގެންނަން އެދޭ މީހާ، އެންމެ ފުރަތަމަ އެ ބަދަލެއްގެ ޢަމަލީ ނަމޫނާއަކަށް ވާންޖެހޭ: ރައީސް
17 ފެބުރުއަރީ 2026

ސައުދީ އަރަބިއްޔާ އަށް ރަމަޟާން މަހުގެ ހަނދު ފެނިއްޖެ

17 ފެބުރުއަރީ 2026
ސައުދީ އަރަބިއްޔާ އަށް ރަމަޟާން މަހުގެ ހަނދު ފެނިއްޖެ
17 ފެބުރުއަރީ 2026

އަލްއަޤްޞާ މިސްކިތުގެ އިސް އިމާމަކު މިސްކިތަށް ވަނުން މަނާކޮށްފި

17 ފެބުރުއަރީ 2026
އަލްއަޤްޞާ މިސްކިތުގެ އިސް އިމާމަކު މިސްކިތަށް ވަނުން މަނާކޮށްފި
17 ފެބުރުއަރީ 2026

ރޯދަ މަހު ފެރީ ދަތުރުތަކާއި ބަސް ދަތުރުތައް ކުރާ ގަޑިތަކަށް ބަދަލު އަންނާނެ

17 ފެބުރުއަރީ 2026
ރޯދަ މަހު ފެރީ ދަތުރުތަކާއި ބަސް ދަތުރުތައް ކުރާ ގަޑިތަކަށް ބަދަލު އަންނާނެ
17 ފެބުރުއަރީ 2026

ރޯދަ މަހު މާލެ ސަރަޙައްދުގައި ބަރު އުޅަނދު ދުއްވޭނެ އަދި މުދާ އުފުލޭ ގަޑިތައް ކަނޑައަޅައިފި

17 ފެބުރުއަރީ 2026
ރޯދަ މަހު މާލެ ސަރަޙައްދުގައި ބަރު އުޅަނދު ދުއްވޭނެ އަދި މުދާ އުފުލޭ ގަޑިތައް ކަނޑައަޅައިފި
17 ފެބުރުއަރީ 2026

ފައިސާ ޗާފު ކުރަނީ އެއް ނޫން. ރޯދަ އަށް 20ރ. ގެ ނޫޓުގެ ޑިމާންޑް މާ ބޮޑަށް މައްޗަށް ދިޔައީ އެވެ!

17 ފެބުރުއަރީ 2026
ފައިސާ ޗާފު ކުރަނީ އެއް ނޫން. ރޯދަ އަށް 20ރ. ގެ ނޫޓުގެ ޑިމާންޑް މާ ބޮޑަށް މައްޗަށް ދިޔައީ އެވެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް